ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ ޕީޕީއެމުން އުޅެނީ ސަރުކާރާ "ޖޭވެގެން" ކަމަށް.
25 އެޕްރީލް 2021 - 15:22
ޕީޕީއެމުން އުޅެނީ އެމްޑީޕީގެ ސަރުކާރާ "ޖޭވެގެން" ކަމަށް ތުހުމަތުކުރައްވައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް އިދިކޮޅަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެެ.
އިތުރަށް ފައިސާ ޗާޕްކުރަން މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން މިއަދު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން މިއަދު އެ ދައްކަވާ ވާހަކައަށް ޒުވާން ކުދިން ބުނާނީ " އެއީ ޖޭވުން" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުން ޖޭވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރާއްޖެއަށް ވާނެ ކަމަށް އެެބޭފުޅުން ލަފާކުރެއްވި ގޮތް ނުވީމާ ކަމަށެވެ.
ޕެންޑެމިކްގެ ހާލަތުގައި ވެސް ސަރުކާރުން ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓައިނުލާ ކަމަށާއި އެކަމަށް އިދިކޮޅުން ވެސްް އިއުތިރާފް ކުރާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދިޔައީ ތަރައްގީގެ މަޝްރޫއުތައް ވެސް ހަމަ ހުއްޓުމަކާ ނުލައި ކުރިއަށް ގެންދަމުން. އެހެންވީމާ ހަމަ ޖޭވަނީ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި، ދަތީގައި މި ހޭދަކުރި އެއް އަހަރު ދުވަހާ އެކުގައި ވެސް މި ސަރުކާރުގެ ދެ އަހަރުދުވަހުގެ ތެރޭގައި ކޮށްފައި ވަނީ ރޮޒޭނާ ވިދާޅުވި ގޮތުގައި، ޖޭ ވާވަރުގެ މަސައްކަތްްތަކެކެވެ.
އޭނާގެ ކުރިން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ދެއްްކެވި އެއް ވާހަކައަކީ ބިޑްކުރުމެއް ނެތި ސަރުކާރުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްގެން މަސައްކަތް ކުރާ ވާހަކަ އެވެ. އެގޮތަށް މަސައްކަތް ކުރަނީ އެ ކުންފުންޏަށް ފަައިސާ ނުދީ ކަމަށާއި އެހެންވެ، ކުންފުނީގެ ހާލަތު ގޯސްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ މިދިޔަ އަހަރުތަކުގައި އެމްޓީސީސީން ފައިދާ ނެރެފައިވާ ކަމަށާއި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ޝިޔާމް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތަކުން ވައްކަން ކޮށްފައިވާ ކަމަށް ރޮޒައިނާ ތުހުމަތު ކުރެއްވި އެވެ. އެ ތުހުމަތާ އެކު ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ޝިޔާމް ވިދާޅުވީ ސަރުކާރާ ޖޭވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ނުބެލޭތީ ކަމަށެެވެ. މިއަދުގެ ޖަލްސާގައި ސަރުކާރަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ ދައުލަތުގެ މާލިއްޔާގައި މިހާރު ލައްޑޫ ނޫން އެއްޗެއް ނެތް ކަމަށާއި ދައުލަތަށް ލިބުނު އާމްދަނީ ހަރަދުކުރި ގޮތެއް ނޭނގޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކަލޯބެ
26 April 2021
ކަނބުލޯ ކަނބުލޮމެންގެ އަގެއް މިހާރަކަު ނެތޭ. ދެން އެންމެ ރަނގަޅުވާނީ ހަވާސާއިންވެސް ބޭރުވެލިއްޔާ
މަށެއްނޫން
26 April 2021
ޖޭ ވެގެނެއްނޫން މިއުޅެނީ މަހުލޫފު ގާތު އަހާލަބަލަ ކޮބައިތޯ ސުނިލްސެޓީ. ހަމަ ޖޭވާތީ މިހެން މިއަހާލީ.
ނަފްރަތު
26 April 2021
ޖޭވާވަރުގެ ކަމެއް ވެއްޖެބާ؟ މަންޖެމެންނަކީ ކޮންމެ އިރެއްގެވެސް ވެރިކަމުގެ ބޮޑުންނާގުޅި ކަންކަން މަގުފަހިކުރާ ބައެއް. ތިޔައާއިލާ އެންމެންވެސް.
ފޮނި ކަލޯ
26 April 2021
މެޑަމް ވެސް ޖޭވާނެ ، ޢަމަލުން ނުދައްކަފާނެ ސަބަކީ ލިބުނު މަންފާއެއްގެ ބޮޑުކަމުން
ޖާނޫ
26 April 2021
އަމައްޔާތް ތީނަ ތިހެން ނުކިޔަބަ.. ޖޭ ވަނީއޭ.. ފޫހި
ރާއްޖެ
26 April 2021
ޖޭވާނެ އެއްނު ޔާމިން އަށް ވުރެން ގިނައިން އެމް.ޑީ.ޕީން ވައްކަން ކުރަންޔާ.
ޕޮގުބާ ދާއޫދު
26 April 2021
ކޮންކަމެއް މިސަރުކާރަށް ކޮއްދެވުނީމަތަ ޖޭވަނީ ރަށްޔިތުންގެ ތާއީދުވަނީ ކުޑަ
ތައްބު
26 April 2021
ރައްޔިތުން ޖޭ ވާކަން ރޮޒެއިނާއަށް 2023 ގައި އިންޝާﷲ ދަށްކާލަ ދޭނަން،ކުޅި ބަލަން ތިބޭ މިއަދު އުފާކޮށްފައި މާދަމާ ރޮއްވާލާ ހަމަބިމަށް ތިރިކުރާނަން ﷲ އިރާދަކުރެއްވިއްޔާ،
ދޮންފުތުކުޑޭ
26 April 2021
ބައެއްފަހަރު ހިތަށްތަދުވެސްވާނެ
ހަންޕު
26 April 2021
ތިދެން "ޖޭ" ވާން ކޮންބަޔެއް. އަޅާފަ ހުރި ފުލެޓުގަނޑެއްވެސް ބަހަން ނޭގުނު ބަޔެއް.