ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޝަރީފް ވާހަކަ ދައްކަވަނީ. އޭނާ ވިދާާޅުވީ އަދީބާ އެކު ޑީލެއް ނުހައްދަވާ ކަމަށް
26 އެޕްރީލް 2021 - 22:02
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކުގައި އެއްވެސް "ޑީލެއް" ހައްދަވާފައި ނުވާނެ ކަަމަށާއި ޑީލެއް ހެއްދެވި ނަމަ ހެއްދެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މަަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި, ކަނޑުގައި ދުއްވާ އުޅަނދުފަހަރާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި، ޝަރީފު ވިދާޅުވީ މަޖިލީހުގައި އޭނާ ދެއްވި ވޯޓެއް ދެއްވާފައި އޮންނާނީ ނަޝީދު އެންގެވި ގޮތެއްގެ މަތިން ކަމަށެވެ. އޭނާ އެ ވާހަކައަށް ވަޑައިގެންނެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އޭނާއަށް ލިބިވަޑައިގެންނެވި ކަމަށް ބައެެއް މެމްބަރުން ތުހުމަތު ކުރައްވާ ކަމުގެ ޝަކުވާއިން ފައްޓަވައިގެންނެވެ.
"އަޅުގަނޑު އެމްއެމްޕީއާރުސީގެ އަދީބަކާ އެކު ޑީލެއް ނުހަދަން. ވަރަށް ކެރިގެން މިދަންނަވަނީ މި މަޖްލިސްގައި [ކުރިން] ދިން ވޯޓެއް ދީފައި އޮތީ މަނިކުފާނު އެންގެވި ގޮތެއްގެ މަތިން، ޑީލް ހެއްދެވީ މަނިކުފާނު،" މޭޒުމަތީގައި ޖައްސަވާފައި، ރިޔާސަތަށް އިނގިލި ދިއްކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ފައިސާއާ ޝަރީފާ ގުޅުވައި ވާހަކަ ދައްކަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ތިރިކޮށް، ދެ ފަނޑިޔާރަކު ބޭރުކުރަން އޭނާއަށް ފައިސާ ދިން ކަމަށް، އަދީބު ވިދާޅުވި ކަމަށް ބުނާ ބަޔާނެއް ސޯޝަލް މީޑިއާގައި އާއްމުކުރި ހިސާބުންނެވެ. ސައްހަކަން ކަށަވަރު ނުވާ އެ ލިއުމުގައި އަދީބާ ހަވާލާދީ ބުނެފައި އޮތީ ޝަރީފަށް 20 މިލިޔަން ރުފިޔާ ދޭން ބުނެގެން އެ މަސައްކަތުގައި އޭނާ ބައިވެރިކުރި ކަމަށެވެ. އޭގެ ތެރެއިން ފަސް މިލިޔަން ފުރަތަމަ ދިން ކަމަށް ވެސް އޭގައި ބުނެފައި އޮތެވެ.
މިދިޔަ އަހަރު އެ ލިއުން ފުރަތަމަ އާއްމުވުމާ އެކުގައި ވެސް ޝަރީފު އެކަން ދޮގުކުރެއްވި އެވެ.
މިއަަދުގެ ޖަލްސާގައި ޝަރީފު ނަޝީދާ މުހާތަބު ކުރައްވައި "ޑީލެއް ހެއްދެވީ މަނިކުފާނު" ކަމަށް ވިދާޅުވުމުން ނަޝީދު އެއަށް ވަގުތުން ރައްދު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ޝަރީފާ އެކުގައި އެފަދަ މުއާމަލާތެއް އެއްވެސް އިރެއްގައި ހިނގައިފައި ނުވާނެ ކަމަށެވެ،
"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަމިއްލަފުޅަށް ހިންގެވި މަސައްކަތެއްގެ ތެރޭގައި، އެހެން ބޭފުޅުން އޭގެ ތެރޭގައި ހިމަނަން މަސައްކަތް ކުރެއްވުމަކީ ބުއްދިވެރިކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ޝަރީފުގެ ވާހަކައާ ގުޅިގެން، ނިޒާމާ ބެހޭ ނުކުތާއެއް ކަމަށްް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް އެފަދަ ތުހުމަތެއް ކުރެއްވުމުން އެކަން ތަހުގީގުކުރަން ޖެހޭ ކަމަށެވެ، ނަޝީދު ވިދާޅުވީ ހުށަހެޅުއްވުމެއްގެ ގޮތުގައި ޝިޔާމް އެކަން ހުށަހަޅުއްވައިފި ނަމަ އެކަން ފުލުސް އޮފީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ގެންގޮސްގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ ހިސާބުން ކުރިން ދެއްކެވި ވާހަކަ އިތުރަށް ތަފްސީލުކުރައްވައި ޝަރީފު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެ ވާހަކަ ދެއްކެވީ، ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ސައިކޮޓަރީގައި އޭނާއަށް އެ ތުހުމަތު ކުރައްވާފައި ވާތީ ކަމަށެވެ. މަޖިލީހުގައި ކޮށްފައި އޮންނާނީ ޕާޓީގެ ލީޑަޝިޕުން އެންގި ކަމެއް ކަމަށާއި "ޑީލް"ގެ ވާހަކަ ނަޝީދަށް ނިސްބަތްކުރެއްވީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނުސީދާ ގޮތެއްގައި ޝަރީފަށް ތުހުމަތު ކުރައްވައި ރިޔާސަަތުން ނަޝީދު ވިދާޅުވީ އެކަހަލަ ކަންކަމަށް ދިވެހި ބަހުގައި ހަރުބަހެއް އޮންނަ ކަަމަށާއި އެއީ "މިސްކިތު ހުޅުޖެހިމީހާއަށް ވީގޮތް" ކަމަށެވެ. މިސްކިތު ހުޅުޖެހިމީހާއޭ ބުނެ ދިވެހި ބަހުގައި މިސާލު ޖަހަނީ ކަމެއް ކޮށްފައި އެހެން މީހުން އެވާހަކަ ދައްކާތޯ އަމިއްލައަށް ބަލާ ބެލުމަށެވެ.
ޝަރީފު ވިދާޅުވީ އޭނާ އުޅުއްވަނީ މިސްކިތު ހުޅުޖެހި މީހާ ހެދިގެން ނޫން ކަމަށާއި އޭނާއަށް ތުހުމަތު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް ހަލީމް) ކަަމަށެވެ،
އެމްޕީއާރުސީގެ މައްސަލަ މިއަދުގެ މަޖިލީހުގައި ބޮޑު ބަހުސަަކަށްވީ އެ އަރައިރުމުގެ ތެރެއިންނެވެ. އެކަމުގެ ތެރޭގައި ކޯފާ އިސްކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސަތުގައި އިންނަވަނިކޮށް އެމްއެމްޕީއާރުސީގެ އެއްވެސް މައްސަލައެއް ނުފޮރުވޭނެ ކަމަށެވެ. އެއީ ކިތަންމެ ބޮޑު މެމްބަރަކަށް ވިޔަސް ކިތަންމެ ބޮޑު ވަޒީރަކަށް އަދި އަމީރަކަށް ވިޔަސް ކުރެއްވޭނެކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުލަމާން
28 April 2021
މި ކަހަލަ ތަނެއްގައި ބަރުލަމާނީ ނިޒާމެއް އޮންނަ ނަމަ ދެންވާނީ ކިހިނެއް؟
ހިމާރުލްގައުމު
27 April 2021
އަހަރުމެންނަށް ނޭނގޭ ކަމެއް ނޫން. އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ ބޮޑުބައެއް ބަނޑުއެޅީ ރީނދޫ ގްރޫޕް. ސާލިހެއް ނަޝީދެއް ޝަރީފެއް ކިޔާނެ ކަމެއް ނެތް. މުލުވަގު ހުޅުމާލެ ފްލެޓްގަ ބަހައްޓައިގެން އުޅެނީވެސް އެހެންވެ.
ނައްޓު
27 April 2021
ހުރިހާ ޑީލެއްވެސް އަދީބާއެކު ހެދީ އެމްޑީޕީއިން ނަޝީދު ސަލާމަތްކުރުމަށް އެއީ ދިވެހިން ދަންނަ ކަމެއް، ޑީލް ހަދާނީ ނަޝީދު، ނަޝީދު ދަންނަހާވެސް ކަމަކީ ޑީލް ހެދުން، އަދީބާވެސް ޑީލް ހެދި، ގާތް މީހެއްގެ ކައިރިވެސް ބުނި ކޮބާހޭ މައްސަލައަކީ މިއީ ޕޮލިޓިކަލް ކަންތައްތައް ކުރާގޮތޭ، އަދީބާ އެއްބައިވުން އެއީ މައްސަލައެއް ނޫނޭ.
ހޭވިހަޑި
27 April 2021
އަދި ތިޔަ އެންމެން ބޭޒާރުވެ ނިމޭތަން މަމެން ދެކޭނަން. ބޮޑުޚިޔާނާތުގެ އަޑީގާ ތިޔައެންމެން ބެދެވޭތަންވެސް ދެކޭނަން. ހުރިހާއެއްޗެއް ކައިބޮއި ހަދާފާ ތިޔައެންމެން އުފަލުގާއުޅެފާ އެންމެމީހަކު ޖަލުގާހުރުމީ އިންސާފެއް ނޫން. އެކަމަކު ކޮންމެ ކަމެއްވެސް ފަޅާއަރާ ފަދައިން އެތެރޭގެ ހުޅުގަނޑު ތިވަނީ އާދަޔާ ޚިލާފަށް ރޯވެ އަނދަން ފަށާފާ. އެހެންވީމާ ދެންދާނީ އެނދިތަންތަން ހާމަވަމުން.
އަފާ
27 April 2021
މިޒާތުގެ ވާހަކަ ދައްކާ މަޖިލިހެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި އޮންނާނެހެން ހިޔެއް ނުވޭ. އެކަކު އަނެކަކަށް ކަލޭކުރި މަ ނުކުރަން ގޮވަމުން ހަރުދަނާ އެއްވެސް ސިފައެއް ނެތި ހަޅޭއްފަޅޭއް އަބަދު ގޮވާލަގޮވާލާ ތިބޭއިރު ރައްޔިތުންނަށް އެކަން ވިސްނި މިފަދަ މަޖިލިހެއް ދެން ނުހޮވާވޭތޯ ބަލާނެ ކަމުގައި އުންމީދުކުރަން
Happy 786
27 April 2021
އެމްއެމްޕީއާރުސީގެ ވައްކަމުގައިބައިވެރިނުވާމީހުން ބިރުން ތެޅިފޮޅޭކަށްނުޖެހޭނެ... މަވޯޓާ ކީއްވެގެން ތެޅިބާލަނިީ??
އޮނަރަބްލް އަފީފު ދީދީ
27 April 2021
އެމްއެމްޕީއާރުސީގެ ވައްކަމުގައިބައިވެރިނުވާމީހުން ބިރުން ތެޅިފޮޅޭކަށްނުޖެހޭނެ. # މަޖިލީހުގައިތިއްބެވި އައްޑޫމެންބަރުންގެތެރެއިން އިލްޔާސް، ނިހާދު، ނާޒިލް، އަހްމަދުއަކީ "ބްރޯ ބިޑިއެބުރިއިރު" މަޖިލީހުގައިތިއްބެވި މެންބަރުންކަމުގައިނުވާތީ އަހަރުމެންސިޓީގެ ގިނަމެމްބަރުންނަކީ "ވަގުންނޫންކަން" އަހަރުމެނަށްއިގޭ. # އެކަމަކު ބާކީތިއްބެވި ސީނިއަރ 3 މެމްބަރުންގެމައްޗަށް ވައްކަމަށް ތުހުމަތުކުރެވޭނަމަ އެކަމުން އެމީހުން ބަރީޢަވެގެންވާކަން ސާބިތުކޮށްދޭންޖެހޭނެ.
ކޮއްޔާ
27 April 2021
ޝަރީފް މާލޭ މެދުތެރއިން ބައްލަވައިގަތް ބިން އމިއްލަ ނަމުގައި ރަޖިސްޓަރީކުރަން ނުކެރިގެން ތިއުޅެނީ ކީއްވެހޭ. ކޮންތަނަކުން ހޯދިފައިސާއެއްކަން އެއްމެންނަށް އެގޭ.
އޮނަރަބްލް އަފީފު ދީދީ
26 April 2021
މަޖިލީހުގައިތިއްބެވި އައްޑޫސިޓީގެ 7 މެމްބަރުންގެތެރެއިން ސީނިއަރ 3 މެމްބަރެއްގެމައްޗަށް އެމްއެމްޕީއާރުސީގެ ވައްކަމުގެތުހުމަތުކުރެވުމުން އެކަމުން ބަރީޢަވެގެންތިބިކަން ދެއްކުމުގެބަދަލުގައި ޖަދަލުކުރާންދިމާކުރުމުން ތިބޭފުޅުންގެއިތުރަށް ދިވެހިރައްޔިތުންގެކުރިމަތީގައި އައްޑޫމީހުންގެ އަގުވެސްވެއްޓޭނެކަން ޤަބޫލުކުރާންޖެހޭ. "އަހަރުމެންނަކީ މަކަރާއިހީލަތްހަދައިގެން ދައުލަތްކަޅާކޮށްލާ ބައެއްގެފަހަތުގައިތިބެ އެމީހުނަށް ބައިއަތު ހިފާނެބައެއްނޫން" އިގޭތޯ.
ނެކްސްޓް
26 April 2021
ނަޝީދު ޖަލުން ނުކުމެ އިނގިރޭސިވިލާތައް ދިޔައީ އަދީބުއާ ހެދި ޑީލުގެ ދަށުން. ދިވެހިން ވަރަށް ހަދާން ކޮށިވާނެ