ޚަބަރު / ހިޔާ ފްލެޓްތައް

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން އަންނަ މަހު 14 ގައި

މާލެ: ޖޫން 24، 2020: ހިޔާ ފްލެޓުތައް މީޑިއާ އަށް ދައްކާލުން: ފްލެޓުތަކުގެ މަސައްކަތް 90 ޕަސެންޓް ވަނީ ނިމިފައި، މި އަހަރު ފަހުކޮޅު ފްލެޓުގެ ހައްގުވެރިންނަށް ފްލެޓުތައް ހަވާލުކުރެވޭނެ ކަމަށް އެޗްޑިސީން ބުނޭ. ކޮމާޝަލް ކަންތައްތަކަށް ގްރައުންޑް ފްލޯ ހާއްސަކުރުމުން 7،000 ފްލެޓްގެ އަދަދު މިހާރު ވަނީ 6،720 އަށް މަދުވެފައި.-- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް އަންނަ މަހުގެ 14 ވަނަ ދުވަހު އެ ތަންތަން ހަވާލު ކުރަން އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އެގްރީމަންޓުގައި ސޮއިކުރަން ފަށާނީ ޖުލައި 14ގައި ކަމަށެވެ. އަދި އެއް މަސް ތެރޭގައި ހުރިހާ އެގްރީމަންޓެއްގައި ސޮއިކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޗްޑީސީން އަޅުގަނޑުމެންނަށް މައުލޫމާތު ދޭ ގޮތުގައި އެގްރީމަންޓުގައި ސޮއިކުރަން ފަށާނީ 14 ޖުލައިވާ ދުވަހު،" މަބްރޫކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އިލެކްޓްރިކް މީޓަރު ހަރުކުރުމާއި އިމާރާތްތަކުގައި މެއިން ޕެނަލް ހަރުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން މިހާރު ކުރަމުންދާ ކަމަށެވެ. މީޓަރުތައް ހަރު ކުރުން ޖުލައި 16 ހިސާބުގައި ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ދެ ކޮޓަރީގެ ފްލެޓްތައް ހަވާލު ކުރާނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށް، އަދި ތަށިމުށި ވެސް ނުޖަހަ އެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

އެޗްޑީސީން ނިންމާފައި ވަނީ އެޕާޓްމެންޓުތަކުގެ އެ މަސައްކަތްތައް ނިންމުމަށް ތިން މަސް ދުވަސް ދިނުމަށެވެ. އެ ދުވަސްވަރު އެ ފްލެޓުތަކުން އެއްވެސް ފީއެއް ނުނަގާނެ އެވެ.

ފްލެޓުތަކުން މަހު ކުލީގެ ގޮތުގައި 25 އަހަރަށް ބަހާލައިގެން 7500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގަން ނިންމާފައިވެ އެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގަން ވެސް ސަރުކާރުން ނިންމާފައިވެ އެވެ.

ޑައުން ޕޭމަންޓެއް ދައްކަން ނުޖެހުނަސް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

25 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާމަސީލު

16 June 2021

ﷲގެ ރަސްކަންފުޅަށްޓަކާ ތިކަހަލަ ތާރީޚްތައް ނުކިޔާ. ސަރުކާރުން ތިމުއައްސަސާތަކުގަތިބި ވަކިބައެއްގެ ތިގުއިރޯނުގަ ޖެހޭތީވެ ހައިރާންވަން. ބަޔަކު މައުލޫމާތު ދިނުމުން ތިކަހަލަ ތާރީޚް މިނިސްޓަރު ދިނީމަ އަގުވެއްޓޭނީ ހަމަ މިސަރުކާރު. ތިޔަހެން ނަހައްދަވާ.

The name is already taken The name is available. Register?

ޑިމޮކްރަސީ

16 June 2021

މިކަހަލަކަމެއްއަދި ނުދެކެން ހިޔާ ފްލެޓްތައް ވަކިސަރުކާރަކުންއެޅީމަ އެތާގެ ފިނިޝިންވެސް ހަދާކަށްނުޖެހޭ އަގުވެސް ހިތައް އެރި އަގަކަށް ރައްޔިތުންގެ މާލީ ޙާލަތައްވެސް ބެލުމެއްނެތް އެތަންތަނަށް ވަންނަނީ ދިވެހި ރައްޔިތުންނެއްނޫންތޯ މީގެކުރީގެ ސަރުކާރުތަކުންވެސް ފްލެޓްއަޅާ ދެންއަންނަ ސަރުކާރުތަކުން އެފްލެޓްތައްނިންމާފަދީފަ އެހެރީ އެކަމު އެއީވަކިސަރުކާރަކުން އެޅި ފްލެޓް ތަކަކޭކިޔާފަ ހަތަރު ފާރެއްނޫންދެނީ ރައްޔިތުންނަށް އެފޯޑްކުރެވޭވަރަށްބަލާފަ އެހެރީދީފަ

The name is already taken The name is available. Register?

މުޙަންމަދު 3290

16 June 2021

އަންނަމަސް ކިޔާ މެހެއް މިހާރު އޮވޭ! ޖުލައި 2022 ގައި ކަމށް ލަފާ ކުރެވެނީ. މިނިސްޓަރަށް ވ. ސަލާމް

The name is already taken The name is available. Register?

ފާޠިން

16 June 2021

އެއްބަސްވުން ހަދާއިރުވެސް ބަލަންޖެހޭ ކަންކަމަށް ބެއްލެވުން އެދެން، އެކެއްގެނަމުގައި ދެތަން ހުރިތޯއާއި، ދޮގުމަޢުލޫމާތުން ވަޒީފާގެ ލިޔުންހުށަހަޅައިގެން 18-40 ގެ ބައިން ޝަރުޠު ހަމަކުރި މީހުން. އަހަރުމެން ވަޒީފާގެ މުއްދަތުކުރުވެ ޕޮއިންޓް މަދުވިއިރު އެއީ ސާބިތުވިނަމަ ޤާނޫނީ އަދަބު ލިބޭނޭ ލިޔެފައި އޮތްވާވެސް ސަރުކާރަކަށްނޭގެނޭ ބުނެ، ﷲއަށްވެސް ބިރުވެތިނުވެ، ދޮގުލިޔުންލައިގެން ދޮގުމަޢުލޫމާތުން، އަނެކާގެ ޙައްޤު ނުހައްޤުން ހޯދާފަ ތިބިއެތަށް ބައިވަރު މީހުން

The name is already taken The name is available. Register?

ތިކަން

16 June 2021

ހަގީގަތުގަ ތިޔަ ކަހަލަ ކަންކަމުގެ ޝަކުވާ އޮންލައިންކޮށް އެހެން މީހުންނަށް ހުށަހެޅޭނެ ފަސޭހަ ގޮތެއް އެބަ އޮންނަންޖެހޭ. ކަމާބެހޭ ފަރާތްތަކަށް އޮޅުވާލައިގެން ދޮގުހަދައިގެން ފްލެޓް ހޯދީމަ އެކަން ގާތުން އެނގޭ އެހެން މީހުންނަށް އެކަމުގެ މައްސަލަ ހުށަހެޅޭނެ ފަސޭހަ ގޮތެއް އޮންނަންޖެހޭ. ވަގު ލިއުން ހުށަހެޅީމަ އަދި ދިރިއުޅޭ ހާލަތޭ ކިޔައި އެހެން މީހަކު އުޅޭ ވީރާނާ ކޮޓަރިއެއް ދެއްކީމަ ކަމާބެހޭ ފަރާތަށް އަސްލު ހަގީގަތް ނޭނގިވެސް އޮވޭ.

The name is already taken The name is available. Register?

ރަމީސް

16 June 2021

08 އަހަރުވީ ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދާތާ.... އަދިވެސް ވާނުވާއެއްނޭނގޭ. މަސައްކަތް އެއްކޮށް ހުއްޓިފައި. ނިކަމެތިކަން ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް.

The name is already taken The name is available. Register?

އެމްސް

16 June 2021

ކެތް ކޮށްލާ، ހުޅުމާލޭ ފޭސް 2 ގަ އެހެރަ ފްލެޓްތައް އެހުރި ވަރެއްގަ ހުންނަތާ މިހާރު ކިތައް އަހަރު؟ ސްޓެލްކޯއަށް އެއުޅެނީ އެތަނަށް ކަރަންޓްވެސް ނުލެވިގެން! ކޮވެޑާއި ހެދި ކަމަށް ވަނީ! ދިވެހިން ކުރިއަރާނީ ދިވެހިންގެ ސްޕީޑްގަ، ސިންގަޕޫރު ސްޕީޑަކު ނޫން!

The name is already taken The name is available. Register?

ހުސެނންް

16 June 2021

އަންްނަމަސް މާދަމާ ކިޔާލަ ކިޔާލަ 3 އަހަރު ދުއްވާލީ... އުމުރުން ކުލިދައްކަން ޖެހުނު ހާދަ ގިނަ ދުވަސްތަކެކޭ...

The name is already taken The name is available. Register?

ހުސްނާން

16 June 2021

އަދި އަންނަ މަހަކުވެސް ނެތޭ ވަދެވޭކަށް. ފޮޓޯގެ ތިރީގައި ލިޔެފަ އެބައޮތް މި އަހަރު ފަހުކޮޅު ފްލެޓުގެ ހައްގުވެރިންނަށް ފްލެޓުތައް ހަވާލުކުރެވޭނެ ކަމަށް އެޗްޑިސީން ބުނޭ. ބުނާއެތި ދިމާނުވޭ ދުވަހަކުވެސް. އެގޮތުން މިއަހަރު ފަހުކޮޅޭ އޭގެ މާނައަކީ އަންނަ އަހަރު ފަހުކޮޅަށްވެސް ވެދާނެތާ

The name is already taken The name is available. Register?

މޯދީ

15 June 2021

ފުލޯތައް ހަދާފަހުރިގޮތުން ޔޯގާ ހަދާނެ ޖާގަ ނެތީމަ ވަރަށް ފޫހި.

The name is already taken The name is available. Register?

މިިމިމި މިހާލަތު

15 June 2021

އެގްރި މެންޓްގަ ސޮއިކުރިއަސް ތިތަނަށް ވަދެވޭނީ ހައެއްކަ މަސް ފަހުން.ވީ މާ ޖެނުއަރީ 2022 ފެށިގެން ކުލި ދައްކަންޖެހޭ ގޮތަށް ބަދަލުކުރަން ފެނޭ. ކޮވިޑް ގެ މިހާލަތުގަ ހައެއްކަހާސް އެޕާޓް މަންޓްގެ ފިނިޝިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދު މާ ފައިސާ ހޯދަން ވަގުތު ބޭނުންވާނެއެވެ. ކޮންސްޓްރަކުޝަން މަސައްކަތްކޮށް ތިއްބާ ކުޑަކުދިން ގޮވައިން ކިހިނެތް ދިރިާއުޅެން ދެވޭނީ.

The name is already taken The name is available. Register?

އަލިތުއްތު

15 June 2021

މީ ވަރަށް ދެރަވަރު ކަންތައްތައް. މި ސަރުކާރަށް ވޯޓް ދެވުނީތީ މިހާރު ދެރަވަން. ހިޔާ ފްލެޓް ލިބުނު އެންމެން 2023 ގަ ނިކުމެ ޕީ.ޕީ.އެމް އަށް ވޯޓްދޭންޖެހޭ. ޔަޤީން ތަފާތު ފެންނާނެ އޭރުން. ހީވަނީ މިވެރިން 20 ކަށް ހާސް ވޯޓް ބޭނުންނޫންހެން.

The name is already taken The name is available. Register?

ޒިއުކް

15 June 2021

އޭރުންތާ 16ގަ އީދު ބަންދު އައީމަ ހުއްޓާލާފަ އަނެއްކާވެސް އޯގަސްޓުގަ ފެށޭނީ ހައްތާވެސް ލަސްކުރެވޭނެ ގޮތްގޮތް ހޯދަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454