މަރާލާފައި އޮއްވައި ފެނުނު ކުއްޖާ މީގެ ދުވަސްކޮޅެއް ކުރިން ގެއްލިގެން ރިޕޯޓްކުރުމުން ފުލުހުން އާއިލާއާ ހަވާލުކުރި. ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ކުއްޖާއާ އެކު ހުޅުމާލޭގައި އުޅުނު
22 ޖޫން 2021 - 08:36
އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރައިލުމަށް ފަހު ހުޅުމާލޭ މޫދަށް އެއްލި މައްސަލައިގައި ހައްޔަރުކުރީ އެ ކުއްޖާއާ އެއްކޮށް އުޅޭ ދެ އެކުވެރިން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެ ފިރިހެންކުއްޖާ ރަހީނުކޮށް، މަރައިލުމަށް ފަހު މޫދަށް އެއްލައިލާފައި އޮއްވައި ފެނުނީ ރޭ މެންދަމުން އަލިވެ 2:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެންކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. އެ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި ދެ މީހުންނަކީ ވެސް އަބަދުވެސް އެއްކޮށް އުޅޭ ދެ މީހުންނެވެ. އެ ދެ މީހުން އެއްކޮށް އުޅޭ ތަން ބައެއް މީހުންނަށް ފެނިފައިވާ ކަމަށް ވެސް ވެ އެވެ. ހައްޔަކުރި ދެ މީހުންނާ އެކު ހުޅުމާލޭ ދެ ވަނަ ފޭސްގައި ވެސް އެ މީހުން އުޅުނު ކަމަށްވެ އެވެ.
ރަހީނުކޮށް، މަރާލާފައި އޮއްވައި ފެނުނު ކުއްޖާ ވެސް ދޭތެރެދޭތެރެެއިން ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރާ ކަމަށް އެ ކުއްޖާގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައި ދިނެވެ. އެ ކުއްޖާ ރަހީނުކުރި ކަމުގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭގެދެތިން ދުވަސް ކުރިން ވެސް އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމުން ހޯދައި އާއިލާއާ ހަވާލުކުރިކަން ވެސް ވަނީ އެނގިފަ އެވެ.
ރަހީނުކޮށް، މަރާލަފައި އޮއްވައި އެ ކުއްޖާ ފެނުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ހިސާބުން ކަރުތާފެނާ ހިސާބު މޫދުންނެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
24 June 2021
13 އަހަރުގެ ކުޑަކުއްޖާގެ އެކުވެރިއަކައް މިހިރީ 27 އަހަރުގެ ފިރިހެނެއް. ސަމްތިން އިޒް ރޯންގް
ޔަޒީދާ
23 June 2021
ހަމަ އެކަނި ސަރުކާރުގެ އިހުމާލުބާ؟ ކޮބާ ކުއްޖާގެ މައިންބަފައިން ކުއްޖާއަށް ދޭންވީ ތަރުބިއްޔަތު؟ އެހަަ ހަގު އުމުރުގެ ކުއްޖަކު ކީއްވެ އުމުރުން އެހާ ބޮޑެތިކުދިން ރަޙްމަތްތެރިންގެ ގޮތުގަ ގެންގުޅެނީ؟ ކޮންމެ މީހަކުވެސް ގޯސްކުރަންވީ އެ އިރެއްގަ އޮންނަ ސަރުކާރެއް. އެއީ އަދި ޙައްލެއްނޫން. ޤަޢުމު ގެ ޙާލަތު ހުރިހާ ގޮތަކުންވެސް ބަދަލުކުރަންޖެހޭ، ޢާއްމު ރައްޔިތުން ހޭލުންތެރިވެ ބެލެނިވެރިން ކުދިންގެ ކަންތަކުގަ ފުރިހަމައަށް ޒިންމާ ނަގަނޖެހޭ
ނަން!
24 June 2021
ބަޔަކު އުޅޭ ހާލަތެއް އެހެން މީހަކަށް ނޭންގޭނެ. ކުށްވެރިކޮށް ބަސް ބުނަން ވަރަށް ފަސޭހަވާނެ. ކިތައްމެ އާއިލާއެއްގައި ކައިވެނި ރޫޅުމަށްފަހު އަންހެނުން އެކަނި ދަރިން ބަލަން ޖެހޭ. ދިރިއުޅެވޭނެ ގޮތެއް ހޯދަން މަސައްކަތަށް ނުކުންނަންވެސް އެއަށްފަހު މަޖުބޫރުވެ. އެފަފަ ހާލަތެއްގައިވެސް އެ މަންމައަކަށް އެކެނި ދަރިންނަށް ދޭންވާވަރުގެ ސަމާލުކަމެއް ނުދެވޭނެ. މި މަރުގެ އެންމެ ބޮޑު ހިތާމަ ލިބޭ މީހުންނަށް ހާލަތު ނޭނގެނީސް އިނގިލި ދިއްނުކުރޭ.
އައިމިނާ
22 June 2021
ހުޅުމާލެ ގަ އުޅެނީ އެހެން ގައުމެއްގަ ފުލުހުންތަކެއްހެން ހީވޭ. ބެލޭކަމެއް އެނގޭ ކަމެއް. ނޯވޭ. ރިލުވާނުގެ މައްސަލަ ވެސް ދިޔައީ އެގޮތަށް. ލޮކްޑައުން އެއްގެ ތެރޭ.
އޮނަރަބްލް އަފީފު ދީދީ
22 June 2021
އެންމެބޮޑު އަތޮޅު އަދި ރާއްޖޭގެ އެންމެހޭލުންތެރި ތައުލީމީ މަސައްކަތްތެރިމީހުން ނިސްބަތްވާ ދެކުނު އަތޮޅެއްގެ ކުޑަކުއްޖަކު އޭނާގެ މައިންބަފައިންނާއިވަކިން މާދުރުގައިއޮތް ބީރަށްޓެހި ނުރައްކާތެރި ސްލަމްއެެއްފަދަ ރަށްގަނޑެއްގައި ދިރިއުޅެން މަޖުބޫރުވެގެންދިޔައީ ސީދާ މާލޭސަރުކާރުން ގެންގުޅޭ "އެއްރަށްދައުލަތް ސިޔާސަތުގެ ސަބަބުން" ކަމުގައި ދެކެން. # މިހާލަތު ބަދަލު ކުރުމަށްޓަކާ ރާއްޖޭގެ އުތުރާއި ދެކުނުގައި ވަސީލަތްތަކާއި ވަޒީފާގެ ފުރުސަތު ފުޅާކުރާންޖެހޭ.
އެމްސް
22 June 2021
ވަރަށް ރަގަނޅު ވާހަކަ އެއް!
މިނިމަލް
22 June 2021
ލާދީނީއޭ ގޮވާތީ މަޖިލީހަށް ބިލު ހުޝަހެޅީމަ ނިމުނީ، މިކަހަލަ ބޮޑެތި ކަންކަން ހައްލު ކުރާކަށް އެއްވެސް އަމަލެއް ނުކުރެވޭ. މީ ދެރަ ކަމެއް.
ޔަޒީދާ
23 June 2021
ހުރިހާ ކަމެއް އެއިރެއްގަ އޮންނަ ސަރުކާރާއި ޙަވާލުކުރުމުގެ ވިސްނުން ދޫކޮށްލާ ދަރިންގެ ޙާލަތު އެންމެ ރަނގަޅަށް އެނގެންޖެހޭ މައިންބަފައިން ކުދި ކުދި ދަރިންގެ ޙައްޤުތަކަށް ވިސްނާ އެދަރިން ގާތްކޮށްގެން ރިވެތި ތަރުބިއްޔަތެއް ދެވިފައިވާނަމަ އެ އުމުރުގެ ކުއްޖަކު ވީއްކލިގެން ގޮސް ކުއްޖާގެ އުމުރަށްވުރެ ބޮޑެތހި މީހުނާ ގުޅިގެނ އުޅުމަކީ ނާދިރު ކަމެއް، ރައީސަކަށް ނުވަތަ ސަރުކާރުގެ ފަންތިތަކުގަ ތިބޭ މީހުނަކަށް ނުދެވޭނެ އެކަން އެގޮތަށް ކުރާކަށް
ޟޫޜާ
22 June 2021
މަރައް މަރު ނޫނީ ހައްލެއް ނެއް
އެމްސް
22 June 2021
އޭގެ ކުރިއަށް އޮތީ ޢަދުލަށް ޙުކުމް ކުރުން، އިންސާފުވެރި ފަނޑިޔާރު ގެއެއް!
އޮނަރަބްލް އަފީފު ދީދީ
22 June 2021
އަކަކިލޯ މީޓަރު ހަމަނުވާ ކުޑަކުޑަ ރަށްގަނޑެއް ބެލެހެއްޓުމަކީ އެމަޒޯން ޖަންގަލި ބެލެހެއްޓުމަށްވުރެން ބޮޑު އުދަގޫ ކަމަކަށް ވެއްޖެނަމަ މިކަންކަން ހުއްޓުވޭނީ ކިހިނެއްތޯ. # ކޮވިޑް 19 ގެ ސަބަބުން މުޅި މާލެ ބަންދުކޮށް މާލެއިން ހުޅުމާލެއަށް ދިއުން ދަތިކަމަކަށްވެފައި އޮންނައިރު "ކުޅިސަމާސައަށް" މިކުދިވެރިން ދެރަށްދޭތެރޭދުއްވީ ކިހިނެއް ކޮންބައެއްގެ އިހްމާލުންތޯ؟ މޫދަށްއެރުން މަނާދުވަސްވަރެއްގައި މިކުދިން މޫދަށް އެރުނު އިރު މިކަން ބަލާނެ ބަޔަކުވެސް ނެތީތޯ؟
އެހިސާބު
22 June 2021
މޫދުގެ އެހިސާބަކީ މާ ގިނަ ބަޔަކު އަދި ގޮސް އުޅޭ ހިސާބެއް ނޫން. މަގުންދާއިރު ބީޗެއް ނުފެންނާނެ ކަމާކަންފަށާ ބީޗަށް ފޭބީމަ ނޫނީ. ރޭގަނޑު އެތަން ހީވާނީ އަނދިރި ގުޅައެއްހެން. ލޮކްޑައުންގަ އެހެންލާފަ ދާނެ މީހަކު ވަރަށް ނުވާނެ.
އެމްސް
22 June 2021
ސަރުކާރު މުވައްސަސާތަކުގެ މަސައްކަތް ފެށޭނީ ކަމެއް ރިޕޯރޓްކުރާ ހިސާބުން!
ޑރ ޝުޢައިބު
22 June 2021
މިކުއްޖާ ރަހީނުކުރީ ކޮންބޭނުމެއްގައިކަންވެސް މިރިޕޯރޓްގައި ހިމަނާލެއްވިނަމަ. ބަޔަކު ނުވަތަ މީހަކު ފޮރުވައިގެން ގެންގުޅުމަކީ ހަމައެކަނި ރަހީނު ކުރުން ކަމަށް ވިދާޅުވީމާ ކަމަކުނުދޭ. ރަހީނުކުރި މީހުންގެ ބޭނުންވެސް މިކަހަލަ ރިޕޯރޓެއްގައި ހިމެނުމީ ޚަބަރު ފުރިހަމަވުން. މީހަކު ރަހީނުކުރާނީ ކޮންމެސް ބޮޑުކަމެއް ބޭނުންވެގެން އެމަޤުޞަދު ޙާޞިލުކުރުމަށް. އެހެންނޫނީ ރަހީނު ކުރީއެކޭ ނުބުނެވޭނެ ދެއްތޯ.
އެމްސް
22 June 2021
ކުއްޖާގެބޮޑީ ފެންނަތަނުން ތިހުރިހާކަމެއް އެނގޭނެބާ؟
އޮނަރަބްލް އަފީފު ދީދީ
22 June 2021
އިޓަލީގެމައްޗަށް މާފިޔާޤުރޫޕު ވެރިވެ އަދި މެކްސިގޯގެ މަޝްހޫރު ޑްރަޤްޑީލަރ އެލް ޗާޕޯ ގޮމެޒް އޭނާ ދިރިއުޅުނު އަވަށްގަނޑާއި މުއައްސަސާތަކަށް ނުފޫޒުވެރިކުރިފަދައިން ދިވެހި ދައުލަތްވެސް މިފަދަ މީހުންގެ ބާރުގެ ދަށުގައި ވެފައިވާކަމުގެ އަލާމާތްތައް ފެންނަތާ އެތައް ދުވަހެއްވެއްޖެ. # މިފަދަ ޙަރަކާތް ތަކާއި ޤާނޫނާއި ޙިލާފު ބިދޭސިން އިތުރުވުމާއި އަދި އެމީހުނާއި ދިވެހިން ބައިވެރިވެ ހިންގާ ބައިނަލްއަޤުވާމީ ޖަރީމާ ތަކުގެ ސަބަބުން ރާއްޖެ ނުރައްކަލަށް ވެއްޓޭނެ.
ސަރުމީލާ
22 June 2021
އޮނަރަބްލް އަފީފު ދީދީ ތިވިދާޅުވީ ވަރައް ރަނގަޅު ވާހަކަޔެއް! އަޅުގަނޑު ދެކޭގޮތުގަ މާފިޔާ ގޭންގެއް ދަށުވީމަ ފެންނަ ހުރިހާކަމެއް މިގައުމުން އެބަފެނޭ
2021
22 June 2021
ޢަދިރި ދައުލަތޭ ކިޔަނީ މި މީހުންނަށްތަ؟ ހަރުކަށި މީހުން ކަމެއް ބާ؟