ދަރިވަރަކު ރިޕޯޓު ފޮތް ހިފައިގެން: ދަރިވަރުންނަށް ވާޗުއަލްކޮށް ރިޕޯޓު ފޮތްދޭނެ.-- ފައިލް ފޮޓޯ: މިހާރު
24 ޖޫން 2021 - 11:58
ދޮޅު އަހަރު ކިޔެވުމަށްފަހު، ސްކޫލުތައް ދޮޅު މަހަށް މިއަދު ބަންދުކޮށްފި އެވެ. މިއީ، ކޮވިޑާ ގުޅިގެން، ތައުލީމީ ނިޒާމަށް އައި ބަދަލުތަކާ އެކު، އަހަރުގެ މެދުތެރޭގައި ދިރާސީ އަހަރު ނިމުނު ފުރަތަމަ ފަހަރެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރިޕޯޓު ފޮތް ދޭނީ އޮންލައިންކޮށް ކަމަށެވެ. އެކަމަކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ދަރިވަރުންނަށް ފީޑްބެކް ދިނުމަށް ސްކޫލަށް ހާޒިރުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮވިޑު-19 ގެ ސަބަބުން މިދިޔަ އަހަރު ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމުން ދިރާސީ އަހަރަށް އެޑިއުކޭޝަން މިނިސްޓްރީން ބޮޑު ބަދަލެއް ގެނެސްފައި ވެ އެވެ. އެއީ، މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ހަ މަސް އިތުރުކޮށް، ކިޔެވުން ފަށާ ދުވަސްވަރު އަހަރުގެ މެދުތެރެއަށް ބަދަލުކުރުމެވެ. އެހެންވެ، މިއަދު މި ނިމުނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ފެށި ދިރާސީ އަހަރެވެ.
ބަލީގެ ހާލަތު ގޯސްވުމުން މާލެ ސަރަހައްދުގެ ސްކޫލުތަކުގައި މި އަހަރު ގިނައިން ކިޔަވައިދީފައި ވަނީ އޮންލައިންކޮށެވެ. އާއްމު ހާލަތުގައި އޮތް ރަށްރަށުގައި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދީފައި ވެ އެވެ.
After a long academic year 2020-2021, we’re finally ready to enjoy a well deserved holiday. Thank you for all the support we received during this extraordinary school year.
— Finland International School (@finlandschoolmv) June 24, 2021
We’ll be together again. pic.twitter.com/HDA3BayOEH
މިހާރު ހަމަޖައްސާފައިވާ ގޮތުން، މި އަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އަންނަ އޮގަސްޓް 10 ގަ އެވެ.
މިނިސްޓްރީން އާއްމުކޮށްފައިވާ ދިރާސީ އާ އަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މިޑްޓާމް ބަންދެއް ލިބޭނީ އަންނަ އޮކްޓޯބަރުން 17 އިން ފެށިގެން އޮކްޓޯބަރު 21 އަށެވެ. އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށްފަހު ޑިސެމްބަރު 23، 2021 ގައި ސްކޫލުތައް ބަންދުވާނެ އެވެ.
ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގަ އެވެ. އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި މިޑްޓާމަށް ސްކޫލުތައް ބަންދުވާނެ އެވެ. އެއަށްފަހު އަންނަ އަހަރުގެ ޖޫން 30 ގައި ދެ ވަނަ ޓާމަށް ބަންދުވާނެ އެވެ. މަސް ދުވަހުގެ ޗުއްޓީއަކަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 7، 2022 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިޔާ
24 June 2021
މާލޭ ދައުލަތަށްޓަކައި ބަލިނެތްރަށްރަށުގެ ދަރިވަރުންނަށް ތަކުލީފުތަކެއްޖައްސައި އުމުރުން ދުވަސްތަކެއް ބޭކާރުކޮށްފި.
ޖުރުހުމް
24 June 2021
ހޫނު މޫސުން، އުހުނ..ދި ވެހިން ކިޔަން ވާނީ އިރު ވައި މޫސުން!! އިރު ވައި މޫސުމުގެ ބަންދެއް އިތުރު ކުރަން ފެނޭ!! ދެމަސް ދު ވަހުގެ ޗުއްޓީއަކަށް ހަދަން ފެންނަނީ!!
ފަލަ
24 June 2021
ވަރައް ބޮޑު ކުރިއެރުމެއްތީ.