އޭޑީކޭ ހޮސްޕިޓަލް-- މިހާރު ފައިލް ފޮޓޯ
20 މެއި 2021 - 21:03
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދިވެއްސަކު މިއަދު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ، އިއްޔެ ނެގި ސާމްޕަލަކުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އެޗްޕީއޭ އިން ބުނީ އޭނާ ނިޔާވީ އިރުއޮއްސި ހަތެއް ޖަހާކަން ހާއިރު ކަމަށާއި އެއީ 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެއީ ކޮވިޑްގައި ރާއްޖެ އިން މަރުވި 114 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިއަދުގެ މިހާތަނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކޮށްފައި ވަނީ ކޮވިޑްގެ އެންމެ މަރެކެވެ. އެއީ ރޭ ދަންވަރު ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 36 އަހަރުގެ ނޭޕާލް ފިރިހެންމީހާ އެވެ.
ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވެސް މި މަހު ވަނީ ރިކޯޑް ވަރަކަށް އިތުރުވެފަ އެވެ. އިއްޔެ އަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ރާއްޖޭގައި ނިޔާވި ދުވަހެވެ. އިއްޔެ އެކަނި ވެސް ހަތް މީހަކު ނިޔާވި އެވެ. ހަމައެކަނި މި މަހުގެ މިހާތަނަށް ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 41 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުނ
20 May 2021
ކޮވިޑް ކޮންޓްރޯލް ވާނީ ނަތީޖާ އަވަހައް ލިބިގެން. މިހާރު 5 ދުވަސް ވާ އަދިވެސް ނަތީޖާ ނުލިބޭ. ނަތީޖާ ލިބޭއިރު އޭނާގެ ކޮންޓެކް ޓުރޭސިން ގެ އަދަދު ނުވެސް އެނގޭ