ލައިފްސްޓައިލް / އެޕަލް

އެޕަލްގެ ސެލްފް-ޑްރައިވިން ކާރަށް ބެޓެރި ހޯދަން ޗައިނާގެ ދެ ކުންފުންޏަކާ މަޝްވަރާކުރަނީ

އެޕަލް ކުންފުނިން ސެލްފް-ޑްރައިވިން ކާރު އުފައްދަން މަސައްކަތް ކުރަމުން އަންނާތީ އެކަމަށް ބޭނުންވާ ބެޓެރި ސަޕްލައިކޮށް ދިނުމާ ބެހޭ ގޮތުން ޗައިނާގެ ދެ ކުންފުންޏަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރޮއިޓާސް އާއި އެ ނޫން ވެސް އިތުބާރު ހިފޭ ބައެއް މީޑިއާތަކަށް، ނަން ހާމަނުކުރާ އޮފިޝަލުންތަކެއް ވިދާޅުވެފައި ވަނީ ޓިމް ކުކްގެ އެޕަލް އިން އުފައްދަން މަސައްކަތްކުރާ ޒަމާނީ އިލެކްޓްރިކް ކާރު (އީވ) އަށް ބޭނުންވާ ބެޓަރި ސަޕްލައިކޮށްދޭން މަޝްވަރާކުރަމުން އަންނަނީ ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޭޓިކް ބެޓެރި ކުންފުނި ކަމަށްވާ ޗައިނާގެ ކޮންޓެމްޕޮރަރީ އެމްޕެރެކްސް ޓެކްނޮލޮޖީ (ސީއޭޓިއެލް) އާއި ހަތަރު ވަނަ އަށް އެންމެ ބޮޑު ބެޓެރި ކުންފުނި ބީވައިޑީ ކުންފުންޏާ ކަމަށެވެ.

މައުލޫމާތު ހިއްސާކުރި އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މަޝްވަރާތައް އަދި އޮތީ ވަރަށް ކުރީ މަރުހަލާއެއްގަ އެވެ. އެހެންވެ ދެ ކުންފުނީގެ ތެރެއިން އެޕަލް އިން ހިޔާރުކުރާނެ ކުންފުންޏެއް އަދި މުޅިއަކުން ސާފެއް ނުވެ އެވެ.

މިކަމާ ބެހޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން އެޕަލް އާއި ސީއޭޓީއެލްގެ އިތުރުން ބީވައިޑީ އިން ވެސް ވަނީ އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދައިފަ އެވެ.

އެޕަލް އިން ސެލްފް-ޑްރައިވަރުން ކާރު އުފައްދަން އުޅޭ ވާހަކަ މިދިޔަ އަހަރުން ފެށިގެން މީޑިއާތަކުގައި ވަރަށް ގަދައަށް ދެކެވެމުން ދިޔަ ނަމަވެސް އެޕަލް އޮތީ އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އަދި ދައްކާ ކަހަލަ މޫޑެއްގައެއް ނޫނެވެ. ނަމަވެސް މިދިޔަ އެޕްރީލް މަހުހެ ކުރީކޮޅު ނިއު ޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއްގައި ޓިމް ވަނީ "މާ ނޫން ގޮޮތަކަށް" ކާރު އުފައްދައިފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

ކާރު އުފެއްދުމާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވެފައި ވަނީ އެޕަލް އަކީ އަބަދު ވެސް ތަފާތު ކަންކަން އަމިއްލަ އަށް ކުރަން ބޭނުންވާ ކުންފުންޏެއް ކަމަށެވެ.

"އަހަރެމެންނަކީ އަބަދު ވެސް ހާޑްވެއާ، ސޮފްޓްވެއާ އަދި ސާވިސްތައް އިންޓަގްރޭޓްކުރަން ޝައުގުވެރިވާ ބައެއް. އެހެންވީމަ އެ ހުރިހާ އެއްޗެއް މަސްހުނިކޮށްލައިގެން ޖާދޫ ހެދުމަކީ އަހަރެން ލޯބިކުރާނެ ކަމެއް،" ޓިމް ވިދާޅުވި އެވެ. "އަދި ބޮޑު ކަމެއް ކުރަން ބޭނުންވާ އިރު އެޕަލް އަކީ އަބަދު ވެސް އެކަމެއްގެ ޕްރައިމަރީ ޓެކްނޮލޮޖީ އޯންކުރާނެ ބައެއް."

އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފައްދަން މަސައްކަތްކުރަމުން އަންނަ ވާހަކަ މިދިޔަ އަހަރުގެ ތެރޭގައި ދެކެވެން ފެށުމާ އެކު މިކަމަށް އެހީތެރިކަން ހޯދަން ބައެއް ކުންފުނިތަކާ އެކު މަޝްވަރާކުރާކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

އެގޮތުން އެޕަލް އިން ދެކުނު ކޮރެއާގެ ހިއުންޑައިއާ އެކީ މަޝްވަރާކުރާ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ކުންފުނިން ބުންޏެވެ. އެކަމަކު ފަހުން އެ މަޝްވަރާތައް ކުރިއަށް ނުދާ ކަމަށް ހިއުންދައިން ބުންޏެވެ

ރިޕޯޓްތައް ބުނާ ގޮތުން އެޕަލް އިން ސެލްފް-ޑްރައިވިން ކާރު އުފެއްދަން ވިސްނަން ފެށީ 2014 އިން ފެށިގެންނެވެ. ޚަބަރުތައް މިހާރު ބުނާ ގޮތުން އަމާޒަކީ 2024 ނުވަތަ 2025 ގައި ކާރު ނެރުމެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454