ޖެންޑާ މިނިސްޓްރީގެ ބައެއް ވެރިން ވިދާޅުވަނީ، މިނިސްޓަރު މާލޭގައި ހުންނަވައި އޮފީހަށް ވަޑައިނުގަންނަވާތާ ވެސް ދުވަސްތަކެއް ވެއްޖެ ކަމަށް. އެކަމަކު މިނިސްޓަރު އެކަން ދޮގުކުރައްވާ!
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ. އެ މިނިސްޓްރީގެ އިިސް އެހެން ބޭފުޅުންނާ ހިޔާލުތަފާތުވުން ބޮޑުވެ، މުއާމަލާތް ނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަަމަށް އިސް ބައެއް ބޭފުޅުން ތުހުމަތުކުރައްވާ.
03 މެއި 2021 - 10:26
ޖެންޑާ މިނިސްޓްރީގެ ޓޮޕް މެނޭޖްމަންޓުގެ ބޭފުޅުންނާއި މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، އޭނާ އޮފީހަށް ވަޑައިނުގަންނަވާ ކަމަށް ބައެއް އިސް ބޭފުޅުން ތުހުމަތު ކުރައްވައިފި އެވެ.
ޖެންޑާ މިނިސްޓްރީން، "މިހާރު"އާ ވާހަކަ ދެއްކެވި އިސް ދެ ބޭފުޅަކު ތުހުމަތު ކުރެއްވި ގޮތުގައި މިނިސްޓަރު އާއިޝާ އޮފީހަށް ވަޑައިނުގެން އުޅުއްވާތާ މިދިޔަ ހޮނިހިރު ދުވަހަށް ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. އޮފީހަށް ވަޑައިނުގެންނެވުމުގެ އިތުރުން، މިނިސްޓަރާ މުއާމަލާތު ކުރުމަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އަދި އެގްޒެކެޓިވް ލެވެލްގެ އެހެން ބައެއް ބޭފުޅުންނަށް ހުރި އެހެން މަގުތައް ވެސް ބަންދުކުރައްވާފައިވާ ކަމަށް އެ ބޭފުޅުން ތުހުމަތު ކުރެއްވި އެވެ. ޓޮޕް މެނޭޖްމަންޓުގެ ބޭފުޅުންނާ ވާހަކަ ދެއްކެވުމަށް ހައްދަވާފައިވާ ވަޓްސް އެޕް ގްރޫޕަކުން ވެސް މިނިސްޓަރު ނުކުންނަވައި، އެ ގްރޫޕް ޑިލީޓް ކުރެއްވުމަށް ޕާސަނަލް އެސިސްޓެންޓަށް އެންގެވި ކަމަށް ވެސް ވާހަކަ ދެއްކެވި ދެ ބޭފުޅަކު ވިދާޅުވި އެވެ.
އެކަމަކު މިނިސްޓަރު އައިޝާ "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީގެ ޓޮޕް މެނޭޖްމަންޓްގައި "އިޝޫއެއް ނެތް" ކަމަށެވެ. އޮފީހަށް ވަޑައިނުގެން އުޅުއްވާ ކަމަށް ކުރާ ތުހުމަތު ވެސް އޭނާ ދޮގުކުރެއްވި އެވެ.
އައިޝާ ވިދާޅުވި ގޮތުގައި މަންމާފުޅުގެ އާލާސްކަންފުޅަކަށް ފަރުވާކުރެއްވުމަށް މިދިޔަ މަހު އޭނާ އިންޑިއާ އަށް ދަތުރެއް ކުރެއްވި އެވެެ. އެ އަށް ފަހު އެނބުރި ވަޑައިގަތީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށާއި 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރެއްވުމަށް ފަހު ރަސްމީ މަސައްކަތަށް ނުކުމެ ވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކަރަންޓީނު ފުރިހަމަކޮށްފައި ނުކުތް ފަހުން ރައީސް އޮފީހުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު. އެހެންވީމާ އޮފީހުގައި ހޭދަކުރެވުނު ވަގުތު މަދުވެފައި އޮވެދާނެ. އެހެން ނަމަވެސް އަޅުގަނޑު މަގާމުގެ ޒިންމާ ފުރިހަމައަށް އެބަ އަދާކުރަން،" އައިޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ރޯދަމަހު މަސައްކަތުގެ ވަގުތު ކުޑަވެފައި އޮތުމާ އެކު ރައީސް އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގެންނެވުމުން އޮފީހުން ފެންނަލެއް މަދުވުމަކީ އެފަދަ ވާހަކައެއް ފެތުރުނު ސަބަބަކަށް ވެދާނެ ކަމަށެވެ.
ނަމަވެސް، މިނިސްޓްރީގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މިނިސްޓަރު އޮފީހަށް ވަޑައިނުގެން ރައީސް އޮފީހުގައި ބޭއްވި ވަރަށް ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތެވެ.
ޖެންޑާ މިނިސްޓްރީން ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި ގޮތުގައި ގިނަ ކަންތައްތަކާ މެދު މިނިސްޓްރީގެ އިސް އެހެން ބޭފުޅުންނާ މިނިސްޓަަރާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެއް ކަމަކީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކަންތައްތައް ބޮއްސުންލައިގެން ދިއުމާއި ދައުލަތުން ކުދިން ބަލަހައްޓަން އަތޮޅުތަކުގައި ގާއިމުކުރި ސެންޓަރުތަކުގެ ކަންތައްތައް ވެސް ގޯހުން ގޯހަށް ދިއުމެވެ. އެ ސެންޓަރުތަކުގައި އެކަށީގެންވާ މުވައްޒަފުން ނެތިގެން، އެއް މަރުކަޒުން އަނެއް މަރުކަޒަށް ކުދިން ބަދަލުކުރަން ޖެހުމުގެ މައްސަލަ ވެސް ހައްލު ނުވަނީ ހިޔާލު ތަފާތުވުންތަކާ ހެދި ކަމަށް މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވި އެވެ.
"އެ ކަންތައްތަކުގައި އެހެން އެއްވެސް ބޭފުޅެއްގެ ލަފާ މިނިސްޓަރު ގަބޫލެއް ނުކުރައްވާ. އެކަމަކު އަޅުގަނޑުމެންނަކީ ވެސް ހަމަ ރައީސް އައްޔަން ކުރައްވާފައި ތިބި ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުން،" މިހާރު އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
ކަރަންޓީނު ފުރިހަމަކޮށްފައި ނުކުތް ފަހުން ރައީސް އޮފީހުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު. އެހެންވީމާ އޮފީހުގައި ހޭދަކުރެވުނު ވަގުތު މަދުވެފައި އޮވެދާނެ. އެހެން ނަމަވެސް އަޅުގަނޑު މަގާމުގެ ޒިންމާ ފުރިހަމައަށް އެބަ އަދާކުރަން،" ---އައިޝާ
އޭނާ ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވުން ބޮޑުވި އަނެއް މައްސަލަ އަކީ ގުރައިދޫގައި ހުންނަ، ހާއްސަ އެހީ އަށް ބޭނުންވާ މަރުކަޒުގައި ޑޮކްޓަރުންނާއި ސިއްހީ އެހެން ހިދުމަތްތެރިން ނެތިގެން، އެކަން ހައްލުކުރަން ކުރި މަޝްވަރާތަކެވެ. އެކަމުގައި މިނިސްޓަރު ޒިންމާ ނުއުފުއްލަވާ ކަމަށް މެނޭޖްމަންޓްގެ އެހެން ބޭފުޅުން ތުހުމަތު ކުރައްވަ އެވެ.
އެކަމަކު އެއީ ހެލްތު މިނިސްޓްރީގެ މެންޑޭޓް އޮތް ކަމަކަށް ވާތީ އެ މިނިސްޓްރީން މިހާރު ވަނީ މައްސަލަ ހައްލުކޮށް، ގުރައިދޫ މަރުކަަޒަށް ބޭނުންވާ ހިދުމަތްތެރިން ފޮނުވައިދީފަ އެވެ.
އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާ ލިބޭ ކަމަށް ހުށަހަޅާފައިވާ ގިނަ ޝަކުވާތަކެއް ނުބެލި، އެ ކަންތައްތަކަށް ޖަވާބު ނުދެވި ލަސްވުމަކީ ވެސް ހިޔާލު ތަފާތުވުންތައް ބޮޑުވި ސަބަބެއް ކަމަށް ވެސް މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހިޔާލު ތަފާތުވުންތައް ކޮންމެ އޮފީހެއްގައި ވެސް އުފެދިދާނެ ކަމަށާއި ނަމަވެސް އޭނާގެ ޒިންމާ ފުރިހަަމައަށް އަދާކުރައްވާ ކަމަށެވެ. މިނިސްޓްރީގެ އެހެން ބޭފުޅުންނާ މަޝްވަރާ ނުކުރެއްވޭ ފަދަ ބޮޑެތި މައްސަލަތަކެއް ނެތް ކަމަށް ތަކުރާރުކޮށް އައިޝާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރާ
04 May 2021
ޢައިޝާއާއިބެހޭ ގޮތުންތިދައްކާ ވާހަކަޤަބޫލު ކުރާނެމީހުން ވަރަށް މަދުވާނެ. ޢެބޭފުޅާއަކީ ތަޢުލީމީ ޤާބިލް ޒިއްމާދާރު ބޭފުޅެއް. ޢައިޝާ ވަރުގެ ހީވާގިތަޖްރިބާކާރު ބޭފުޅެއް ތި އޮފީހުގެ ޓޮޕްމެނޭޖްމަންޓް އަކު ނެތް. ތިއީ ޒާތީ ކަމެއްކަން ޔަޤީން.
ނަސީބާ
04 May 2021
ޖެންޑަ މިނިސްޓަރަކަށް ފިރީހެން ބޭފުޅަކު އަންނާނީ ކޮންއިރަކުންބާ؟
100% ދިވެއްސެއް
04 May 2021
ތީ އެއްވަނައިގެ މިނިސްޓަރެއް. ތީނަޔަށް ތިތަނުގަ ވާ ކަންތައް އިނގޭ. އެކަމަކު ސިޔާސީ ގޮތުން ލާފަ ތިބޭ 13 މީހުންގެ ބަލާ ބޮޑީ. ޝުކޫރުމެން ފަދަ އެތައް ބަޔަކު ޝޯޝަލް ސަރވިސް ދިނުމުގެ ބަދަލުގައި މިމީހުންގެ އަމިއްލަ އެޖެންޑާ ފަތުރަން އުޅެނީ، މިކަން ކަން ހުއްޓުވަން އުޅޭތީވެ ތި ބައިގަނޑު ހަޖަމްނުވަނީ. ކިތަންމެ ރަގަނޅު މިނިސްޓަރަކު އަޔަސް އެކުގަ މަސައްކަތް ކުރަން ބޭކާރު، އެހާ ގިނަ ، ބޮޑު މުސާރަ ނަގާ ޕޮލިޓިކަލް މީހުން ތިބިއްޔާ ތަން ރަނގަޅެއް ނުވާނެ.
ފިއްޓެ
04 May 2021
އަހަންނަކަށް ނޭގެ ޖެންޑާ މިނިސްޓަރުގެ ގޮތެއް އެކަމަކު މަގޭ އަމިއްލަ ތަޖުރިބާގަ ޖެންޑާ މިނިސްޓްރީގަ އުޅޭ ވަރަށް ގިނަ މީހުންނަކީ ވަރަށް ފަރުވާކުޑަ ބައެއް.
ކްރޯޑް
04 May 2021
ހޭލާ ތިބުނީ ރަގަޅު ވާހަކައެއް 2008ގަ އަންނި ވެރިކަމަށް އައިސްފަވެސް ހެދީ ތިޔަކަަލަ އެތި ފަހަރެއް. ހޯމް މިނިސްޓަރކަން ގާސިމަށްދީފަ ސްޓޭޓް މިނިސްޓަރުންނަށްލީ އަންނިގެ އައުވާނުން . އެމީހުންގެ މަސައް ކަތަކަށް އޮތީ ގާސިމަށް ޖެއްސުން ކުރުން.ތިޔަ ޖެންޑަރގަވެސް ވާނީ ހަމަ އެހެން ކަމަށްވާނީ. މިނިސްޓަރަށް ޖެއްސުން ކޮށްގެން އިސްތިއުފާ އަށް މަޖުބޫރު ކުރުވުން. ތިޔަ ކަމުގެ އަޑީގަ ހުންނާނީ ބިޑުވަޒީރު.
ގައްލަންދޫ އަލިބެ
04 May 2021
މީ ވަރައް ދެއުޅިއެއްނުވާ މިނިސްޓަރުން އައްޔަންކުރާ ވުޒާރާއެއް. ތިމާމެންނަ ނޭނގޭ އަދި ދާއިރާގެ މައުލޫމާތެއް ނެތަސް މިނިސްޓަރުކަމާވެސް ހަވާލުވަނީ އަދި އެނޫން ޑެޕިއުޓީންނާއި ސްޓޭޓް މިނިސްޓަރުން ވެސް އެފަދަ. ވަޒީފާ ބެހިއިރު އެންމެނެ ނަގާފަ ބާކީވެފަ އޮތީމަ މަށައް މިކަން ވެސް އެގެޔޭކިޔާފަ ހަވާލުވަނީ. ޑޮކްޓަރު ކަން ކުރަން ޖެހުނަސް ތިޔަ ސިޔާސަ ކުދިން މަށައްވާނޭ ކިޔާފަ ހަވާލުވެގެން ތިބޭނީ. ހުރިހާ ސިޔާސީވެރިން އިސްތުފާ ދިނުން ރަނގަޅު
ޝަހުދު
04 May 2021
ތަނެއް ގައި އަންހެނުން މާ ގިނަވެއްޖެއްޔާ ވާނީ ތިހެން..
އެންޑީއޭގެ މުވައްޒިފެއް
04 May 2021
ތިޔަ މިނިސްޓަރަކީ ކަމުދާ މީހެއް ނޫން. އަބަދު އުޅެނީ މާލެ ތެރޭގައި އުޅޭ ދެ ތިން ޑްރަގް ގްރޫޕް ރުއްސަން ވެގެން. އެންޑީއޭގެ ބޯޑުގެ ޗެއަރ އާއި މިނިސްޓަރު ގުޅިގެން އަބަދު އެމީހުން ބުނާހާގޮތެއް ހަދަނީ. އަދި އެންޑީއޭގެ ދަށުން އަތޮޅު ތެރޭގައި ހުރި އެއްވެސް ސެންޓަރަކަށް އަޅާލުމެއް ނެތި މި ބުނާ ޑްރަގް ގްރޫޕްތަކަށް ލާރި ދޭންވެގެން އެކި ނަންނަމުގަ ޑިޓޮކްސް ކޭމްޕޭ އޭ ކިޔައިގެން އިއުލާން ކުރުމަކާއި ނުލާ ތަން ހަދައިގެން މަހަކު ލައްކައިން ލާރި ދީގެން އުޅެނީ.
ސުހާނާ
04 May 2021
ކަލޭއަށް ކޯއްޗެއް އިގެނީ؟ ޢަހަންނަކީ ތިބުނާ ސެންޓަރެއްގަ މަސައްކަތް ކުރާ މީހެއް. މިހާތަނަށް މިނިސްޓަރަކު ސެންޓަރަކަށް ކޮށް ނުދޭހާ ގިނަ ކަންކަން އައިޝާ ކޮށް ދީފި.
ނަތާ
05 May 2021
ކޭންޕުގެ ސޮރެއް ވަރަށް ދިފާއު ކުރޭ އެބަ. ހަޖަމު ޕުލީސް
ކަންމަތީ ޕާޓޭ
04 May 2021
ތިިފަދަ އާދައިގެ ބަގާވާތަކުން އަދި ގުޑުވައެއް ނުލެވޭނެ. ނޭގެނީތޯ އިބްރާހީމް މަޖީދިއްޔާގައި ކިޔަވާވިދާޅުވާން އުޅުނުއިރުގެ މުދައްރިސެކޭ އައިޝާއަކީ. މައްސަލައަކީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީއިންނާއި ޑިރެކްޓަރުންގެ ގޮތުގައި ތަޖުރިބާއެއް ހިލްމެއް ނެތް ކަރަޕްޓް މީހުން އައްޔަންކުރުމުގެ ސަބަބުން ސަރުކާރު ހިގައިނުގަނެގެން އުޅެނީ. ޓޫރިޒަމް މިނިސްޓްރީގައި ވެސް އެބަތިބި ތިކަހަލަ އެތައް ރޯނުއެދުރުންނެއް. މަގުމަތީ މުޒާހަރާކުރާ ކޮންމެ މީހަކީ ޑިރެކްޓަރެއް
ކީކޭ
04 May 2021
ކޮންމެހެން މިނިސްޓަރަށް ވައިޖަހައިގެން ފޫބުޑުގައި އުޅޭ ބައިގަނޑު ފުލު ފުލުން ކޮމެންޓް ކުރަން ހަނދާނެ ކަމެއް ނެތް. ޙަގީގަތަކީ ތިޔަ މިނިސްޓަރު އައިޝާ އަކީ އެއްވެސް ވަރަކަށް ގާބިލް މީހެއް ނޫން. ކިތަންމެ ކޮމެންޓެއް ކުރިއަސް ގާބިލް ކަމެއް ނެތް މީހަކު ގާބިލެއް ނުވާނެ. ވ.ސަލާމް
ޙަމަ ނާގާބިލު
04 May 2021
ޙަހަހަހަަހަހަަ.. ހާދަ އަސަރެއް ކޮށްފިޔޭ މިނިސްޓަރާ އެއްކޮށް ބަޔަކު ތިބިކަން އިނގުނީމަ. ގާބިލު ނޫނީ ކޮން ބައެއްކަން އަހަރުންނަށް ވަރަށް ސާފު. ވައިބަރ ގްރުޕް ހަދައިގެން ކުރެވޭނެ މާ ބޮޑުކަމެއް ނޯންނާނެކަން ވަރަށް އަވަހަށް އިނގޭނެ.
ނާޤާބިލު
04 May 2021
ސްޓޭޓުން، ޑެޕިއުޓީން އަދި ސިޔާސީ އެޕޮއިންޓީންތައް ހަމަ ނާޤާބިލުކަން. ޝިދާތާއާއެކު އައްުޔަނު ކުރި ގްރޫޕެއް މީ، މިހާ ދުވަސްވީ އިރު ވެސް އެމީހުންނަށް ވާއެއް ނުވާއެއް ނޭނގޭ!! ޓީވީއަށް އަރައި ޤާނޫނުގައި ހުންނަ ކަންކަން ވެސް ނުބައި ކޮށް ކީ އަޑު އެހިން!! މީ ވަރަށް ވާހަކަ.