ލައިފްސްޓައިލް / ޓޫރިޒަމް

އައި ތަނެއް ނޭނގޭ ފްލޯޓިން ބްރޭކްފާސްޓް

ފްލޯޓިން ބްރޭކްފާސްޓެއް.

ފްލޯޓިން ބްރޭކްފާސްޓަކީ ޗުއްޓީގެ ހިތްގައިމުކަމާއި ޗުއްޓީ ހޭދަކުރާ ތަނުގެ ފެންވަރު ދައްކައިދޭ ހާއްސަ އެއްޗަކަށް މިހާރު ވަނީ ވެފަ އެވެ.

މިއީ ސީދާ ކޮން ތާކުން، ކޮން އިރަކު ތައާރަފުވި ހިދުމަތެއް ކަމެއް މިހާތަނަށް ކަށަވަރުވާކަށް ނެތެވެ. ޔަގީންވާ ކަމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގެ ރިސޯޓްތަކުގައި ވެސް ފްލޯޓިން ބްރޭކްފާސްޓްގެ މަގުބޫލުކަން ޓޫރިސްޓުން މެދުގައި ބޮޑުކަމެވެ. އަދި މިއީ ރާއްޖެ ވެސް ހިމެނޭ ގޮތަށް ވަރަށް ގިނަ ރިސޯޓްތަކުން މިހާރު ޕްރޮމޯޓް ވެސް ކުރާ ހިދުމަތެކެވެ.

ސީއެންއެއިން ގެނެސްދީފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން ފްލޯޓިން ބްރޭކްފާސްޓް ފެށުން އައި ގޮތް ކަށަވަރު ނުވިޔަސް މި ހިދުމަތް އެންމެ ފުރަތަމަ ތައާރަފުވި ކަމަށް ބުނަނީ ޓޫރިޒަމަށް މަޝްހޫރު، އިންޑޮނީޝިއާގެ ބާލީންނެވެ.

އޭގައި ބުނެފައިވާ ގޮތުގައި ފްލޯޓިން ބްރޭކްފާސްޓްގެ ހިދުމަތް ގިނައިން ދެނީ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓްތަކުންނެވެ. ހާއްސަކޮށް ޕްރައިވެޓް ވިލާތަކާ އެކު ވަކިވަކި ޕޫލްތައް އޮންނަ ގޮތަށް ތަރައްގީކޮށްދައިވާ ރިސޯޓްތަކުގަ އެވެ. އަދި ހަމައެއާ އެކު މި ހިދުމަތް އެންމެ އާންމީ ރާއްޖެ ކަހަލަ ޓްރޮޕިކަލް ޑެސްޓީނޭޝަންތަކުގަ އެވެ.

ފްލޯޓިން ބްރޭކްފާސްޓްގެ ހިތްގައިމުކަމަކީ ހެނދުނުގެ ނާސްތާ ނުވަތަ ހަވީރު ހާއްސަ ޓްރީޓް ޕޫލެއް ނުވަތަ ފެންގަނޑެއްގެ ތެރޭގައި އޮވެގެން ނަގާ އިރު ގުދުރަތީ ރީތި މާހައުލަށް ވެސް ގެއްލިފައި ހުރުމެވެ. ނޫ އުޑާއި ފެހިކަން ގަދަ ގަސްތަކާއި އަދި ތަފާތު އެކި ކުލަކުލައިގެ މާތަކުން ހިތަށް އުފާވެރިކަން ގެނެސްދޭ މާހައުލަކުން ހިތްހަމަޖެހުން ހޯދުމެވެ.

ސީއެންއެންގެ ރިޕޯޓްފައިވާ ގޮތުން އޭޝިއާ އާއި ޕެސިފިކް ގައުމުތަކުގެ ރިސޯޓްތަކުގައި ފްލޯޓިން ބްރޭކްފާސްޓްގެ މަގުބޫލުކަން ވަކިން ބޮޑެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ރާއްޖެ އާއި ތައިލޭންޑާއި ފިޖީ ހިމެނެ އެވެ.

ޓޫރިޒަމް ދާއިރާ އަކީ އަބަދު ވެސް ވަރަށް ވާދަވެރިކަން ބޮޑު އިންޑަސްޓްރީއަކަށްވާތީ ގައުމުތަކުން އަދި އެ ގައުމުގެ ރިސޯޓްތަކުން ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި އާކަންކަން ތައާރަފުކުރުމެވެ. އެގޮތުން ފްލޯޓިން ބްރޭކްފާސްޓަކީ މިހާރު ވަރަށް ބޮޑު ޓްރެންޑަކަށްވާތީ އެ ހިދުމަތް ދޭ ގޮތަށް ވެސް ގިނަ ތަންތަނުން މިހާރު ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.

އެކަމަށް ބޭނުންކުރާ ސާވިން ޓްރޭ ނުވަތަ ބާސްކެޓްގެ ބައްޓަމާއި ކާއެއްޗެހި އަތުރާ ގޮތާއި އެ އިތުރަށް އެ ޒީނަތްތެރިކުރަން ގަދަ ކުލަތައް ބޭނުންކުރުން އެއީ ކުރާ ކަންކަމެވެ. އޭގެ ތެރޭގައި ސާވްކުރާ އިރު ފްލޯޓިން ބްރޭކްފާސްޓް ޕެކޭޖްގައި މާމެލާމެއްޔާއި ކުދިކުދި ބައެއް ހަދިޔާތައް ވެސް އޭގެ ތެރޭގައި ހިމެނުން ހިމެނެ އެވެ.

މި ފަހަކަށް އައިސް ފްލޯޓިން ބްރޭކްފާސްޓްގެ ހިދުމަތްދޭ އިރު އެންމު އާން،މު އެއް ބައްޓަމަކީ ހިތުގެ ބައްޓަމަށް ހަދާއި ހުންނަ ޓްރޭތަކެވެ. ރާއްޖޭގެ ރިސޯޓްކުގައި މި ހިދުމަތް ދިނުމުގައި ތަފާތު އެކި ބައްޓަމުގެ ޓްރޭ ބޭނުންކުރާ އިރު، އޭގެ ތެރެއިން ރާއްޖެއާ އެންމެ ގުޅޭ ގޮތަށް ދެނީ ދޯނި ގޮތަށް ހަދާފައި ހުންނަ ޓްރޭތަކުގައި ދޭ ފްލޯޓިން ބްރޭކްފާސްޓެވެ.

ފްލޯޓިން ބްރޭކްފާސްޓް މިހާރު ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑެއްގެ ގޮތުގައި އޮތް އިރު، މިއީ އިންސްޓަގްރާމަށް ފޮޓޯ ލާން ޝައުގުވެރިވާ ޓޫރިސްޓުން އެންމެ ބޮޑަށް އިސްކަންދޭ އެއް ކަންތައްތަކެވެ. އެއާ އެކު އެފަދަ ފޮޓޯތަކަށް އެތައް ބައެއް ސަމާލުކަން ލިބި، ރިސޯޓްތައް އިޝްތިހާރުވެ އެވެ.

ރާއްޖެ ކަހަލަ، ޓޫރިޒަމަށް ބަރޯސާވެފައި އޮތް ގައުމަކަށް އަދި 90 ޕަސެންޓް ކަނޑު އޮތް ގައުމަކާ ފްލޯޓިން ބްރޭކްފާސްޓް ވަރަށް ގުޅެ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

23 June 2021

ދިނިޔޭގެ ވަގުތީ އަރާމާއި އުފާ ނޭދޭނެ އެއްވެސް އިންސިއަކު ނުހުންނާނެ އެވެ. ކުޑަހިނދުކޮޅަކަށްވެސް މިނިއުމަތަށް ޝުކުރުކުރި މީހުންގެ ތެރޭގައި މުޢުމިނު އަޅާނޫނީ ނުވާނެއެވެ. ނިޢުމަތްތަށް ދެއްވަނީ ތިބާގެ ހިތްހަމަޖެހިލުމާއި އެކު ހިތްފުރާލާށެވެ. ނަމަވެސް އެހިތަށް މަރުވެސް ހަނދުމަ ނެތިދެއެވެ. ޑްރީމްވާރލްޑް އެއްކަން ކާފިރު މީހަވެސް ދަނެހުންނައިރު ހިތާއި ސިކުނޑިއަށް އެކަން އިޙްސާސް ނުވަނީ އެ ދެގުނަވަން ބޭނުން ކުރަން ނޭންގޭތީވެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454