ޚަބަރު / އެޗުއީއޯސީ

މިދިޔަ ހަފުތާގައި އެކަނިވެސް 3،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް، މިއީ ރެކޯޑެއް

އެޗްއީއޯސީގައި ރޭ ބޭއްވި ނިއުސް ބްރީފިންގައި މަބްރޫކް (މ)، ޑރ. ޝަހީދު އަދި ޕޮލިސްގެ އަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެޗްއީއޯސީ

ރާއްޖެ އިން ކޮވިޑް ފެނުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެއް ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް އެ ބަލި ޖެހުނީ މިދިޔަ ހަފުތާގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އެ އިދާރާގެ މީޑިއާ ބްރީފިންގައި، ކޮވިޑާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަށް ލަފާ ދޭ ޓެގް ޓީމުގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިދިޔަ ހަފުތާގައި އެކަނި ވެސް 3،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި ކަމަށެވެ.

މީގެ ކުރިން ހާލަތު ގޯސްވިއިރު ހަފުތާއަކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅުނީ 900 ގަ އެވެ.

"ފާއިތުވި ދެ ހަފުތާގައި ވަރަށް ބޮޑުތަން އިތުރުވެފައި ވަނީ. ހާއްސަކޮށް ނިމިގެން ދިޔަ ހަފުތާގައި 75 ޕަސެންޓް މައްޗަށް ގޮސްފައި މި ވަނީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

މީގެ ކުރިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 150-200 އާ ދޭތެރޭގައި ހުރުމަށް ފަހު ފާއިތުވި ދެ ހަފުތާގެ ތެރޭގައި ވަނީ ކޭސްތައް މައްޗަށް ގޮސްފަ އެވެ. މިހާރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ރޭޓް އުޅެނީ 500 އިން މަތީގަ އެވެ.

ޑރ. ޝަހީދު ވިދާޅުވިގޮތުގައި، މިިދިޔަ ފެބްރުއަރީ މަހުން ފަށައިގެން ވެސް އެވްރެޖުކޮށް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 5-7 ޕަސެންޓާ ދޭތެރޭގަ އެވެ. ނަމަވެސް ފާއިތުވި ދެ ހަފުތާ އަށް ބަލާއިރު ވަރަށް ބޮޑަށް މައްޗަށް ގޮސް މިދިޔަ ހަފުތާގައި 18 ޕަސެންޓަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

އެޗްޕީއޭގެ ޓާގެޓަކީ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓުގައި ބެހެއްޓުމެވެ.

"މި ހުރިހާ އިންޑިކޭޓާސްތަކަށް ބަލާއިރު ވެސް މި ފެންނަނީ ހަމަ ކޮވިޑުގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުން އަންނަ ތަން. މިދިޔަ އެއް އަހަރުގެ ސްޓެޓިސްޓިކަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް އެއް ދުވަހެއްގެ މައްޗަށް މީހުން ނިޔާވި ދުވަހަކީ 6 މެއި. އެ ދުވަހު ހަ މީހުން ވަނީ މި ބަލީގައި ނިޔާވެގެން ގޮސްފައި.---ޑރ. ޝަހީދު

ފްލޫ ކްލިނިކަށް ދައްކާއިރު ނަގާ ސާމްޕަލް ޕޮޒިޓިވްވާ މިންވަރު މިދިޔަ ފެބްރުއަރީ މަހުގެ ހިސާބުގައި ހުރީ 5-7 ޕަސެންޓާ ދޭތެރޭގަ އެވެ. އެކަމަކު ފާއިތުވި ދެ ހަފުތާގައި އެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސް މިދިޔަ ހަފުތާގައި ފްލޫ ޕޮޒިޓިވިޓީ ސާމްޕަލް ރޭޓް ހުރީ 19 ޕަސެންޓުގަ އެވެ. އެޑްމިޓުކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް މީގެ ތިން ހަފުތާ ކުރިއާ އަޅާބަލާއިރު އެތައް ގުނައެއް މައްޗަށް އަރާފައި ވެ އެވެ.

ޑރ. ޝަހީދު ވިދާޅުވީ އެޑްމިޓުކޮށްގެން ކޮވިޑަށް ފަރުވާ ދޭން އޭރު ތިބީ 50 ވަރަކަށް މީހުންނަށް ވިޔަސް އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ތިން ހަފުތާގެ ތެރޭގައި 180 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އެއީ ކޮވިޑުގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ ޖާގައިގެ 70 ޕަސެންޓެވެ.

"މި ހުރިހާ އިންޑިކޭޓާސްތަކަށް ބަލާއިރު ވެސް މި ފެންނަނީ ހަމަ ކޮވިޑުގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުން އަންނަ ތަން. މިދިޔަ އެއް އަހަރުގެ ސްޓެޓިސްޓިކަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް އެއް ދުވަހެއްގެ މައްޗަށް މީހުން ނިޔާވި ދުވަހަކީ 6 މެއި. އެ ދުވަހު ހަ މީހުން ވަނީ މި ބަލީގައި ނިޔާވެގެން ގޮސްފައި. އޭގެ ތެރޭގައި ޒުވާން އުމުރުގެ އެއްވެސް ކޮމަބިޑްސް ނެތް މީހެއް ވެސް ހިމެނޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

މި ވަގުތު ވެސް އެޑްމިޓުކޮށްގެން 27 އަހަރާއި 37 އަހަރާއި 39 އަހަރުގެ މީހަކަށް ފަރުވާ ދެމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. ޝަހީދު ވިދާޅުވީ ބަލިން ރައްކާތެރިވުމަށް މި ވަގުތު އެންމެ ހާއްސަ ސަމާލުކަމެއް ދެނީ ވެކްސިން ޕްރޮގްރާމަށް ކަމަށެވެ. ވެކްސިނަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުޖަހާ 35 ޕަސެންޓް މީހުން ތިބިކަން ފާހަގަކުރެއްވައި އޭނާ ވަނީ ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާލިބާލި

09 May 2021

އެއް ފިޔަވަޅު ކުރިޔަށް އެޅިއްޔާ އަނެއް ހަތަރު ފިޔަވަޅު އަޅަމުން ތިގެންދަނީ ފަހަތަށެވެ. ވަރަށް ނާޤާބިލު ބައެކެވެ. ނަސީމު ހެލްތް މިނިސްޓަރު ކަމުގައި ހުރިހާ ދުވަހަކު މިރާއްޖޭގައި ކޮވިޑް ކޮންޓްރޯލެއް ނުވާނެއެވެ. މުޖައްރިބު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454