މި 1،091 ކޭސްގެ ތެރެއިން 300 ކޭހަކީ މީގެ 48 ގަޑިއިރަށް ވުރެ ވެސް ކުރީގެ ސާމްޕަލްތައް. އަދި މިދިޔަ 24 ގަޑިއިރު އަލަށް ފެނުނީ 791 ކޭސް.
މާލޭގައި މިދިޔަ އަހަރު ކޮވިޑްގެ ކޭސްތައް ގިނަވުމާ އެކު އިއުލާނުކުރި ކާފިއު ތެރޭގައި، ބަލިން ރައްކާތެރިވެ ތިބުމަށް ގޭގައި މަޑުކުރުމަށް އިރުޝާދު ދީފައިވާ ބިލްބޯޑެއް ކައިރީ ތިބެ ފުލުހުން މަގުމަތި ބަލަހައްޓަނީ. -- ފޮޓޯ: މިހާރު
09 މެއި 2021 - 22:59
މީގެ ދެ ދުވަހަށް ވުރެ ވެސް ކުރިން ނަގައި ޓެސްޓް ނުކުރެވި ހުރި ސާމްޕަލްތަކާއި މިދިޔަ 24 ގަޑިއިރު ޓެސްޓުކުރި ސާމްޕަލްތަކުން ކޮވިޑްގެ 1091 ކޭސް އަލަށް ފެނިއްޖެ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މި 1،091 ކޭސްގެ ތެރެއިން 300 ކޭހަކީ މީގެ 48 ގަޑިއިރަށް ވުރެ ވެސް ކުރީގެ ސާމްޕަލްތަކެވެ. އަދި މިދިޔަ 24 ގަޑިއިރު އަލަށް ފެނުނީ 791 ކޭސް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މި 24 ގަޑިއިރު ޓެސްޓްކުރި ސާމްޕަލްތަކުގެ އަދަދަކީ 4،507 އެވެ.
އެޗްއީއީސީގެ މިރޭގެ ޕްރެސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޓެސްޓް ނުކުރެވި ގިނަ ސާމްޕަލްތަކެއް ހުރުމާ އެކު މިއަދު ހާމަކުރި ޖުމްލަ ކޭސްތަކުގެ އަދަދަކީ މިދިޔަ 24 ގަޑިއިރުގެ ހާލަތު އަންގައިދޭ އަދަދެއް ނޫނެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ހުރިހާ ކޭސްތަކުގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވް ވެފައި ވަނީ 933 މީހުންނެވެ. ރަށްރަށުން 147، އަދި ރިސޯޓުތަކުން ހަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
މިއާ އެކު އެކްޓިވް ކޭސްގެ އަދަދު 9،423 އަށް ވަނީ އަރައިފަ އެވެ، އަދި ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު ވެސް 250 އަށް އަރަ އެވެ.
މި ބަލިން މިހާތަނަށް 26،299 މީހުން ރަނގަޅުވެފައިވެ އެވެ. މި ބަލީގައި މިއަދު ވެސް އެކަކު މަރުވެ ޖުމްލަ 84 އަށް ވަނީ އަރައިފަ އެވެ.
ކޮވިޑް ފެތުރުން ފަހަކަށް އައިސް ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވާއިރު މިދިޔަ 24 ގަޑިއިރު މުޅި ރާއްޖޭން ފެނުނު އަދަދަކީ ވެސް މިހާތަނަށް 24 ގަޑިއިރެއްގެ ތެރޭ ރާއްޖޭން ފެނުނު އެންމެ ގިނަ ކޭހެވެ.
ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އާދަޔާހިލާފަށް މައްޗަށް ދާތީ މިހާރު އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަގުޑި
10 May 2021
މިހާރު މިކަން މިދަނީ މާމައްޗަށް. ޖެހޭ މީހުންގެ ފަރާތުން އެމީޙުން ޖެހުން އެކަށީގެން ވަނީ ކޮންތާކުންތޯ ސާފު ވެއްޖެނަމަ މީޙުންނަށް މިތަންތަނަށް ދިޔުން ހުއްޓާލެވިދާނެ. މިސާލަކަށް މިސްކިތުންނޭ ، ނޫނީ މާރްކޭޓުންނޭ.
އަގުޑީ
10 May 2021
ބަލިޖެހޭ ތަންތަން ނޭނގުނަސް ބޭރަށް ދިއުން އަމިއްލައަށް ހުއްޓާލެވިދާނެ. ހަފްތާއަކަށް ވާވަރަށް ސްޓޮކް ކޮށްލައިގެން މަދުން ބޭރަށް ދެވިދާނެ. ނަމާދު ގޭގަވެސް ކުރެވިދާނެ.
މަބްރޫކު
10 May 2021
ދައްކަވަން ހުރި ތަނެއް ދައްކަވާނެ. އެފަދަ ރަނގަޅަށް އަމީނު މި މަސައްކަތް ކުރަމުން ގެންދަނިކޮށް ހަމަ ބޮޑުބޭބެއަށް މަގާމު ހޯދަދޭން ވެގެން އަހަރުމެން މި އަނދަވަޅަށް ވައްޓާލީ. ނަސީމަކީ ބޮޑު ފޭލިއަރެއް. މި ދަތި ދަނޑިވަޅުގައި މިނިސްޓްރީ ހިންގަން އޭނައާ ހަވާލުކުރާނީ މޮޔައެއް
ނުޒޭރު
10 May 2021
ރެސްޓޯރަންޓުތައް އޮންނަނީ ތޮއްޖެހިފަ ރޯދަވީއްލާ ގަޑީގަ. ސެޕަށަލް އިފްތާރު ޕުރޮމޯށަން ވިތު ފްރީ ކޮވިޑް!
ޟަިނަ
10 May 2021
ހަފްތާއެއް ވްއިރުވެސް ނަތިޖަ އޮތީ ޓްރާންސިޓް ގަ
އުމަރުބެ
10 May 2021
ކުރިން ޖެހިފަ ރަގަޅުވެފަ ތިބޭ މީހުންވެސް ފަހުން ޓެސްޓްކުރާއިރު ޑެޑްސެލް ހުރެގެން ޕޮސިޓިވްކަމަށް ނަތީޖާ ދައްކާ ވާހަކަވެސް ދެކެވުނު. އެހެންކަމަށްވާނަމަ މިހާރު މާލޭ ސަރަހައްދުގެ ގިނަ ބައެކީ ކުރިން ޖެހިފަ ރަގަޅުވެފަ ތިބިމީހުން ޑެޑްސެލް ޕޮސިޓިވް ނަތީޖާއަށްވުން ކައިރި. އެޗްޕީއޭ އަކަށް އިތުބާރެއް ނުކުރެވޭ.
ބުމާ
10 May 2021
ޕޮޒިޓިވްވާއިރު ބަލީގެ އަލާމާތެއް ހުންނަނަމަ އެއީ ހަމަ ބަލިހުރީމަ ވާ ގޮތެއް ކަމަށް ލަފާކުރެވެނީ. އަލާމާތެއް ނެތްނަމަ ފޯލްސް ޕޮޒިޓިވޭ ހީވެދާނެ.
އަސްރަފް
10 May 2021
މިހާ ނާގާބިލު ވެރިޔެއް މިދިވެހި ތާރީހުވެސް ދެކިފައެއް ނުވޭ
ޓުނު
10 May 2021
އަދި ވެސް ފަރުދީ ޒިންމާއޭ ކިޔާފައި ސަރުކާރުން ދެ އަތް އުރައިލާގެން ތިބޭ...
ޗޮސްބެ
10 May 2021
ކޮންމެކަމެއްގަވެސް ސަރުކާރާ ބެހިނުގަނެ ނުހުރެވެނީތަ؟
އެހެން
10 May 2021
ގައުމަށް ވަންނާނެހާ އެއްޗެއްވަނީމަ ދެން އަންނާނީ ފަރުދީ ޒިންމާގެ ބައި. އެ ވާހަކަ އެމީހުން އެ ދައްކަނީ. ވަންނައިރު އެމީހުންގެ މައްސަލައެއް ނޯވޭ.
އާރީ
10 May 2021
ވެކުސިން ގިނައިން ޖެހިވަރަކަށް އަދަދު ތައް މަށްޗަށް މި ދަނި. ޑޮކުޓަރުން ތި ދަށްކާވާހަކަ ދިމައެއް ނުވޭ. އިގިރޭސިވިލާތް އެމެރިކާ ފަދަ ގައުމްތަށް ވެކުސިން ޖެހީމަ އަދަދުތައް މަދުވެ ކޮށްޓްރޯލު ވެސް ވެފަ އެ އޮތީ.
އަލޭ
10 May 2021
އެތަންތަނުގައި ޖަހާ ވެކްސިންގެ ފެންވަރު މޮޅީ ކަމަށްވާނީ. އަސްޓްރާޒެނެކާ ކިޔަސް އިންޑިއާގެ ކޮވިޝީލްޑް ތަފާތުވެދާނެ. އެކަން ބަލާނެ ބަޔަކު ނެތް ކަންނޭނގެ.
ހޯރަބޭ
10 May 2021
މިފަހަރު ފުރަބަންދު ކުރަށްވާނި ސަރުކާރުން ކޮންމެ ގެއަށް ތިންވަށްތަރުން ތިން ބަސްތާ ކާޑް ވަށްދާފަ. އަދި އިންޓަރ ނެޓް ފުރީ ކޮށްފަ.
ޝޯމޭން
10 May 2021
48 ގަޑިއިރު ކުރިންހުރި ކައުންޓް ޖަހާލާފަ އެއަދަދަށް ތިޔަބުނާ 300 އެއްކޮށްލާފަ މިހަބަރުގަ ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް.