އޭނާ އެމްބަސީ އަށް ދިޔައިރު އެއީ ގެއްލިގެން އުޅޭ މީހެއްކަމެއް ނުވަތަ ހާލުގައި ޖެހިފައި ހުރި މީހެއް ކަމެއް ނޭނގެ.
ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަމްފަރު، މިސްބާހު މުހައްމަދު.
03 ޖޫން 2021 - 13:54
ބޭރުގެ ޑްރަގް ނެޓްވޯކެއްގެ އަތްދަށުވެފައި ހުރި މިސްބާހް މުހައްމަދު، ވިސާގެ މުއްދަތު ހަމަވެގެން ފުރޭނެ ގޮތެއް ނެތް ކަމަށް ބުނެ، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މިދިޔަ މާޗު މަހު ދިޔަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި މިދިޔަ މާޗު މަހުގެ މެދު ތެރޭގައި މިސްބާހް އެމްބަސީއަށް ދިޔައީ ވިސާ އޯވަ ސްޓޭވެގެން އުޅޭ ކަމަށް ބުނެ އެވެ.
އެހެންވެ އެމްބަސީން ވަނީ ވިސާގެ އޯވާ ސްޓޭވެއްޖެ ނަމަ ދެން އަމަލުކުރަން ޖެހޭ ގޮތްތައް އޭނާއަށް ކިޔައިދީފައި ކަމަށް މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވި ގޮތުގައި މިސްބާހު ހާލުގައި ޖެހިގެން އެހީއަށް އެދިފައެއް ނުވެ އެވެ. އަދި އެ ދުވަހު އެމްބަސީން ދިޔަ ފަހުން އަލުން އެމްބަސީއަށް ގޮސްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ވިސާ ހަމަވުން ފަދަ ކަންކަމުގައި ދިވެހިން އަބަދުވެސް އެމްބަސީއަށް ގޮސް މައުލޫމާތު ސާފުކުރާ ކަމަށާއި އެގޮތަށް މިސްބާހު ވެސް ދިޔައީ ކަމަށް އޭރު ބެލެވުނީ އެއީ ގެއްލިގެން އުޅޭ މީހެއްކަން އެނގިފައި ނުވާތީ ކަމަށެވެ.
މިސްބާހު ގެއްލިގެން ފޮޓޯ އާންމުކޮށް ފުލުހުން އާންމުންގެ އެހީއަށް އެދުނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެއީ އޭނާ ޕާކިސްތާނުގައި އެމްބަސީ އަށް ދިޔަ ފަހުންނެވެ.
މިސްބާހު މިދިޔަ އަހަރުގެ ނޮވެމްބަރު ދުބާއީ އަށް ގޮސް އެ ގައުމުން ޕާކިސްތާނަށް ދިޔަކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން އަތުލައިގަތް ނެޓްވޯކުގައި އިސްކޮށް ހުރި އެކަކު ކަމަށްވާ އިރުފާން ތަގިއްޔު އެވެ. މިސްބާހު ޕާކިސްތާނަށް ގެންދިޔައީ އެތެެރެކުރި ޑްރަގްސްގެ އަގު އަދާކުރާނެ ކަމުގެ "ގެރެންޓާ" ގެ ގޮތުގައި ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
ބޭރުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި މިސްބާހު ހުރި ކަމަށް ބެލެވޭ މައުލޫމާތުތަކެއް "މިހާރު" އަށް ލިބި އެކަން އިއްޔެ ރިޕޯޓްކުރި ފަހުން ފުލުހުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީން މިސްބާހް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކަ އެވެ. އޭނާ ރާއްޖޭން ބޭރަށް ދިޔައީ ނޮވެމްބަރު 19 ގައި ކަމަށް ކުރިން ބުނެފައިވަނީ މައުލޫމާތުގެ ކުށަކުން ކަމަށް ފުލުހުން ބުންޏެވެ.
މިސްބާހު ގޮވައިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިރުފާނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީއާ އަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގަ އެވެ. މިސްބާހު ގޮވައިގެން ދުބާއީ އަށް ދިއުމަށް ފަހު އިރުފާން ވަނީ މިދިޔަ ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓަކުން އެނބުރި ރާއްޖެ އައިސްފަ އެވެ.
އިރުފާނާއި މިސްބާހް ދުބާއީއަށް ދާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
04 June 2021
މި އެމްބަސީ ތަކަކީ ބަޔަކަށް ބޮޑު މުސާރަ ދީފަ ރާއްޖެއިން ބޭރުގަ އަރާމުގަ އުޅެން ހަދާފަ ހުންނަ ތަންތަން.
ޖޯކް
04 June 2021
19ގަ އިރުފާން ދިޔައީ 11ގަ މިސްބާހް ދިޔައީ .ދެން ކީއްވެ އެއްކޮށް ދިޔައޭ މިކިޔަނީ ؟؟
ފުސްކޮޅު
03 June 2021
މިއޮހާދުވަހު ތިއެންބަސީ އޮތީނިދާހަރުދަޑިވެފަ ފުލުން ވާނުވާގަ އެތައްބުރަމަސައްކަތެއްކޮއް ވާނުވާ އޮޅުން ފިލާ ހިސާބައް ދިޔާމި ނިދިންހޭލާމިބުނަނީ އެސޮރުއެއްދުވަހު ސަލާންޖަހަމުން މިގޭދަށައްވެސްއައޭ މިއަވުރެ އެންބަސީތައް ޒިއްމާދާރު ވާންއެބަޖިހޭ ދައުލަޔް ރައްޔެތުން އަތުން ނަގާ ޓެކުކުސްފައިސާއިން މުސާރަނަގާބަޔަކު އެންބަސީތަކުަގަ ތިބެގެން ކުރާކަންތައް ވަރައްގާތުން އެބަޖިހޭދައުލަންބަލަން
ބާލައާދަނު
04 June 2021
ހަމަ ސުރުޚީ ކިޔާލާފަ ކޮމެންޓް ކުރީދޯ. ޚަބަރު ރަނގަޅަށް ކިޔާލަބަ. "މިސްބާހު ގެއްލިގެން ފޮޓޯ އާންމުކޮށް ފުލުހުން އާންމުންގެ އެހީއަށް އެދުނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެއީ އޭނާ ޕާކިސްތާނުގައި އެމްބަސީ އަށް ދިޔަ ފަހުންނެވެ."
ސްކިޕަރ
03 June 2021
ޑްރަގްސް އަކީ ވަރަށް ފާޑެއްގެ އެއްޗެއް. އެއާއި ހަނގުރާމަ ކުރި ވަރަކަށް އޭގެ މުސީބާތް ބޮޑުވާނެ. ޑްރަގްސް އާއި ހަނގުރާމަކުރަން ބޭނުންނަމަ އިޖްތިމާޢީ މައްސަލަތައް ހައްލުކުރޭ.
ބަބޫ
03 June 2021
މީގެން ނިކަން ރަނގަޅަށް އެނގިގެންދޭ އެމްބަސީ ތަކާ ކަންކަން ކޯޑިނޭޓް ކުރެވޭވަރު. ގެއްލުނު މީހާ ފުރިކަމެއް ނޭނގުނު. ފުލުހުންނަށް ފުރިކަންއެނގުނު އިރު ފުރިދުވަސް އޮޅުން އަރައިފި. ދައުލަތުން ހަރަދުކޮއްގެން ހިންގަ އެންބަސީއަކަށް ދިޔައިރު ނޭނގުނު މީގެއްލިގެން ހޯދާ މީހެއް ކަމެއް.
އަރުތަ
04 June 2021
ގެއްލިގެން ފުލުހުން މިސްބާހު ހޯދަންފެށީ އާއިލާފަރާތުން ފުލުހަށް އެންގީމަ، އޭގެ ކުރިން މިސްބާހުވަނީ ޕާކިސްތާނުގަ ހުންނަ އެމަބސީއަށް ގޮސްފަ.
އޮޅުނުސޯލިހު
04 June 2021
އޮޅިގެން
ބާލައާދަނު
04 June 2021
"މިސްބާހު ގެއްލިގެން ފޮޓޯ އާންމުކޮށް ފުލުހުން އާންމުންގެ އެހީއަށް އެދުނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެއީ އޭނާ ޕާކިސްތާނުގައި އެމްބަސީ އަށް ދިޔަ ފަހުންނެވެ."
ސާދާނާ އެލެކޮސް
03 June 2021
މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާމީހުން މަރަން އެބަޖެހެ. އެހެންނޫންނަމަ މިގައުމުގެ ހާލަތު ފަލަސްތީން، ސީރިޔާ، އަފްގާނިސްތާން، ޕާކިސްތާން ފެންވަރަށް ހިނގައިދާނެ.
ކިނބޫ
03 June 2021
"ބޭރުގެ ޑްރަގް ނެޓްވޯކެއްގެ އަތްދަށުވެފައި ހުރި މިސްބާހް މުހައްމަދު،" ޔަގީންކޮށް ބުނެލައިފިއެއްނު. ދެން ހުރީ ހުސް ތުހުމަތު ކުރެވޭ ކަންކަން. 72 ކިލޯ ޑްރަގާއެކު އަތުލީމަވެސް ތުހުމަތޯ ކުރެވެނީ! މިސްބާހު ހުރީ ތިޔަބުނާ ބައެއްގެ އަތްދަށުގަ ކަމަށް ތިދައްކާ ވާހަކައާމެދު އަހަރުމެނަށް ތުހުމަތު އެބަކުރެވޭ.
ޙަބީބު
03 June 2021
މީގަވާނުވާ ނުބަލަ ގިނަމީހުން ކޮމަންޓްކުރަނީ މިސްބާހަކީ ކުއްކުރާ މީހެއްނޫން އިރުފާނު މީނާޔައް އޮޅުވާލައިގެން ެ ވިޔަފާރީގެ ބައިވެރިޔަކައް ހަދަން ގެންދިޔައީ ގުރުބާން ކުރަން ކަމެއް ނޭނގެ ދެންއޮތީ މިވާހަކަ ނުދައްކަންބުނެފަ އެއީ ވަރައް ނުރައްކާ ވެދާނެ ކަމެއްކަމައްބުނެ
ބާލައާދަނު
04 June 2021
"މަސްތުވާތަކެތީގެ އެކި މައްސަލަަތަކުގެ ރެކޯޑް އޮންނަ މިސްބާހް މާލެ އައިސް އުޅުނީ މިދިޔަ އަހަރުގެ ފަހުކޮޅު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކުރި ގްރޫޕްގެ މީހުންނާ އެކީގައިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ." މިހާރު ނޫހުގައި 2 ޖޫންގައި ޖަހާފަ އޮތް ޚަބަރުގަ ބުނަނީ މިހެން.
ރޔާންބެ
05 June 2021
އެ ސޮރަކީ ހަމަ ސާފު، ހުދު، ބޯ ކިރުފޮދެއް ކަހަލަ ކުއްޖެއްދޮއްތޮ؟ ޙަބީބަށް ވާނުވާ އެނގޭއިރު ތިޔަ އުޅުއްވަނީ އޮޅުވާލަން. އަޅުގަނޑަށް މާދެރަ ޙަބީބް ތިޔަ އުޅުއްވާގޮތް
ލީލާ ބަންސާލީ
03 June 2021
އޭނާ ޝޭޚަކާވައްތަރެއްނޫން.
ސަނާން
03 June 2021
އަޅައެއް ލާނެ ކަމެެއް ނެތް. އަމިއްލައަށް. ކުރި ކަމެއްނު. އުޅެދާނެއެއްނު