އިންޑިއާގެ ނިއު ދިއްލީގެ ބަސް ސްޓޭޝަނަކުން ފުރަން ބަޔަކު ދަނީ: އިންޑިއާގައި ކޮވިޑުގެ ހާލަތު ވަރަށް ގޯސް. --ފޮޓޯ:އޭއެފްޕީ
11 މެއި 2021 - 13:14
އިންޑިއާއިން ފެނިފައިވާ ކޮވިޑް-19 ގެ ވޭރިއަންޓަކަކީ މުޅި ދުނިޔެެއަށް ވެސް އޮތް ރިސްކެއް ކަަމަށް ދުނިޔޭގެ ސިއްްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.
ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑް މާރިއާ ވާން ކާކޯފް އިއްޔެ ވިދާޅުވީ "ޓްރިޕް މިއުޓެންޓް" އެއް ކަމަށްވާ އިންޑިއާ ވޭރިއަންޓް މިހާރު ކަންބޮޑުވުމަކަށް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ވޭރިއަންޓާ ބެހޭ ތަފްސީލުތައް ޑަބްލިއުއެޗްއޯގެ މި ހަފްތާގެ ސިޗުއޭޝަން ރިޕޯޓްގައި ހިމަނާނެ ކަމަށެވެ.
އެ ވޭރިއަންޓާ ބެހޭ ކޮންމެވެސް ވަރެއްގެ ތަފްސީލުތަކެއް އޭނާ އިއްޔެ ވެސް ދެއްވި އެވެ. "ބީ.ވަން.ސިކްސް ވަން ސެވަަން"ގެ ނަން ދީފައިވާ އެ ވޭރިއަންޓްގެ އެއް ނުރައްކަލަކީ އޭނާ ވިދާޅުވި ގޮތުގައި ވެކްސިިންތަކުން ލިބޭ ބައެއް ރައްކާތެރިކަން ނަގައިލުމެވެ. ފެތުރޭލެއް ފަސޭހަކަމަކީ ވެސް އެ ވޭރިއަންޓްގެ ނުރައްކާތެރި ސިފައެެކެވެ.
"ކަންތައްތައް މިހެން ހުރުމުން މިއީ ދުނިޔޭގެ ފެންވަރުގައި ކަންބޮޑުވާން ޖެހޭ ވޭރިއަންޓެއް ކަމަށް މި ކަނޑައަޅަނީ،" މާރިއާ ވާން ކާކޯފް ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން އަންނަނީ އެކިި ގައުމުތަކުގައި އަލަށް ފެންނަ ވޭރިއަންޓްތަކާ ބެހޭ މައުލޫމާތު އެއްކޮށް، ހާލަތު ވަޒަންކުރަމުންނެވެ. އެގޮތުން އިންޑިއާއިން ފެނުނު ވޭރިއަންޓްގެ ކަންތައް ބަލަން ޖެހޭ ކަމަށް އެ ޖަމާއަތުން ފުރަތަމަަ ބުނީ މިދިޔަ ހަފުތާގަ އެވެ.
އިންޑިއާ އިން ފެނުނު ވޭރިއަންޓާ އެކު އެ ގައުމުގައި މިހާރު ކޮވިޑް ފެތުރެމުން ދަނީ ވަރަށް ބާރަށެވެ. އެގޮތުން ދުވާލަކު އެ ގައުމުން އެ ބަލީގައި މަރުވާ މީހުންގެ އެވްރެޖް އަދަދަކީ މިހާރު 3،879 އެވެ. އަދި ދުވާލަލު އެ ބަލި ޖެހޭ މީހުންގެ އަދަދު ވެސް ވަނީ 390،000 އަށް ވުރެ އިތުރުވެފަ އެވެ. އަދި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގައި ވެސް ކޮވިޑް ފެތުރުން އެތައް ގުނައެއް ވަނީ އިތުރުވެ ނުރައްކާ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ ކުނި ސަރުކާރު
12 May 2021
ރާއްޖެ އިންޑިޔާއަށް އަޅުވެތި ވެފައިވާލެއް ބޮޑުކަމުން މިއުޅެނީ އިންޑިޔާ މީހުން އެތެރެވުން ނުހުއްޓުވިގެން. މިދެން މިހާރު ދެރަކަމެއް
ނަސަންދުރާ
11 May 2021
އެހެން ވާނެތާ އެވޭރިއެންޓަކީ ގެރިގުއާ އޭގެޙިސް ކައިބޮޔެ އުލުމުން އެޔައް މިއުޓޭޓްވެގެން ޢުޅޭނުރައްކާތެރި ވޭރިޔެންޓެއް ވިއްޔާ މިވެކްސިނަކައްވެސް އޮބިނޯވެ މިވޭރިއެބްޓް.
އެފް
11 May 2021
ވެކްސިންގެ ބާރު ފުރިހަމައަށް ކަނޑުވާލުމާ ދިމާލަށް ވައިރަސް މިސްރާބުޖަހާފަ މިހާރު އެވަނީ. ވެކްސިންތަކުން ލިބޭ ބައެއް ރައްކާތެރިކަން މި ވޭރިއަންޓުން ނަގާލާކަން މިހާރުވެސް އެއޮތީ ފެންނަން. ދެން އަންނަ ސްޓޭޖް މާ ނުރައްކާވާނެހެން ހީވަނީ. އެކަކު އަނެކަކާ ދުރުމިން ބަހައްޓައިގެން މުޅި ދުނިޔޭގެ ދަތުރުފަތުރު މަދުކޮށްގެން ވީހާ އެކަހެރިވެގެން ނޫނީ މިކަމުން ދުވަހަކުވެސް އަރައެއްނުގަނެވޭނެހެން ހީވަނީ.
ގައުމު ގެ ހާލަތު
11 May 2021
ތި ސިޔާސީ ކުޅިގަނޑު ހުއްޓާލައިފަ ގައުމު ގެ ވެރިިން، ގައުުމު ގެ ހާލަތާ މެދު ވިސްނާލާ، ފިކުރުކޮށްލާކަށް ނުވޭތަ؟ ރައްޔިތުންނަށް ކޮންމެ ފަދަ ގޮތެއް ވިޔަސް ގަުމު ގެ ބޮޑުންނަކަށް ހިލަމެއް ނުވޭ. އިންޑިއިއާ އެކަންޏެއް ނޫ، ރާއްޖޭގެ ވެސް ޙާލަތު ހުރި ގޮތް މީ. ބާޒު ކުރިމަތީގަ ކުކުޅަށް ކޮންކަމެއް ކުރެވޭނީި؟
ހުސޭ
11 May 2021
ރާއްޖެ މިވީ ކޮވިޑް ޓުވަރިޒަ މް ވިޔަފާރި ގައު މަކަަށް. ބައެއްގެ ޑޮލަރު ވިޔަފަަރި ޑޮލަރަށް ދިވެހިން ގުރުބާން ކޮށްލަނީ. އިހިލާސްތެރި ވެރިން ނެތުނީ މާ ގައު މުތައް ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ.
އަރުތަ
12 May 2021
ރަނަގޅު ވާހަކައެއް، ވަރަށް ތާއީދު، އެކަމަކު ބައެއްގެ ޑޮލަރު ވިޔަފާރީގެ ވާހަކަ ބުނީމަ ބުނެލަން ބޭނުމީ، ރަށްރަށުގަ ގެސްޓު ހައުސްތައް ހުޅުވައިގެން އުޅޭ ފަރާތްތަކުން، ރަށުމީހާ ޖީބަށް ޑޮލަރު ނުވަދެގެން ބަނޑަށް ޖެހި ހަނާވާތީ މިނިސްޓރްީގަ އެތަކެއް އާދޭހެއް ކޮށްގެން ފުރުސަތު ހުޅުވާލީވެސް، މީޙަޤީޤަތް..........
ސުރައްޔާ
11 May 2021
ކިހިނެއް ގައުމު ރަނގަޅުވާނީ. އިހަށްދުވަހުވެސް ރޮކެޓެއް ފުނޑުފުނޑު ވެގެން ބޮލަށް ފޭބީމަވެސް އެއަށް ހޭޝްޓްގް ހަދައިގެން ޓުއަރިޒމް ޕްރޮމޯޓް ކުރީ. މިއީ ވެރިންގެ ފެންވަރު ދެން ވިސްނާލާ އާއްމު ރައްޔިތުންގެ ވިސްނުން ހުންނާނެ ހިސާބު
އަރުތަ
12 May 2021
އިންޑިއާ / ޗައިނާ މީހުންގެ މަޅިން ސަލާމަތްވާނީ ކޮން ދުވަހަކުންބާ!
ޖުންދަބު
11 May 2021
އިންޑިއާ ޓުއަރިސްޓުންނޭ ބުނާއިރު މެދުއިރުމަތީގަ މަސައްކަތް ކުރާ ލޭބަރުންނޭ މިއީ. މިމީހުން އިންޑިއާގަ އުޅޭއިރު އުޅޭނެ ސާފުތާހިރު ކަމާ ގެންގުޅޭނެ ހައިޖިން އެއީ ބަޔަކަށް އޮޅޭނެ ކަމެއް ނޫން. ދެން މިތަނަށް އައިސް އުޅޭނެ ގޮތަކަށް ހުޅުމާލެ، މާފުށި ކަހަލަ ތަންތަނުގަ އުޅެފަ މިތަނަށް ރަނގަޅަށް ބަލި ފެތުރީމަވެސް ގޯސް މިވީ އާއްމު ފަރުދުން މި ސަރުކާރަށް. ވިކުނަސް ބޮޑުވަރު މިއީ
ރަދީފްއޮފިޝިއަލް
11 May 2021
މިނިސްޓަރު ބޭނުންވަނީ އަހަރު ނިމޭއިރު 2 މިލިއަން ޓޫރިސްޓުން ރާއްޖެއައޭ ކިޔައިގެން މެޑަލް ޖަހާލެވޭނެ މަގެއް ހޯދުން.ކިހާ ޕްރައުޑް ވާނެ ދޯ 2 މިލިއަން ކަނޑާލާއިރު.މަޖާކޮށް ހިތް އުފާކުރަން ތަންތަނަށް ދަތުރުކުރާ ކޮންމެ މީހެއް އެއީ ''ޓޫރިސްޓް'' މިބަހުގެ ޑެފިނީޝަނަށް ފެތޭނެ ބައެއް.އެމީހުންގެ ޕްރޮފެޝަން އެއީ މުހިންމު އެއްޗެއް ނޫން.ލޭބަރުން ތޯ ޕްލަމްބަރުން ތޯ ވެލްޑަރުން ތޯ ޖެނިޓާއެއް ތޯ ނުބަލާނެ.ވ.ވެދުން
ލެބޜނ
11 May 2021
ލޭބަރަކުވެސް ހަމަ އާދެވިދާނެ ދޯ ޓުއަރިސްޓެއް ގޮތުގެ.. ޓުއަރިސްޓަކައް ވަނީ ޕްރޮފެޝަން ބަލާފަ އެއްނޫނޭ ދެން... ފޮނި އޭ ދޯ ދެން
އަރުތަ
12 May 2021
ބުނަން ވާހަކައެއް، މާފުށި ތަންތަނުން "އިންޑިއާ ޓުއަރިސްޓުން" އަށް ކަރަންޓީން ޕެކޭޖް ހަދާ 850 ޑޮލަރަށް ޕެކޭޖު ވިއްކަިއގެން ގެނެސް މުޅި ރަށްފުރާލާ އެމީހުން ބޭނުން ގޮތަކަށް ރަށުތެރޭ އެނބުރެން ކައުން ސިލުން ފުރުސަތު ދިނީ، ގެސްޓްހައުސްތައް ހިންގާ މީހުންގެ މުށުތެރޭ ކައުންސިލް އޮންނަނީ، ރައްޔިތު މީހާ ޖީބަށް ޑޮލަރު ވަނީމަ މިމީހުނަށް އެނިމުނީ، ގޯސްވަނީ އެހެން ބަޔަކު، ކަރަންޓީނު ޕެކޭޖުނަމުގަ ގެނެސް ހުރިހާ ގޯހެއް މިހެދީ ކޮންބައެއް، ވިސްނާލަބަލަ.
ނެތްބުނެވޭކަށް
12 May 2021
މަގޭ ދައްތަގެ ފިރިމީހާއަކީ ޓޫރިސްޓެއް ގޮތުގައި ރާއްޖެ އައިސް ރިސޯޓުން ދިމާވެގެން ކައިވެނިކޮށްގެން އުޅޭ ދެމީހުން. އޭނާއަކީ ފްރާންސްގެ ރައްޔިތެއް. އެތާ އޭނާއަކީ ކޮންސްޓްރަކްޝަން ސައިޓްއެއްގަައި ލޭބަރެއްގެ ވަޒީފާ އަދާކުރި މީހެއް.
ޢަލީ
11 May 2021
އިންޑިއާ އިން އެއްވެސް ގައުމެއްގެ އެއްވެސް ބަޔަކަށް ރާއްޖެ ނާދެވޭ ގޮތް ހަދަންޖެހޭ.
ރަދީފްއޮފިޝިއަލް
11 May 2021
މައިސަރުކާރު އޮތް ސިޓީން ކުދި ކައްޕަޅި ވިލެޖްތަކަށް މީހުން ދާނެ ދޯ!!!
އަރުތަ
12 May 2021
އިންޑިއާ އެކަންޏެއް ނޫން، ޗައިނާއިންވެސް އަޔަދޭނެކަމެއްނެތް، އެމީހުނަށްވެސް އެއްގޮތަކަށް ރާއްޖެ ނާދެވޭ ގޮތް ހަދަންވީ.
މިހާރޫ
11 May 2021
ޓްރިޕް މިއުޓަންޓެއް ނޫން. ޓްރިޕްލް މިއުޓަންޓް.
ދިމް
11 May 2021
އެހެންތަ. މިގައުމުގެ ވެރިންނަށް އެނގޭތަ މިކަން
ކެން
11 May 2021
މިހާރު އެނގޭނެނު. އިންޑިއާގަ ގޮތް ނޭނގޭ ވޭރިއަންޓެއް އޮކްޓޯބަރުގަ ފާހަގަކުރެވުނު އިރު އެއީ މިގައުމުން ސަމާލުވާން ފަށަންޖެހޭ އިރެއް. އެކަމު އޭޕްރިލްގަ އެންމެ ފަހުން އެއީ ނުރައްކާތެރި އެއްޗެއްކަން ފާޅުގަ އެނގުނުއިރުވެސް މިގައުމުން ހަމަ ހަބޭހަށް އިންޑާ މީހުން އަރުވަމުން ގެންދިއައީ. ދެން ކަމާބެހޭ މީހުންގެ ޒިންމާ މިކަމުގަ ނެތް ގޮތެއް އަޅެ މީހަކު ކިޔައިދީބަލަ.
ދިމް
11 May 2021
މަށާ ކެންއާ ދިވެހި ރައްޔިތުންނަށް އެނގުނަސް މގައުމުގެ ވެރިންނަށް އެނގޭހެން ހިޔެއްނުވޭ
އަރުތަ
12 May 2021
850 ޑޮލަރަށް ކަރަންޓީން ޕެކޭޖް ވިއްކައިގެން ގެނެސް ރަށުތެރޭގަ އުޅޭނެ ގޮތަކަށް އުޅެން އެމީހުން ދޫކޮށްލީ ކޮންބައެއްބާ! ކަރަންޓީނު ޕެކޭޖުގައައިސް ތިބެން ޖެހޭނީ ކަރަންޓީނުގަ، އެކަން ތަންފީޒުކުރާނީ އެރަށެއްގެ ކައުންސިލުން، ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ޖެހޭނީ އެއްބާރުލުން ދޭން، މީއެބައެއްގެ އިހުމާލުގެ ނަތީޖާ.