ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް، ފިޔަވަޅު އަޅަން ޕާޓީތަކުން ގޮވާލައިފި

ރައީސް މުހައްމަދު ނަޝީދު ކާރަށް، އަރައި ވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލެއްވުމުން، އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ އިދިކޮޅު ޕާޓީތަކުން ކުށްވެރިކޮށް، އެ ހަމަލާ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފި އެވެ.

މިރޭ 8:30 ހާއިރު، އެ މަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން، އެ ގެކޮޅު ކައިރީގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެ ނަޝީދަށް އަނިޔާވެ މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. މި ހަމަލާގައި ނަޝީދުގެ ހަށިކޮޅުގައި ގިނަ ޒަހަމްތަކެއް ހުރިއިރު، މިހާރު ފަރުވާދެނީ ހޭނައްތާލައިގެންނެވެ. މި ހަމަލާގައި ނަޝީދުގެ ބައެއް ބޮޑީގާޑުންނަށާއި ބައެއް އާންމުންނަށް ވެސް އަނިޔާވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކޮށް، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ އެ ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފަ އެވެ. އަދި އެ އަމަލު ރާވައި ހިންގުމުގައި ބައިވެރިވި ހުރިހާ ފަރާތްތައް ހޯދައި، ގާނޫނުގެ ކުރިމައްޗަށް ގެނެސް ގާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބ ދިނުމަށް ވެސް އިދިކޮޅު ކޯލިޝަނުން ގޮވައިލަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވެސް ވަނީ ނަޝީދަށް އަމާޒުވި، ހަމަލާ ކުށްވެރިކޮށްފަ އެވެ. އެއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކޮށް އެމްއާރުއެމުން ވަނީ އެފަދަ އަމަލުތަކަށް މި ދިވެހި ފަސްގަނޑުގައި އެއްވެސް ވަރަކަށް ޖާގަ ދެވިގެން ނުވާނެ ކަމަށާއި އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

އެކި ޕާޓީތަކަށް ނިސްބަތްވާ ސިޔާސީ އެކި ބޭފުޅުން ވެސް އަންނަނީ ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރަމުންނެވެ. އެގޮތުން ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި ޑރ. މުހައްމަދު ވަހީދު ވެސް އެ އަމަލު ކުށްވެރިކުރެއްވި އެވެ.

ވަހީދު ކުރެއްވި ޓްވީޓުގައި ވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އޮތް ނަފްރަތު ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ނަޝީދަށް ދިން މި ހަމަލާ ކުށްވެރި ކުރައްވައިފަ އެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވެސް މިކަން ކުށްވެރި ކުރައްވައި ޓްވީޓް ކުރެއްވި އެވެ. އޭނާ ވިދާޅުވީ، ހިޔާލު ތަފާތުވުމުގެ ހައްލަކީ އަނިޔާ ނޫން ކަމަށާއި މި ހާދިސާ ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހަމަލާގައި ނަޝީދުގެ މޫނުފުޅަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިވަޑައިގަތް ނަމަވެސް ފުރާނައަށް ނުރައްކާ ވާ ވަރުގެ އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވަ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އެއްޗެއް ގޮވުމާ އެކު ވަރަށް ބާރު އަޑުފައްގަނޑެއް އިވުނު ކަމަށެވެ. އޭރު ނަޝީދު ކާރަށް އަރާވަޑައިގަންނަވަނީ އެވެ. އެ ގޮވުމާ އެކު ކައިރި ބައެއް ފިހާރަތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔަ ކަމަށް ވެ އެވެ. އަދި އެ ހިސާބުގައި ޒަހަމްވި ބައެއް މީހުންގެ ލޭ ވެސް ބިންމަތީގައި އެބަ ހުއްޓެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

07 May 2021

ކެނެރީގޭ ހުންނަ މަގަށްވުރެން މާފުޅާ ކޮށްހުންނަ މަގުތަކަށް ސައިކަލް ނުވެއްދޭއިރު ނަޝީދުފަދަ ބޭފުޅަކު ވަރައްތަކުލީފާއި އެކު ގެޔަށް ވަޑައިގަންނަ ވާމަންޒަރު ފެނެއެވެ. ދެންމިކަންވެސް ޚާއްސަވެގެން ނުވެއްދޭގޮތް ވާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454