އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ-- މިހާރު ފައިލް ފޮޓޯ
22 ޖޫން 2021 - 23:55
ރާއްޖޭގެ ސްކޫލުތަކުގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެހެން ބުނީ، އިންޑިއާގެ ކެރެލާ އިން ރާއްޖެ އަށް ފޮނުވާ ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު އައިސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރުމާއެކު، ބޮޑެތި ފާޑުކިޔުންތަކެއް ދިވެހި ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ. ފާޑުކިޔާ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ވަޒީފާ ނުލިބިގެން ދިވެހި ގުރުއާން ޓީޗަރުން އުޅޭއިރު، އެ ފުރުސަތު ދިވެހިންނަށް ނުދީ އިންޑިއާގެ ޓީޗަރުންނަށް ދޭން ނިންމި މައްސަލަ އެވެ.
އެ މައްސަލައިގައި ސަރުކާރު "ހޫނުފެނަށް" ވެއްޓިފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ، އަރަބި ކިޔަވަައިދޭނެ ފަސް ޓީޗަރަކާއި ގުރުއާން ކިޔަވައިދޭނެ ފަސް ޓީޗަރަކު ވެސް އިންޑިއާ އިން ގެނެސްފައިވާ ކަމަށާއި އެ މީހުން އަންނަނީ ނުވަ ސްކޫލެއްގައި ކިޔަވައިދެމުން ކަމަށެވެ. އެ މިނިސްޓްރީން ބުނާގޮތުގައި އެ 10 ޓީޗަރުން ރެކްރޫޓް ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.
ގުރުއާނާއި އަރަބި ކިޔަވައިދޭނެ ޓީޗަރުން ހޯދަން އިއުލާނު ނުކޮށްގެން ނުލިބުމުން، އެކި ގައުމުތަކުގެ ހައި ކޮމިޝަންތަކުގައި ޓީޗަރުން ހޯދުމަށް އެދުނު ކަމަށް މިނިސްޓްރީންް ބުނެ އެވެ. އެ އެދުމާ އެކު، އެ ޓީޗަރުން ރެކްރޫޓްކުރީ އިންޑިއާގެ ހައި ކޮމިޝަނުގެ ފަރާތުން، އެ ގައުމުގެ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ އިންޑިއާގެ ރެކްރޫޓުމެންޓް އެޖެންސީ، "ނޯކާ ރޫޓްސް" މެދުވެރިކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
"މި ޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން، މި ދާއިރާ އިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާ ވެސް ވާހަކަ ދެއްކެވި، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ ވަނީ މަސައްކަތް ކުރެވިފަ އެވެ،" މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
"ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެ ނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ވަނީ ބިދޭސީ މުދައްރިސުންނަށް ދެވިފަ އެވެ."
ގުރުއާނާއި އަރަބި ކިޔަވައިދޭނެ ބިދޭސީ ޓީޗަރުން ހޯދުި ނަމަވެސް އެ މަގާމުތަކަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
"އަދި ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރެވޭނެ އެވެ،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފިފު
24 June 2021
ބޭރު ޓީޗަރުގެ މުސާރަޢާ އި އެލަވަންސް ކެ އުން ނިދުން ބޭސް އަހަރު ޗު އްޓި ހުރިހާ އެ އްޗެ އް އެއ އްކޮ އް ޖުމުލަ ކިހާވަރެ އް ތޯ -/30000ދެ އްތޯ
މިނިސްޓަރަށް
24 June 2021
ދޮގު ހަދާނެ ކަމެއްނެތް. ދިވެހި ޓީޗަރުން ބައިވަރު. ތިޔައިން ސްކޫލަކުން ޓީޗަރަކު ހޯދަން އިއުލާނުކޮށްފިއްޔާ ޤާބިލު އެތަކެއް ޓީޗަރުންނެއް ކުރިމަތިލާ.
އުދުހޭ
23 June 2021
ޓިޗަރުން ބޭނުންވާކަން އޮތީ މިނިސްޓަރުގެ ހިތުގަ ދެއްތޯ؟ އިއުލާނުކުރުމެއް ޓީވީތަކަށް އަރާ އެވާހަކަ ދެއްކުމެއް ނޫސްބަޔާން ނެރުމެއް ނެތީތަ؟ ސިޔާސީކަމެއްވެއްޖެއްޔާ މިނިސްޓަރު ފުންމައިގެންދާލެއް ނިކަން އަވަސް. ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި އެހެން ނުވަނީ ކީއްވެތޯ؟
ވަކީލްް
23 June 2021
ތިޔަކަމުގައި ގޯހެއް ނޫޅޭނަމަ ތިޔަކަން ފުރަތަމަ އިއުލާންކޮށް ފޮނިކަނޑާނީ، ކަމަނާގެ މިނިސްޓްރީއާއި ހަވާލާދީ މިގައުމުގެ ނޫސްތަކުންނާއި ޓީވީއިންނެވެ. އެކަން ސިއްރުކޮށްގެން އުޅެނިކޮށް އެވެރިން އިއުލާން ކުރީއެވެ.
އަޒޫޒޫޒާ
23 June 2021
މިނިސްޓްރޫ ކޮބައިތޯ ކުރިން ކުރެއްވި އިއުލާން؟ ޢަދި ތިހެން އިއުލާންކޮށްގެން ނުލިބުނޭ ބުންޏަކަސް ނުނިމޭނެ. ވީ ނީޑް ޕްރޫފް. ތޭންކްސް
ދޮންފުތުކުޑޭ
23 June 2021
ކީއްވެގެންތޯ ޢަރަބި އިސްލާމީ ޤައުމުތަކުން ޤުރްއާނާއި ޢަރަބި ކިޔަވައިދޭނެ ޓީޗަރުން ނުހޯދީ. ސަޢޫދީ، މިޞްރު، ލީބިޔާ، ޤަޠަރު، ކުވައިތު، މެލޭޝިއާ، އިންޑޮނީޝިއާ ފަދަ ޤައުމުތަކުގައި ފެންވަރު ހުރި ޓީޗަރުން ނެތީތޯ؟ ވާގޮތް ވަރަށް ސާފު
ހަސަންޓޭ
23 June 2021
މިވެރިން ވެރިކަމުގެ ގޮނޑިތަކުގައި ވެޑުވިގެން މިތިބީ، އެވެރިންގެ ފައިސާގެ އެހީގަކަން އެނގެނީ ކިތައް ދިވެހިންނަށްތޯ؟. 800 ޑޮލަރުުގެ ލޯނު ފެސިލިޓީޒް ލިބުން ޝަރުތު ކޮށްފަ ވަނީ އޭގެ 10 ގުނަ އަނބުރާ ލިބޭގޮތައްކަން އެގެނީ ކިތައް ދިވެހިންނަށްތޯ؟
ބޮޑުމީހާ
23 June 2021
ސިޔާސީ ދާއިރާއަށް ތިކުރާ ޚަރަދު ތައުލީމާއި ސިއްޚަތަށް ކޮށްބަލަ. ގެއްލުމުގައި ހިންގާ ކުންފުނީގެ މެނޭޖަރަށް 60000 ހާސްރުފިޔާ. 1000 ދަރިވަރުން، ޓީޗަރުން، ބެލެނިވެރިން، ސަޕޯޓްސްޓާފުން ބަލަހައްޓާ ޕްރިންސިޕަލަށް 20000 ހާސްރުފިޔާ. ބިދޭސީ ޓީޗަރުންނަށް ފުޑްއެންޑްއެކޮމަޑޭޝަން ދިވެހި ޓީޗަރަށް 14000 ނުޖެހޭ. ނުވިތާކަށް އޯޓީ ދެނީ ގާނޫނާއި ޚިލާފަށް. ސިސްޓަމް ބަދަލެއް ނުކުރާނެ ސަބަބަކީ އިންޑިއާ ޓީޗަރުންގެންނަ އޭޖެންސީ މީހާއަށް ލިބޭ ލާރި ނުލިބޭނެތީ
ހަރުމު
23 June 2021
އިންޑިއާގައި 172 މިލިއަން މުސްލިމުން އުޅެ އެވެ. މި ދިވެހި ރާއްޖޭގައި އުޅެނީ 0.4 މިލިއަން މުސްލިމުންނެވެ. އިންޑިއާގެ މުސްލިމުންނަށް ވުރެ ދިވެހި މުސްލިމުން މާތް ކަމެއް އެގިފައި ނުވެ އެވެ.
ހަސަނު
23 June 2021
އިންޑިޔާ ޓީޗަރުން ގެނައުމުގާ މައްސަލައެއްނެތް.. އިނގިރޭސި ކިޔަވަންވެސް މިގެންނަނީ އިންޑޮޔާ ޓީޗަރުން.. އިންޑިޔާއަކީ ދުނިޔޭގަ 3 ވަނަ އަށް އެންމެ ގިނަ މުސްލިމުން އުޅޭ ގައުމު..