ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓްގެ ކުރީގެ ބައްދަލުވުމެއް. މާދަމާ ކެބިނެޓަށް ބަަދަލުތަކެއް ގެންނާނެ
01 މެއި 2021 - 18:56
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް މާދަމާ ބައެއް ބަދަލުތައް ގެނެސްް އެކަން އިއުލާނުކުރާނެކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ކެބިނެޓްގެ ހަތަރު މަގާމަކަށް މާދަމާ ބަދަލު ގެންނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފަ އެވެ. އެއީ އެންވަޔަރްމެންޓް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އަދި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމެވެ. އެނގިފައިވާ ގޮތުގައި އެންވަޔަރްމަންޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވައި އެ މިނިސްްޓްރީގައި މިހާރު ހުންނެވި ޒަހާ ވަހީދު ބަދަލުކުރައްވާނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށެވެ. އެއަށް ފަހު އެންވަޔަރްމެންޓް މިނިސްޓަރުކަމަށް ހަމަޖައްސަަވާނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އެވެ.
ހުސްވެފައިވާ ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް ވެސް މާދަމާ ބޭފުޅަކު ހަމަޖައްސަވާނެ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މަގާމަށްް ހަމަޖައްސަވާނެ ބޭފުޅަކު އަދި ނުނިންމަވަ އެވެ. އެމަގާމަކީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ކަމަށް ވާތީ އެމަގާމަށް ހަމަޖައްސަން ޖޭޕީން ބޭފުޅެއްގެ ނަން ވަނީ އެކަމަކު ފޮނުވައިފަ އެވެ.
ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެ ކަން މީގެ ދެތިން ދުވަސްކުރިން ރައީސް ވަނީ ކޯލިޝަން ޕާޓީތަކަށް އަންގަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިމާ
02 May 2021
މައުމޫން ބަދަލުކުރާގޮތަށް ޕަޒްލް އަލުން އަތުރާލަނީ. ކިތަންމެ ވަރަކަށް ފެލިޔަސް އޭގެނެތް އެއްޗެއް ނުނިކުންނާނެ.
ތޯހިރު
02 May 2021
ލިސްޓްހެ އެންމެ ކުރީގައި އަސްލަމްގެ ނަން އޮންނާން ބޭނުން. މިފަހަރު އަސްލަމް ބަދަލު ކޮށްދެއްވާ.
ފޯއްބެމެން
02 May 2021
؟ މި ކޯލިޝަނަކުން ސަލާމަތެއް ނެތޭދޯ
އަމަލީ
02 May 2021
ބޮޑުސޯބު ސްލޯކޮށް އެނބުރެންޔާ ކުދިސޯބެއް ކިތަންމެ ބޭނުންވިއަސް ބާރަކަށް ނޭނބުރެވޭނެ.
ނޯޓް
02 May 2021
ޙީއެއްނުވޭ ބަދަލު ވެދާނެ ހެނެއް. ނޫން ފަހަރެއްގަ ކެބިނެޓް ގަ ވަށާ ގެން ހުންނަ ގޮނޑި ތަށް އެއްގޮނޑި އާއި އަނެއް ގޮނޑި ބަދަލުކޮށް ހަދާފާނެ. ހަމަ އޮންނާނީ ސޭމް ކެބިނެޓް ހެންހީވަނީ.
ޞަން
02 May 2021
ށައުނާ އޭއީ ކާކުތަ މިނިސްޓްރީއެއް ހިންގަން؟ ރައީސް އޮފީހުގަ ހުރެގެން މީނަ އަަށް ލިބުނު އެއްވެސް ކާމިޔާބީއެއް ނެތް! ޢެއްވެސް ތަޖުރިބާއެއް ނެތް އެމްޑީޕީ އެކްޓިވިސްޓުން ގައުމުގެ އިސް މަޤާމްތަކަށް ލައިގެން ކީއްތަކުރަން މިއުޅެނީ؟
ކޮބާ ހެލްތު
02 May 2021
ހެލްތު މިނިސްޓަ ރ ބޭ ރުކޮށްލާކަށް ނުވޭތަ. ކަޑަ މީހެއް އެއީ
ހަބީބީ
02 May 2021
ނާގާބިލް ވަޒީރުން އަދި ކަރަޕްޓު ވަޒީރުން ބަދަލު ނުކޮށް އެއް ބަޔަކު ބަދަލު ކުރުމީ ބޭކާރު ކަމެއް! ބުނެބަލަ ނަހުލާ، މާރިޔާ، މަހުލޫފް، އެޑުކޭޝަން އަދި ހަޔަރ އެޑުއުކޭޝަން ވަޒީރުން ކުރި ބޮޑު ކަމެއް؟ ހުސް ނަޝީދުގެ ޕަޕެޓުން. ދެން މިލަނީ ޝައުނާ ކަހަލަ އަނެއް ޕަޕެޓް! ބޯހަލާކު!
ސަމީނާ
02 May 2021
މަނިކުފާނު ތިޔަ އުޅުއްވަނީ ބަދަލެއް ގެންނާކަށް ނޫނެވެ! ރައްޔިތުން ގުނބޯ ހައްދާށެވެ. ބަދަލު ކުރާނަމަ، ރައްޔިތުންގެ އަޑުއެހިނަމަ ބަދަލު ކުރާނީ، މިނިސްޓަރ ފައްޔާޒު، މިނިސްޓަރ އަމީރު، އަދި މިނިސްޓަރ އަސްލަމެެވެ. ކޮންމެހެން ތިޔަ ސަކަރާތް ނުޖެއްސެވިޔަސް 5 އަހަރުވީމައި ވޯޓް ފޮށިން ތިޔަކަން މިނެކިރާނެއެވެ. ކަން ކުރަން ނުކެރި ފިނޑިވެގެން އުޅުއްވަންވީއެވެ. ވޯޓްދޭން ތިބި ރައްޔިތުން ފިނޑިވާނެ ކަމަށް ހީފުޅު ނުކުރައްވާށެވެެ.
އަރީޝް
02 May 2021
ތިޔަ ބަދަލު ބޮޑަށް ވައްތަރީ އަމާކީތީ ފަރަށް ދިއުމާއެވެ. މަނިކުފާނު ބަދަލޭ ވިދާޅުވެ ރައްޔިތުންނާއި އަދި ބައިތުލްމާލާއި ގުޅުންނެތް ބަދަލު ގެނެސް އެކަން އެއީ ރައްޔިތުންގެ އެދުމޭ ވިދާޅުވީމައި ގަބޫލުކުރާވަރަށް ރައްޔިތުން މޮޔަ ކަމަށް މަނިކުފާނަށް ހީފުޅުވާނަމަ ތިޔަކަން ކޮށްލައްވައިގެން އަމިއްލަފުޅަށް ހިތްޕުޅު ހަމަޖައްސަވައިގެން ހުންނަވާށެވެ. ތިޔަކަށް ބަޔަކު ދައްކާނެ ވާހަކައެއް ނެތެވެ.