ރާއްޖެ އައި ޓޫރިސްޓުންތަކެއް އެރައިވަލް ހޯލުން ނިކުންނަނީ-. ފޮޓޯ:ނިޝާން އަލީ/މިހާރު
06 މެއި 2021 - 17:40
ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަނުކޮށް ރާއްޖެ ދަތުރު ނުކުރަން އެމެރިކާ އިން މިއަދު އަންގައިފި އެވެ.
އެ ގައުމުގެ ސެންޓާސް ފޯ ޑިޒޯސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ނެރުނު ޓްރެވަލް ނޯޓިސްގައި ބުނެފައިވަނީ ރާއްޖެ މިހާރު އޮތީ އެންމެ ނުރައްކާ ހާލަތުގައި ކަމަށެވެ. އެހެންވެ، ކޮވިޑް ވެކްސިން ނުޖަހާ އެއްވެސް މީހަކު ރާއްޖެ އަށް ދަތުރު ނުކުރުމަށް ވަނީ އަންގައިފަ އެވެ.
ސީޑީސީން ބުނިގޮތުގައި، ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ވެކްސިން ޖަހާފައިވާ މީހުންނަށް ވެސް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ރާއްޖެ އަށް ދަތުރު ކުރުމުން އިތުރު ވޭރިއަންޓެއް ފެތުރުމުގެ ބިރު އެބައޮތް ކަމަށް އެ އިދާރާ އިން ބުނެ އެވެ.
އެމެރިކާ އިން ވަނީ މިވަގުތު ދަތުރުކުރަން އެންމެ ނުރައްކާތެރި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފަ އެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވާން ފެށުމަށް ފަހު، އަނެއްކާވެސް ވަނީ މީގެ ކުރިން ދުވަހަކު ވެސް ގޯސް ނުވާ ހިސާބަށް ގޮސްފަ އެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 700 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއިން މިހާތަނަށް 32،665 މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. މީގެ ތެރެއިން 7،116 މީހުންނަށް މިހާރުވެސް ފަރުވާ ދެމުން އަންނައިރު 76 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންސު
06 May 2021
ކޮބާ! ރާކަނިމަސް ކެވިއްޖެ؟ އަދިވެސް ނިޒާމީ އިންތިޚާބު ބާއްވަން މަށަށް ފެންނަނީ. ހަމަ ކަމެއްވާއިރަށް ފަރުދީ ޒިންމާއޭ ގޮވަން ފަށާނެ. ކުރީގަ ފަރުދީ ޒިންމާއޭ ބުނީމަ ޤަބޫލުކުރަން، އެއީ އޭރުގެ ވެރިން އެވަރަށް މަސައްކަތްކުރި. އެކަމަކު މިހާރު ރައްޔިތުން ބޮޑުމުސާރަ ދީފައި ޒިންމާއެއްހަވާލުކުރީމަ ފަރުދީޒިންމާއޭ ގޮވަގޮވަ ތިބެނީ. ދެން މޫނުމަތި ރީތިކުރަން އަރުވާނެ މަބުރޫކު... މިވަރުން ދެން މިފަހަރަށް ފުއްދާލާނީ. އ.ހ
އިސްލާހު
06 May 2021
އެކަމަކު މައުސޫމު ބުނަނީ ޓޫރިސްޓުންނަށް އެންމެ ރައްކާތެރި ތަނަކީ ރާއްޖެޔޯ..........!!!!! ފައިސާ ހޯދަން ތެޅުނަސް މީ ބޮޑުވަރު،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،
ފަސީހު
06 May 2021
ޜާއްޖެ ޕުރޮމޯޓުބާ ޑީމޯޓުބާ މިވަނީ؟ ލަދުކޮބައިހޭ ގައުމު އިންޑިއާއަށް ދަރުވާލާ ބަލިމަޑުކަމެއްގެ ތެރެއަށް ވައްޓާލާ ސުންނާފަތިކޮށްފި.
ހިކް
06 May 2021
މިނިސްޓަރ ކޮވިޑްގެ ހަގީގަތްތަކާ ކިތަންމެ ވަރަކަށް ކުރިމަތިނުލާން ބޭނުންވިއަސް އެކަން އެހެންވާކަށް ނޯންނާނެ. ކޮވިޑް ދޭ އެންމެ މުހިއްމު މެސެޖަކީ އެބަޔަކު ތިބި ތަނެއްގަ ތިބުން. ނެގެޓިވް ޓެސްޓް، 2 ޑޯޒް ވެކްސިން އެއީ ކޮވިޑަށް އޮތް ހުރަހެއް ނޫން. ވޭރިއަންޓް އުފެދޭނީ ހަމައެކަނި އެފްރިކާ ޔޫކޭ ނޫނީ އިންޑިއާއަކު ނޫން. ރާއްޖޭގަ އާ ވޭރިއަންޓެއް އުފެދުމަކީ ހަމަ ވެދާނެކަމެއް. އެއް ވޭރިއަންޓް އަނެއް ވޭރިއަންޓާ ކައިވެނިކޮށް ހަނީމޫން ހެދެން އެބައޮތް ރާއްޖޭގަ.
ޓެގް
06 May 2021
އިންޑިޔާގެ " ކަރަންޓީން ޕެކޭޖް" ގެ ސަބަބުން މިފަހަރު ޓުވަރިޒަމް އިނދަޖެހޭނީ!
ތަޅުދަނޑި
06 May 2021
ކޮވިޑު މެނޭޖްކުރުމުން މުޅި ދުނިޔޭން އެއްވަނަ ލިބިފަ މިއޮތީ. ބޮލުގަ އެއްޗަކުން ޖަހާހެން އެބަ ހީވޭ؟
ތާހިރު ދިރިއުޅުން
06 May 2021
ރާއްޖެ ނުރައްކާ އެންމެނަށްވެސް. މަތީފަންތީގައި އަމިއްލަ އެދުމުން ފޯވެފައިތިބި ބައެއް ޅޮސްތަކަށް މެނުވީ.
ޝަރީޕް
06 May 2021
ކޮބާ މައުސޫމު. ލޮކްޑައުން ކޮށްގެން ބަލި ކޮންޓްރޯލް ކުރަން އުޅޭ އިރަށް އިގްތިސާދޭ، ޑޮލަރޭ ގޮވާ ގުރޫޕު ކޮބާ؟ އަހަރެމެން އަބަ ކިޔަން ފުރަތަމަ ބަލި ކޮންޓްރޯލް ކުރަމާ އުޅޭށޭ ޖާނުން ގުރުބާންވެގެންވެސް. އޭރުންނޭ ތިޔާ ޓޫރިޒަމެއް، އިގުތިސާދެއްވެސް އޮންނާނީ. ބުނާއިރަށް އަނގަ ފުޅާކޮށްފަ އަހަރުންނާ ޖަދަލުކުރަނީ. އެމެރިކާގެ ފަހަތުން އެހެން ގިނަ ގައުމުތަކެއްގެ ނުރައްކާ ލިސްޓަށް ރާއްޖެއަރާނެ. މިހާރު އަހަރެމެން ބޮލުގަ ހީވޭ ތަފާލެއް އަޅާހެން މައުސޫމޫ
އަހްމަދް ޖަމްޝީދް
06 May 2021
އެމެރިކާ އެކަންޏެއް ނޫން. މުޅި ދުނިޔެވެސް މިވަގުތު ބިރު ގަންނަން ޖެހޭނެ ރާއްޖެ ދެކެ. ވަލިއްޔުލް އަމްރު ގެ ބާރެއް ނެތް. ބާރު އޮތީ ކޯލިޝަން ގެ ވެރިންގެ އަތުގަ! ކުރެވޭ ކަމަކީ ކީރިތި ކުރެއްވުން. ކ19 އައް ސެއްލަ! ޑރ ން ގެ ބަހެއް ނުވިކޭ!