ކެނެޑާއިން ކޮވެކްސް އަށް ދިން ފައިސާއިން ރާއްޖެ އަށް ވެސް އެހީ ލިބޭނެ.-- ފޮޓޯ: ޓުވިޓާ
04 ޖޫން 2021 - 18:12
ކޮވިޑް-19 އާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީވުމަށް ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީ އަށް ކެނެޑާ އިން ހަދިޔާކުރި ފައިސާ އިން ރާއްޖެ އަށް ވެސް އެހީ ލިބޭނެ ކަމަށް، ކެނެޑާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނޮން މިއަދު ވިދާޅުވެއްޖެ އެވެ.
ޑޭވިޑް މެކިނޮން ވިދާޅުވީ ކެނެޑާ އިން ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ފަސޭހައިން ވެކްސިން ފޯރުކޮށްދިނުމަށް ކޮވެކްސް އިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން އިއްޔެ 220 މިލިއަން ކެނޭޑިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށެވެ.
Very pleased #SriLanka and #Maldives are among the countries that will benefit from the C$220 million that Canada committed to COVAX yesterday. #COVID19SL #COVID19Maldives https://t.co/57laFBFQAI
— David McKinnon (@McKinnonDavid) June 3, 2021
ރާއްޖޭގެ އިތުރުން ސްރީ ލަންކާ އަށް ވެސް ކެނެޑާގެ އެހީ ލިބޭނެ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެ އަށް ބޭރުގެ އެކި ގައުމުތަކުގެ އެހީ އަންނަނީ ލިބެމުންނެވެ. އެގޮތުން އެމެރިކާ އިން ވަނީ ކޮވެކްސްގެ ދަށުން އެ ގައުމުން ކޮވިޑް ވެކްސިން ފޮނުވާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފަ އެވެ.
ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް ކޮވެކްސް ފެސިލިޓީގެ ދަށުން ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިއުލާނުކޮށްފައި ވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާނު އަދި މެލޭޝިޔާ އެވެ.
ރާއްޖެ އަށް ވެކްސިން ފޯރުކޮށްދޭނެކަން އެމެރިކާ އިން އިއުލާންކޮށް ފައިވާއިރު، އެ ގައުމުން ހަދިޔާކުރި ޕީޕީއީއާއި ސިއްހީ ސާމާނު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޭރު
05 June 2021
މިވަރުން ދަންޏާ ދުވަސްކޮޅަކުން ރާއްޖޭން ވެކްސިން އެކްސްޕޯޓުކުރަންވެސް ފެށޭނެކަންނޭގެ. ކޮން އިރަކުތަ ތި ވެކްސިންތައް ލިބެނީ؟
ބޮޑުމީހާ
04 June 2021
ތި އެއްޗިހި ދީފަ ވެކްސިނަށް ހަދާގޮތް ވަރަށް ގާތުން ބަލާތި. ވަރަށް ސްލޯ ނާގާބިލު ވަގު ސަރުކާރެެއް.އޮތީ
ކުދުބެއްޔާ
04 June 2021
އެމީހުން ކައިރީ ބުނެބަލަ ވަގުތު ފާއިތުވުމުގެ ކުރިން ތި ވެ ކްޝިން ކޮޅު ފޮނުވާދޭށޭ!!!!!!!
ޙަމް788
04 June 2021
ފައިޒާ ލިބުނީމަ 12 އަހަރުން މައްޗައް ޖެހޭނީ. އެސްޓެރާޒެނެކާ ބޭނުމެއް ނޫން.
ބަބުރަންޖީ ހާޖީ
04 June 2021
ސަރުކާރުން ގެންނަންއުޅޭ ވެކްސިންވެސް އެއުޅެނީ މިލިޔަނަކަށްއަރާން. އަނެއްކާ ދުނިޔޭގެ ކަންކޮޅުތަކުން އެހެރަ ޝިޕްމެންޓުތައް އަންނަނީ. ތިހުރިހާ ވެކްސިންތައް ލިބުނީމާ މީހަކުގަޔަށް ހައެއްކައެތި ޖަހާލެވޭނެ.
ގެދާނޯމޮސް
04 June 2021
ތިއުފައްދާ ގައުމުތަކުން މަރުވާރޭޓާއި ޕޮސިޓިވް ވާރޭޓް ކުޑަނުވާއިރު ތިކަމުގެ އުންމީދެއް ނެތެވެ.
ފޫހި
04 June 2021
ދެން ތިޔަ ޖަހާނީ ކޮންބައެއްގެ ގަޔަށްތަ? ކިންމެ މީހަކަށް 4 ޑޯޒްތަ?
ބިޅަަާ
04 June 2021
އަހަންނައްވެސް ނުވިސްނުން ތި ހުރިހާ އެއްޗެއް ޖަހާނެ ބައެއް. ބާ ކީ ތިބީ ކުޑަ ކުދިން. އެހެން ނޫނަސް ތީ ވެސް އެމެރި ކާހެން ޓެސްޓް މަރުހާލާއައް ދޭ އެއްޗެއް
އަރުތަ
04 June 2021
ތިވާހަކަ ނުދައްކާ ދެންވެސް އެފަރާތްތަކަށް ( އެހީތެރިވާ ފަރާތްތައް ) ޝުކުރުގެ މެސެޖެއް ފޮނުވާލަބަލަ، އެފަރާތްތަކުގެ ދީލަތި އެހީ އަހަރުމެން ދިވެހިންނަށް އަބަދުވެސް ލިބޭކަމީ އެފަރާތްތަކަށް ޝުކުރު އަދާކުރަން ޖެހޭ ކަމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ.
ހަަަހަހާ
04 June 2021
ހޫން ދެން ތިކަމާ އެކްސައިޓްވެގެން ގޮސް ދެވަނަ ޑޯޒު ޖެހޭ ވަރަށް ނުބަހައްޓާ ޖަހާލާނީކީ ނޫން. ނޫނީ މުޅި ދުނިޔެއަށް މިގައުމުން ވެކްސިން ޖެހޭނެއޭ ކިޔާފަ އިޝްތިހާރު ކުރާނީކީ ނޫން.
އެމެރިކާ
04 June 2021
އެހެންވެ ސަރުކާރުން ކުރަންއުޅޭ ވިޔަފާރިއައް ގެއްލުންވާނެދޯ.
އަރުތަ
04 June 2021
އަބަދުވެސް ކޮންމެ ކަމެއްގަވެސް ދެކޮޅުވެރިކަމާ ނޭއްގާނީކަން ތި އިސްކުރަނީ ކޮން މޮޅެއް ލިބޭނެކަމަށްތޯ، އިންސާނާގެ ސިކުނޑި ބަލިކަށިވެ، ނަފްސާނީގޮތުންނާ ޖިސްމާނީ ގޮތުން އިންސާނާ އިތުރަށް ނިކަމެތިވެ އިތުރު ބަލިތަކަކަށް މީހާ ހުށަހެޅިގެން ދާނެކަން ނޭގެނީތޯ، މެސެޖަކުން ނުވަތަ ބުނެވޭ ބަހަކުން އިންސާނާގެ ސިކުނޑި އަށް ތަފާތު އެކިއެކި ނޭދެވޭ އަސަރުތައް ކުރަމުން ދާނެ، ވިސްނާލުން ރަނގަޅު.