ޚަބަރު / ޝަޒައިލް ޝިޔާމް (އެމްޑީ، މޯލްޑިވް ގޭސް)

ޝަޒައިލްގެ ސަސްޕެންޝަން އުވާލައި އަލުން އެމްޑީއަކަށް

މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް: އޭނާގެ ވަޒީފާ މިހާރު ވަނީ ރުޖޫއަ ކޮށްފައި.

21 ޖޫން 2021 - 00:52

10 comments

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްްޗަށް އޭސީސީން ކުރި ކޮރަޕްޝަންގެ މައްސަލަ ސާބިތު ނުވުމުން، އޭނާގެ ސަސްޕެންޝަން އުވާލައި ވަޒީފާ ރުޖޫއަކޮށްފި އެވެ.

މޯލްޑިވް ގޭހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޝަޒައިލްގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުވެފައި ނުވާކަން އެ ކުންފުންޏަށް އޭސީސީން އަންގާފައިވާ ކަމަށެވެ. އެހެންވެ، އިއްޔެ އިން ފެށިގެން ޝަޒައިލްގެ ވަޒީފާ ރުޖޫއަ ކޮށްފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓުގައި އެމްޑީކަމަށް އައްޔަން ކުރެއްވި ޝަޒައިލް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން ގާއިމްކޮށްފައިވާ ޕޯޓަލް އަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އޮކްޓޯބަރު 15، 2019 ގަ އެވެ. އޭނާ މިވީ ދޮޅު އަހަރެއްހާ ދުވަހު ސަސްޕެންޝަނުގައި ހުންނެވީ މުސާރަ ނުހިނގާ ގޮތަށެވެ.

ސަސްޕެންޝަންގެ މުއްދަތުގައި، ޝަޒައިލަށް ތުހުމަތުކުރާ ދެ މައްސަލައެއް އޭސީސީ އަދި ފުލުހުން ބެލި އެވެ.

ޝަޒައިލްއާ ދެކޮޅަށް އޭސީސީ އަށް ހުށަހެޅި ރިޝްވަތުގެ މައްސަލަ ވެސް ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ތުހުމަތުކުރި މަނީ ލޯންޑްރިންގެ މައްސަލައިގައި ވެސް ހެކި ނެތުމުން ފުލުހުން އެ މައްސަލަ ވަނީ ފައިލްކޮށްފަ އެވެ.

ޝަޒައިލްއާ ދެކޮޅަށް ފެންމަތިވި ދެ މައްސަލަ އިން ވެސް ސަލާމަތްވިއިރު، އޭނާ އަބަދުވެސް ގެންދެވީ އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.

މޯލްޑިވް ގޭސް އަށް ގެންނަ ގޭސް ސިލިންޑަރުތަކުން ޝަޒައިލް ރިޝްވަތު ނަގާ ކަމަށް ބުނެ އޭސީސީން އެ މައްސަލަ ބަލަނިކޮށް، މަނީ ލޯންޑަރިންގެ މައްސަލައެއް ފާހަގަ ކުރެވިގެން އެކަން ބަލައި ދިނުމަށް ފުލުހުންނަށް ހުށަހެޅީ އެ ކޮމިޝަނުންނެވެ.

މިދިޔަ މާޗް 10 ގައި ފުލުހުން ޝަޒައިލް އަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ، މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ އަމަލެއް އޭނާގެ ފަރާތުން ފެނިފައި ނުވާތީ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.

10 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

20000

21 June 2021

ރާއްޖޭތެރޭގެ ރަށެއްގެ ސޮރެއް ނުވަތަ ގޮއްޔެއްނަމަ ބޮޑުތަނުން ސާބިތު ވެ މައްސަލަ ނިންމާލާނެ

The name is already taken The name is available. Register?

ބޮޑުމީހާ

21 June 2021

އިބޫ މިއުޅެނީ ގައުމެއް ހިންގާކަށް ނޫން. މައުމޫން ރުއްސައިގެން ގާސިމް ރުއްސައިގެން އިމްރާން ރުއްސައިގެން އުޅެންމިޖެހެނީ. ވެރިކަމުގަ ހުންނަން ވެގެން ރައްޔިތުން ތިބިކަން ހަދާން ނައްތާލައިފި. ޓްރާންސްޕޯޓަކީ މިކަމުގެ މިސާލެއް. މުޅި މިނިސްޓްރީ ބޮއްސުންލާފަ އޮތް އިރުވެސް ގާސިމްގެ އަންހެނުން ވީތީ ފިޔަވަޅެއް ނޭޅޭ.

The name is already taken The name is available. Register?

ޢިބޫ

21 June 2021

މިގައުމުގަ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ބެލޭތޯ؟

The name is already taken The name is available. Register?

ރާއްޖެ

21 June 2021

އޭސީސީއަށް ސާބިތުވާ މައްސަލަ ހުރޭތަ؟

The name is already taken The name is available. Register?

!!!!

21 June 2021

އަެ ސީ ސީގަ ތިނބި މީހުން ކުފޫ ހަމަވޭބާ! ސުވާލު އެފެދޭ!!!!

The name is already taken The name is available. Register?

ޖޯކަރ

21 June 2021

ކަލޭ ނުފެނިގެން އދ އިން އެބަ ހޯދާ. އެޑްވައިޒަރަކަށް

The name is already taken The name is available. Register?

ދެރަކަންކަން

21 June 2021

މި ހުންނަނީ ދެރަ ކަންކަން!

The name is already taken The name is available. Register?

ޒީރޯޓޮލެރެންސް

21 June 2021

ދެން ނެތެއްނު ބުނާނެ އެއްޗެއް!

The name is already taken The name is available. Register?

ވަޓްއަޖޯކް

21 June 2021

އޭސީސީއަކީ ކަންކަން ސާބިތު ކުރާއިދާރާއެއްނޫނެވެ. ޢެތަނުން ކުރާނީ ތުހުމަތެވެ. ތުހުމަތު ކުރެވޭ ކޮންމެ މައްސަލައެއް ތަހްޤީޤުކުރަންޖެހެއެވެ. ޢަދި ކޯޓަށް ފޮނުވަން ޖެހޭހޭނެއެވެ. ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ކޯޓުންނެވެ. މިއީ ނިޒާމު ތަރުތީބުކޮށްފައިވާގޮތެވެ. މިނޫންގޮތަކަށް ކަންކަން ދާނަމަ އިތުބާރެއްނުކުރެވޭނެއެވެ. އެހެންކަމުން މި މައްސަލާގައިވެސް ކަންގޮސްފައޮ ތިއޮތީ ބޮޑުންނަށް ބޮޑުގޮތް އޮންނަ އުސޫލުންނެވެ.

The name is already taken The name is available. Register?

ޙިނި

21 June 2021

ކުންފުނިތައް ހިންގާނެ ސިޔާސީ މީހުންގެ ދަފްތަރެއް ހަދަން ވީނުންތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454