އައިޖީއެސްްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު
24 އެޕްރީލް 2021 - 12:58
ރާއްޖޭގެ ފުރަަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށަން އިންސްޓްޓިއުޓް ފޯ ގްލޯބަލް ސަކްސެސްް (އައިޖީއެސް) އިން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ އައިޖީއެސް އިން މިއަދު ބުނީ ރާއްޖޭގެ ފުރަތަމަ ސެޓެލައިޓްގެ ގޮތުގައި އުފައްދަން މަަސައްކަތްކުރަނީ ދުނިޔެހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސައިންޓިފިކް ދިރާސާކުރުމަށް ބޭނުންކުރާނެ ސެޓެލައިޓެއް ކަމަށެވެ.
އައިޖީއެސްްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ ޕްރޮޓޮޓައިޕް (އަޖުމަބެލުމުގެ) ސެޓެލައިޓް އުފެއްދުމުގެ މިޝަނަށް ބޭނުންވާ ފައިސާ ހަމަޖެހި، އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
"މިޝަންގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ވަރަށް އަވަހަށް ފުރުުސަތު ހުޅުވައިލާނަން. ސެޓެލައިޓް އުފައްދާނީ ވެސް އަދި މުޅި މިޝަން ލީޑްކުރާނީ ވެސް ދިވެހި ޒުވާނުން. އެކަމަށް ބޭނުންވާ ތަމްރީނު އަޅުގަނޑުމެން ފޯރުކޮށްދޭނަަން،" ރިފްއަތު ވިދާޅުވި އެވެ.
ސެޓެލަައިޓް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަންް ރާއްްޖޭގެ 12 ޒުވާނަކު ތަމްރީނުކުރާނެ ކަމަށާއީ އެ މީހުންނަށް ތަމްރީނުދޭނީ އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ކަމަށް އައިޖީއެސްއިން ބުންޏެވެ.
އައިޖީއެސް އިން ބުނިގޮތުގައި ސެޓެލައިޓް އުފެއްދުމަށް ފަންނީ އެހީ ހޯދުމަށް ޓަކަައި އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާއި އެކުގައި މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިިކޮށްފައެވެ. ސެޓެލައިޓް އުފައްދަން ބޭނުންވާ ހާޑްވެއާ ފޯރުކޮށްދިނުމާއި ސެޓެލައިޓް ލޯންޗްކުރާނެ ގައުމެއް ހަމަަޖައްސައި، އެ ގައުމެއްގެ އެއާ ސްޕޭސް ބޭނުންކުރުމުގެ ހުއްދަ ހޯދައިދިނުން ފަދަ ކަންތައްތައް ކޮށްދޭނީ ކޭއެސްްއެފް ސްޕޭސް ފައުންޑޭޝަނުންނެވެ.
ކޭއެސްްއެފް ސްޕޭސް ފައުންޑޭޝަނަކީ، އެ ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި، އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އާއި ޔޫރަޕްގެ ޖައްވީ އިދާރާ އީސާ އަދި ސްޕޭސް އެކްސް ކުންފުނީގެ ސައިންސްވެރިން ހަަރަކާތްތެރިވެވަޑައިގަންނަވާ ޖަމިއްުޔާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފީގު
25 April 2021
ރާއްޖޭގެ ފުރަތަމަ ސެޓަލައިޓް ފޮނުވުނީ 80ގެ އަހަރުތަކުގައި. އެއީ އަޅުގަނޑުމެންގެ އެންމެ މޮޅު ސައިންޓިސްޓް ޑރ. ޒަންޖަބީލުގެ ބެލުމުގެދަށުން.
ގީސް
25 April 2021
ދިވެހި ޒުވާނުން ރަނގަޅުކަމެއް ކުރާނަމަ މަރުހަބާކިޔާނަން. ޢަދި ތިޔަކަމުގައި މިއުޅޭ ބަންގާޅީންނާއި އިންޑިޔާ މީހުން ހިންގާ ގެސްޓް ހައުސްތަކުގައި ސަރާބު ހިއްޕަވާ ދިވެހި ޒުވާނުން ވެސް ބައިވެރިކޮށްބަލަ. ބަންގާޅީންނަށްވުރެ މޮޔަ ދިވެހިން.
ހާލުގައި
24 April 2021
އަދި މާ އަވަސް ވަގު ސޮފްޓްވެއަރ އަޅައިގެން ހުރިހައި އޮފީސްތައް މަސައްކަތް ކުރާ ބައެއް
ސަލީމު އިދުރީސް
24 April 2021
ދުނިއޭގެ ފިނިހޫނުމިއް އަންނަ ބަދަލުތައް ބަލައް ބޮޑެތިގައުތަކުން ވަރައްބޮޑު ހޭދައެއްކޮއް ވަރައްރަގަޅައް އެކަން ކުރަނިކޮއް ތިހާބޮޑުހޭދަކޮއްގެން ސެޓުލައި ފޮވަންއުޅުނީމައްވުރެ ތިމާވެޓައް ފައިދާކުރާނީ މާލެކަހަލަތާކު އިއާދަ ކުރަނިވި ހަކަތާގެ ޓުރާންސްފޯޓު އިންފުރާޓެކްޗާ ގާއިކުރުމައް ހޭދަކުރިއާ! އެޙެނަސް ޒުވާނުން ހޮބީޔަކައް ސެޓުލައިފޮވަންޏާ ވަކިކަމެކޭނުކިއަސް ފޮނުވާލީމަ އޭތިވެސް ޖައްވުގަ ހުންނާނެ! އެއިރައް ބުނެވޭނެ ތިމަންމެއް އެރުވި ސެލައިޓެއް ހުންނާނޭ
ބުރޯސް
24 April 2021
ހުރިހާ ފަންޑެއް ކުރަނީ ބޭރުން. ކޮބާ ދެން މައްސަލަ އަކީ. އިލްމު އުނގެނުން ކިތައްމެހާވެސް ރަނގަޅު. މިއަދަށް މިކަން ބޭކާރޔ ވެދާނެ. އެކަމަކު މިސްތަގުބަލުގައި އުނގެނުނު އިލްމުން އެތަކެއް ފައިދާއެއް ކިރާނެ.
ބުއްޅަ
24 April 2021
ސެޓެލައިޓް ހަރުކޮށްފަ އިންނާނީ މަޖުލީހުގެ މަތީ ސްޓޭޖްގެ މެދުގަ. ސެޓެލައިޓުން ފޮނުވާނީ ހުސް ތެޔޮ
ބުރޯސް
24 April 2021
ނޫނޭ. ސެޓަލައިޓް ހަރުކޮއްފަ އިންނާނީ ބޮޑުވަޒީރުގެ ބުރަކަށީގަ. އޭރުން ސްޕޭސްގެ ބޮޑުވަޒީރަކަށްވެސް ވާނީ އަހަރުމެންގެ ބޮޑުވަޒީރު.
ޢޮނިގިރީ
24 April 2021
ރިއްޕޭގަދަ.. ވާންކޮށްފައި ބަހައްޓާތި.. އުޅޭނެ ބައެއް މީހުން ތިކާމާއިވެސް ދެކޮޅުހަދައިގެން..
އުމަރުބެ
24 April 2021
ދުވަސްކޮޅަކުން އަހަރެމެނަށް ޖައްވަށްވެސް ދެވޭނެ.
ލުވައްޔު
24 April 2021
ގަރުދިޔަބަތް ކައިގެން ގޮޑުދޮށްކައިރީ ދިރިއުޅުން އެކަނި ހިތައް ފުދިގެން އުޅެން ނޭގިގެން މިއުޅެނީ ؟
ގެދާނޯމޮސް
24 April 2021
ރާއްޖޭގެ ކްލައިމެޓަށް އަންނަ ބަދަލަކީ ދުވަހުން ދުވަހައް އާދަޔާޚިލާފަށް ހޫނުގަދަވުން ނޫންތޯއެވެ. މިގެއްލުން ރާއްޖޭގެ ކްލައިމެޓަށް ލިބެނީ އިންޑިޔާ ފަދަ ބޮޑެތި ގައުމުތަކުން ދުވަހުން ދުވަހަށް މަގުތަކަށް ނެރޭ ގިނައުޅަނދުތަކުން ބެރުވާ ވިހަގޭސް ތަކުން ޖައްވު ދޮވެވިގެން ނެވެ. ބޭކާރު ޚަރަދެއްކޮށް ދިރާސާ ކުރެވިދާނެއެވެ. އެކުން ކުރާނެ ކަމެއްނެތެވެ. ކަނޑުތަކުގެ އޮކްސިޖަން ހުސްވެ ހުޅުހިފާ ހިސާބަށް ދަންދެން އިންސާނުން ތިބެންޖެހޭނީ ދިރާސާއެއްގައެވެ.
އުމަރުބެ
24 April 2021
އިންޑިޔާގެ ނަން ކޮންމެހެންވެސް ގެންނަންޖެހޭނެ. ސިކުނޑި ދިވެލައިގެންވެސް ތި ބައްޔެއް ނުފިލާނެ. ރައްޖޭގައި މި ދުއްވާ ވެހިކަލްތަކުން އެއްގޮތަކަށްވެސް ވިހަ ގޭހެއް ބޭރެއްނުވޭ ދޯ.
ރޮކެޓް
24 April 2021
ރަނގަޅު ވާހަކައެއް. އެކަމަކު ނިސްބަތުން އެންމެ ބޮޑަށް ދުނިޔެ ޕޮލިޔުޓް ކުރަނީ ޗައިނާ. ޢެއީ މުޅިދުނިޔޭއަށް ދޫކުރާ ޕޮލިޔުޓަންޓްގެ %30 ފޮނުވަނީ ޗައިނާއިން.. އިންޑިޔާއަށްވުރެ 4 ގުނަ އިތުރު.. ވެދާނެ ސިޔާސީބޭފުޅެއްވީމައި އެވާހަކަ އެގޮތަށްލިޔެލީކަމަށްވެސް. :))
ސަލީމު އިދުރީސް
24 April 2021
އޭތް ގޭދާނޯމޮސް ބުނައްތޯ ވާހަކަޔެއް ބަޔެއްގެ ވާހަކަނުދައްކަ ތިމާމެއް ފަރާތުން ނަމޫނާދައްކަބަލަ! މިކުޑަގައުމުގަ މިވަރައް ސައިކާލާ ކާރު ބޭނުވޭތޯ އަދި ނިސްބަތުން ބޮލަކައް ދޫއްވާއެއްޗިން ވިހަގޭސް ބޭރުރާގައުކައް ދިވެހިރާއްޖެވާނެ! ބޮޑެތިގައުތަކުގަ އެމިހުން ދުވާއެއްޗެތީގަ އުޅެއް މަޖުބޫރުވަނީ ތަންތަން ދުރުކަމުން ބައިސްކަލަކުން ނުފުދޭވަރު އެއްވެސް ރަށެއް މިގައުމަކުނެއް!
ބަންދުބޮންދު
24 April 2021
ވަރަށްވެސް އުފާވެރި ހަބަރެއް ދިވެހި ޒުވާނުންތަކަކަށް ތިފުރުސަތު ލިބުމަކީ އެމީހުންގެ މުޅިމުސްތަގުބަލު ބަދަލުކޮށްލާފަދަ ކަމެއް އަދި ދިވެއްސަކަށް ވީތީ ހަމަ އެކަމަށްޓަކައި ފަހުރުވެރިވާން