ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ އިމާރާތް: ކޮވިޑަށް ފަރުވާ ދެމުން ދިޔަ މީހަކު ވަނީ މަރުވެފައި.
06 މެއި 2021 - 15:34
ކޮވިޑު-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ޅ. ނައިފަރުގައި މިިއަދު މަރުވެއްޖެ އެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ބަލީގައި މަރުވި ދެ ވަނަ މީހާ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ 83 އަހަރުގެ އަންހެނަކު މެންދުރުފަހު 12:30 ހާއިރު މަރުވެފައިވާ ކަމަށެވެ.
އެއީ، މި ބަލީގައި މި އަހަރު މަރުވި 28 ވަނަ މީހާ އަދި މުޅި ރާއްޖެއިން މަރުވި 76 ވަނަ މީހާގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
ރ. އުނގޫފާރުން ނައިފަރަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން އެ ރަށް މޮނިޓަރިންއަށް ލީ މިދިޔަ މާޗު 23 ގަ އެވެ. އޭގެ ފަހުން ދެ މަހަށް އެޅިއިރު ވެސް ރަށުގެ ހާލަތު ރަނގަޅެއް ނުވި އެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 30އަށް ވުރެ މަތި އިރު، އެ ރަށުން މިހާތަނަށް ވަނީ 568 މީހަކަށް ބަލި ޖެހިފަ އެވެ.
ކޮވިޑްގައި މަރުވި މީހުންގެ އަދަދު 75 އަށް https://t.co/E8MtMW6kzm
— Mihaaru (@Mihaarunews) May 6, 2021
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 77 އަހަރުގެ އަންހެނަކު ވެސް ރޭ ވަނީ މަރުވެފަ އެވެ.
މި ފަހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް އަރައިފަ އެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޕޮޒިޓިވްވަމުން އައިސް އިއްޔެ އެ އަދަދު އުޅުނީ 700 އިން މަތީގަ އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވެސް 198 އަށް އަރާފައި އެވެ. ހޮސްޕިޓަލުގެ އެނދުތައް ފުރޭތީ ވަސީލަތް އިތުރު ކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުކަލޭގެފާނު
06 May 2021
މަގުތަކަށް ނިކުމެ ގައިގޯޅި މުޒާހަރާކޮށް ރައިޒް އަޕްވެގެން އުޅުން ރީތި ގޮތަކަށް ނިމިއްޖެ ނޫންތޯއެވެ. ފުރަތަމަ ވަޒީފާގެ މާހައުލު ރައްކާތެރި ކުރެވޭނީ ދިރިހުރެގެން ނޫންތޯއެވެ. ޕީޕީއެމުންވެސް މަގުތަކަށް މީހުން އެއްކޮށް ޖަހަން އުޅުނު ސަކަރާތް މިއޮތީ ފެންނާށެވެ. ރައީސް ނަޝީދުވެސް އަދިވެސް އެމަނިކުފާނުގެ ބާރު ހިނގާ އެއްވެސް ތަނެއް ބަނދު ނުކޮށް ހުންނަވަންވީއެވެ. ދެންތިބި ބަޔަކު ކޮވިޑޭ ވިދާޅުވެ ބައިތުލްމާލުން ޅިޔަން ފަހަރިންނަށް ބަދަލުދޭށެވެ.
ނިޒާރު
06 May 2021
މިކަމުގެ %100 ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ އާއި އެމީހުންގެ ބައިވެރީންނެވެ. މާމޮޅަށް ކެމްޕެއިން ކުރާބަޔެކޯ! ޢަސްލު ޙާލަތު ގޯސްވީ ފެލިވަރު ކުލަސްޓާ ބޮއްސުންލައިގެން. ދެންތިބޭ މަރިޔަނބު ގެއްލި ކަތިވަޅިގެއްލުވާލައިގެން
ފަހުދު
06 May 2021
މޮޅުތަކެއް ވާނެ ކަމެއް އެއް އަހަރު ވަންދެން މިނިސްޓަރ އަމީންއާއި އޭނާގެ ޓީމުން އުފުލި ހުރިހާ ބުރައެއް ފެނަށް ދުއްވާލާ ބޮޑުވަޒީރު ނަޝީދު އެންގީމަ ގައުމު ހިތުހުރި ގޮތަކަށް ދޫކޮށްލީ. ކޮބައިތަ މިއަދު ނަޝީދު؟ ކޮބައިތަ އޭނަ މަގާމުގެ ފަތްކޮޅު ވެދުން ކުރި ބޮޑުބޭބެ ނަސީމު؟ އަނެއްކާ ހައިރިސްކުވީމަ ރަޖާ ލައިގެން ގޭގަތޯ؟ ސަހަރޯ ހީވޭ
މަރު
06 May 2021
ރާޅެއްގަ ގިނަވާނެ މަރުވާ މީހުން. ރާޅުގެ އަދަދުން އިންޑިއާއަށްވުރެވެސް ކުރީގަ ރާއްޖެ މިއުޅެނީ.
ނިރު
06 May 2021
ދީނު އަންގަވާފަ އޮންނަ ގޮތަކީ ބަލިފެތުރޭ ޤައުމަކުން އެހެން ޤައުމަކަށް މީހުން ގޮސް ނޫޅެން އެއާ އިދިކޮޅައް މިޤައުމުގަ ކަންކަން ކުރަނީ މިސްކިތުގަ ފަޔާފައި ކޮޑާކޮޑު ޖައްސާގެން ތިބެ ނަމާދު ކުރަން އަންގަވާފަ އޮންނަނީ އެއާ އިދިކޮޅަށް މިޤައުމުގަ ކަންކަން ކުރަން އަންގަނީ
އަނޮހިން
06 May 2021
ގޯހެއްނޫން! ގޯސް ނަމަހީ ގައުމުގެ އަޙްވާނުން މިއައްވުރެ ސަމާލު ވެ، ބަލައިގެން އުޅޭނީ!!