05 މެއި 2021 - 09:05
ބްރޭންޑްތައް މާކެޓްކޮށް، ޕްރޮމޯޓްކުރަން ސޯޝަލް މީޑިއާގެ ބޭނުންކުރުމާ ބެހޭ ގޮތުން ޓިކްޓިކޮކުން ވެބިނާއެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.
މި މަހުގެ 12 ގައި މި ވެބިނާ ބާއްވަން ހަމަޖެހިފައި ވަނީ "ޓިކްޓޮކް މާކެޓިން ފްރޮމް އެކްސްޕެރިމަންޓް ޓު ސްޓްރެޓެޖީ" ގެ ނަމުގަ އެވެ.
ވެބިނާފައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު ވަނީ ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. ހަދަން ޖެހޭ ގޮތަކީ ކޮންވިވާ.ކޮމް އަށް ވަދެފައި ފޯމް ފުރައިލަންވީ އެވެ.
Want to learn about TikTok from some of the best? We're hosting a webinar featuring @overtime @GWR + @Refugees hosted by our own short-form superstar @MTZLER - TikTok Marketing: From Experiment to Strategy - be sure to register for it here!https://t.co/OcX8UmmxfE pic.twitter.com/3zRRnukUaq
— Nick Cicero (@nickcicero) May 3, 2021
މި ވެބިނާ އިންތިޒާމްކުރަނީ ކޮންވިވާ އާއި ޔޫއެން ރެފިއުޖީ އާއި ގިނިސް ވޯލްޑް ރެކޯޑާއި އޯވަޓައިމް ގުޅިގެންނެވެ. ވެބިނާގެ ޕެނެލިސްޓުންނަކީ ކޮންވިވާގެ ސީނިއާ މާކެޓިން މެނޭޖަރު މައިކް މެޒްލާ އާއި ޔޫއެންއެޗްސީއާރްގެ ގްލޯބަލް ސޯޝަލް މީޑިއާ މެނޭޖަރު ޑިމްޕަލް ވިޖޭ ކުމާރާއި ގިނިސް ވޯލްޑް ރެކޯޑްގެ ސީނިއާ ސޯޝަލް މީޑިއާ މެނޭޖަރު ޑޭން ތޯންގެ އިތުރުން އޯވަޓައިމްގެ ހެޑް އޮފް ސޯޝަލް މީޑިއާ ޓޮމް ވީންގާޓެން އެވެ.
މި ޕެނެލިސްޓުން ޓިކްޓޮކްގެ އެހީގައި ބްރޭންޑެއް މާކެޓްކުރާނެ ގޮތްކާއި އެކަން ކުރެވޭނެ ގޮތްތަކާއި މިހާތަނަށް ކުރެވިފައި ހުރި ތަޖުރިބާތައް ހިއްސާކޮށް ދޭނެ އެވެ. އެހެންވެ ވެބިނާގައި ބައިވެރިވާ ފަރާތްތަކަށް ޓިކްޓޮކްގެ އެހީގައި ކުރިއަށްދާނެ ވަރަށް ގިނަ ގޮތްތައް އެނގިގެން ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy