ސުޕްރީމް ކޯޓު: ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ގެންދިޔަ މައްސަލަ ބަލަން ޖެެހޭނީ ހައި ކޯޓުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
28 އެޕްރީލް 2021 - 16:35
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ހިންގުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލުކުރި މައްސަލަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާބެހޭ ކަންކަން ބަލަހައްޓަން ސުޕްރީމް ކޯޓުގެ ދަށުން ކުރިން ހިންގަމުން ދިޔަ ޑީޖޭއޭއަކީ ޖޭއެސްސީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސީ ޖޭއެސްސީގެ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހަކުންނެވެ. އެ އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފް އިސްލާހުތަކެއް ކަމަށް ބުނެ އެ އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވަކީލް އަލީ ޝާހު އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކޯޓުތަކުގެ ގާނޫނު އޮތްގޮތުން އެ ކޯޓުގެ އަސްލީ އިހްތިސާސްގެ ދަށުން އެ ކޯޓުން ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ މައްސަލަތައް ހިނގައިދާނެ މައްސަލަތަކާއި އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލަތައް އެކަނި ކަމަށެވެ. އެކަމަކު އެ މައްސަލައަކީ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ މައްސަލައެއް ނޫން ކަމަށާއި އެހެންވެ، އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފްކަލޯ
28 April 2021
ދެން ހައިކޯޓުން ބުނާނެ ސުޕްރީމަށޭ, ބައްޔެއް ހުވާ
ބޮޑުމީހާ
28 April 2021
ތިހެން އިލެކްޝަނާއި ގުޅިގެން ހުށަހެޅި މައްސަލަވެސް ސްޕްރީމް ކޯޓުން ބުނީ ބެލޭނީ ހައިކޯޓަށޭ، ހައިކޯޓުން ބުނީ ސްޕްރީމް ކޯޓަށޭ، މައްސަލަ ނުނިމި އޮއްވާ އިންތިހާބު ނިމިއްޖެ
މިހާފީ
28 April 2021
ސުޕްރީމް ކޯޓުން ޖުޑީޝަރީގެ ޒަމާންވީ ހަރުދަނާ ނިންމުންތައް އޮޅާލައި ވާނުވާ ލިޔަމުންދާ ދިއުމަށް ޒިއްމާވާންޖެހޭނެ.
ހަފީޒު
28 April 2021
ސުވާލަކީ މިކަހަލަ ނިންމުންތައް ނިންމައިގެން މެޖިސްޓުރޭޓުން ސުލޫކީ ވާގޮތަށް ސުޕްރީމް ކޯޓު ގާޒީން ސުލޫކީ ނުވަކީ ކީއްވެތޯ؟ ދަށު ކޯޓުގެ ގާޒީން ނިންމާ ގަލާއީ ނިންމުންތައް ސުލޫކީ މައްސަލައަކަށްވެފައި، ހައިކޯޓާ ސުޕްރީމު ކޯޓުން ނިންމާ ގަލާއީ ނިންމުމާމެދު އެއްޗެއް ބުނަން ނުކެރެނީ ކީއްވެތޯ
ހަސަނުބެ232323
28 April 2021
ޖެނެރަލް އޮޕީނިޔަނެއް ލިޔެލަންތަ؟ ޔާމީނުގެ ޝަރީއަތް ކުރުމަށް ފަހަށް ސުޕްރީމް ކޯޓުގެ ވަޒީފާ ލިބުނު ރަޝީދު ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށްވުރެ ތަޖުރިބާ މަދު، ޒުވާން މަހާޒު ފަނޑިޔާރު ބިލޯންގްވަނީ ހައިކޯޓު ނުވަތަ ސުޕީރިޔާ އެހެން ކޯޓުތަކަަށް ކަމުގައި ދެކެން. ސުޕްރީމް ކޯޓުގައި ދެން ތިބި ހުރިހާ ފަނޑިޔާރުުންނަކީ އެމަގާމާއި ނުހަނު އެކަށީގެންވާ ގާނޫނީ ދާއިރާގެ ތަޖުރިބާ ރައްޔިތުން ގަބޫލުކުރާ މިންވަރަށްވުރެވެސް ބޮޑަށް ލިބިފައިވާ ބޭފުޅުން