އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް: އޭނާ ވިދާޅުވީ ޕާޓީ ދެބައިވީ ސަރުކާރުން އެމްޑީޕީއާއި ރައީސް ނަޝީދު ދުރުކުރުމުން ކަމަށް --- ފޮޓޯ: މިހާރު
11 ޖޫން 2021 - 22:07
އެމްޑީޕީގެ މަސައްކަތްތައް ދެބައިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެ ޕާޓީ ވެސް އެކަހެރިކޮށް، ސަރުކާރު ހިންގަން އުޅުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ރައްދު ދެއްވައި، އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ނަޝީދުގެ ސަޕޯޓަރުން ވާހަކަތައް ދައްކަން ފެށުމުން އެކަމުގެ ދިފާއުގައި ރާއްޖެ ޓީވީގައި ބިގޭ މިއަދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. ބިގޭ ވިދާޅުވީ، އެމްޑީޕީ ދެބައި ނުވާނެ ކަމަށާއި އެކަމަކު މަސައްކަތްތައް ދެބައި ވެދާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު ބިގޭ އަށް ރައްދު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ، ޕާޓީގެ މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވި ކަންކަން ސަރުކާރުން ކުރަން ބޭނުން ނުވުމުން ކަމަށެވެ. ހާއްސަކޮށް އޭނާ ފާހަގަކުރެއްވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ކޮރަޕްޝަންގެ އެހެން މައްސަލަތަކެވެ.
ހަސަން ލަތީފުގެ ޓުވީޓުގައި ވިދާޅުވި ގޮތުގައި އެ މައްސަލަތައް ބަލަން "ސަރުކާރުން ފޫކަހަން" ފެށުމަކީ އެމްޑީޕީގެ މަސައްކަތް ދެބައިވުމުގެ ސަބަބެވެ.
"...ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމާ. ޖުމުލަކޮށް ރައީސް މުހައްމަދު ނަޝީދާއި ޕާޓީ އެކަހެރިކޮށް، ސަރުކާރު ހިންގަން އުޅުނީމާ،" އެމްޑީޕީގެ މަސައްކަތްތައް ދެބައިވި މައިގަނޑު ސަބަބާ ގުޅޭ ގޮތުން، ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ހަސަން ލަތީފު ވިދާޅުވި އެވެ.
ނަޝީދާއި އެމްޑީޕީގެ އެހެން ބައެއް އިސްބޭފުޅުންގެ "ރާޑަރަށް" ބިގޭ އަރައިގެން ހިތްހަމަޖެހިވަޑައިނުގެން އުޅުއްވަނީ ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރާނެ ކަމަށް އަންގައި ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ސޮއިކުރައްވައި މަޖިލީހުގެ އިދާރާ އަށް ސިޓީ ފޮނުއްވި މައްސަލަ ބަލައި ދިނުމަށް ނަޝީދު އިމްތިޔާޒު ކޮމިޓީގައި އެދިވަޑައިގަތުމުން އެ މައްސަލަ އެ ކޮމިޓީން ބޭރުކޮށްލުމުންނެވެ. ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ނިންމަވައިގެން ތިއްބެވީ އެކަމުގެ އަޑީގައި ހުންނެވީ ބިގޭ ކަމަށެވެ. އެކަމަކު، ބިގޭ އެ ވާހަކަތައް ދޮގުކުރައްވަ އެވެ. އޭނާ އަށް އިމްތޔާޒު ކޮމިޓީގެ މައްސަލަ އެނގިވަޑައިގަތީ މާ ފަހުން ކަމަށް ބިގޭ ވިދާޅުވެ އެވެ.
ބިގޭ އަށް ރައްދު ދެއްވައި ހަސަން ލަތީފު ދެއްކެވި ވާހަކަތަކަށް އެ ޕާޓީގެ މަޖިލިސް މެމްބަރުން ގެންދަވަނީ ތާއީދު ކުރައްވަމުންނެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ، ނަޝީދު ބަލި އެނދުގައި އޮއްވައި ހުށަހެޅުއްވި މައްސަލަ ވެސް އެމްޑީޕީގެ މެމްބަރުންނަށް ގުޅައި ނުފޫޒު ފޯރުވައިގެން "ފެއިލް ކޮށްލީމަ" ޕާޓީ ބައިބައި ނުވެ ނޯންނާނެ ކަމަށެވެ.
މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް ހަސަން ލަތީފުގެ ވާހަކަ އަށް ތާއީދު ކުރެއްވި އެވެ.
"އިދިކީލަވީމަ މާ ބޮޑަށް ވެސް ދެބައި ވާނެ. އެމްޑީޕީ އަކީ އެމްޑީޕީ. އެމްޑީޕީ ކުރާނީ އެމްޑީޕީގެ މަސައްކަތް. ހަސަން ލަތީފު ތި ވިދާޅުވީ ރަނގަޅަށް،" ބިގޭ އަށް ނުރުހުން ފާޅުކުރައްވަމުން ފިރުޝާން ވިދާޅުވި އެވެ.
އެމްޑީޕީގެ ދެބައިވީ ސަރުކާރު ހިންގާ ކޯލިޝަން ރޫޅައި ނުލުމުން ކަމަށް ބުނެ ޕާޓީގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ. އޭގެ އިތުރުން އެއީ ނަޝީދު ބޮޑުވަޒީރުކަން ހޯއްދަވަން އުޅުއްވާތީ ދިމާވާ ކަމެއް ކަމަށް ވެސް ބުނެ އެވެ.
ބިގޭ ރާއްޖެ ޓީވީ އަށް ވިދާޅުވީ، ވެރިކަމުގެ ދެ ބާރު އެމްޑީޕީގައި އޮތްއިރު، ދެ ބާރުގެ މަސައްކަތް އެއް ޕާޓީއެއްގެ ތެރޭގައި ކުރަން ޖެހުމުން ހިޔާލު ތަފާތުވުން އުފެދޭނެ ކަމަށެވެ. މިހާރު އެ ހިޔާލުތަފާތުވުންތައް ބޮޑުވެ، ޕާޓީ ތެރޭގެ މަސައްކަތް ދެބައިވެދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ބިގޭ ސިޔާސީ ފައިިދާ އަށް ކުރާ ކަންކަމާއި ދައްކާ ވާހަކަތައް އޭނާ އަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ނަޝީދާ މެދު އެހެން ބޭފުޅުން ބަހައްޓަވާ ގާތްކަމުގެ ވާހަކަ ބިގޭ ނުދެއްކެވުމަށް އެ ޓްވީޓްގައި ނަޝީދު އެދިވަޑައިގެންފައިވެ އެވެ.
ނަޝީދު އެގޮތަށް ޓްވީޓު ކުރައްވާފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މިއަދު ވަނީ ބިގޭގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެއްބަނޑުއެއްބަފާ ކޮއްކޯފުޅަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ބިގޭ އަކީ "ބަސް މަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ ހީވާގި ލީޑަރެއް ކަން ހާމަވެގެން ހިނގައްޖެ" ކަމަށް ފަޒްނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބަލީ
13 June 2021
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހަށް ހޮވިފައި ތިބި މީހުން ސަރުކާރު ހިންގަން ބަައިވެރިނުކޮށްގެން އެވާހަކަދެއްކުން މިއީ ހާދަ ތާކުންތާކު ނުޖެހޭ ކަމެކޭ. ކަލޭމެން މަޖިލީސް ހިިންގަން ސަރުކާރުވެސް ބައިވެރިކުރަންވީނު؟
އަލްޖިބްރާ.
12 June 2021
ކޮވިޑް ޕްރޮފެސަރ ބުނީ ހަތަރުކަށިމަތި ކިތަންމެ މަސައްކަތެއް ކުރިޔަސް ދެބައެއް ނުވާނެއޯ!
ޕޮޕްކޯން
12 June 2021
މާތާހިރު ވާނެ ބޮޑުވާޒީރުކަން ނުލިބިގެންނޭ ބުނިއްޔާ! ހަމަގައިމުވެސް ވިސްނުމެއް ފިކުރެއް ހުރި މީހަކަށްވިއްޔާ ގަބޫލު ކުރަން ފަސޭހަ ވާނެއެވެ.
ބޮރިކކ
12 June 2021
ސިޔާސީ ޕާޓީ އަކުން ގައުމުގެ ވެރިކަން ކުރަންޔާ ޕާޓީގެ އެއްމެ އިސްވެރިއަކީ ގައުމުގެ ރައީސް ކަމުގައި ވެގެން ނޫނީ ތިކަން ހައްލެއް ނުވާނެ.
ހިންދު
12 June 2021
ކިހާ ދެރަކަމެއްތަ. އެމްޑީޕީއަކީ ނަޝީދުގެ ހަރުމުދާގަނޑެއްތަ؟ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ނުހިންގިގެން ތިޔަ އުޅެނީ ކީއްވެތަ. ގިނަ މެމްބަރުން ބޭނުންގޮތަކަށް ނުހެދެނީ ކީއްވެތަ؟ ވޯޓެއް ނެގީމަ އެކަމާ ދެކޮޅުވަނީ ކީއްވެތަ؟
ކަރެކްޝަން
12 June 2021
ނިޒާމީ ނުކުތާ! ރައްޔިތުން ނަޝީދަކާ ސަރުކާރު ޙަވާލެއް ނުކުރޭ! ސަރުކާރަށް އުނދުޅިކޮއްޕައި ހަންފަތުރަން އުޅުނީ އަދި އުޅެނީ ހަމަ ނަޝީދު. ނަޝީދު ހީކުރީ އިބޫ ވަކިހިސާބަކުން މަށަކަށް މިކަމެއްނުވާނެއޭބުނެ ތިމަންނައާއި ވެރިކަން ޙަވާލުކުރާނެކަމަށް. އެތަން ނުފެންނާތީއާއި އިބޫގެ މަގުބޫލުކަން އިތުރުުވާތަންފެނި 2023ވެސް އަތުނުޖެހިދާނެހެން ހީވާތީ ތެޅިބާލަނީ.
މޯލްޑިވިޔަން ޕެޓްރޮއިޓް
12 June 2021
ހަސަނާ ހަދާން އެބަހުރިތަ މައުމޫނާދިމާލަށް ގޮވި ފަތިވަރު. ހަމަ އެބަސްތަށް މިހާރުތިޔަވަންނަނީ ކަލޭމެން އަނގައަށް. އެމް.ޑީ.ޕީ އަކީ ވެސް ކަލްޓް ޖަމާއަތެއް. ހިޔެއްނުވޭ ސިޔާސީ ޕާޓީ އެއްހެން.
Coronavirus
12 June 2021
ތިކަމުގެ އެއްމެ ބޮޑު ޒިއްމާއެއް ނަގަން ޖެހެނީ ހަސަން ލަތީފް، ވަކި ފަރާތަކަށް ޖެހިގެން ހުރެ ޗެއަރ ޕާސަންގެ ރޯލެއް އަދާ ނުކުރެވޭނެ. ހަސަން ލަތީފު އަކީ ތިމަގާމަށް ކުފޫ ހަމަވާ މީހެއްވެސް ނޫން
ހުސެންދީ
12 June 2021
އެމްޑީޕީ ދެބައިވަނީ އަންނިއާ އަންނިގެ ޕަޕެޓުން ބޭނުންވާ ގޮތަށް ކަންކަން ނުވީމާ. އަންނިއާ ހިޔާލުތަފާތުވުމަކީ ޕާޓީން ފިޔަވަޅު އަޅަން ޖެހޭ ކަމަކަށް ވަނީ ވެފާ. ޑިމޮކްރަސީއަށް ވެސް ހުރި ހުތުރެއްތީ
އެލެކުސް އޮބި
12 June 2021
ރޫހާނީ ލީޑަރ ނުވަތަ މަންޑޭލާ ނަމުން ކިޔައިގެން ޕާރޓީ ހަލާކު ކުރަނީ ނަޝީދު. ނަޝީދު އާއި އޭނަގެ ސަޕޯޓަރުން ދެކޭ ގޮތުގައި ޕާރޓީގައި ހަމައެކަނި ބަސްކިޔޭނީ ނަޝީދަށް އަދި އޭނަ ބޭނުންވާ ގޮތަށް، ޕާރޓީގެ އަސާސީ ގަވައިދެއް މަގުސަދެއްވެސް ނޯވޭ މައުމޫނޭ ދިގުވެރިކަމޭ އާއިލީތަރިކައޭ ކީ މީހާ މީ. ކޮބާތޯ އިބުރާ މުނައްވަރު ދީދީ ކީއްވެތޯ ދިޔައީ؟ ސީދާ ރޫހާނީ ލީޑަރގެ އަމިއްލަ އެދުންފުޅު. ޢަހަރެން ބޭނުންވަނީ ނަޝީދު ޕާރޓީންނާ ސިޔާސީ ހަރަކާތް ތަކުން މުސްކުޅި ކުރަންވަން