ސަލްމާ ނަސީރު.
07 ޖޫން 2021 - 13:23
ވިހެއުމުގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު މަރުވި ސަލްމާ ނަސީރުގެ މައްސަލަ ކުރިއަށް ނުގޮސް، ލަސްވާތީ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސަލްމާގެ ފިރިމީހާގެ ފަރާތުން ވަކާލާތުކުރާ އެޑްވޮކެސީ ޗެމްބާސް އިން ވަނީ ސަލްމާ މަރުވުމުގައި އޭޑީކޭ ހޮސްޕިޓަލާއި އެ ހޮސްޕިޓަލްގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭތީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވައިފަ އެވެ.
މި މައްސަލާގައި ޝާމިލްވާ ބައެއް މީހުންނަކީ ރާއްޖެއިން ބޭރުގެ ބަޔަކަށް ވުމުން މައްސަލަ ތަހުގީގުކޮށް ނިމުމުގެ ކުރިން އެ މީހުން ފުރައިގެން ހިނގައިދާނެތީ ބިދޭސީންގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް ވެސް ޕޮލިހުގައި ވަނީ އެދިފަ އެވެ.
އެ މައްސަލަ ބަލައިދިނުމަށް އެދި އޭޕްރީލް 27 ގައި މޯލްޑިވްސް މެޑިކަލް ކައުންސިލަށް ވެސް ސިޓީ ހުށަހެޅި އެވެ.
އެޑްވޮކެސީ ޗެމްބާސްގެ މެނޭޖިން ޑިރެކްޓާ މުހުތާޒު މުހުސިން ވިދާޅުވި މައްސަލަ ބަލާކަމުގެ އެއްވެސް ނިޝާނެއް އެއްވެސް އިދާރާއަކުން ނުފެންނަ ކަމަށެވެ.
"ޕޮލިސް އިން ކޭސް ރަޖިސްޓްރީކުރި ކަމެއް ވެސް ނާންގާ،" ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު ވިދާޅުވި އެވެ.
މުހްތާޒް ވިދާޅުވީ ފުރާނަ އަކީ މުހިއްމު އެއްޗަކަށް ނުވާކަން، މި މައްސަލަ ލަސްވާތީ އެނގޭ ކަމަށެވެ.
"ހަގީގަތަކީ މެޑިކަލް މާފިޔާގެ ބާރުގެ ދަށުގައި ސިއްހީ ދާއިރާ އޮތްކަން،" ސިއްހީ ދާއިރާ ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ކަމަށް ތުހުމަތުކުރައްވައި އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސަލްމާ ނިޔާވި މައްސަލައިގެ ތަހުގީގުގައި ހޯދަންޖެހޭ މައުލޫމާތު ހޯދައި ތަހުގީގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ. މެޑިކަލް ކައުންސިލް ހިންގާ ހެލްތު މިނިސްޓްރީގެ ބަހެއް މިކަމާ ބެހޭ ގޮތުން ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
08 June 2021
ކަނޑިންމަ މޯލްޑިވްސްގައި މަސައްކަތް ކުރަމުންދަނިކޮށް ބަލިވެ، އެކަށީގެންވާ ބޭސްފަރުވާ ނުކުރުމުގެ ސަބަބުން ނިޔާވުމުން، ކޮވިޑަށް ޓެސްޓް ކުރުމުން ޕްޒިޓިވްކަމަށް ދެއްކި އާދަމް ނަޞީރުގެ މައްސަލަވެސް އަދިވެސް ފުލުހުން ބަލަނީ... ނިމޭތަނެއް ނާއްދޭ. އެދުވަސްވަރު ނޫސްތަކުގައިވެސް މިވާހަކަ ވަރަށް ހިޓްވި. ފަހުން ހަމަ ވީ ސައިބޯނި ބޮއްކަކަށް. މިމައްސަލަ ގޮސްފައިވާ ހިސާބެ ފުލުހުން ހާމަކުރަންޖެހޭ، ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދިނީމައެކަންޏެއްނޫން އަޕްޑޭޓްދޭންވީ
ރައްޔިތުނ
07 June 2021
މި ގައުމު ތެޅެނީ ރޯޔަލް މީހުން ނައް އިންސާފު ހޯދާދޭ. ނިކަމެތިން ވީމާ ކުރާނެ ކަމެއް ނެތް. މުޅި ސަރު ކާރު ތެޅެނީ ނަސީދު ގެ މައްސަލަ ބަލަން . ރައްޔަތުން މަތިން ހަނދާނެއް ނެތް
1828
08 June 2021
ނަޝީދަށް އަމާޒުކޮށް ހަމަލާދިން މައްސަލާގައި ފުލުހުންވެސް ދެއިރު ދެޅަޔަށް ނޫސް ކޮންފަރެންސް ދިން. އެކަމަކު ނިކަމެތި ރައްޔިތަކު ތަޅާ ރޯނާ ގަންނަވާލީމައި ތަހުޤީޤްދަނީ ފިނިހަކަ ސްޕީޑްގައި. މިއީ އެއްވެސް ވަރަކަށް ބަލައިގެނެވޭނެ ކަންކަމެއް ނޫން. ވަކިމައްސަލައެއް ސީރިއަސްކޮށް ބަލާ ވާހަކަ ފުލުހުން ބުނުމަކީ އެހެން ބައެއް މައްސަލަތަކަށް ސީރިއަސްކަން ނުދޭކަން ހާމަވާކަމެއް.
ކޮރަލް
07 June 2021
ތަހުގީގު ކުރާތީ އިތުރު މައުލޫމާތު ދެވޭކަށް ނެތެވެ. އެއް އަހަރު ވެއްޖެއެވެ. 2،3،4 އަހަރު ވެއްޖެ އެވެ. ދެން އެވާހަކަ ދައްކާނެ މީހަކު ނުހުންނާނެ އެވެ. މިހެން ނުހަދާށެވެ.
މަރު
07 June 2021
ތަހުގީގްލަސް
ކުރެދި
07 June 2021
ތިޔަކިޔާ ފުލުހުންނަކީ މިހާރު ބޮޑެތި ޖޯކަރުންތަކެއް ...