10 މެއި 2021 - 10:09
ކޮންމެ ގައުމެއްގައި ވެސް މުއާސަލާތީ ހިދުމަތް ރަނގަޅުތޯ ވަޒަންކުރުމަށް އެންމެ ބޮޑަށް ބަލާ އެއް ކަމަކީ ކަސްޓަމާ ސާވިސް އެވެ. އެ ހިދުމަތުގެ ފެންވަރުގެ ލަސްވެ ދަށް ނަމަ، ޝަކުވާތައް ބޮޑުވެ، ކަސްޓަމަރުންގެ ފާޑުކިޔުންތައް ވެސް ވަރަށް ބޮޑުވެ އެވެ. އެހެންވެ ގައުމުތަކުގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އަބަދު ވެސް ކަސްޓަމާ ސާވިސް އަށް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.
މިދިޔަ އަހަރަކީ މުޅި ދުނި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމުގެ ތެރެއަށް ވެއްޓި، ވަރަށް ގިނަ ހިދުމަތްތަކަށް ބުރޫއެރި އަހަރެކެވެ. އެހެންވެ އިނގިރޭސިވިލާތުން މިއޮތީ އެ ގައުމުގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ކަސްޓަމާ ސާވިސް އަށް އައި ބަދަލުތަކާ ގުޅޭ ރިޕޯޓެއް އެކުލަވާލައި އާންމުކޮށްފަ އެވެ.
ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ މުއާސަލާތީ ހިދުމަތް ރެގިއުލޭޓްކުރާ އޮފްކޮމްގެ ފަސް ވަނަ އަހަރީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ކުންފުނިތަކުގެ ކަސްޓަމާ ސާވިސް އަށް ގުޅައިގެން ކަސްޓަމަރުން އެވްރެޖްކޮށް، ޖަވާބެއްގެ އިންތިޒާރުގައި ހަތަރު މިނެޓާއި ނުވަ ސިކުންތު ވަންދެން މަޑުކުރަން ޖެހެ އެވެ.
And eight of 10 broadband customers and seven out of 10 landline customers were satisfied with their service. But call centre wait times increased for these customers too. We expect companies to prioritise improving customer service. https://t.co/LngyaBxznJ pic.twitter.com/Lde1mwYHlH
— Ofcom (@Ofcom) May 7, 2021
މިދިޔަ އަހަރު އެންމެ ގިނަ ވަގުތު ކަސްޓަމާ ކެއާ އަށް ހޭދަކުރަން ޖެހުނު ދެ ކުންފުންޏަކީ ވާޖިން މީޑިއާ އާއި ވާޖިން މޮބައިލް އެވެ. އެގޮތުން ވާޖިން މީޑިއާގެ ކަސްޓަމަރުންނަށް އެވްރެޖްކޮށް ހަތް މިނިޓާއި 40 ސިކުންތަށް މަޑުކުރަން ޖެހުނު އިރު ވާޖިން މޮބައިލްގެ ކަސްޓަމަރުންނަށް ކަސްޓަމާ ސާވިސް އަށް ގުޅައިގެން ޖަވާބެއްގެ އިންތިޒާރުގައި ހަ މިނިޓާއި 44 ސިކުންތަށް މަޑުކުރަން ޖެހުނެވެ.
ކަސްޓަމާ ސާވިސް އަށް ގުޅައިގެން އެންމެ ކުޑަ ވަގުތުކޮޅެއް ހޭދަކުރަން ޖެހުނު ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ އީއީ ލިމިޓެޑްގަ އެވެ. އެއީ މިނިޓަކާއި 15 ސިކުންތެވެ. ދެން އެންމެ މަދު ވަގުތެއް ދިޔައީ ޓޯކްޓޯކްގަ އެވެ.
Today, we’ve published our latest Comparing Customer Service research on telecoms providers.
— Ofcom (@Ofcom) May 7, 2021
Overall, nine out of 10 mobile customers were satisfied with their service. But call centre wait times increased as providers dealt with the impacts of pandemic. pic.twitter.com/SR1vnUHiiw
ބްރޯޑްބޭންޑް ހިދުމަތްދޭ ކުންފުނިތަކުގެ ކަސްޓަމާ ސާވިސްއާ ބެހޭ ގޮތުން 52 ޕަސަންޓް ރައްޔިތުން ބުނެފައި ވަނީ ޑީލްކުރާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށެވެ. ފޯނުގެ ހިދުމަތްދޭ ކުންފުނިތަކުން ޑީލްކުރާ ގޮތާ ދޭތެރޭ 75 ޕަސަންޓް މީހުން ހިތްހަމަޖެހެ އެވެ.
ކަސްޓަމާ ސާވިސްއާ ގުޅޭ ގޮތުން އޮފްކޮމް އިން ނެރުނު ރިޕޯޓްގައި ފާހަގަކުރެވުނު މައިގަނޑު އިތުރު ކަންތައްތައް ވެސް ހިމަނާފައިވެ އެވެ. އެގޮތުން ބްރޯޑްބޭންޑާއި ލޭންޑްލައިން ކަސްޓަމަރުން ކަސްޓަމާ ސާވިސް އަށް ގުޅައިގެން އެވްރެޖްކޮށް ހަތަރިު މިނިޓާއި ނުވަ ސިކުންތު ހޭދަކުރަން ޖެހުނު އިރު، މޮބައިލް ކަސްޓަމަރުންނަށް ދެ މިނިޓާއި ހަތް ސިކުންތަ މަޑުކުރަން ޖެހުނެވެ.
We’ve reviewed how telecoms firms treat their customers. There’s been some progress in providing fairer deals, clearer information and better support. But companies need to improve their customer service as a priority.
— Ofcom (@Ofcom) May 7, 2021
Find out more: https://t.co/LngyaBxznJ pic.twitter.com/82kcN4xnB8
ރިޕޯޓްގައިވާ ގޮތުން ބްރޯޑްބޭންޑްގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރެއިން 2020 ގައި ޝަކުވާތައް ހުށަހަޅަން ޖެހުނު ކަމަށް ބުނެފައި ވަނީ 26 ޕަސަންޓް ކަސްޓަމަރުންނެވެ. މޮބައިލް ހިދުމަތާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފައި ވަނީ އެންމެ ތިން ޕަސަންޓް މީހުންނެވެ. އަދި ހިދުމަތަށް ބުރޫއެއް އަރައިގެން ހިދުމަތް ނުލިބި ތިބެން ޖެހެނީ ގިނަވެގެން ދެ ދުވަހަށް ކަމަށް ކަސްތަމަރުންގެ ފަރާތުން ފާހަގަވި ކަމަށް އޮފްކޮމްގެ ރިޕޯޓްގައި ބުނެ އެވެ.
އޮފްކޮމްގެ ނެޓްވޯކް އެންޑް ކޮމިއުނިކޭޝަންސް ގްރޫޕްގެ ޑިރެކްޓަރު ލިންޒީ ފަޒެލް ވިދާޅުވި ގޮތުގައި މުވާސަލާތީ ހިދުމަތްދޭ އިނގިރޭސިވިލާތުގެ ހުރިހާ ކުންފުނިތަކަކީ ވެސް މިހާރު ޑިމާންޑާ އެއް ވަރަށް ހިދުމަތްތައް ރަނގަޅުކުރަމުން އަންނަ ކުންފުނިތަކެވެ.
"މީގައި އަދިވެސް މައްސަލަތައް ހުރީ ކަސްޓަމާ ސާވިސް ހިދުމަތް ދިނުމުގައި." އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހިތު
11 May 2021
އެއްބިލިއަން ފައިދާއަށް ނަގާ ބީއެމްއެލް ނަގާނެ 20 މިނިޓް، ގިނަފަހަރު ނުވެސް ނަގާނެ.
ގަބްފަ
10 May 2021
ތިކިޔަނީ އެތަށް މިލިޔަން އަބާދީއެއްއޮންނަ ޤައުމެއްގެ ވާހަކަ މި ދިވެހިރާޖޭގެ 5ލައްކަ މިހުން ހަމަނުވާ އާބަދީ އަކުން މިޤައުމުގެ ބޭންކް އޮފް މޯލްދިވްސް އާއި ދިރާގް އަށް ގުޅައިގެން ފޮންނުނަގާދުވަސް ގިނައީ ނަގަފިއަޔާމުން ނަގާނިވެސް އެހާއިރުކޮށްފައި ، ކަސްޓަމަރ ޚިދުމަތް ދެނީޔޯ ލަދެއްވެސްނުގަނެޔޭ ޚިދުމަތޭކިޔަން.
ހަވަރު
10 May 2021
ދިވެހިރާއްޖޭގެ ދިރާގުގެ ކަސްޓަމަރ ކެއަރ ގެ ވާހަކަވެސް ޖަހާބަލަ ތިހެން
އޮނަރަބްލް އަފީފު ދީދީ
10 May 2021
ރާއްޖޭގެ ހިދުމަތް އެންމެ އަވަސް 2 ކުންފުނި ކަމުގައިވާ ބެންކް އޮފް މޯލްޑިވްސް އާއި ދިރާޤުގެ ހިދުމަތް ވެސް އިޤިރޭސިވިލާތުގެ ވާޖިން މީޑިއާ ނުވަތަ ވާޖިންގ މޮބައިލް ހިދުމަތާއި އެއްވަރުކޮށް ކަސްޓަމަރަކު ގުޅައިފިނަމަ ފޯނަށް ޖަވާބުނުދީ 7 މިނިޓެއް ހާ ވަގުތު ހޭދަކޮށްލާން ފެނޭ. # މީގެ އަހަރު ތަކެއް ކުރިން ދިރާޤަކީ ދިވެހި ގިނަ ކުންފުނިތަކާއި ބަލާފަ ހިދުމަތް ރަނގަޅު ތަނެއް ކަމުގައިވިޔަސް މިއަދު އެތަނަކީ ބެންކް އޮފް މޯލްޑިވްސް އަށްވުރެންވެސް އުނދަގޫ ތަނެއް.
ގެދާނޯމޮސް
10 May 2021
ލޯބިކަން !