ަމަޖިލިހުގެ އިއްޔެގެ ޖަލްސާ ނިމުނު ފަހުން މަޖިލިހުގެ ރިޔާސަތުގެ ގޮނޑީގައި ޝަރީފު.
15 ނޮވެމްބަރ 2022 - 09:59
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލީ ގަވައިދާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ސަރުކާރުގެ ފެކްޝަންގެ އެމްޑީޕީގެ މެމްބަރުން ކުރައްވާ ތުހުމަތުތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
ސަރުކާރުން ފޮނުވާފައިވާ ޓެކްސް ބޮޑު ކުރުމުގެ އިސްލާހު އިއްޔެގެ ޖަލްސާގައި ފާސްކުރަން މެމްބަރުން ނިންމައިގެން ތިއްބަވަނިކޮށް، އެ ވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ވަނީ "ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ހަމަ ނުވާ" ކަމަށް ވިދާޅުވެ ކުއްލިއަކަށް މަޖިލިސް ނިންމާލައިފަ އެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީޕީ އަދި އެމްއެންޕީގެ ބައެއް މެމްބަރުން ވެސް ވަނީ ރިޔާސަތުން ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ރިޔާސަތުން އަފީފުގެ ނިންމެވުން އައި ވަގުތު ހުރިހާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަޖިލިހުގެ ތަޅުމުގައި ތިއްބެވިކަން މެމްބަރުން ސޯޝަލް މީޑިއާ އަށް ޕޯސްޓު ކުރަމުން ގެންދެވި ފޮޓޯތަކުން އެނގެ އެވެ. ކޯރަމް ހަމަ އަށް އޮތް ކަމަށް އެހެން ޕާޓީތަކުގެ ބައެއް މެމްބަރުން ވެސް ވިދާޅުވި އެވެ.
ނަޝީދުގެ ފެކްޝަންގައި ހުންނަވާ އަފީފު ދިފާއު ކުރައްވައި، މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ، ޖަލްސާ ނިންމަން އޮތީ އެންމެ ގޮތެއް ކަމަށެވެ. އެއީ ހަމްދު ކިޔުމަށް ފަހު "މަޖިލިސް ނިމުނީ" އޭ ރިޔާސަތުން ވިދާޅުވެ ޖަލްސާ ނިންމައިލިކަން އިއުލާން ކުރެއްވުމެވެ.
މަޖިލީހުގެ ބަހުސް ނިމުމަށް ފަހު ވޯޓަށް އެހުމަށް ތިން ވަނަ ކިޔުން ކިޔާނެ ކަމަށާއި އިއްޔެ ތިން ވަނަ ކިޔުން ނުކިޔާތީ ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މަޖިލީހުގެ ނިންމުން ގަވައިދާ ހިލާފު ކަމަށް މެމްބަރުންނަށް އޮޅިވަޑައިގެންފައި ވާތީވެ މި ދަންނަވާނީ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވުމުން، އިއްޔެ އެ މައްސަލާގައި ހިތްހަމަޖެހިވަޑައިނުގެން މަޖިލީހުގެ ރިޔާސަތުގެ އިށީނދެވަޑައިގަތް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ނިޒާމީ މައްސަލައެއް ނެންގެވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ހުންނަވާ ޝަރީފު ވިދާޅުވީ، އަފީފު ތިން ގޯހެއް ހެއްދެވި ކަމަށާއި އެއް ކަމަކީ ކޯރަމް ހަމައަށް އޮއްވައި ކޯރަމް ނެތް ކަމަށް ވިދާޅުވުން ކަމަށެވެ.
ޝަރީފުގެ ވާހަކަ ހުއްޓުވުމަށް ފަހު ނަޝީދު ވިދާޅުވީ، ޝަރީފު މަޖިލީހުގެ ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގަތް މަންޒަރު ފެނިވަޑައިގަތް ކަމަށާއި އެއީ ގަވައިދާ އުސޫލުތަކާއި އަދި ހުރިހާ ހަމަތަކާ ވެސް ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ.
"މަޖިލީހުގެ ރިޔާސަތަކީ މަޖިލީހުގެ މެންބަރުން ވޯޓު ދެއްވައިގެން ކަނޑައަޅާ ކަމެއް. މަނިކުފާނު އެކަން ނުކުރައްވައި، މި ތަނުގެ ރިޔާސަތުގައި އިށީނނެވިކަން އެއީ ވަރަށް ބޮޑު ހިތާމައެއް،" ނަޝީދު ވިދާޅުވި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރު ކުރުމަށް ސަރުކާރުން ފޮނުވާފައިވާ އިސްލާހު ހުރި ގޮތަށް ފާސްކުރުމަށެވެ.
އެ މައްސަލާގައި ނަޝީދުގެ ފެކްޝަންގެ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައި ކޮމިޓީ މަރުހަލާގައި އިތުރު އިސްލާހުތަކެއް ވެސް ހުށަހެޅުއްވި އެވެ. އެކަމަކު އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވެ އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި މިއަދު ޓެކްސް ބިލަށް ވޯޓަށް އެހުން އޮންނާނެ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ޖީއެސްޓީ 8 ޕަސަންޓަށް އަދި ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިރާރު
15 November 2022
ނަޝީދަކީ ގޯސް މީހެއް. އެކަމަކު ޓެކްސް ބޮޑުކުރުން ހުއްޓުވުމަކީ ޖިހާދެއް
ހަނދާ
16 November 2022
ނަޝީދަކީ ރަނގަޅު މީހެއް. އަދި ނަގަން މިއުޅޭ ޓެކްސް ހުއްޓުވުމަކީ މާ ބޮޑަށް ވެސް ރަނގަޅު ކަމެއް.
ފޮނިފޮނިތައްޕު ކުމާރު
15 November 2022
ނަޝީދުނޫބިއްޔާ އެންމެންވެސް އޭނާއަށް ގޯސްވާނެ.
ތުނޑުހަސަނު
15 November 2022
ހަސަނާއި އާޒިމްފަދަ ނަޝީދުގެ ސިކުނޑިން ވިސްނާ މީހުން ވެސް ރަނގަޅުވާނެ.
ހަސަނު
15 November 2022
ޓެކްސް ވެސް އަދި އެހެން ކަންކަނ ްވެސް ނިންމާމީ މަޖުލީހުގެ އަގުލަބިއްޔަތުން.. މަޖުލީހު އަގުލަބިއްޔަތު ލއޮތް ކަމެއް ނުކުރާން ފަސްކުރެވިގެން ނުވާނެ އެއްވެސް ހާލަތެއްގަ...
އަހްމަދ
15 November 2022
އަހަރެން ވަރަށް އުއްމީދުކުރަން ތިޔަ ޓެކްސް ނަގަންފާސް ވަނެކަމަށް. އޭރުން ރައްޔިތުން ރައީސްސޯލިހަށް 2ވަނަ ދައުރެއް އުފަލާއެކުދޭނީ.
ޓެކުސި
16 November 2022
އަންނިއާ ނުލާ އިންތިހާބުގައި ސޯލިހު ދާނީ ޗޮކުން. އެންޑީޕީ ޗެއާޕާސަން އިންތިހާބުގައި އިންތި ނެގި ޕަސެންޓުން އިގޭނު އެމީހުން ސޯލިހައް ވޯޓެއް ނުލާނެ އަންނި ބުނެފިއްޔަކާ. ވޯޓު ނުލާނީ ނޫނި ބާތިލުޖަހާނީ. ދެން ޔާމިނުގެ ޕީޕީއެމް ވޯޓު ވެސް އަދި އޮންނާނެދޯ. އޭރަށް ސޯލިހުއަށް %5 ވެސް ނުލިބޭނެ. ކެކެކެ
ހަސަނުބުނުކުރުސީ
15 November 2022
ތިމަންނާ އެދޭ ގޮތަކީ އެއީ ޑިމޮކްރަސީކަމަށް، ތިމަންނާ ބޭނުންވާ ކަންކަމަކީ ކުރެވެންޖެހޭ ކަންކަން ކަމަށް، ތިމަންނާގެ ބަހަކީ އެއްމެފަހުގެ ބަސްކަމަށް، ތިމަންނާއާއި ޖަދަލުކުރާ މީހަކީ ޤައުމީ އަދުއްވެއްކަމަށް، މިތިބަކަންކަން މިއަދު މިޤައުމުގައި ހިނގާކަމީ ހިތާމަހުރިކަމެއް. ޑިމޮކްރަސީގެ ނަމުގައި ރައްޔިތުން ސިނކުޑިއަށް ވެރިވެ ޚުދުމުޚުތާރު ސިފަގެންގުޅެން ތާއިދެއް ނުކުރެވޭނެ. އަމަލާއި ބަހާއި ދިމާނުވުމަކީ މުނާފިގު ސިފައެކޭ އޮވޭ ފޮތްފޮތުގައި
ވަޑިޔައްތޮކިނަބާ
15 November 2022
މިއޮތްދަތިދުވަސްވަރުގައި، ރައްޔިތުންގެ އަތުންއިތުރަށް ޓެކްސްނެގުމުގެ ބަދަލުގައި، ސަރުކާރުގެ ޚަރަދުތައް ކުޑަކޮށްގެން ޤައުމު ނުހިންގެންޏާ ރައީސްމީހާ އިސްތިއުފާ ދެއްވާށެވެ. ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި ބޮޑެތިމުސާރަދީފައިތިބި ބޭކާރު މަޤާމުތަކުގެ ޢަދަދު ބަލާލަބަލާށެވެ. ޓެކްސް ބޮޑުކުރާކަށްނުޖެހޭނެ އެމްއެމްޕީއާރުސީ ގެ ލާރިގަނޑު ހޯދިނަމަ. އިބޫ ފެކްޝަންގައި މުޅިންވެސްތިބީ އެލާރި ނަގައިގެންތިބި މީހުންނެވެ.
ޙިނި
15 November 2022
ސަރުކާރައް ފަހިވާގޮތައް ކަންކަން އަވަސް ކުރުމައް ސަރުކާރުން މަޖުލިހައް މިނިސްޓަރަކާ ދެތިން ޑެޕިއުޓީ މިނިސްޓަރުންވެސް ލާންފެނޭ