ޚަބަރު / މޫސުން

ފެންބޮޑުވި ރަށްރަށް ސިފައިންނާއި އާއި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި

އައްޑޫއަށް ކުރަމުންދާ ވިއްސާރާގައި އެ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައި.-- ފޮޓޯ: އެމްއެންޑީއެފް

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވި ބައެއް ރަށްރަށް ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މީގެ ދެ ދުވަސް ކުރިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުންދާއިރު، ފެންބޮޑުވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދިނީ އައްޑު އާއި ފުވައްމުލައް އަދި ޅ. ނައިފަރަށެވެ.

އިއްޔެ މެންދުރުން ފެށިގެން ކުރި ވިއްސާރައިގައި އައްޑޫ ހިތަދު އާއި އެ ސިޓީގެ މަރަދޫ އަދި ފޭދޫގެ ގެތަކަށް ވަނީ ފެން ވަދެ އެކި ވަރުގެ ގެއްލުން ލިބިފަ އެވެ. މަގުތަކުގައި ވެސް އާދަޔާ ހިލާފަށް ފެންބޮޑުވެފަ އެވެ.

އެމްއެންޑީއެފްގެ ސަދާން އޭރިއާގެ ސިފައިންގެ އެހީގައި އިއްޔެ ހަވީރު ވަނީ ފެން ވަންނަ ގެތަކުގެ ކައިރީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި މަގުތަކުން ފެން ހިންދުމުގެ މަސައްކަތް މިިއަދު މެންދުރު ފަހު ވަނީ ކޮށްފަ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވެސް ވަނީ އައްޑު އަށެވެ. އެއީ ގަމަށް 164 މިލިމީޓަރުގެ ވާރޭ އާއި ހިތަދު އަށް 157 މިލިމީޓަރު ވާރޭ އަދި ހުޅުމީދު އަށް 130 މިލިމީޓަރުގެ ވާރޭ އެވެ.

"ވާރޭ ވެހުނަސް މި ގެ އަށް ކުރިން ފެނެއް ނުވަދޭ. އެކަމަކު އިއްޔެ ވާރޭ ވެހެން ފެށި ގޮތަށް ރޭގަނޑު ވީއިރު ގެ އަށް ފެން ވަދެ އެެކި ވަރުގެ ގެއްލުން ލިބުނު،" ފޭދޫން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ބައެއް ގޭގެ އަށް ފެން ވަދެ، ހިފައި ގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ފުވައްމުލަކަށް އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގޭގެ އަށް ފެން ވަނުމުން އެމްއެންޑީއެފްގެ ފުވައްމުލަކު ޕޯސްޓުގެ ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކު ވަނީ ގޭގައި ވެލި ބަސްތާ ޖަހައިފަ އެވެ.

ފުލުހުން ބުނީ ފުވައްމުލަކުގެ 287 ގެއަކަށް ފެން ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިހާތަނަށް 118 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ އެ ރަށަށް ބޯކޮށް ވާރޭވެހުނު ނަމަވެސް، މިއަދު މޫސުން އެހާ ގޯސް ނޫން ކަމަށެވެ. އެކަމަކު އަދިވެސް ގޭގެ އަށް ވަދެފައި ހުރި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވާރޭގައި އާންމުކޮށް ފެންބޮޑުވާ ޅ. ނައިފަރުގެ މަގުތަކުގައި ވެސް ރޭގައި ފެންބޮޑުވެ ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ރާއްޖޭގެ ހުޅަނގު އުތުރުން، އިރު ދެކުނު އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބާރުގަދަވެ، ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި ކޮޅިގަނޑު ދަތުރުކުރާނެ ކަމަށް ލަފާކުރެވެނީ ރާއްޖެއާ ދުރަށް ކަމަށާއި ނަމަވެސް އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އަދިވެސް އުފެދެމުންދާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ރާއްޖޭގެ އުތުރުގެ ހިސާބުތަކަށް މެޓުން ވަނީ މިއަދު އޮރެންޖް އެލާޓް ވެސް ނެރެފަ އެވެ. އޮރެންޖް އެލާޓަކީ އެލާޓް ލެވެލް ތިނެކެވެ. މިއީ މާބޮޑަށް މޫސުން ގޯސްވުމުން ނެރޭ އެލާޓެކެވެ. އެކަމަކު އޮރެންޖް އެލާޓް ނެރުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.

އޮރެންޖު އެލާޓް ނެރުނީ ހަވީރު 3:00 އިން ފެށިގެން ހަވީރު 6:00 އަށެވެ. މެޓުން ބުނީ ގަޑިއަކު 34 މޭލާއި 40 މޭލު ބާރު މިނުގައި ވައިޖެހުން ނަމަވެސް، ވިލާގަނޑު ގަޑިއަކު 60 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަނޑުތައް ވެސް ގަދަ ވާނެ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު މޫސުން ގޯސްވެފައިވާއިރު، ހަވީރު ހަތަރަކުން ފެށިގެން 6:30 އަށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެ ސަރަހައްދަށް ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.

މެޓުން ބުނީ މި ދުވަސްވަރު ރާޅުގެ އުސްމިން އުޅެނީ 4-8 އާ ދެމެދުގައި ކަމަށްވާތީ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އެހެންވެ، އެންމެން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރެ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަލާމީހާ

13 May 2021

ފުރަބަންދުގައި ގޭގޭގައި ބަންދުވެފައި މިތިބަމީހުންނައް އެހީއެއް ލިބޭނެ އެއްވެސް ގޮތެއް ނެތީތޯ މާލާސަރަހައްދުގަ މިތިބަ ރައްޔިތުން މީދިވެހިރައްޔިތުންނެއްނޫންތޯ ކޮބާތޯ އިންސާފަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454