މާފިލާފުށީގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާއިރު، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަދި ސިފައިންގެ އިސްވެރިން ތައްޔާރުވެގެން.- ފޮޓޯ: ރައީސް އޮފީސް
30 މެއި 2021 - 14:07
ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އަށް ބަދަލުތައް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށް، އެ މަނިިކުފާނުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު އެސްޕީޖީގެ ކޮމާންޑަރުންނަށް މި ފަހުން ބަދަލުތަކެއް ގެނެސްފައި ވެ އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، މޭޖަ އިބްރާހިމް އާޒިމް އިއްޔެ ވިދާޅުވީ އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ލެފްޓިނެންޓް ކާނަލް އަބްދުލްމުއިއްޒު މުސްތަފާ އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖަ މޫސާ ރަމީޒު އައްޔަންކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ތަރުޖަމާނު މަބްރޫކް ވިދާޅުވީ ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އެސްޕީޖީ އަށް ބަދަލުތައް ގެންނަންޖެހޭ ދެކިވަޑައިގެން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް އަންގަވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން @MNDF_Official ގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކިވަޑައިގެން އެކަން މިނިސްޓަރ އޮފް ޑިފެންސްއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.
— Mabrook Azeez (@MvSpokesperson) May 30, 2021
ނަޝީދު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އަށް ފަހު އެމްއެންޑީއެފްގެ ބައެއް ކަންކަމަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. މިއީ، އޭގެ ތެރެއިން ގެނައި ބަދަލެކެވެ.
އެ ހަމަލާއާ ގުޅިގެން ރައީސް އޮފީހުން ވެސް ވަނީ އިންޓެލިޖެންސްގެ އޮޑިޓެއް ވެސް ހަދަމުންނެވެ. އެ އޮޑިޓް ނިންމައި ރައީސަށް ވަރަށް އަވަހަށް ރިޕޯޓު ފޮނުވާނެ ކަމަށް މީގެ ދެ ހަފުތާކުރިން ބުނެފައި ވެ އެވެ. އަދި އެ މަނިކުފާނަށް އެމްއެންޑީއެފުން ރައްކާތެރިކަން ދެމުން ދަނިކޮށް އެ ރައްކާތެރިކަން ގެއްލުނު ގޮތް ނުވަަތަ ސެކިއުރިޓީ ބްރީޗްވި މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނޑޭރި
31 May 2021
އަސްލު މިރާއްޖޭގަ ވާގޮތަކީ ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ މީހާއަށް މިއެނގެނީ ސެކިއުރިޓީ ފޯރުކޮށްދޭންޖެހޭ ގޮތްވެސް. ތިބެންޖެހޭނެ މީހުންގެ އަދަދާ ބޭނުންކުރަންޖެހޭނެ އުޅަނދުގެ އަދަދާ ސައިރަން ޖައްސަންޖެހޭ ވަގުތާ މިހުރިހާކަމެއް އެމީހާ ބުނާގޮތަށް ކޮށްފަ ކަމެއް ގޯސްވީމަ ސެކިއުރިޓީ ޚިދުމަތްދިން ފަރާތް މިގޯސްވަނީ. މިފަދަ ކަންކަމުގަ "ގަޓުކަން" ނުދައްކަ ސެކިއުރިޓީން ބުނާގޮތް އެންމެންވެސް ހަދާގެން ކަންކަން ރަނގަޅުކުރެވޭނީ. ހަމަ ހިޔާލެއްމީ، އިނގޭ ރައީސް
އޮސްކާ 1550
30 May 2021
ރައީސްތައް ނޫނީ ރައިސްގެ އެމްޑީއެންގެ އެޑްވައިޒަރުތައް؟
މާކް
30 May 2021
ރައީސްއަކަށް ނުކެރޭ ޑިފެންސް މިނިސްޓަރު ބަދަލުކުަރަން. އެއީ ކީއްވެބާ
ޒަކަރިއްޔާ މަންސޫރު
30 May 2021
ރައީސް ވެސް ފަރުދީ ޒިންމާ އަދާ ކުރައްވާ މިނިސްޓަރ މާރިޔާ މަގާމުން ދުރުކުރޭ
އިޝްޤީ އަލީ (ޔޫ.ކޭ)
30 May 2021
އެންމެފުތަމައިނުން ތިތަނަށް ވެރިއަކަށްލާފައިތިހުރި ކަމަނާ އެއްފަރާތްކޮށްބަލަ. އޭނާއަކީ ޑިފެންސުގެ އުޑެއްބުޑެއް ދަންނަ ބޭކަނބަލެއްނޫން.
އެދުރުކަލޭގެފާނު
30 May 2021
އެސްޕީޖީއަށް ބަދަލު ގެންނަން ރައީސް އަންގަވަންވީ ޑިފެންސް މިނިސްޓަރވެސް ހުއްޓާ ތޯއެވެ؟ ރައީސްއަށް ކުރަން ނުކެރުނީ މާރިޔާގެ ބަދަލުގައި ތަޖްރިބާއާއި މިލިޓަރީ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ތަޢުލީމު ޙާސިލް ކޮށްފައިވާ ސްޓްރެޓެޖިކް ބޭފުޅަކު އައްޔަން ކުރާށެވެ. ކިތައްމެ ވަރަކަށް ކުދި ސޯބްތައް ބަދަލު ކުރިޔަސް ބޮޑު ސޯބް ކަންފަތިވެފައި ހުރިނަމަ ކުޑަސޯބްތަކުން މައްސަލަ ހައްލެއް ނުވާނެއެވެ. އިތުރަށް ވާނީ ގޯހެވެ. ފިނޑިނަމަ އެއްކަމެއްވެސް ނުކުރައްވާށެވެ.
ކޮތަރު
30 May 2021
ކޮންމެހެން މިލިޓަރީ ތަޖުރިބާ ހުރި މީހަކު ޑިފެންސް މިނިސްޓަރުކަމަށް ބޭނުމެއް ނުވޭ. މިލިޓަރީ މީހުންލައިގެން ނަތީޖާ ރަގަޅު ނޫންކަން ނަޝީދާއި ޔާމީނުގެ ވެެރިކަމުގަވެސް އެނގުނު. ނާސިރުވެސް މައުމޫނުވެސް ޑިފެންސް މިނިސްޓަރުންނަށް މިލިޓަރީ މީހުން ނުލާ.
ސަސި
30 May 2021
ރައީސް މީހާ އެބަ އުޅޭދޯ.
އަބްދުއްރައްބު ހާދީ މަންސޫރު
30 May 2021
ރައީސްމީހާ ހަމަ ބުނާހާގޮތެއް ހަދާންޖެހޭތަ؟ އެއީ ކިތަންމެ ބޮޑުގެއްލުމެއް އާޚިރުގާ ލިބޭނެކަމެއްކަމުގައިވިޔަސް.