ޚަބަރު / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ނަޝީދަށް އަމާޒުކުރި އައިއީޑީ، ސަލްޓަން ޕާކުގައި ބޭނުންކުރި ޑިވައިސް އަށް ވުރެ ބާރުގަދަ: ޝަމާލް

07 މެއި 2021 - 15:59

74 comments
07 މެއި 22:58

މީޑިއާ ބްރީފިން ނިންމާލައިފި.

07 މެއި 22:49

ޗީފް ޝަމާލް: ވަކިން ހާއްސަކޮށް ސޯޝަލް ގެދަރިންތަކުގެ ވަށައިގެން ވާ ސަރަހައްދު ކުރިން ސްކްރީން ކުރަމުންދޭ.

07 މެއި 22:44

ޗީފް ޝަމާލް: ގޮއްވާލާފައި ވަނީ ރިމޯޓް ކޮންޓްރޯލް ޑިވައިސްއެއް ބޭނުންކޮށްގެން. ސަލްޓަން ޕާކްގެ ގޮއްވުމާ ބަލާއިރު މި ފަހަރުގެ އައިއީޑީ އެތައް ދަރަޖައެއް މަތި. އައިއީޑީ އަށް ވަނީ ގިނަ އަދަދަކަށް ރޭޒާ ފުށް ލާފައި. މިއީ އެތައް ދަރަޖައެއް ނުރައްކާތެރި އައިއީޑީއެއް.

07 މެއި 22:41

ޑެޕިއުޓީ ޗީފް: އަބްދުއްރަހީމް: އިންޓެލިޖެންސަށް އެކިއެކި އިންޕުޓްސް ލިބޭ. ތަކުރާރުކޮށް ލިބޭ މައުލޫމާތު ހިއްސާ ކުރަން ޖެހޭ ފަރާތްތަކާ ވަގުތުން ހިއްސާ ކުރަން. ލިބޭ މައުލޫމާތުތަކަށް ބަލާފައި ވަރަށް ގިނަ ކަންކަން ހުއްޓިފައި ވެސް ހުންނާނެ.

07 މެއި 22:40

މިނިސްޓަރު މާރިޔާ: އިންޓެލިޖެންސްގެ މައުލޫމާތު ލިބުނީމާ ކުރަންޖެހޭ ހުރިހާ ކަމެއް ދަނީ ކުރަނީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައް އަޅުގަނޑުމެން ދިޔައީ ކުރަމުން. އިންޓެލިޖެންސް އެސެސްމަންޓްތަކުން އަޅުގަނޑުމެންނަށް އެނގޭ ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއް ކަން. އަޅުގަނޑުގެ ތައުރީފް އެ ބޭފުޅުންނަށް އޮންނާނެ.

07 މެއި 22:36

ޗީފް ޝަމާލް: އެމްއެންޑީއެފްގެ އެއްވެސް އަތެއް މިކަމުގައި ވާނެ ކަމަށް ގަބޫލެއް ނުކުރަން. އިންވެސްޓިގޭޝަން ކުރިއަށް ދަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ ވެސް އެކު. އަޅުގަނޑުމެންގެ ތެރެއިން އެ ކަހަލަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެން. އެ ކަހަލަ އިންޑިކޭޝަނެއް ވެސް ނެތް ކަމުގެ ޔަގީންކަން ދެން.

07 މެއި 22:34

ޗީފް ޝަމާލް: ގައުމީ ދިފާއީ ބާރުގެ ސްޓޭޓަސް މިހާރު އޮތީ ޓެރަރިޒަމްގެ ހަމަލާތައް އައިސްގެން އުޅޭ ސްޓޭޓަސްގައި. މިހާރު އޮތް ބިރުވެރިކަމުން އަރައިގަތުމަށްޓަކައި ގައުމީ ދިފާއީ ބާރު އޮތީ ތައްޔާރަށް.

07 މެއި 22:33

ޗީފް ޝަމާލް: އިތުރު ޑިވައިސްއެއް އެ ސަރަހައްދުގައި އޮތް ކަމުގެ މައުލޫމާތު ލިބުނު. އެކަމަކު، ފަހުން ބެލިއިރު އެއީ އަސްލެއް ނެތް ވާހަކައެއް.

07 މެއި 22:30

ޝަމާލް: ނަޝީދުގެ ގެކޮޅު ހުންނަ ގޯޅީގައި ހުންނަ ސައިކަލްތައް ނަަގައި ދިނުމަށް އަޅުގަނޑުމެން ވާނީ ކަމާ ބެހޭ އިދާރާގައި އެދިފައި. ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއް ކަން އެނގި ތިބެ، އަންނަނީ ފިޔަވަޅުތައް އަޅަމުން.

07 މެއި 22:28

ޗީފް ޝަމާލް: ރައީސް ނަޝީދަކީ އެންމެ ހައި ރިސްކުގައި ހިމެނޭ ބޭފުޅެއް. އެ ބޭފުޅާ އަކީ ހައި ރިސްކު ބޭފުޅެއް ކަމުގެ މައުލޫމާތު އަބަދު ލިބޭ. އަބަދުވެސް ފިޔަވަޅުތައް އަޅަމުން ދޭ. ސީޕީ ޓީމުގެ އަދަދުތައް ވަނީ ގިނަ ކޮށްފައި. ނަޝީދު ވަޑައިގަންނަވާ ތަންތަނަށް އެޑްވާންސް ޓީމުތައް ފޮނުވައި، ގޮވާ އެއްޗެއް ބާއްވާނެ ތަނެއް އެނގޭ ނަމަ އެ ތަނެއް ބަލަމުން ދޭ. އިއްޔެ ވެސް ރަށުން ބޭރަށް ވަޑައިގަންނަވާތީ ފާލަން ކައިރީގައި އެޑްވާންސް ޓީމެއް އޮތް. ވަޑައިގަންނަވާ ރަށަށް ވެސް ޓީމެއް ފޮނުވާފައި ވާނީ. ސައުވީސް ގަޑިއިރު އެ މަނިކުފާނުގެ ގެކޮޅު ބެލޭނެ ނިޒާމެއް ވެސް ވަނީ ގާއިމް ކޮށްފައި. އިންޓެލިޖެންސްގެ އިމްޕުޓްސް އަަށް ބަރޯސާ ވެގެން އެކި ކަހަލަ ކަންކަން ރާވަނީ.

07 މެއި 22:25

ޗީފް ޝަމާލް: އެ މަނިކުފާނު އޭޑީކޭ އަށް ގެންދިޔައީ ސެކިއުރިޓީ ކާރުގައި. އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނީ 8:35 ހާއިރު. ރިއެކްޝަން ޕްރޮޓޮކޯލް އަށް ބަލާއިރު އަޅުގަނޑުމެން ހިތްހަމަޖެހޭ. އިންޖަރީގައި ތިބެގެން ވެސް ސިފައިން އައީ ރައީސް ނަޝީދާ ވާހަކަ ދައްކަމުން. ރައީސް ނަޝީދު ވެސް ގެންދެވީ ވާހަކަފުޅު ދައްކަވަމުން. ސިފައިން ރިއެކްޓް ކުރި ގޮތާއި ޑްރިލްތައް ވަރަށް ތަފުސީލްކޮށް ބެލިން.

07 މެއި 22:22

ޗީފް ޝަމާލް: އެހެން ރަށެއްގައި އޮތް ހަފުލާއަކަށް ވަޑައިގަންނަވަން ރައީސް ނަޝީދު ގެއިން ނުކުމެވަޑައިގަތީ ރޭގެ 8:25 ހާއިރު. ކާރުކޮޅު އޮތީ މަޖީދީމަގުގެ އިރަށް ކުރިމަތިވާ ގޮތަށް ޕާކް ކޮށްފައި. ގާތްގަނޑަކަށް 8:27 ހާއިރު އެ ތާނގައި ކަންމައްޗަށް ވާ ގޮތަށް ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާނީ. ވަރަށް ނުރައްކާތެރި، ވަރަށް ވަރުގަދަ ހަމަލައެއް އެ މަނިކުފާނަށް ދިނީ. ހަމަލައާއެކު ރައީސް ނަޝީދު ވެއްޓި ވަޑައިގަތް. އެކްސްޕްލޯސިވްގެ އަޑު ވެސް ވަރަށް ވަރުގަދަ. މިއީ ހޯމް މޭޑް، ނޮން މިލިޓަރީ ޑިވައިސްއެއް ކަމަށް ލަފާކުރެވޭ. ރައީސް ނަޝީދަށް ކާރުކޮޅަށް އަރާވަޑައި ނުގެންނެވޭ. ނަޝީދަށް ހަމަލަ އައީ ވާތް ފަރާތާ ދިމާލުން. ޕާސަނަލް ސެކިއުރިޓީ އޮފިސަރަށް ވެސް ހަމަލަ އައީ ވާތްފަރާތާ ދިމާލުން.

07 މެއި 22:16

ޗީފް ޝަމާލް: ނަޝީދަށް ދިނީ ޓެރަރިސްޓް ހަމަލާއެއް. ގައުމީ ދިފާއީ ބާރުން މި ހަމަލާ އެންމެ ހަރުކަށި ބަހުން ކުށްވެރި ކުރަން. އަޅުގަނޑުމެން މފަދަ ކަންތައް ކުރާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނަން ފަހެއް ނުޖެހޭނަން.

07 މެއި 22:14

މާރިޔާ: ސިފައިން ވަނީ ވަރަށް ޕްރޮފެޝަނަލް މަސައްކަތްތަކެއް ކޮށްދެއްވާފައި. ސިފައިން ކުރަންޖެހުނު ކޮންމެ ކުރައްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ލިބޭ.

07 މެއި 22:11

މާރިޔާ: މިއީ އެ ހަމަލަ ދިން މީހުން އަތުލަން އެންމެން މަސައްކަތް ކުރަންވީ ވަގުތު. މިއާ ގުޅުން ހުރެދާނެ މައުލޫމާތެއް އެއްވެސް ބަޔަކަށް އެނގޭ ނަމަ ފުލުހުންނާ ހިއްސާ ކޮށްދެއްވާ. އެއީ ކައުންޓަ ތެރަރިޒަމާ ހިއްސާ ކުރަން ޖެހޭ ނަމަ ހިއްސާ ކޮށްދެއްވާ.

07 މެއި 22:09

މާރިޔާ: ނަޝީދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އެއީ މި ރާއްޖޭގައި ހިނގައިގެން ވާނެ ކަމެއް ނޫން. އެއްވެސް ރައްޔިތަކަށް މި ކަހަލަ ކަމެއް ވާކަށް ނޭދެން. ރައްޔިތުންނާ ވަަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް. އެ ބޭފުޅާ އަށް އެވަރުގެ ކަމެއް ވީމާ އެނގެނީ މި ސެކިއުރިޓީ ހާލަތުގައި އެންމެން ވިސްނަން ޖެހޭނެކަން.

07 މެއި 22:08

އެމްއެންޑީއެފްގެ މީޑިއާ ބްރީފިން ފަށައިފި. މި ޕްރެސްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޮސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަަޑައިގަންނަވާ.

07 މެއި 21:55

އެމްއެންޑީއެފްގެ މީޑިއާ ބްރީފިން އިރުކޮޅެއްގެ ތެރޭގައި ފަށާނެ.

07 މެއި 19:37

ނަޝީދަށް ދިން ހަމަލައާ ގުޅޭ މީޑިއާ ބްރީފިންއެއް މިއަދު މެންދުރު 2:30 ގައި ފުލުހުން ވެސް ވަނީ ބާއްވާފައި. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ބައިވެރިވެވަޑައިގެންނެވި އެ ބްރީފިންގައި ފުލުހުން ބުނީ، ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް. އެ މީހުން ހައްޔަރުކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް އެ ހަތަރު މީހުންނާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރޭ.

07 މެއި 19:30

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ސިފައިންގެ މީޑިއާ ބްރީފިންއެއް މިރޭ 9:30 އަށް ތާވަލުކޮށްފި. ސިފައިންގެ މައި މަރުކަޒުގައި ބާއްވާ މި ބްރީފިންގައި އެމްއެންޑީއެފްގެ ލީޑަޝިޕްގެ ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވާނެ ކަަމަށް ވޭ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަަށް ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރަން ޖެހުނު ހުރިހާ ސާޖަރީއެއް ނިމިފައިވާ ކަމަށް އާއިލާ އާއި އޭޑީކޭ އިން ބުނެފި އެވެ.

ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ސާޖަރީއެއް ނިންމާލައިފި ކަމަށާއި ދެން އޮތީ ފަސޭހަ ވުމުގެ ދިގު މަގު ކަމަށެވެ.

އެޑީކޭ އިން ކުރި ޓްވީޓެއްގައި ބުނީ 16 ގަޑިއިރުގެ ތެރޭގައި ކުރި ކާމިޔާބު އޮޕަރޭޝަންތަކަކަށް ފަހު، ރައީސް ނަޝީދު މިހާރު ބާއްވާފައި އޮތީ އައިސީޔޫގައި ކަމަށެވެ. އެމަނިކުފާނުގެ ހާލަތު ކްރިޓިކަލް ކަމަށް ވެސް ޓްވީޓްގައި ވެ އެވެ. ރައީސް ނަޝީދުގެ ބޮލުގެ، އަތާއި ފައިގެ މަސްގަނޑުގެ، އަދި ފުރަމެ އާއި ބަނޑުގެ ސާޖަރީއެއް ވަނީ ހަދައިފަ އެވެ.

ނަޝީދަށް ހަމަލާ ދޭން އެއްޗެއް ގޮއްވާލީ އެ މަނިކުފާނު އުޅުއްވާ ގ. ކެނެރީގެ އިން ނުކުމެ ވަޑައިގެން ކާރަށް އަރާ އަރާ ވަޑައިގަންނަވަނިކޮށް ކާރާ ވަރަށް ކައިރިންނެވެ. މި ހަމަލާގައި އިތުރު ހަތަރު މީހަކު ވެސް ޒަހަމްވި އެވެ.

74 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 70%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަވާދު

08 May 2021

މިސަރުކާރު އަތް ބައިނައިގެން ހިނގާ މުއައްސަސާ ތަކަކީ އުނޒުރު ގެއްލިފައިވާ ބައެއް/ މިހާރު މޑޕ ގެ މަޖްލިސް މެމްބަރުން ވެސް މި ޓެރަރިޒަމްގެ އަމަލު އިނވެސްޓިގޭޓް ކޮށް އިނންޓެލިޖެންސް ހޯދަން މާ ގަދަ. ހުރި ހިތާމަ އާއި ލަދުވެތިކަން.......

The name is already taken The name is available. Register?

ޑެބީ

08 May 2021

ގޮއްވާލީ ކޯޗެއްކަން ނޭނގިގެން ރައްޔިތުން ކަންބޮޑުވީ. ގޮއްވާލީ ކާކުތޯ ނޫނީ ކޮންބައެއްތޯ ނޭގިގެނެއްނޫން. ޝުކުރިއްޔާ އެމްއެންޑީއެފަށް. މައްސަލަ މިހިސާބުން މިނިމުނީ.

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

08 May 2021

ރައީސް ނަޝީދު ހައިރިސްކުވީމައި ދެން ޖެހޭ ކަމަކީ އެފަދަ ކަންތައް ހުއްޓުވައި ދިވެހި މުޖުތަމަޢުގައި މިފަދަ ލާއިންސާނީ ކަންތަކަށް ހިތްވަރުދޭ މީހުން ހޯދައި އެފަދަ މީހުން ހަމަ މަގަށް އެޅުވުމެވެ. އަދި ސިޔާސީގޮތުން އިދިކޮޅަށް އޮންނަ ފަރާތަށް ބިރުނުގަނެ ބަޔަކު ހައްދު ފަހަނަޅައި ދަންޏާ އެވާހަކަ ދައްކާނެހާ ހިތްވަރު އެވަގުތު ސަރުކާރުގައި ތިބޭ ބައެއްގެ ކިބައިގައި ހުންނަން އެބަޖެހެއެވެ. އަދި ހުރިހާ ސިޔާސީވެރިން ދީން ހަތިޔާރަކަށް ހެދުން ހުއްޓައިލާންވީއެވެ.

The name is already taken The name is available. Register?

1828

07 May 2021

ނަޝީދު ހައި ރިސްކަށް ހުށަހެޅެނީ ދައްކާ ވާހަކައިން. މީހުންގެ ހިތުގައި ނަފްރަތުގެ ހުޅު ރޯކުރާތީ . . . ރާއްޖޭގެ ރައީސް އިބޫވެސް އެހުންނެވީ. އަނގަމަޑުންލައިގެން. ދައުލަތުގެ ބައިތުލްމާލް ޕާޓީގެ ބޮޑުން ބަހައި ހުސްކުރާއިރުވެސް 'ޗުއްޕު' ވެސް ނުބުނެ މަހުން މަހަށް މުސާރަނަގައިގެން އެހުންނެވީ ހަމަޖެހިލައިގެން. އެހެންވުމުން އިބޫއަކަށް ތްރެޓެއްނެތް.

The name is already taken The name is available. Register?

ޢިބޫ

07 May 2021

ރޭގެ ހަމަލާޔާ، 9 ޖަހާއިރަށް ކާފިއު ހިންގުމާ މީ އިއްތިފާގެއްބާ؟

The name is already taken The name is available. Register?

ޑްރާމާ

07 May 2021

މިބޭފުޅާ ކޮން ޑްރާމާއެއް މިހާރު މި ކުޅެނީ؟ އެޓެންޝަން ގެއްލިގެން އެހޯދަނީ ދޯ؟

The name is already taken The name is available. Register?

މާއެނގޭ

07 May 2021

"ރައީސް ނަޝީދަކީ އެންމެ ހައި ރިސްކު ބޭފުޅާ: ޗީފް ޝަމާލް"..... އެންމެ ހައި ރިސްކް ބޭފުޅާ އަށް ވާންޖެހޭ ސަބަބެއް އެނގޭ އެއްވެސް މީހަކު އެބަހުރިތަ؟....... އެސަބަބު ރައްޔިތުންނަށް ރައްޔިތުންނަށް ވެސް އެނގެންޖެހޭ....... އޭރުން ރައްޔިތުންނަށް ވެސް ހައި ރިސްކައް ވިސްނައިގެން ސަލާމަތް ހޯދޭނީ.......

The name is already taken The name is available. Register?

އެމްސް

07 May 2021

ހުރިހާ އެންމެނަށް ހުރިހާ ކަމެއް އެނގޭކަށް ނުޖެހޭނެ!

The name is already taken The name is available. Register?

އެންސް

08 May 2021

ހައި ރިސްކް ވެގެން އުޅޭ ގޮތެއް ހޯދަން މިއުޅެނީ އަމިއްލަ ސަލާމަތް ހޯދުމަށް....... އޭރުން ހައި ރިސްކް މީހަކަށް ނުވެ އުޅެވޭނީ........ ކޮންމެހެން ރައީސް ނަޝީދު ހައި ރިސްކް މީހަކަށް ވެގެން އެކަން ބަލާކަށް ނޫން........

The name is already taken The name is available. Register?

ވޮންޑާ

07 May 2021

މިރާއްޖޭގައި ގައުމިއްޔަތުގެ އިންޓްރެސްޓަށް ގެއްލުންވާކަހަލަ ހިޔާލާއި ފިކުރު ހިންގާ ނުރައްކާތެރި މުއްޖަތަމައެއް އެބައުޅޭ. އަދި އެކަކު އަނެކަކަށް ދޫނުކުރާ ހަރުކަށި އަދި ދޭތެރެޖައްސާވިސްނުމުގެ ބަޔަކުވެސް އެބައުޅޭ. މިކަންކަން ރަގަޅުކުރެވޭނީ ސްކޫލްތަކުން ކިޔަވާ ކުދިން ރަގަޅުވިސްނުމެއްގެ ބަޔަކަށް ހެދިގެން.

The name is already taken The name is available. Register?

އެމްސް

07 May 2021

މީސްމީހުންގެ ލޭ ހުއްދަކުރާ މީހުން އެކަހެރިކޮށް، ޓްރީމެންޓް ދޭންވީ!

The name is already taken The name is available. Register?

ކޮމަންމޭން

07 May 2021

ކަލޯ ތިއޮތް އެމްއެންޑީއެފް ގެ ޕްރެސް ކޮންފަރެންސް އެއް ބަލައިފަ ޝަހާދަތް ފަދަ ތެދެއް މިބުނީ ލަދުން ބޯ ފަޅައިގެން ގޮއްސި.

The name is already taken The name is available. Register?

ބުރުވާލިބާގިރުގެ ސިޔާސީ މާވަހަރު

07 May 2021

އަޅުގަނޑަށް އެނގޭގޮތުގާ ކޮންމެގައުމެއްގައިވެސް އެންމެ ހައިރިސްކު ބޭފުޅަކަށްވާނީ އެގައުމެއްގެ ވަލީޔުލްއަމްރް. އެކަމަކު މިގައުމުގާ ކަންކަންހިނގަނީ ދިމާ އިދިކޮޅަށް...... މީ ބުނާކަށްނޫން މަޖާ ގައުމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454