އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއް--
25 އެޕްރީލް 2021 - 12:38
އިދިކޮޅު ފަރާތްތަކުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ރޭ ބޭއްވި އެއްވުން ރޫޅައިލުމުގެ ތެރޭގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު، އެ ދެ މީހުން ރޭ ފަތިހު ހައްޔަރުކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވީ އެ ޕާޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ޕާޓީގެ އޮފީސް ދޮރުމަތީގައި ސަޕޯޓަރުންތަކެއް މަޑުކޮށްލައިގެން ތިއްބައި ފުލުހުން ގޮސް އަނިޔާވެރި ގޮތަކަށް ޕެޕާ ސްޕްރޭ ޖަހައި އެންމެން ފޮނުވައިލީ ކަމަށެވެ.
އެ ހަމަނުޖެހުމުގެ ތެރެއިން 10 މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ހީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފުލުހުން ހައްޔަރުކުރީ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ރައީސާއި އެ ޕާޓީގެ މެމްބަރެއް ކަމަށެވެ.
ރޭ އަނިޔާވި ބައެއް މީހުންގެ ފޮޓޯތައް ޕީޕީއެމުން އާންމު ކޮށްފައިވާއިރު، އެކެއްގެ ނޭފަތް ފަޅައިގެން ލޭ އައިސްފައިވާ މަންޒަރު ވެސް ފެނެ އެވެ.
ޕީޕީއެމްގެ އޮފީސް ކައިރީގައި ރޭ ތިބި މީހުންނާ މެދު ފުލުހުން އަމަލުކުރީ ވަރަށް އިހާނެތިކޮށް، އިންސާނިއްޔަތާ ހިލާފަށް ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
"އެތައް ބަޔަކަށް މިރޭ ވެސް އަނިޔާކޮށްފި. ކޮބައިތޯ އެޗްއާރުސީއެމް؟ ކޮބައިތޯ އިންޓެގްރިޓީ ކޮމިޝަން؟،" ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ މަގުމަތީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަބްދުއްލަތީފު މުހައްމަދުގެ މޫނަށް ފުލުހުން ރޭ ޕެޕާސްޕްރޭ ޖެހުމުން ކޮށްފައިވާ އަސަރު ދައްކުވައިދޭ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓެއްގައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވި އެވެ.
Miee sarukaarun oagaatherikamaaeku kureege MP Latheef ge moonugai fuh jassavaidhevvanee eh noon. Miee aniyaa. Ethah bayakah mirey ves aniyaa koffi! Kobaithoa HRCM? Kobaithoa Integrity Commission? Mi sarukaarah baakee othee 2 aharu. IA, miahvure rangalhu sarukaareh PPM gennaanan. pic.twitter.com/WLEhxpv8vM
— Adam Shareef Umar (@Adamshareefz) April 24, 2021
އާދަމް ޝަރީފުގެ ޓުވީޓް
މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ވިދާޅުވީ، މި ސަރުކާރަށް ބާކީ އޮތީ ދެ އަހަރު ކަމަށާއި މި އަށް ވުރެ ރަނގަޅު ސަރުކާރެއް ޕީޕީއެމުން ގެންނާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން މާލޭގައި ގެންދަނީ މުޒާހަރާތައް ބާއްވަމުންނެވެ. ރޭ ބޭއްވި އެއްވުމުގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސަރުކާރުން އިތުރަށް ފައިސާ ޗާޕް ކުރަން އުޅޭ މައްސަލައިގައި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބާއްވާ މަގުމަތީގެ ހަރަކާތްތަކަށް ފުލުހުން ހުރަސްއަޅަމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. ބައެއް ރޭރޭ އެ ޕާޓީގެ އޮފީހަށް މީހުން ވަދެނުކުނުތުން ވެސް ހުއްޓުވައި، ދޮރުމަތި ހިސޯރުކޮށްގެން ފުލުހުން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
25 April 2021
ފުލުހުން ކަންކުރީ ރަގަލަށް.. މަ ނަމަ ދަތްދޮޅު ދުއްވަލީމުސް..
ވސނ
25 April 2021
މިފަދަ ސިއްޙީ ނުރައްކަލެއްގައި އުޅޭއިރު ތިފަދަ އެއްވުންތައް ރާވާފަރާތްތައް ދިގުމުއްދަތަށް ހައްޔަރުކޮށް އަދަބުދޭންއެބަޖެހޭ!
އުމަރުބޭ
25 April 2021
ބަލަ ޕޕމ ތިމުޒާހަރާ ލީޑް ކުރާން ތި ތިބެނީ ހުސް ކަރޮޕްޓް މީހުން ބޮޑެތި ހިޔާނާތް ހިންގާފަތިބިމީހުން މި މީހުނާ އިންސާފު އައިސް ހަމަކުރާނީ ކޮންދުވަހަކުންބާ
އަލިބޭ
25 April 2021
ބަލަ ޕޕމ ކުދިން ލަދުގަންނަން ޖެހޭނެ އަނިޔާއޭ ކިޔަން މީ ޔާމީންގެ ވެރިކަމުގާ ފުލުހުންނައް ދަސްކޮއްދިންކަންކަން އަދި ހަދާން ނެތޭހާ ދުވަހެއްއަދި ނުވޭ
ސައިޚް
25 April 2021
ޕީ.ޕީ.އެމް. އިން ތިހެން ދައްކާ ފޮޓޯގަ ހޫރެދާނެ ސޯސް ހާކާފަވެސް، ވަގު ޕާރޓީއެއްވީމަ، ކުރެވޭނީ ވަގުކަންކަން، ޕީ.ޕީ.އެމް އަށް ސަރުކާރުދެން ދިވެހިން ދޭނެއެކޭ ހިއެއްނުވޭ، ރާއްޖެ ރަނގަޅުކުރެވޭނީ، ބަޣާވާތްކުރި މީހުން ހައްޔަރުވެގެން،
ހޯރަބޭ
25 April 2021
އިދިކޮޅު އެއްމެން ޖަލަށް ލައިގެން އަނިޔާވެރި ވެރިކަމެއް ކުރި ފާޓިއެއް ފީފީއެމްތީ. މިއަދު ތިބޭފުޅުންނަށް ލޯމަށްޗަށް ތި ދަށްކަވަނި އެ ދުވަސް. ދެންވެސް ވެރިކަން ލިބުނީމަ އަނިޔާވެރި ނުވާތި.
ބަގުޑި
25 April 2021
އިސްތަރުޖަމާނު ހީނާ ވަލީދު. މިމަގާމުގެ ނަން އެބަޖެހޭ " އިސް ދޮގުހަދާ މީހާއަށް " ބަދަލުކުރަން.
އަހުމަދުބޭ
25 April 2021
އާދަމް ސަރީފުމެން ފުލުހުން ސިފައިން އަނިޔާކުރާ ވާހަކަ ދެއްކީ މައަންނަނީ ހިންޏެވެ، އަދި މިއަށްވުރެ ރަގަނޅަށް ވެރިކަން ކުރާވާހަކަ ދެއްކީމަވެސް އަންނަނީ ހިންޏެވެ، މިއަދު އެމް ޑީ ޕީ އެއް ޕީ ޕީ އެމް އެއް އެއްވެސް ކަމެއްގައި ތަފާތެއްނެތެވެ. އަދި ދެޕާޓީގެ ފަޑިމަތީގައި ތިއްބެވީވެސް ވަކި ސަހަލަ ބަޔެއްނޫނެވެ. ކުޅުއްވަނީ އެއްޑުރާމާއެވެ، އުޅުއްވަނީ އެއް އުޅުމެކެވެ، މިސާލަކަށް ފޮޓޯގައި ތިއިންނެވި ލަތީފް މެންދައްކާ ވާހަކަ އުޑުބަޅުކުރެއްވިހިސާބުގައި ގަބޫލު ކު
ޕީޕީޕީ
25 April 2021
ގޭގަ އޮތްނަމަ
މޯޑޭ
25 April 2021
ދިއްދޫ ލަތީފް ހަޔާތް މި ދުށްވާލަނި މަގުމަތީ މުޒާހަރާކޮށް ކޮށް. މީނައަށް ކަމުދާ ވެރިއަކު ނެތް. މާދަށް ވެސް މަޖިލިހަށް ކުރިމަތި ލައިފަ އައިސް ބުނާނެ ބޭބެއަށް ވޯޓް ދޭށޭ. ކާކު މީނައަށް އިތުބާރު ކުރާނި.