މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގެ ކާނުތައް މަދުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން މިރޭ ކުރަނީ.
23 މެއި 2021 - 23:39
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގައި މިހާރު ބަހައްޓާފައިވާ ކާނުތައް މަދުކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެންގުމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ފަށައިފި އެވެ.
މާފަންނު މެދު ދާއިރާގެ ޕީއެންސީގެ ކައުންސިލަރު އަހުމަދު ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަސައްކަތް ބާރު ސްޕީޑެއްގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ކަމަށެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، ރައީސްގެ ސެކިއުރިޓީގެ ބޭނުމަށް ކާނުތައް މަދުކުރި ނަމަވެސް ހުރިހާ ކާނެއް ނުނަގާނެ ކަމަށެވެ.
"ސެކިއުރިޓީއާ ގުޅޭ ކަންކަމަށް ވާތީ އަޅުގަނޑުމެން މާ ގިނަ ވާހަކަތަކެއް މިކަމުގައި ދައްކާކަށް ނެތިން. ބޮން ގޮއްވައިލުމާ ގުޅިގެން ސެކިއުރިޓީ ހަރުދަނާ ކުރަން އެމްއެންޑީއެފުން އެދޭ ކަންކަން އަޅުގަނޑުމެން މިދަނީ ކޮށްދެމުން. އެމްއެންޑީއެފަށް އެއްބާރުލުން ދެމުން،" މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކައުންސިލަރުކަމާ ހަވާލުވި، އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލިއާގޭގެ ވަށައިގެންވާ މގުތަކުގައި ކާނުތައް މަދުކުރުމަށް @MNDF_Official އެދުމާއި ގުޅިގެން @MaleCitymv އިން އެމަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ދަނީ! @MMuizzu pic.twitter.com/pBDd92GH6e
— Narysh (@ahmed_narysh) May 23, 2021
ކައުންސިލަރު ނަރީޝްގެ ޓުވީޓް
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭގައި ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު ސިފައިންނާއި ފުލުހުން ގުޅިގެން ގެންދަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުންނެވެ.
އެ ހަމަލަ އަށް ފަހު، ސިފައިންގެ އެދުމަށް މިހާރުގެ ސިޓީ ކައުންސިލުން އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައިވީ ނަމަވެސް ކުރީގެ ކައުންސިލާއި ހައުސިން މިނިސްޓްރީގެ ކޯޅުމާ ގުޅިގެން އެ ދުވަސްވަރު ވަރަށް މުހިންމު އެއް ކަމެއް އޮތީ ފެއިލްވެފަ އެވެ.
އެއީ ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރު ގޯޅީގެ އެއް ފަރާތުގައި ސައިކަލްތައް ޕާކް ކޮށްފައި ހުރުމުން، އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދޭން ދަތިވެ، އެ ޕާކިން ޒޯނު ނެގުމުގެ މައްސަލަ އެވެ. ޕާކިން ޒޯނު ނެގުމަށް އެމްއެންޑީއެފުން ސިޓީ ކައުންސިލުގައި އެދުނަސް ނަޝީދު އަވަހާރަ ކޮށްލަން އެ ގޯޅި ކަންމަތީގައި ބޮމެއް ގޮއްވައިލީ އެ ޕާކިން ޒޯނު ނެގުމުގައި އޭރުގެ ކައުންސިލަރުންނާއި ހައުސިން މިނިސްޓްރީ ސިޓީބިޓީ ބަދަލުކުރުމާއި ކޯޅުމުގައި ތިއްބަ އެވެ.
އެންމެ ފަހުން އެ ޕާކިން ޒޯނު ނެގީ ނަޝީދަށް ދިން ނުރައްކާތެރި ހަމަލަ އަށް ފަހު ބޮޑެތި ފިއްތުންތަކެއް ކުރިމަތި ވެފައި ވަނިކޮށެވެ. އެ ހުރިހާ އަރައިރުމެއް ވިއިރު، އޭރުގެ ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ.
މި ފަހަރު އަލަށް ހޮވި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބުނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު_
25 May 2021
މިގައުމުގެ މުއައްސަސާތަކަށް ސެކުރިޓީ ދަސްކޮއްދީ މިކަންތައް ކުރުވަން މިޖެހެނީ ރަށްޔިތުން ނިކުމެ.... ވަރަށް ދެރަނިކަމެތިކަމެއް... އެކަމަކު ޓީވީ ތަކައް އަރައި ވާހަކަ ދައްކާއިރު ހީވަނީ މިވަރު ބައެއް ނެތްހެން
އަބްޑޫޅް
24 May 2021
ވަލިއްޔުލް އަމްރު މުހަންމަދް އަމީން ދީދީ އާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރުގެ އިރުގަ މުލީއާގެއަށް ކިޔަނީ (ވަލިއްޔުލް އަމްރު) "ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެ" މިހެން. ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރީ އެންމެން ހަހަމަ ކުރަން. ހިންނަވަރު ރައީސު މީހާގެ އިރުގަ މިކިޔަނީ ގެކޮޅު. ޝަމްސުއްދީން ކީރިތި މަހާރަދުން ގެ ޒަމާނުގަ އެއީ "މުލީގެ". މުލީގެކޮޅެއް ނޫން. އެ ގެއަކީ ނުހައްގުން ސަރުކާރަށް ނަގާފަ ހުރި، އެ ރަދުންގެ އަމިއްލަފުޅު ގެ.
ލުގުމާން
24 May 2021
މުލީއާގެ އާއި ކެނެރީގޭގެ ވަށާއިގެން ހުރި ހުރިހާ ގެތަކާއި ޕާކު ލައިން ތަކާއި މަގުތަށް ވެސް ނަގަން ފެނޭ. އެމީހުން މާލޭގެ އެއްތަނުން އަނެއްތަނަށް ދިއުނަށް ހެލިކެޕްޓަރުވެސް ގެންނަން ފެނޭ
ފޭހުނުއިލޮށި
24 May 2021
ކޮބާ ހީވޭކަމެއްހެން، ސެކިއުރިޓި ވަރުގަދަކޮށް މައުމޫނު ތީމުގެ ހަދާފަ ހުރީ ގައުމުގެ ވެރިޔާ ހުންނަން، މައުމޫނު އެތަން ބޮލުޖަހައިގެން ގެންދާކަށް ނޫން، ރަން ފާހަނަޔޭކިޔާފަ ކަލޭމެން އެތަން މަގުމަތި ކުރީ، ކޮންތާކު މިޖެހުނީ،
ފޮނިޓައްޕު ހަސަނު
24 May 2021
ތި ވެެގެން އުޅޭ ގޮތަކީ ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ތިކަން ތިކުރަނީ. ރަނގަޅު ކަމެއް. އެއްމެ ރަނގަޅުގޮތަކީ ރައީސް، ނައިބް، ރައީސް، އަދި ރައްޔިތުންގެ މަޖްލިސް ރައީސް ދިރިއުޅުއްވުން އާރަށަށް ބަދަލު ކުރަންވީ. އަދި ރައީސް އޮފީހުގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައްވެސް އާރަށުގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވީ.
ލޮނުޓައްޕު
24 May 2021
ލަގްޒަރީ ޕެސެންޖަރ ލައިނަރެއްގަ ސެކިއުރީޓީއާއެކު އެ އެންމެން ގެންގުޅެންވީ. ބޭނުން ރަށަކަށް ބޭނުންއިރަކު އޭރުން ދެވޭނީ. އަދި ކަނޑުމެދުގަ ގިނަ ވަގުތު ތިބީމަ ހަމާލާދޭން އުނދަގޫވާނެ.
1828
24 May 2021
ވަރަށް ބޮޑު ތަނުން ޚަރަދު ކުޑަވުމާއެކު ސެކިއުރިޓީ ބޮޑުތަނުން ވަރުދަވެފައި އިފެކްޓިވްވާނެ.
އިބްރ
24 May 2021
ރައްޔިތުންގެ ލޯބި އިންތިހާއަށް ލިބިގެން ވެރިކަމުގެ ހުރިހައިބާރަކާއިއެކު ގައުމު ހިންގާލަން ނޭނގުނުބައެއް އެމްޑީޕީނޫނީ ރާއްޖޭގެ ތާރީޚްގައިވެސް ފެންނަންނެތެވެ.
އަހުމަދު ޗާބީބޮކާ
24 May 2021
ކާނު ނެގިޔަސް އެތާ ވަށާ ކޯރުހަދާ ކިނބޫ އެޅިޔަސް ބަލަން ވާވަރައް ނުބެލުނީމަދޯ އަތައް ގޮވީ ރައީސް ނަޝީދައް ތުރެޓު އޮތްކަން އެނގިހުރެ އެޅުނު ފިޔަވަޅެއްނެތްދޯ
ޗާބީބޮކާ
24 May 2021
ސިޓީ ކައުންސިލްގެ މެޖޯރިޓީ އޭރު އޮތް ބޮޑުޕާޓީގެ ކުދިންކޮޅުގެ އެންމެ ލޯބިވާ ވެރިމީހާއަށް ހިމާޔަތް ނުދެވުނަސް މިހާރުގެ މެޖޯރިޓީއޮތް ޕާޓީގެ ސިޓީ ކައުންސިލުން ލޯބިނުވާ ވެރިއަކަށް އެބަ ހިމާޔަތްދޭން އުޅޭތާ.
ކާނުގަނޑުމޭން
24 May 2021
މިއީ މަ ބުނާ ވާހަކަ. ވެރިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އާންމު ރައްޔިތުންގެ ހައްގުތަށް ޤުރުބާންކުރަން ޖެހިގެން ނުވާނޭ. ދެން އުޅެންވީ އެހިސާބުގައި ފެންބޮޑުވާތީ... ޔަޤީނޭ އަދި ގަސްތައް ކަނޑަންވެސް އަނގާނޭ، ބުރިބުރިޔަށް ނަގާފަ ހުރި ތަންތަން ތަޅަންވެސް. މިޔަށްވުރެ ފަސޭހަވީހެއްނު އާރަށުގަ "ވެރިން"ތައް އަރުވާލާފަ ބޭތިއްބޭނަމަ. ގައިމު މިރަށުގަ ތިބެގެން އާންމު ރައްޔިތުންގެ ހާލަތެއް އެނގެނީކީވެސް ނޫނިއްޔަ، ޖެހިގެން ހުންނަ އޮފީހަށްވެސް ކާރުގަ ދާތީ
ވަހީދު
24 May 2021
އެހިސާބަކީ އެއްވެސް އިރެއްގައި ފެން ބޮޑުވާ ހިސާބެއްނޫން. ކީކޭ ކިޔަން ތިއުޅެނީ.
މޯޓް
24 May 2021
ފެންބޮޑުވާނަމަ އިހުގެ ބޮޑެތި ގަނޑުވަރުތައް ހިމާޔަތް ކުރަން ހަދާފަ ހުންނަ ގޮތަށް އެ ގަނޑުވަރުގެ ވަށައިގެން ހުރި މަގުތަކުގަ ކޯރު ހަދާނީ. ދެން ކުޑަ ބްރިޖެއް އަޅާފަ އެ ބްރިޖްމަތިން އެކަނި ގަނޑުވަރަށް ވަދެވޭ ގޮތް ހަދާނީ. އެކަމު މަގުގެ އަނެއް ފަރާތުގަ ހުރި ގެއަކުން ބޮމެއްވެސް އެއްލިދާނެ އެތާ އެތެރެއަށް ބޭނުމިއްޔާ. އެހާ ހަނިމަގުތަކުގަ އެހާ ކައިރީގައި މާލޭގެ ގެތައް ހުންނާނީ.
ބަގުޑި
24 May 2021
ވަށައިގެން ބޮޑު އެއްކާނު ހެދީމަ އެންމެ ކާނަކުން ފުއްދާލެވޭނެ.
ކުނިބެ
24 May 2021
މާލޭގެ ހަނިގޯޅިޔަކުގެ ކާނުތައްވެސް މަދުކޮށްދެއްވާ ކުނިބުނި ޖަމާވުމާ މަދިގިނަވުމުގެ މައިގަނޑު އެއްސަބަބު މަގުތަކުގެ ދެފަރާތުގައި އެއްލައިނަކަށް ކާނު ހުރުން،ނިކަން ބާޒާރުމަތީގެ އެއްގަމުތޮށި ކައިރިންވެސް ކާނުތައް މަދުކޮށްދީބަލަ؟އެތަންތަންނުން ދުވާ ކުނިވަހުން ނޭފަތް ދަމާލަންވެސް ނުކުރޭ ?