މި ކުއްޖާ ރަހީނުކުރި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އާދީއްތަ ދުވަހު. މަރާލާފައި އޮއްވައި ފެނުނީ މޫދުން
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުއްޖާ މަރާލާފައިވާ އޮއްވައި ފެނުނު ސަރަހައްދު ބަންދުކޮށްފައި. -- ފޮޓޯ:/މިހާރު
22 ޖޫން 2021 - 06:41
އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވައި ރޭ މެންދަމު ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މި ކުއްޖާ ފެނުނީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން އެ ކުއްޖާ ހޯދަމުން ދަނިކޮށް، ރޭ މެންދަމުން އަލިވެ 2:30 ހާއިރު ކަމަށެވެ. އެ ކުއްޖާ ކުއްޖާ ފެނުނީ ހުޅުމާލޭ ދެ ވަނަ ފޭސްގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ހިސާބުން ކަރުތާފެނާ ހިސާބު މޫދުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުއްޖާ މަރާލާފައިވާ އޮއްވައި ފެނުނު ސަރަހައްދުގައި ފުލުހުން. -- ފޮޓޯ:/މިހާރު
މި މައްސަލާގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ރޭ ހައްޔަރުކޮށްފަ އެވެ.
ހާދިސާއާ ބެހޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ކުއްޖާގެ ހަށިގަނޑު ހޯދީ ރަހީނުކުރި މައްސަލައިގެ ތަހުގީގެ ތެރެއިން ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިން
22 June 2021
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އިސްތިއުފާ
ދެރަ
22 June 2021
މަސްތުގެވަބާއިން ގައުމުގެ ޅަދަރިންނ ޒުވާންޖީލު ސަލާމަތްކުރަންޖެހޭ
ޝަރީފާ
22 June 2021
ތި މައްސަލަ ގުޅިފައި އޮތީ ޑްރަގާ. ޑްރަގް އެޖެންސީ އިސްލާހުކޮށް އެތާގައި ތިބި ނާޤާބިލް ވެރިން ބޭރުކުރަން ސަރުކާރު ވަނީ ނުކުޅެދިފައި.
ފަޓާނީ
22 June 2021
ކޮބައިހޭ މޭޔަރ.....
ފިޓާނީ
22 June 2021
ކޮބާހޭ މަޖުލީހު ރައީސް
ދޯދި
22 June 2021
ކޮރޮޕްޝަނާ އި ޑުރަގު ވަބާގަ އި މިގަަ އުގެ ޖީލިތަ އް ފަނާވެގެން ދަނީ . ގަ އު މު ނެތިދާނެ ހާލަތަކަށް މިވަބާގެ ކަންތަ އް ވަނީ ފުޅާވެ ހަ އްދުން ނަ އްޓާލާފަ. ވެެ ރިން އާފިލު ކަން މަތީގަ
ފޮނިޓައްޕު ހަސަނު
22 June 2021
މިރާއްޖެއަކީ ކޮލަމްބިއާ އެކޭ މިހާރު މާކަ ބޮޑު ތަފާތެއް ނެތް. މިރާއްޖޭގެ މީހުން ނުކުރާ ނުބައި ކަމެއް އެހެން ތަނެއްގެ ބަޔަކު ވެސް ނުކުރާނެ. ގައުމުގެ ތަރައްގީއަކީ ބޮޑެތި އިމާރާތްތަކެއް ނުން ގައުމުގެ މީހުންގެ ވިސްނުމާއި، ދުޅަހެޔޮކަން އަދި އިގްތިސާދީ ފުއްދުން ތެރިކަން ކުރިއަރައިގެން ދިއުން. ގައުމުގެ މީހުން ނުބައި ނުލަފާވެ ވައްކަން ކުރުމާއި ފޭރުމާއި މީހުން މެރުން އާއްމު ވުމަކީ ގައުމުގެ ތަރައްގީ ފަހަތަށް ދިއުމުގެ ކުލަވަރު.
އަހަރުމެންގެ ޒުވާންޖީލު..
22 June 2021
ބޮޑު ސޯބު އެނބުރޭ ގޮތަށް ކުޑަ ސޯބުވެސް އެބުރޭނީ. އެކުދިން ބޮޑުވަމުން އައި ދުވަސްވަރުގައި މިއިވެނީ ނޫސްވެރިޔަކު ރަހީނުކޮށްގެން އުޅޭ ވާހަކަ އަކާއި އަދި އެނޫސްވެރިޔާ ކޮންމެވެސް ގޮތަކުން ކަނޑުފައްތާފައި އޮތް ވާހަކަ!
ދީމާހު
22 June 2021
ރައްޔިތުންނަށް ދިމާވެފައި މިފަދަ މައްސަލަތައް ހައްލުކުރަން އެއްވެސް ސަރުކާރަކުން މަސައްކަތެއް ނުކުރޭ. ވަކި ސަރުކާރެކޭ ކިޔާނެ ކަމެއް ނެތް. ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަށް ކުޑަވެސް ސަމާލުކަމެއް ނުދެވި މިދިޔައީ 2008 އިން ފެށިގެން. އޭގެކުރިންވެސް ރަނގަޅު ސިޔާސަތެއް ނިޒާމެއް ގާއިމު ނުކުރެވޭ. އަމުދުން ފަހަކަށް އައިސް އިސްކަން މިދެނީ ވެރިކަމާ ބަގުޑި ބައްދަން. ވެރިކަން ލިބުނީމާ ތާއަބަދު ވެރިކަމުގައި ތިބުމަށް.
އުމަރުބެ
22 June 2021
ވަރަށް ރަގަޅު ވާހަކައެއް. ގައުމު މިހާލަތައް ވެއްޓުމުގެ އަސްލަކީ ވެރިކަމާހެދި ގައުމު ފަސާދަކުރުން. އަބަދުވެސް އިދިކޮޅުގަ އޮންނަ ޕާރޓީ ބަލަނީ ފަސާދަކޮއްގެން ސަރުކާރު ވައްޓާލާފަ ވެރިކަމަށް އަންނަން. ޕާރޓީ އެއް ވެރިކަމަށް ހޮވާފަ އަނެއްދުވަހު އެ ސަރުކާރު ކަމުނުގޮސްގެން ހީވަނީ އެހެންކަމެއްހެން. ކޮންމެ މީހަކުވެސް އިސްކުރަނީ ގައުމަށްވުރެ އަމިއްލައެދުން.
ކަނޑުމަތިން
22 June 2021
ބޮޑެތިކުއްތައްކުރާ ކުދިން ކުއްވެރިންނައްވަނީ މައިންބަފައިން ނޫނީ ބެލެނިވެރިންގެ އިހްްމާލުން. އެހަމަ ދަރިން ތަރުބިއްޔަތުކުރުމުގެ މައްސަލަ. އެހަމަ ގަސްތުގަވާ އިހްްމާލު. ނޭގިގެން ހޭލުންތެރިކަން ނެތިގެންވާ ކާމެއް ނަމަ މީގެ 80 އަހަރު ކުރިން އުޅުނު މީހުންވެސް މީހުންމެރުން ކަހަލަ ކުއްތައް އާންމުކޮއް ކުރާނެތާ
އިމްނާ
22 June 2021
ވަކިމީހެއްގެ މައްސަލައެއްވީމާތަ ހުރިހާ ހަރެއް ކޮނެގެން ބަލަންވީ. މަޖިޅިހުގެ ހުރިހާ ކަމެއް ހުއްޓާލާފަ މިމައްސަލަބަލަން ގޮވާލަން އެކަން ނުކުރަންޏާ އިސްތިއުފާދީފަ ގޭގަ އޮވޭ. އޭރުން މާރަގަޅުވާނެ.