26 އެޕްރީލް 2021 - 08:51
އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ވެރިރަށް ނިއު ދިއްލީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ކުރީގެ ކްރިކެޓް ތަރި ގޯތަމް ގަންބީރްގެ ފައުންޑޭޝަނުން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އެއް ކްރޯޑް ރުޕީސް ހަދިޔާކޮށްފި އެވެ.
އެ އެހީގެ ވާހަކަ ޓްވިޓާގައި ހިއްސާކޮށް، އަކްޝޭ އަށް ޝުކުރު އަދާކޮށް، ގަމްބީރު ބުނީ އެހީ އަކީ ދިއްލީގައި ކާބޯތަކެއްޗާއި ބޭހާއި އޮކްސިންޖަން ފަދަ ވަސީލަތްތަކަށް ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ލިބުނު ވަރަށް ބޮޑު އެއްޗެއް ކަމަށެވެ.
Every help in this gloom comes as a ray of hope. Thanks a lot @akshaykumar for committing Rs 1 crore to #GGF for food, meds and oxygen for the needy! God bless 🙏🏻 #InThisTogether @ggf_india
— Gautam Gambhir (@GautamGambhir) April 24, 2021
ދިއްލީ އަށް އުފަން ގަމްބީރް 39، އަކީ ވެރިކަންކުރާ ބީޕޭޖީގެ މެމްބަރެއްގެ ގޮތުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގައި އީސްޓް ދިއްލީ ތަމްސީލުކުރާ މެމްބަރެވެ. އިންޑިއާގެ ސަރުކާރުން ދޭ މަތީ ޝަރަފުގެ ތެރޭގައި ހިމެނޭ ޕަދުމާ ޝްރީ ވެސް 2019 ގައި ހާސިލުކޮށްފައިވާ ގަމްބީރުގެ މިލްކިއްޔާތު 147 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
These are really tough times, @GautamGambhir. Glad I could help. Wish we all get out of this crisis soon. Stay Safe 🙏🏻
— Akshay Kumar (@akshaykumar) April 24, 2021
އޭނާގެ ގޯތަމް ގަމްބީރް ފައުންޑޭޝަން (ޖީޖީއެފް) އަކީ އިންސާނިއްޔަތަށް އެކި ގޮތްގޮތުން ހިދުމަތްކުރަމުން އަންނަ ފައުންޑޭޝަނެކެވެ.
އެ ފައުންޑޭޝަނަށް އަކްޝޭ އެއް ކްރޯޑް ރުޕީސް (133,457 ޑޮލަރު) ހަދިޔާކުރި އިރު، އޭނާ އަކީ މިދިޔަ އަހަރު ވެސް ކޮވިޑާ ގުޅިގެން އެކިއެކި ފަރާތްތަކަށް އެންމެ ބޮޑު އަދަދަކުން އެހީވި ބޮލީވުޑްގެ ތަރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
27 April 2021
އާދޭސް ކޮށްފަ ބުނަން. އަހަރުމެންގެ ރިސޯޓް އޯނަރުންވެސް ތިބީ ވަރަށް ހާލުގަ. އެމީހުން އަނގަޔާ އަތާ ދިމާނުވާތާ 2 އަހަރު ވެއްޖެ. ތަނުގައި ތިބި މުވައްޒަފުންނަށް މުސާރަ ނުދޭއިރު އެމީހުން އަނބިދަރިންކާރިއަށްވެސް ނުފޮނުވާ ބަންދުކޮށްގެން އެތިބެނީ ހަމަ ދިރިތިބެވޭނެ ފަދަވެސް ނެތިގެން. އެމީހުންގެ ނާށިގަނޑަށް ފައިސާ ފޮއްޗެއް ވައްޓާލަދޭންވީ ނޫންތޯ.
ށަވިޔަނި
26 April 2021
ސާބަހޭ އަކްޝޭ ތިއީ ގައުމާ ރައްޔިތުން ދެކެ ލޯބިވާ މީހުން.