މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ޝަބާޝް މިތޫ" ގެ ޕޯސްޓަރު.

އަކްޝޭ ކުމާރަށް ކޮވިޑް-19 ޖެހިގެން މި އަހަރުގެ ކުރީކޮޅު ޝޫޓިން މެދުކަނޑާލި ގޮތަށް މަސައްކަތް ހުއްޓިފައި އޮތް ފިލްމު "ރާމް ސެތޫ" ގެ ޝޫޓިން މި އަހަރުގެ ސެޕްޓެމްބަރުގައި އަލުން ފަށަން ނިންމައިފި އެވެ.

އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕްރިތުވީރާޖް" ގެ ޑައިރެކްޓަރު ޑރ. ޗަންދުރަޕްރަކާޝް ދިވެދީ ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވާ "ރާމް" ސެތޫ އަކީ އަކްޝޭ އާކިއޮލޮޖިސްޓެއްގެ ރޯލު ކުޅޭ ފިލްމެކެވެ. މިގެ ބަތަލާއިންނަކީ ޖެކްލީން ފެނަންޑޭޒާއި ނުޝްރަތު ބަރޫޗާ އެވެ.

"ރާމް ސެތޫ" ގެ ޑައިރެކްޓަރަކީ އަބީޝެކް ޝަރުމާ އެވެ.

އަންނަ މަހުގެ 27 ގައި އަކްޝޭގެ "ބެލް ބޮޓަމް" ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު ހޯމަ ދުވަހުން ފެށިގެން އޭނާ އަންނަނީ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "ރަކްޝާބަންދަން" ޝޫޓްކުރަމުންނެވެ.

"ޝަބާޝް މިތޫ" އަށް އެހެން ޑައިރެކްޓަރެއް

އިންޑިއާގެ އަންހެން ކްރިކެޓް ތަރި މިތާލީ ރާޖްގެ ބައޮގްރަފިކަލް ޑްރާމާ "ޝަބާޝް މިތޫ" ގެ ޑައިރެކްޝަނާ ހަވާލުވި ރާހުލް ދޮލާކިއާ އަމިއްލަ ސަބަބުތަކާ ހެދި ފިލްމު ދޫކޮށްލުމުން އެއަށް އެހެން ޑައިރެކްޓަރަކު ހަމަޖައްސައިފި އެވެ.

ފިލްމުގެ ޑައިރެކްޝަނާ މިހާރު ހަވާލުވެފައި ވަނީ ނެޝަނަލް އެވޯޑްތަކެއް ހޯދާފައިވާ ސްރިޖިތު މުކަރްޖީ އެވެ. އޭނާ ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ޖާތިޝްވަރު"، "އޭކް ޖޭ ޗިލޯ ރާޖާ" އަދި "ގުންމަނީ" ހިމެނެ އެވެ.

"ޝަބާޝް މިތޫ" ގައި މިތާލީގެ ރޯލު ކުޅެނީ ތާޕްސީ ޕައްނޫ އެވެ. މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ތާޕްސީ ކްރިކެޓްގެ ގިނަ ތަމްރީނުތަކެއް ވެސް ހަދާފައިވެ އެވެ.

ކާތިކް އާ ފިލްމެއް އިއުލާންކޮށްފި

ކަރަން ޖޯހަރްގެ "ދޯނާސްތާ 2" އިން ވަކިކޮށްފައި ވަނިކޮށް، ޝާހްރުކް ޚާންގެ "ގުޑްބާއި ފްރެޑީ" އިން އަމިއްލަ އަށް ވަކިވި އެކްޓަރު ކާތިކް އާރިޔަން ސޮއިކުރި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ދެ ފިލްމުގެ ތެރެއިން އެއް ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މޯޝަން ޕޯސްޓަރާ އެކު ލޯންޗްކުރި ފިލްމުގެ ނަމަކީ "ސަތިއަނާރަޔަން ކީ ކާތާ" އެވެ. އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސަމީރު ވިދުވަންސް އެވެ.

މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމުގެ ބަތަލާގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.

ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކިގެ ތެރޭގައި "ދަމާކާ" އާއި "ބޫލް ބުލައްޔާ 2" އަދި ތެލެގޫ ފިލްމު "އާލާ ވައިކުންތަޕުއްރަމޫލޫ" ގެ ރިމޭކް ހިމެނެ އެވެ.

އުމޭޝް އަށް ތިން ފިލްމެއްގެ ޑީލެއް

ދާދި ފަހުން ނެޓްފްލިކްސް އިން ޕްރިމީއާކުރި ފިލްމު "ޕަގްލައިޓް" ގެ ޑައިރެކްޓަރު އުމޭޝް ބިސްޓް އެ ފިލްމު ގެނެސްދިން ޕްރޮޑިއުސަރުންނާ އެކު ތިން ފިލްމެއްގެ އެއްބަސްވުމެއް ހަދައިފި އެވެ.

އެގޮތުން އޭނާ ދެން ހަދާނެ ފިލްމުތަކުގެ ވެސް ޕްރޮޑިއުސަރުންނަކީ އެކްތާ ކަޕޫރާއި ގުނީތު މޮންގާ އެވެ. އުމޭޝް ހެދި އެއްބަސްވުމުގެ ދަށުން ތިން ފިލްމު ވެސް ޑައިރެކްޓްކުރާނީ އޭނަ އެވެ. އަދި އޭގެ ތެރެއިން ފުރަތަމަ ފިލްމު ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.

ސާނިއާ މަލްއުތުރާ މައިގަނޑު ރޯލު ކުޅުނު އުމޭޝްގެ "ޕަގްލައިޓް" އަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ބްލެކް ކޮމެޑީއެކެވެ. އެ ފިލްމު ޕްރީމިއާކުރީ މާޗް 26 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454