17 މެއި 2021 - 13:12
އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 15 މީހަކު ބަލިން ރަނގަޅުވެ އިއްޔެ ދޫކޮށްލާފައިވާ ކަމަށާއި އާ ކޭސްތަކާ އެކު އައްޑޫގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ އަދަދަކީ 92 ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އުން ބުނެފި އެވެ.
އެތަނުން އެންމެ ފަހުން އާންމުކުރި އައްޑޫގެ ކޮވިޑާ ބެހޭ ތަފާސްހިސާބުތަކަށް ބަލާ އިރު އިއްޔެ 8 މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ. ބަލިން 15 މީހަކު ރަނގަޅުވި އިރު، ފަރުވާ ހޯދާ މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
މިދިޔަ މަހުން ފެށިގެން އައްޑޫގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން މި މަހުގެ 1 އިން ފެށިގެން މޮނިޓަރިން އަށް ލާފައިވާ އިރު މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 2،038 އަށް ސާމްޕަލް ނަގާފައިވެ އެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 296 އަށް އަރަ އެވެ.
Addu City Covid-19 case status as of 16th may 2021 6:00pm.#StayHome#StaySafe#WearMask pic.twitter.com/W6KW59dpoI
— Addu Emergency Operations Center (@EOCaddu) May 16, 2021
މިދިޔަ މަހުން ފެށިގެން އައްޑޫން ފެނުނު ކޮވިޑްގެ ކޭސްތަކުގެ ޖުމްލަ އަދަދު 107 ގައި ހުރި އިރު އެންމެ ގިނަ ކޭސްތައް އުޅެނީ ހުޅުދޫގަ އެވެ. އެއީ 55 ކޭހެވެ. ހިތަދޫގެ އަދަދު 32 ގައި އިރު މީދޫން 11 އަދި ފޭދޫން ހަތެކެވެ. އަދި މަރަދޫފޭދޫގައި އެންމެ ކޭހެކެވެ. މީގެ އިތުރުން ދެން ހިމެނެނީ ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓުން އެއް ކޭހެވެ.
މިހާތަނަށް އައްޑޫގެ އަވަށްތަކުގެ ތެރެއިން މަރަދޫން ކޮވިޑްގެ އެއްވެސް ކޭހެއް ފެނިފައިވެ އެވެ.
އައްޑޫން ބަލި ޖެހޭ މީހުން އިތުރުވެ، މޮނިޓަރިން އަށް ލީ ފަހުން ރައްކާތެރިކަމުގެ ގޮތުން އެކި ފިޔަވަޅުތައް ވެސް ވަނީ އަޅައިފަ އެވެ. އޭގެ ތެރޭގައި އެއް އަވަށުން އަނެއް އަވަށަށް ދިއުމާއި ހަވީރު 6:00 ފަތިހު 4:00 އަށް ކާފިއު ހިންގުމާއި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި ސެލޫނާއި ޖިމްތައް ބަންދުކޮށް، ހުރިހާ ކުޅިވަރު ހަރަކާތްތައް ވެސް ހުއްޓައިލުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
17 May 2021
އައްޑޫގެ ރައްޔިތުން އެންމެ ގިނައިން ހިޖުރަކޮށް ވަޒީފާގައިތިބި ކ.އަތޮޅު މާލެ ބޮޑް ސްޕްރެޑެއްގެ ގޮތުގައިއޮންނައިރު މިސިޓީއަށް ބަލިއަންނާނެކަން ކައުންސިލަށާއި އިކްއިޓޯރިއަލް ހޮސްޕިޓަލްގެ ވެރިންނަށް ރަނގަޅަށް އިގެންވާނެ. # އައްޑުއަށާއި އަވަށްޓެރި އަތޮޅުތަކަށް ވައިރެސް ފެތުރެމުންދާއިރު ކޮބައިތޯ އޭއީއެޗްގެ މަސައްކަތް؟ ކޮބާތޯ ކޮރަންޓީނު ފެސިލިޓީޒް ތަކާއި ކޮވިޑް މެޑިކަލް ޓެންޓް؟ ބަލީގެކަންކަން ބޮޑުވަރުނުވަނީސް ކައުންސިލުން މިކަންކަން ކަށަވަރުކުރާންޖެހޭ.
ރަދީފްއޮފިޝިއަލް
17 May 2021
ކޮބާ ސޯބެ ބާކީ ވެއްޖެ ދޯ.ހެހެހެހެހެހެހެހެހެ.
ޟުސްނާ
17 May 2021
ދޯހަޅި ބަޔަކު އަޅާނުލީމަ ވީގޮތް. މާލެ އައްޑޫ ދެމެދު ދަތުރު ކުރާ ބޯޓެއްގެ ފަޅުވެރިއަކު (އޯނަރު) އުމުރުން ދުވަސްވީމިހެއް ޢޭނާގެ ދަރި އިންޑިޔާގަ ހުރެފަ މާލެ އައިސްގެން އެގެއަށް ޒިޔާރަތް ކުރީ. ބޯޓު އައްޑޫ އަށް ދިޔަ ފަހަން އެގުނީ ކޮވިޑް ޖެހިއްޖެކަން.