ކުރިން ފުލުހުންގެ ތަހުގީގަކަށް އެ އިދާރާ އަށް ރައީސް ޔާމީން ހާޒިރުކުރުމަށް ފަހު، މާފުށީ ޖަލަށް އަނބުރާ ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
08 މެއި 2021 - 01:19
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓެރަރިސްޓް ހަމަލައެއް ދިނުމަށް ގޮވާލައި، ފޭސްބުކް ޕޯސްޓެއް ކުރި މީހެއްގެ މައްސަލަ ބަލައިދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފުލުހުންގެ އިދާރާގައި އިއްޔެ އެދިއްޖެ އެވެ.
އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދޭން އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެ ޝާއިއު ކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ.
މިފަދަ ނުރައްކާތެރި އަމަލު ހިންގުމަށް ގޮވައިލާ، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ މީހުންގެ މައްސަލަތައް ނުބެލި، އެފަދަ މީހުން މުޖުތަމައަށް ދޫވެފައި ތިބުމަކީ ގައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވާނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އިދިކޮޅުން ބުނިގޮތުގައި، އެ ފަދަ ނުރައްކާތެރި ޓެރަރިސްޓް އަމަލުތައް ހިންގުމަށް ގޮވައިލާ މީހުން އެކަން ކުރަނީ ކޮންމެ ފަދަ މަގްސަދެއްގައި ކަމަށް ވިޔަސް، އެއެީ ކުދިކުދި ކަންކަން ކަމުގައި ދެކި އަޅާނުލެވި، ނުބެލި ދޫކޮށްލެވިއްޖެ ނަމަ، ނުރައްކާތެރި އަމަލެއް ހިނގުމުގެ ފުރުސަތު އޮންނާނެ އެވެ.
އެހެންވެ ޔާމީން ގޭގައި ހުންނަވަނިކޮށް ގޮއްވައިލަން ގޮވާލައި ޕޯސްޓް ކުރި މީހާ ހޯދައި ހައްޔަރުކޮށް، މައްސަލަ ބަލައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަަވަޅުތައް އެޅުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.
"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާ ވަރުގަދަ ކޮށްދެއްވުމަށް ވެސް އެދެމެވެ،" ބަޔާނުގައިވެ އެވެ.
މަނީ ލޯންޑްރިންގެ މައްސަލައިގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ޔާމީނަކީ ހައިރިސްކް ބޭފުޅެއްކަމުން، މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުން ދާތީ، އެ މަނިކުފާނު މިހާރު ހުންނެވީ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފަ އެވެ.
ޔާމީނަށް ހަމަލާދިނުމަށް ގޮވާލިއިރު އިއްޔެ ރޭ ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ވެސް ޓެރަރިސްޓް ހަމަލާއެއް ދީފަ އެވެ. އެ މަނިކުފާނުގެ ގެކޮޅު ކައިރިން އެ ހަމަލާ އަމާޒުވިއިރު އެ ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް އަނިޔާވެ އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ.
އެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނައިރު ހާދިސާގެ ކުރިން ފުލުހުންގެ އިންޓެލިޖެންސަށް އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު ހާދިސާ ރޭވި ސަރަހައްދުން ހަތަރު މީހެއްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭތީ އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތީބު ފަތިސް
08 May 2021
ރައީސް ޔާމީން އަކީ ދިވެހި ރައްޔިތުންގެ ލޯތްބާެއި ގަދަރު ލިބިގެން ވާ ބޭފުޅެ. އެ މަނިކްފާން އަށް ގެއްލުން ދޭން ބުނާ ބަޔަކު މިހާރުން މިހާރަށް ހިފާ މި މައްސަލަ ބަލަން ފުލުން އާއި ސިފައިނަށް ގޮވާލަން. އަދި އެމަނިކްފާން އަށް ގެއްލުމެއް ލިބިއްޖެ ނަމަ މި ސަރުކާރު ޒިންމާ ނަގަން ޖެހޭނެ!!!
އަރުތަ
08 May 2021
ވަރަށް ރަނގަޅު، ސުވާލަކީ ކުރީގެ ރައީސް ނަޝީދުގެ ކަރުބުރިކުރަން ގޮވާލި މީހާ ހައްޔަރުނުކޮށް އެކަން ނުބަލާ މިނިވަން ކަމާއެކު އާއްމުންގެތެރޭގަ އުޅޭތީ އިދިކޮޅުން ކަންތައް ބޮޑެއް ނުވޭބާއޭ!
ވަހީދު
08 May 2021
ބައެއް މީހުންގެ ވިސްނުން ހުރީ އަދިވެސް ރުޅިވެރިކަމާއި އަނިޔާ ފަތުރަން. ތިމާ އަނބިދަރިން ގާތުގައި މިނިވަންކަމާއި ރައްކާތެރިކަމާއި އެކު އުޅެފަައި، އަނެކާ ޖަލުގޮޅީގައި ބޭއްވުމުގެ ވިސްނުން ގެންގުޅެނީ.
ޟަިއީ
08 May 2021
ޖަލުގަ އެންމެ ސެކިއުރިޓީ ހައި.. މަވެސް ހިތައްއަރާ ޖަލުގަ ގޮޅިޔެއް ލިބޭނަމައޭ... ޔާމީން ވަރަށް ނަސީބު ރަގަޅޭ
އާނު
08 May 2021
މީހަކު ނޫޅޭ ޔާމީނަށް ހަމަލަ ނުދެވިގެނެއް.
އުމަރުބެ
08 May 2021
ޖަލަކީ ސެކިއުރިޓީ ވަރުގަދަ ތަނެއް އެހެންވީ މާ ޔާމީން ޖަލަށް ބަދަލުކުރަން ފެނޭ ސަލާމަތީ ސަބަބުތަކައްޓަކާ
އެހެން
08 May 2021
އެހާ ސެކިއުރިޓީ ހައި ވީމަ ނަޝީދުވެސް ބަދަލުކުރަންވާނެދޯ؟
ހިބަރު
08 May 2021
ރައީސް ނަޝީދު ކަރުބުރިކޮށްލަން ޕީޕީއެމް އެއްވުމެއްގައި ގޮވި އަންހެން މީހާގެ މައްސަލަވެސް ބަލަން ޖެހޭނެ! އަދި ޗެނަލް13 ލައިވް ޝޯވ ގަ ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން މީހަކު ގޮވާލި މައްސަލަ ވެސް ވަރަށް ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ބެއްލެވުމަށް ކަމާ ގުޅޭ މުއައްސަސާ ތަކަށް ގޮވާލަން!
ތެދެއް
08 May 2021
ވަރަށްބޮޑުތެދެއް، ރަނގަޅު ވާހަކައެއް. ތި ބުނާ މައްސަލަތައް ސީރިއަސް ކަމާއެކު ބެލެން ޖެހޭ
ތުއްތޮންބެ
08 May 2021
އެމީހަކުހޯދާ މިހާރުންމިހާރައް ހައްޔަރުކުމައްގޮވާލަން.
ހިއްދަތި
08 May 2021
މިއުޅެނީ ބޮންގޮއްވި މީހުން ހައްޔަރު ނުކުރެވިގެން، ދެން ގޮއްވާލާނަމޭ ބުނިމީހާ އަދި ކިހިނެއް ހައްޔަރު ކުރާނީ، ގޮއްވާލާނެ ކަން އެގޭ މީހުންވެސް އެތިބީ މަގުމަތީގަ، ގޮއްވަން އުޅުނުމީހުންވެސް މަގުމަތީގަ، ދެން ކޮންމެ މީހަކު މޭމަތީގަ ކޮންމެ ކުލަފޮށި ހުސްކޮށް ކުލަބަރި ޖަހާގެން، އަނެއްބަޔަކު އަމިއްލައަށް އިއްޒައްތެރި ލައިގެން، ބާކީ ތިބި މީހުން ބޮޑެތި މުސާރަނަގައިގެން އެބަތިބި، ކުރާނެ ކަމެއްނެތް މިއަށް ކިޔަނީ ގައުމިއްޔަތޭ
ނަސީމް
08 May 2021
ޔާމިނެއްކަމަކު އެހެން މީހެއްކަމަކު އެއްވެސްބާވަތެއްގެ ހަމަލާއެއް ދެވިގެން ނުވާނެ. މީނާގެ ވާހަކަ ތަޙްޤީކޮށް އަދަބު ދެވެން ޖެހޭނެ. އަދި މީނާގެ ގޮވާލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން.