ރާއްޖޭގެ ނައިބު ރައީސް ޖިހާދު، އިންޑިއާގެ ނައިބު ރައީސް ހާމިދު އަންސާރީއާ މިރޭ ބައްދަލުކުރައްވަނީ: ނައިބު ރައީސް ޖިހާދު އިންޑިއާ އަށް ވަޑައިގެން އުޅުއްވަނީ ރާއްޖެއިން އިންޑިއާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމް އިފުތިތާހު ކޮށްދެއްވުމަށް.---ފޮޓޯ: ރައީސް އޮފީސް
21 ނޮވެމްބަރ 2016 - 21:31
ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، އިންޑިއާގެ ނައިބު ރައީސް އެމް ހާމިދު އަންސާރީއާ މިރޭ ބައްދަލު ކުރައްވައިފި އެވެ.
ތިން ވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކޮށްދެއްވުމަށް މިހާރު އިންޑިއާގެ ދިއްލީގައި ހުންނެވި ޖިހާދު، އެ ގައުމުގެ ނައިބު ރައީސްއާ ބައްދަލު ކުރެއްވީ ތާޖް ޕެލަސް ހޮޓެލްގަ އެވެ.
ރާއްޖޭގެ ނައިބު ރައީސް ޖިހާދު، އިންޑިއާގެ ނައިބު ރައީސް ހާމިދު އަންސާރީއާ މިރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ ދެ ނައިބު ރައީސުންގެ މި ބައްދަލުވުމުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ސަރަހައްދީ ރައްކާތެރިކަމާއި ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށާއި އެގޮތުން ބޭންކިން އާއި މާލީ ދާއިރާ ހަރުދަނާކުރުމުގެ މުހިންމުކަން ދެ ބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާން
21 November 2016
ހިމާޔަތް ހޯދައިން ތިކޮޅު މަޑުކޮށްލާ..މި ރައީސް ވިދާޅުވެފަ އޮތީ ނައިބު ރައީސުންނާއި މެދު ސަމާލުވާން ޖެހޭ ކަމަށް