އެމްޑީޕީން ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.-- ފައިލް ފޮޓޯ/މިހާރު
13 ޖޫން 2021 - 20:29
ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި ކޮންމެ މަސައްކަތެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް، ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ކައުންސިލަރުން މިއަދު ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުގައި ތިއްބަވާ އެމްޑީޕީގެ ހަ ކައުންސިލަރުންގެ ނަމުގައި އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެމްޑީޕީން ވައުދުވީ ގޮތުގެ މަތިިން ލާމަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅާފައިވާ ކަމަށާއި ކައުންސިލްތަކަށް އިދާރީ އަދި މާލީ ބާރުވެރިކަން ހޯދައި ދީފައިވާ ކަމަށެވެ.
އެމްޑީޕީގެ ކައުންސިލަރުން ވިދާޅުވިގޮތުގައި، އިދިކޮޅު ޕީޕީއެމްގެ މޭޔަރަކު މަގާމުގައި ހުންނެވުމުން، އިދިކޮޅުން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާ ދެކޮޅު ހެދުމުގެ އާދަ ދޫކޮށް، ކައުންސިލުގެ ހުރިހާ މެމްބަރުންނަށް އެއްބާރުލުން އެ ކައުންސިލަރުން ދެއްވާނެ އެވެ. އަދި އެމްޑީޕީގެ އަސާސްތަކާއި އަގު ނަގަހައްޓައި، އެ ޕާޓީގެ މެމްބަރުންގެ ބަސް ކަނުލައި އަޑުއަހަމުން ގެންދާނެ ކަމަށާއި މިދިޔަ ކުރު މުއްދަތުގަ އެކަން ފެނިފައި ވާނެ ކަމަށް ބަޔާނުގައި ވެ އެވެ.
"ޕީޕީއެމްގެ މޭޔަރަކު ހުންނެވި ކަމަށްޓަކައި އަދި އޭނާ ހުށަހެޅުއްވި ކަމެއް ވީމާ ދެކޮޅު ހެދުމުގެ އިދިކީލި ސިފައިން އަޅުގަނޑުމެން ނެއްޓި ތިބޭނެ ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ،" އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީ ކއުންސިލަށް ހޮވި ހަ މެމްބަރުން ވިދާޅުވި އެވެ.
އެ ބޭފުޅުން ވިދާޅުވީ، މާލޭގެ ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ފާރަވެރިވާނެ ކަމަށާއި ކައުންސިލްގެ މަސައްކަތް ހިނގާ ގޮތުގެ މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ ބަދަލެއް ގެނައުމަށް މަސައްކަތް ކުރާނެ ބަޔާނުގައި ވެ އެވެ.
އެމްޑީޕީގެ ކައުންސިލަރުން ވިދާޅުވާގޮތުގައި ކައުންސިލަށް މިހާރު ވެސް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ޖާގައިގެ ދަތިކަމާ އިންސާނީ ވަސީލަތް ނެތުން ހިމެނެ އެވެ. އެގޮތުން ސިޓީއެއް ހިންގުމަށް އަސާސީ ގޮތުން ބޭނުންވާ ތައުލީމާއި ތަމްރީނު ލިބިފައިވާ މުވައްޒަފުން ނެތުމާއި ފުރާޅެއްގެ ދަށުން ކައުންސިލްގެ ހިދުމަތްތައް ދެވޭނެ މަގެއް އަދި ކައުންސިލްގެ ހުރިހާ މެމްބަރުން އެކީ އިށީނދެވަޑައިގެން ބައްދަލުވެވޭނެ ޖާގައެއް ނެތް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
މި އަހަރުގެ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމް ކޯލިޝަނުންނެވެ. އެއީ ޖުމުލަ 18 ގޮނޑީގެ ތެރެއިން 11 ގޮނޑިއެވެ. އަދި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ހަ ގޮނޑި ކާމިޔާބު ކުރި އިރު، އެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ކާމިޔާބު ކުރެވުނީ އެއް ގޮނޑިއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާސިރު.
14 June 2021
ޖަގައިގެ ދަތިކަމާ ފާހަނަގެ ދަތިކަމާ ޓޮއިލެޓު ޕޭޕަރުގެ ދަތިވާހަކަ ދައްކަން އެމޑީޕީ މެންބަރުން ލަދުކޮބާ މިހުރިހާދުވަހު ބަގުޑިބައްދައިގެން ތިބެ އެކަން ހައްލު ނުވީ ކީއްވެ ބަލާބަލަ ހދ އަތޮޅުވެސް ފެށުނިއްސުރެ އެމްޑީޕީ ކައުންސިލު އޮތީ ކޮބާ ފަތުރުވެރިކަން މަސްވެރިކަން ދަނޑުވެރިކަން އެރަށު ޒުވާނުން އެތިބީ މަސްތުވާ ތަކެއްޗައްގޮސް ހަލާކުވެފަ ވަޒީފާޔަކީ ބަހާދަރު ބޯޓު ހުސްކޮއްގެން ލިބޭ 200 ރުފިޔާއައް ރެޑުބުލް ސިނގިރޭޓު ބުއިން
އަލިފުޅުބެއްޔާ
14 June 2021
މާޅޭ ސިޓީ ކައުންސިލް އިން އެއްވެސް ކަމެއް ނިންމަން ފާސްކުރާކަށް އެމްޑީޕީ އެއްވެސް ކައުންސިލާ އެއްގެ ބޭނުމެއްނެތް. 18 މެމްބަރުންގެ ތެރެއިން 12 މެމްބަރުންނަކި ޕީޕީއެމް. 6 ތިބޭނީ އެމްޑީޕީ. ތިމީހުންގެ އެއްވެސް ސަޕޯޓެއް ނުދިނަސް ސިޓީ ކައުންސިލުން ކަންތައް ކުރާނެ.
އިސްމާއިލް ސޯބިރު
14 June 2021
މުއިއްޒޫ ވިސްނައްޗޭ. އެދޭ އެއްބާރުލުމުގަ ފަހަތުގަ އަނދަވަޅެއްވެސް އޮއްނާނެ!
ާަަަރ
14 June 2021
ޢެހެންވެ ދޯ އެތިބީ ސެކިއުލާ ބިލާ ދެކޮޅަށް ސޮއި ކޮއްގެން
ރަދީފްއޮފިޝިއަލް
14 June 2021
އެއްބާރުލުން ނުދީފިނަމަ ތަމެން ފޮނުވާނީ މުޑިކާށި ހޮވަން.ހެހެހެހެ.ވ.ވެދުން
ފޫހި
14 June 2021
ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ތިޔަ އެމްޑީޕީއަކުން ނުކުރާނެ. ޙލކހުރި
އެކަރ
13 June 2021
އެއްބާރުލުންދޭން ބުނާނެނޫންތޯ ކުރިޔައް އޮއްރިއާސީ އިންތިހާބް އައް މިހާރު ކެންޕޭން ކުރަމުނަ ދާބަޔެއްތީ މާތްﷲ މިގައުމުމިއަނިޔަވެރިންގެ ކިބައިން ސަލާމަތް ކުރައްވާފާނދޭވް އާމީން ހުރިހާބޭފުޅުން ގިނަގިނައިން ދުއާ ކުރައްވާ އެހެންގޮތެއް ނެތް މާތްﷲ އާވަކީލް
އަފުލާތޫނު
13 June 2021
އަދިކިރިޔާ އެމްޑީޕީ ކުދިންނަށް މުއިއްޒު ކަންކުރާގޮތައް މުއިއްޒުކައިރީގަ އުޅެން ތިދަސްކުރީ. އަބަދުވެސް ދައްކާވާހަކަޔާ އިދިކީލަކޮށް ކަންކުރީމަ ހުންނާނީ ރަނގަޅަށް.
ހިރާފް
13 June 2021
ބަޔާނެއް ނެރެގެން ބުނަން ޖެހޭ އެއްޗެއްބާ.. އެމީހުނަށް ވޯޓް ދިނީ ވެސް ރައްޔިތުންނަށް ފައިދާއަށް މަސައްކަތްކުރާނެ ކަމަށްބުނެ ވައުދު ވުމުން..އިރުއިރު ކޮޅާ އެހެން ކިޔަންޖެހެނީ އެގޮތައް އެކަން ނުކުރާތީނު..
އެމްސް
13 June 2021
ރަޢި އްޔަތުން އެންމެ ބޭނުންވާ އޮތީ 2 ކަމެ އް! އެ އްކަމަކީ އަތްފޯރާފަށުގަ އޮތް ބޯހިޔާވަހިކަމެ އް، އަނެ އްކަމަކީ 2 ކޮޅުޖެހޭ އާމްދަނީ އެ އްގެ ވަޒީފާ އެ އް!