ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ ބައެއް މެމްބަރުން ކުރިން ބޭއްވި ބައްދަލުވުމަކަށް ފަހު މަަޝްވަރާކުރައްވަނީ. ކުޑަކުއްޖާއާއި މެދު އިދާރާތަކުން އަމަލުކުރި ގޮތް ބަލަން މިއަދު ނިންމި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 ޖޫން 2021 - 14:28
ކިޑްނެޕްކޮށް މަރާލައި، ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު ކުއްޖާއާ މެދު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަން ޖެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަަޖިލީހުގެ ހިއުމަން ރައިސްޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ކުޑަކުއްޖާގެ މަރާ ގުޅިގެން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިންތިފާގުން ނިންމީ އެ ޖަރީމާއާ ބެހޭ ގޮތުން ދައުލަތުގެ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ލިއުމުން ހޯދުމަށާއި މަރުވި ކުއްޖާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރިއާޔަތްކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުން އެކުއްޖާއާ މެދު އަމަލުކޮށްފައި އޮތް ގޮތް ބެލުމަށެވެ.
މައުލޫމާތު ހޯދާނީ ޕޮލިހާއި ޖެންޑާ މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންނެވެ.
ކޮމިޓީން ނިންމީ މުއައްސަސާތަކުގެ ވެރިންނާ އެކު ބައްދަލުވުމުގެ ކުރިން ރަސްމީ އިދާރާތަކުން ފުރަތަމަ މައުލޫމާތު އެއްކުރުމަށެވެ. އެއަށްް ފަހު ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިންނާ އެކު އަންނަ ހޮނިހިރުދުވަހު، ބައްދަލުވުމެއް ބާއްވަން ވެސް މިއަދު ނިންމި އެވެ.
ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ލިއުމުން އެއްކުރާ މައުލޫމާތު ލިބުނުހާ އަވަހަކަށް، އެ މައުލޫމާތާ ބެހޭ ގޮތުން ކޮމިޓީގެ މެމްބަރުންނާ މަަޝްވަރާކުރައްވާނެ ކަމަށެވެ. އެކަމަކު އެ މަޝް ވަރާތައް ބާއްވާނީ ނުރަސްމީކޮށެވެ.
ކޮމިޓީން މިއަދު ނިންމި އަނެއް ނިންމުމަކީ މަރާލި ކުއްޖާއަށް އެގޮތް މެދުވެރިވީ އެކުއްޖާ އުޅުނު ގޮތުން ކަމަށް ދޭހަވާ ގޮތަށް، ލިޔެ، ކުއްޖާގެ އަބުރަށް ހުތުރުވާ ގޮތަށް ޚަބަރު ފެތުރި މީޑިއާތަކުގެ މައްސަލަ ކަމާ ބެހޭ މުއައްސަަސާތައް މެދުވެރިިކޮށް ބެލުމަށެެވެ. އެގޮތަށް ޚަބަރު ފަތުރާފައިވާތީ ހުރިހާ މެމްބަރުންހެން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މާފަން އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ވިކްޓިމް އިތުރަށް ވިކްޓިމައިޒްްވާނޭ ގޮތަށް ބައެއް ނޫސްތަކުގައި ލިޔަމުން އަންނަ ކަމަށެވެ.
"ވިކްޓިމްގެ ސަބަބުން ދިމާވިކަމެއް ކަަމަށް ދޭހަވާ ގޮތަށް. ވަރަށް ވިޔާނުދާކޮށް އުޅޭ ކުއްޖެއް ކަމަށް ސިފަކޮށްް ދެން މިހެން ގޮސް ވަރަށް ފިނަ ނުރަނގަޅުވާހަކަތަކެއް، މަރާލާފައިވާ އެކުއްޖާއާ މެދުގައި ދައްކާފައި އެބަހުރިކަން އަޅުގަނޑުމެނަށް ފާހަގަވޭ ބައެއް މީޑިއާތަކުގައި،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެެއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ މައްސަލަ މީޑިއާ ރެގިއުލޭޓްކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، ފިޔަވަޅުތަކެއް ކަމަށެވެ. ކޮމިޓީގެ މުގައްރިރު ޖީހާން ވެސް ވިދާޅުވީ އެއީ އޭނާ ވެސް ވަރަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށެވެ.
މީގެ ކުރިން ވެސް އެފަދަ މައްްސަލަތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަމާލުކަމަށް ގެންނަން އޭނާ ހުށަހެޅުއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
22 June 2021
ކަމެއް ޖެހޭ އިރަށް ފޫގަޅާފައި ދުވާނެ. ނަތީޖާ ސުމެއް. އިންސާފު އޮތީ ވަޅުޖެހިފައި. އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި ވަޒީރަކު އެހުރީ ފިއްލުވާފައި. ރޯޔަލް ރޭޕުގެ މައްސަލަ ވީނުވީތަނެއް ނޭގޭ. މަޖިލިހަށް މިހާރު ކުރެވޭނެ މަސައްކަތަކީ ނަޝީދަށް " އިންސާފު ހޯދައިދިނުން":. މަޖިލިހުގެ ހުރިހާ ރިސޯސްއެއް އޮތީ އެކަމަށް. އާންމު ރައްޔިތުންނަކީ އިންސާފު ލިބެންޖެހޭ ބައެއް ނޫން
ބައްޔެެއް
22 June 2021
ދިވެހި މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި ތިޔަ މަޖުލީހުން ކުރާ މަސައްކަތްތާ ގުޅޭގޮތުން ރައްޔިތުން އެބަޖެހޭ ނިމުމެ މި މަޖުލީސް ވެސް ޖަވާބުދާރީކުރުވަން. މި މީހުންގެ ކަމަކީ އެހެން މީހުން އަމަލު ކުރި ގޮތް ބެލުން މުޅިންވެސް، ޒިންމާ އަދާވީ އޭރުންއެ.
އޮނަރަބްލް އަފީފު ދީދީ
22 June 2021
އިދާރާތަކޭނުކިޔާ ތިބޭފުޅުންގެންގުޅޭ "އެއްރަށްދައުލަތް ސިޔާސަތުބަދަލުކޮށް" ރާއްޖޭގެރަށްރަށުގައި މީހުނަށްދިރިއުޅެވޭގޮތްހެދުމަށްޓަކާ ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ހުރިހާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫސިޓީ ފަދަ ރަށްރަށުގައި ވަސީލަތް ޤާއިމްކޮށް ވަޒީފާ އުފައްދާ އިޤްތިސޯދީ ޙަރަކާތް ހިންގުމަށް ބަޖޭޑް ކަޑައަޅުއްވާ ހަމަހަމަކަން ޤާއިމްކުރޭ.
ާަޗާކޯލް
22 June 2021
ވައްކަ މާ، ކޮ ރޮޕްޝަނާ ޑު ރަގު ވަބާ މުޖުތަ މައުގައި ފެތު ރި އާން މު ވެފައިވަނީ މައިންބަފައިންނަށް ދަ ރިން ކޮންޓު ރޯލްކޮށް ތަ ރުބިއްޔަތު ކު ރޭވޭވަ ރަށްވު ރެ މާބޮޑަށެވެ. މިހާ ރު މިގައުމުގައި އެއްވެސް ފަންތިއެއްގެ ބަޔަކަށް އެބައެއްގެ ދަ ރިން މީގެ ވަބާތަކުގައި ނުޖެހި ރަނގަޅު ގޮތުގައި ބިނާ ކު ރެވިދާނެ ކަ މުގެ ގެ ރެންޓީއެއް ނޯންނާނެއެވެ. ގައު މުގެ ކަންތައްތައް ދަނީ ރަނގަަލު ކުއްޖަކު ހު ރު މަކީ އިއްތިފަަގެއްގެ ގޮތުގައި އެއީ ނަސީބެއް ކަ މަށް
ނުވާނެ
22 June 2021
އާއްމުންނަށް ރައްކާތެރި ކަމެއް ނުދެވޭނެ މިގައުމުގައި. މުސާރަ ކާލައިގެން އާއްމުން ޖޫރިމަނާ ކުރަން ތިބެނީ. އެވެސް ނިކަމެތިން
ރުޅި މަޑުމިތުރު
22 June 2021
ކިހާ ދެރަކަމެއް. ތިހިން އިދާރާތަކުގެ މައްސަލަ ބެލުމުގަ އަބަދު. އެކަމަކު ދުވަހަކުވެސް ކަމެއް ހައްލުވާތަނެއް ނާދޭ. އަހަރުމެންގެ އަތުން ބޮޑު މުސާރަ ކައިގެން އަމިއްލަ މަންފާއަށް ސިޔާސީ ކަންކަން ކުރިއެރުވުމުގަ. ނިކަން ތަންކޮޅެއް ސަމާލުކަމެއް ދީގެން ވަރުގަދަ ގާނޫނުތަކެއް ހަދާ ޑްރަގާ ގޭންގުތަކާ މިތަނުން ފޮހެލަން މަސައްކަތް ކޮށްބަލަ. ކަލޭމެންނަށްވެސް ސުވާލުކުރެވޭނެ ދުވަހެއް އަންނާނެކަން ހަދާން ބަހައްޓާތި!
އަލީއަލީ
22 June 2021
ސިދާތާ އިސްތުފާދީ. މެހް
ޒާހިދާ
22 June 2021
އިސްލާމީި ސަރީއަތުގައިވާ މަރުގެހުކުމާ ދެކޮޅުބަޔަކަށް މަރާލެވުނު ފުރާނަޔަކަށް ހޯދައިދެވޭނެ އިންސާފެއްނެތޭ،ނެތޭ، ދެން ބުނޭ ކުރީސަރުކާރޭ، ތިޔަތިބީ ސުޕަމެޖޯރިޓީދީފައޭ ވީކަމެއްނެތޭ އެއްކަމެސް މިގައުމުގެ އިސްލާމްތަކުން ރުޅިއެރުވުންފިޔަވާ
މާޒީ ތަކުރާރު ވަނީ
22 June 2021
އެމްޑީޕީ ވެރިކަމައް ގެނެސްގެން ވީ ފައިދާއެއް ނެއް. އިންޑިޔާއަ ހުރިހާ ފައިދާއެއް.
ބޮޑުމީހާ
22 June 2021
މިއަދު އިދާރާތަކުން އަމަލުކުރި ގޮތް ބަލާފަ، ކުއްޖާގެ ޕޯސްޓްމޯޓަމް ހަދާފަ ގަޑުތަކެއްގަ ލިޔެ ރިޕޯޓެއްގެ ސިފައިގައި ނެރުނީމަ ޒިންމާ އަދާކުރެވުނީތަ. މައްސަލަތަކުގެ ހަގީގީ ސަބަބު ނައްތާލަކަށް ނޫޅެވޭ، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދީބަލަ، ޒިންމާ އަދާ ނުކުރާ ވެރިން ހައްޔަރުކޮށްބަލަ، މާލެ ނޫންތަނަކަށް ތަރައްގީ ފޯކަސްކޮށްގެން އިންސާނުން ދިރިއުޅެވޭނެ މާހައުލެއް ހޯދާދީބަލަ