ޚަބަރު / ކޮވިޑް-19

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހާ ހަމައަށް ދަންމާލައިފި

ވެކްސިން ހަދިޔާކުރަން މިދިޔަ ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހާ ހަމައަށް ދަންމާލައިފި އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މި ކުއްލި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ ކަމަށެވެ.

ރާއްޖޭގައި އަދިވެސް އިތުރަށް ކޮވިޑު ފެތުރުމުގެ ނުރައްކާ އޮތުމުން މާޗު 12، 2020 ގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ތިނަކާ ހަމައަށް ދަންމަން ނިންމެވީ ކަމަށް މިނިސްޓަރު ނަސީމްގެ ގަރާރުގައި ވިދާޅުވި އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދަންމާލަން ނިންމިއިރު، ރާއްޖޭގައި ފާއިތުވި ހަފުތާތަކުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވި އެވެ. ނަމަވެސް އެ ނަމްބަރުތަކަށް މިހާރު ވަނީ ދަށްވުމެއް އައިސްފަ އެވެ.

21 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 6%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2000

04 June 2021

ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް ހަނިކުރުން އެކަނި ކަމުގައި ވެގެން ނުވާނެ. ސަރުކާރު ވެސް އޮންނަންވާނީ ކުއްލި ނުރައްކަލުގެ ހާލަތުގައި. އަލިފާން ރޯވީމާ ފަޔަ ލޮރީ ދާހެން ބަލި މީހަކު ކުއްލި ޞިއްޙީ އެހީ އެދޭތާ 5މިނިޓް ތެރޭގައި އެގެއަކަށް ދެވެން ވާނެ. ހޮސްޕިޓަލުގައި ވެހިކަލް މަދުނަމަ ދައުލަތު އެހެން ތަންތަނުގައި ހުންނަ ވެހިކަލުވެސް ބޭނުން ކުވެންވާނެ. އެސްޓީ އޯ ، އެމް އެންޑީ އެފް ޕޮލިސް ވެހިކަލުތަކުގައިވެސް

The name is already taken The name is available. Register?

ަަާްފެއިލްޑް އެޗްޕީއޭ

04 June 2021

އެޗްޕީއޭ ގެ ކުޅިގަންޑާ ހެދި ރައްޔިތުންނަށް ހުރިހާ ގެއްލުމެއް. ކުރިޔަށް އޮތް ރިޔާސީ އިންތިހާބް މިހާލަތް އޮވެފަ އާސިނަމަ ހުރިހާ ސިޔާސީ ފަރާތްތަކަށް ބޭނުންކަމެއް ކުރަން ހުއްދަދޭނެ. ޕޮޒިޓިވް ވެހުރެ ކެމްޕޭންވެސް ވޯޓްވެސް ލެވޭނެ. ރައްޔިތުން ފަގީރުވެ ހާލުގަ ޖެހި ބިކަވިޔަސް ވަކިބަޔަކަށް ފާދާވަނިކޮށް އޯކޭ. އެޗްޕީއޭ ވަނީ އަމާނާތަށް ކާފަރުވެ ބޮޑުތަނުން ފޭލްވެ ދޮގުހެދުމަށް އާދަވެފަ.

The name is already taken The name is available. Register?

އުމަރުބެ

04 June 2021

މީ ދެރަކަމެއް. އެޗްޕީއޭ އަށް ކޮވިޑް ކޮންޓްރޯލް ނުކުރެވުނީމަ އެކަމުގެ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް. މިހާރު މިއޮތީ ކޮވިޑް އަތްނުފޯރާފަށަށް ގޮސްސަ. ދެން އިތުރަށް ވާނެ ގޯހެއް އޮތްކަމަކަށް ގަބޫލެއްނުކުރަން. މިހާރު އަޅާފައޮތް ލޮކްޑައުންގެ ހާލަތު އުވާލިޔަސް މާލޭ ސަރަހައްދުގަ އިތުރަށް ގޯހެއްނުވާނެ. މިގޮތަށް ބަންދުކުރުމުން އިގްތިސާދީގޮތުން ރައްޔިތުންނަށްވާ ގެއްލުން އިހްސާސް ކޮއްލަންޖެހޭ. މިހާރު ގަބޫލްކުރެވެނީ މީ ނަސީމް ކޮއްލި ޖެއްސުމެއްގެ ގޮތުގަ.

The name is already taken The name is available. Register?

ޚަރީމް

04 June 2021

ކޮބައިތޯ އަންނަ މަހަކީ؟ ހަބަރު ތެރޭގަ ސީދާ ތާރީޚު ޖަލަންވެސް ނޭގޭ

The name is already taken The name is available. Register?

ލ.އަތޮޅު

04 June 2021

އާދޭސްކޮއްފަ ބުނަން ވެކްސިން ފުރިހަމަ ކުރި މީހުނަށް ރަނގަޅު ގޮތެއް ހަމަޖައްސަވާ ދެއްވާ...

The name is already taken The name is available. Register?

ޢިއްލަބޭ

03 June 2021

ދެން އެންމެން އަތްޖަހާ ، މިއޮތީ ވާ ވެރިކަމެއް ،ބޯގަންވިލާ އަހުމަދު އިސްމާއިލް އައް ހުންނާނީ އެއްޗެއް ވިސްނިފަ

The name is already taken The name is available. Register?

ބާޣީ

03 June 2021

ހެޔޮނުވާނެ ފައިޒާ ވެކްސިން ގެނެސްގެން އެންމެން ގަޔަށް ޖަހާފަ މިކަން ނިންމާލަން އުޅެބަލަ،

The name is already taken The name is available. Register?

ގެހެހެ

04 June 2021

ތިބުނުއްވިހެން އިންޑިއާގެ ވެކްސިން އިން ނަތީޖާއެއް ފެންނާނެ ކަމަކަށް ހިތެއް ނުބުނޭ

The name is already taken The name is available. Register?

ޚިޔާލު3

03 June 2021

މި މުއްދަތަށްފަހު ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކަށް ޚާއްސަ ގޮތްގޮތުން މީހުން ތަންތަނަށް ނުފޮނުވުމަށާއި ކަރަންޓީނު އުސޫލުވެސް ހާލަތާނުގުޅޭ ގޮތަށް ބަދަލު ނުކުރުމަށާއި ގެސްޓުންވެސް އެއަރޕޯޓުން ސީދާ ރިސޯޓަށް ނޫނީ ނުފޮނުވުމަށާއި މީހުންދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކަށް ގެސްޓުން ފޮނުވުން މަޑުޖައްސާފައި ބޭއްވުމަށް ވިސްނެވުން އެދެމެވެ. ޢެހެންނޫނީ އަބަދު މި ޖެހެނީ ފުރަބަންދުވާން ނޫންތޯއެވެ.ރައްކާވެ ތިބިއްޔާ ދަތުރެވެ.

The name is already taken The name is available. Register?

ރަދުން999

03 June 2021

ކޮވިޑްގައި ރައްޔިޔުން ހާނާނުވެގެންތޯ ތިއުޅެނީ. ކަންމަތީ ފިހާރަތައް ބަންދުކޮށް މީހުން ދަރަނިވަނީ. ސަރުކާރުން ރެންޓް ދައްކާދީބަލަ. އަނބިދަރިން ކާން ބޯންވެސް އެބަޖެހޭ. ސިއްހީ ބޮޑެތި މައްސަލަތައް ގިނަވޭއެބަ. އެކަށީގެންވާ ފަރުަވާ ނުލިބޭ. ބޭރަކަށް ނުނިކުމެވޭ. ނޭވާ ހާސްވަނީ. މޫދަކަށް ކަސްރަތަކަށް ނުދެވޭ. އިޖްތިމާއި ބަލިމަޑުކަން އިންތިހާއަށް ބޮޑު ތިޔަ ކޮވިޑަށްވުރެ. ކޮވިޑަކީ ފޭކެއްކަން އެނގޭ އެމެރިކާ ސެނެޓްގެ ބަހުސްތައް އަޑުއެހީމަ. ތިޔަ ޖަރީމާ ހުއްޓާ.

The name is already taken The name is available. Register?

ވވަވވބަހުދު

03 June 2021

ވވަރަށް އާދޭހާއި އެކު ސަރުކާރަށް ދަންނަ ވަން ރައްޔިތުންގެ ހައްގުގައި އިސްތިއުފާދޭން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454