ހުޅުމާލޭ ފޭސް ދޭއްގައި ކުއްޖާ މަރާލާފައިވާ ސަރަހައްދު ފުލުހުން ބަންދުކޮށްފައި-- ފޮޓޯ: މިހާރު
22 ޖޫން 2021 - 13:59
މަރާލާފައި އޮއްވައި ހުޅުމާލޭ ދެ ވަނަ ފޭސް ސަރަހައްދުގެ މޫދުން ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމި ނަމަވެސް ޕޯސްޓްމޯޓަމް ހަދާނީ ކޮން ގައުމަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން ހޯދަމުން ދަނިކޮށެވެ.
ކުއްޖާ މަރާލުމަށް ފަހު ހަށިގަނޑު މޫދަށް އެއްލާލާފައި އޮއްވައި ފުލުހުން ހޯދައި އެ މައްސަލައާ ގުޅިގެން ދެ މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 17 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި ހައްޔަރުކުރި މީހުންނަކީ އެ ކުއްޖާގެ އެކުވެރިންތަކެކެވެ. މީގެ ކުރިން، އެ ކުއްޖާއާ އެކު އެމީހުން މަގުމަތިން ބައެއް މީހުންނަށް ފެނިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއަދު
24 June 2021
އިންސާނާ މަރުވެދިއުމުން އެހަށިގަނޑު ކޮށާމަށާ ހަދައިގެން ތިހޯދާހެކި ޝަރީޢަތަށް ޤަބޫލު ނުކުރާނަމަ ތިއީ ބޭކާރުކަމެއް
ކަކުނިބޯ
23 June 2021
ޢިންޑިޔާއިން ހުއްދަނުދީގެން ތިކަންވެސްނުވާނެ. ޢެމް ބީ ބީ އެސް ރާއްޖޭގައި ކިޔަވަދެނީ ޕޯސްޓްމޯޓަމް ބޭސިކް ގަޑަކާނުލާ ހަހަހަ. ޑެން މާލެ.އިން ހުޅުމާލެއއަށް ބޯޑީގެންގޮސް ހުޅުމާލޭގަބާއްވާލާފަ ކާފިޔުގަޑީގަ ގެނެސް ވަޅުލާ ޕޯސްޓްމޯޓަމް ހަދާލަފީމޭކިޔާފަަ. ޙާސްނުވޭ ދެތިންދުވަސްފަހުން ނޫސްތަކުންސް ސުރުހީ ގެއްލޭނެ. ޤީޠަމަތަށް ޖެހެންދެން މައްސަލަ އޮންނާނެ ތަހްޤީޤުގަ ނޯޑައުޓް
ބްލަޑް
22 June 2021
ކޮން ދިމާ އަކަށްތޯ މި ޤައުމުގެ މިސްރާބު މިހިރީ. ޔާ ألله މި ދިވެހި ފަސްގަޑުގައި އިންސާފު ގާއިމު ކުރައްވައިފާދޭވެ.
ޙިނި
22 June 2021
ޕޯސްޓުމޯޓަމް ރާއްޖޭގަ ހެދޭވަރު ކޮއްދީބަލަ... މިކަން ކުރެވޭ ވަރު ވެރިޔަކު މިރާއްޖެއައް އުފަންވާނީ ކޮން ކޮން ގަރުނެއްގައިބާ
ރަދީފްއޮފިޝިއަލް
22 June 2021
އެމްއާރްއައި މެސަންގަނޑެއް ވެސް ނުލިބިގެން ތިބީ 2017 އައިއިރުވެސް.ގައިމު ރާއްޖޭގެ ފިނޮޅެއް ވިއްކައިގެން ވެސް އޭގެ މެސަން ގަނޑެއް ގަނެލެވޭނެ ދޯ.ނަމަވެސް ކަންކުރުމުގެ ވައްޓަފާޅިއެއް ހިތްވަރެއް ވެސް ނެތް ބަޔަކު ވެރިކަމުގަ ތިބިއިރު ބެލީ ކާރި ގައުމަކުން އޭގެ އެއްޗެއް ހަދިޔާއެއްގެ ގޮތުގަ ލިބޭ ތޯ.ނަމަވެސް އެހެން ބަލަބަލާ ތިއްބާ ޔާމީން ކިޔާ ކުއްޖަކަށް ވެރިކަން ލިބި އެކަން ފުރިހަމަކުރީ އެބޭފުޅާ.ވ.ވެދުން.
ރަދީފްއޮފިޝިއަލް
22 June 2021
''ޕޯސްޓްމޯޓަމް ހަދަން ނިންމި ނަމަވެސް ޕޯސްޓްމޯޓަމް ހަދާނީ ކޮން ގައުމަކުން ކަމެއް ފުލުހުން ނުބުނެ އެވެ.'' އިންޑިޔާ ނޫން ގައުމަކުން ނުކުރާނެ ނޫން ތޯ.އެމްބަސީން އެޕްރޫވްކުރީމަ ދެން ކުރާނެ ކަމެއް ނޯންނާނެ.