މާފުށި: ކޮވިޑުގައި މީހަކު ވަނީ މަރުވެފައި-- ފޮޓޯ:ނިޝާން އަލީ/މިހާރު
10 މެއި 2021 - 14:55
ރާއްޖެއިން ކޮވިޑު-19 ގައި މިއަދު ތިން ވަނަ މީހާ މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކ. މާފުށީގައި މިއަދު ހެނދުނު 9:45 ހާއިރު މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. އެއީ އެ ބަލީގައި ރާއްޖެ އިން މަރުވި 87 ވަނަ މީހާ އެވެ.
ކޮވިޑުގައި މިއަދު އެންމެ ފުރަތަމަ މަރުވީ އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި އެޑްމިޓްކޮށްފައި އޮތް 75 އަހަރުގެ ދިވެހި އަންހެނަކެވެ. އޭގެ ފަހުން، ބ. އޭދަފުށީގައި ކަރަންޓީނުގައި ހުއްޓާ މަރުވި 85 އަހަރުގެ ފިރިހެނަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހަކީ ރާއްޖެ އިން އެެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ކޮވިޑްގައި މަރުވި ދުވަހެވެ. އެ ދުވަހު ފަސް މީހަކު މަރުވެފައިވެ އެވެ. ޖެހިގެން އައި ހުކުރު ދުވަހު ހަތަރު މީހަކު މަރުވި އެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅާއެކު ބައްޔަށް އެތައް ބަޔަކު ޕޮޒިޓިވްވެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއާއެކު ސަރުކާރުން ވަނީ ކާފިއު އިއުލާނުކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުގުމާން
10 May 2021
ކޯވިޑު ނޫންގޮތުގައި މަރުވަނީ ކިތަށް މީހިންތޯ ބަލާލާހިއްވެސް އެބަވޭ. މިހާރު މީހަކު އެކްސިޑެންޓެއްވެގެން މަރުވިޔަސް ހުއްނާނީ ކޮވިޑަށް ޕޮސިޓިއު ވެފައި ކަން ކަޝަވަރު ވިއްޔާ. އެހެން ވީމާ އެބައިވެސް ހިމަނާލަދެއްވުން އެދެން
ޓެސްޓް ކިޓް
10 May 2021
މިހާރު މިގެންގުޅޭ ޓެސްޓް ކިޓުތަކާއި މެދު ހާދަ ސުވާލު އުފެދޭ
ގައުމީ ލޯބި
10 May 2021
އިންޑިޔާ މީހުން އައުންހުއްޓުވާ.. ފޮރިންމިނިސްޓަރާއި ހެލްތް މިނިސްޓަރު އިސްތިއުފާ ދީ.. އިންޑިޔާ ޓްރާންސިޓް / ކޮރަންޓީން ފެސިލިޓީއަކަށް ރާއްޖެ ހަދައިގެން ދިވެހީންގެ ލޭ ތިބޮނީ.. ދިވެހީން މަރަން ފައިސާ ހޯދަނީ ؟ ޚައްދާރުވިޔަސް ބޮޑުވަރު.. ޓެކްސް ފައިސާއިން މުސާރަ ނަގައިގެންތިބެ.. ރައްޔަތުން މަރާފައި އެންމެ ނުރައްކާ ކޮވިޑް ރާއްޖޭގައި ފެރުރުނަސް ވަރިހަމަ ކޮށް.. ތި އުޅެނީ މީހުން އިންޑިޔާ މީހުން ދުބާއީއަށް ފޮނުވާނެ މަގުތަނަވަސްކުރަން ތޯ؟ އިނޑިޔާބޭން
އުމުރު
10 May 2021
74 އަހަރު
ކޮވިޑުގަ ފިރުއައުނުވެސް މަރުވީ
10 May 2021
އުމުރު ނުޖެހީ 90 އިން މަތި ވީމަތަ
ކިޔަވާ
10 May 2021
ފިރުއައުނަކީ pharaoh ގެ ތަރުޖަމާ. އެއީ 3150 ބީސީއިން ފެށިގެން 50 ބީސީ އައި ހަމައަށް މިސުރުގެ ތަހުތުގަ އިން ކޮންމެ ވެރިއަކަށް ވެސް މުހާތަބުކުރެވޭ ލަގަބު. އެކި ފިރުއައުނު އަވަހާރަވީ އުމުރުން އެކި އަހަރު. ބައެއް ބޭފުޅުން ވަރަށް ޅަ އުމުރުގައިވެސް އަވަހާރަވެފައިވޭ.