މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، އެއްވުމެއްގައި ވާހަކަދައްކަވަނީ. ފޮރިން ސާވިސް ބިލުން އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތްކުރަން އުޅޭ ކަމަށް އޭނާ ތުހުމަތުކުރެއްވި
28 ޖޫން 2021 - 13:40
ވަކި ހިދުމަތެއްގެ ގޮތުގައި ރާއްޖޭގެ ފޮރިން ސާވިސް އުފައްދަން ސަކާރުން ހުށަހެޅި ބިލުގައިވާ މާއްދާއަކާ މެދު މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދު ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
މަޖިލީހުގައި މިހާރު ކުރިއަށް ގެންދާ ބަހުސްގައި ސައީދު ތުހުމަތު ކުރެއްވި ގޮތުގައި ފޮރިން ސާވިސް ބިލުގެ ހަތަރުވަނަ މާއްދާގެ (ހ)ގައި، ބިލުގެ މަގުސަދެއްގެ ގޮތުގައި "ސަރަހައްދުގެ ރައްކާތެރިކަން"، މި އިބާރާތް ހިމަނާފައި ވުމަކީ ނުރައްކާތެރި ކަމެކެވެ. އެ މާއްްދާ އޭނާ މާނަކުރެއްވީ އެއީ ސަރަހައްދީ ގައުމުތަކުގެ މަސްލަހަތު، އެ ގާނޫނަށް ވައްދަން ހިމަނާފައިވާ މާއްދާއެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ ރާއްޖެ އަކީ ރާއްޖޭގެ އެއްގަމާއި ކަނޑުގެ ސަރަހައްދު ކަމަށް ވާއިރު، ރާއްޖޭގެ އިތުުރުން ސަރަހައްދުގެ ވާހަކަ އޮތް އޮތުމަކީ އެހެން ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން ކޮށްފައިވާ ކަމެއް ކަމަށެެވެ.
"ދިވެހިރާއްޖެއަކީ ދިވެހިރާއްޖޭގެ އީއީޒެޑާއި ރާއްޖެ އަށް އދ. ގައި ރެޖިސްޓާ ކުރެވިފައި އޮންނަ ސަރަހައްދާއި ހުރިހާ ކަނޑާއި، އެއްގަމާ ވަޅާއި ވަޅު ފަދަ ތަންތަން ހިމެނޭ ގޮތަށް، ރައްޔިތުން ހިމެނޭ ގޮތަށް. އޭގެ އިތުރަށް ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުން އަންނާތީ އަޅުގަނޑު ކަންބޮޑު ވަނީ،" ސައީދު ވިދާޅުވި އެވެ.
އޭނާ އެގޮތަށް ވާހަކަ ދައްކަވަން ފެއްޓެވުމުން، މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އޭނާ އަަށް ރައްދު ދެއްވި އެވެ. ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ފުރުސަތު ހޯއްދަވައިގެން އާޒިމް ވިދާޅުވީ ބިލުގައި "ސަރަހައްދު" ކަމަށް ބުނެފައި އެވަނީ ރާއްޖޭގެ ސަރަހައްދުކަން ސައީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެނޫން ގޮތަކަށް މާނަކުރެއްވުމަކީ ކަނޑައެޅިގެން އޮޅުވައިލެއްވުން ކަމަށެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ބިލުގައި "ސަރަހައްދުގެ ރައްކާތެރިކަން" ކަމަށް ބުނެފައި އެވަނީ އެހެން ބައެއްގެ ސަރަހައްދުގެ ވާހަކަ ކަމަށް ސައީދު ވިދާޅުވީ ބިލާ ގުޅުވައިގެން ފިތުނަ އުފައްދަން ކަމަށެވެ.
"ރާއްޖޭގެ މި ކަނޑުގެ ސަރަހައްދު ހިމެނޭހެން ލިޔެފައި އޮތް އިބާރާތެއް، ސަރަހައްދީއޭ ކިޔައިގެން އެހެން ގައުމުތަކުގެ ސަރަހައްދަށް ފުޅާކޮށްގެން ހަމަ ގަސްދުގައި މީގެ ތެރެއިން ފިތުނައެއް އުފައްދަވަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ވާހަކަ ދައްކަވާތީ އަޅުގަނޑު ކަންބޮޑުވޭ،" ވައްޑެ ވިދާޅުވި އެވެ.
ފޮރިން ސާވިސް ބިލާ ބެހޭ ގޮތުން ސައީދު ފާޅުކުރެއްވި އަނެއް ކަންބޮޑުވުމަކީ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމުގައި ފޮރިން މިނިސްޓަރަށް ދީފައިވާ ބާރުތައް ގިނަ ކަމުގެ ކަންބޮޑުވުމެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ވެސް ވިދާޅުވީ ކޮމިޓީ މަރުހަލާގައި އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑިނޭގޭ
28 June 2021
ތިއީ ހަމަ ޔަގީނުންވެސް އިންޑިއާއިން މިގައުމުގައި ކުރަން އުޅޭ ނުކިއްސަރު ކަންކަން ފޮރުވަންވެގެން މިގައުމުން އެއްބާރުލުންލައިދޭންވެގެން ކުރާ ކަމެއް.
ބެސްޓު
28 June 2021
ޝާހިދަކީ ހާދަ ގަދަ ފޯވަޑެކޭ ދޯ! އިބޫ އާއި އަންނި ފެކްޝަން ކޯޅެން ތިއްބާ ޝާހިދު އެދަނީ ބާރަށް ކުރިއަށް. އިންޑިޔާގެ ވެސް ފޭވަރިޓްއަކީ ޝާހިދޭ ކިޔާ އަޑު އިވޭ.
ލެސްޓް
28 June 2021
ފޭވަރިޓޭ އެކަނި ކިޔާ އަޑުތަ އިވެނީ. ޕަޕެޓޭ ގިނައިން ކިޔާ އަޑު އިވެނީ.
ތެދު
28 June 2021
އަސުލުގަވެސް ފޮރިން ސާވިސްއޭ ކިޔައިގެން ޝާހިދު ވަކި ދައުލަތެއްހިންގާ ދައުލަތުގެ ދެބައިކުޅަ އެއްބައި ހަރަދުކުރަންޖަހާ ހީލަތްތެރި މަޅިއެއް. މިއީ ކުޑަ ގައުމެއް. ޢެމެރިކާ އާއި ޗައިނާއާއި ރަޝިޔާ ފަދަ މުޅިދުނިޔެ ބަލަހައްޓާ ފެންވަރުގެ ބައެއްނޫން. ފެންވަރުން އުޅެން ދަސްކޮށްބަލަ. ދަރާވިކެނިއްޔޭ. ޢަދިވެސް ހަރަދުތަ ބޮޑުކުރަންވީ. މިހާރުވެސް އެތަށް ބޭކާރު އެމްބަސީ އެބަހުރި.
ފާޓުފުޅާ
28 June 2021
ސައީދަށް މިހާރު ދެން ހީވާނީ ފާރުބުނޑުން ދާހެން
އަބްޑޫޅް
28 June 2021
ރާއްޖޭގެ ސަރަހައްދުގެ ރަޖިސްޓަރީ ދޫކޮށްފަ އޮތީ ޔޫއެން ސިޓީ ކައުންސިލުންތަ؟ ބަންޑާރަ ގޯއްޗެއްގެ ގޮތުގަތަ ރަޖިސްޓަރީ ހަދައިދިނީ؟ ރަޖިސްޓަރީގް އިނގިލީގެ ލިސާން ވެސް ޖަހާލަން ފެނޭ.
ނެތީމޭނެތީމޭ
28 June 2021
މީ ސީދާ އިންޑިއާގެ އެމްބަސޭ އަތުން ކަޓް ޖައްސައިގެން އިންޑިއާ އަށް ރާއްޖެ ވިއްކާލަން ވެގެން އެމްޑީޕީން ކުރާ މަކަރާއި ހީލަތުން ފުރިގެންވާ ކަމެކޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ...
ޖީބު
28 June 2021
މިނިސްޓަރުގެ ޕަޕަޓް މެމްބަރުން ނިކުމެ ތިގޮތަށް ތެޅޭނެ ސައިދުވާހަކަ ބަރާބަރު ތިއުޅެނީ މިނިސްޓްރީތެރޭގައި ގޮށްމުށުގެ ބާރު ހިންގަން ޖަރީމާ ހިންގަން ތިގޮތަށް ހެދީމަ ދަަތުރުފުޅަށް ދާ ހަރަދު ނޭގޭނެ ކަމަށް އެތަނަށް ސިޔާސީ މީހަކު ލީމަ ނިމުނީނުން މިއަދު ބާރު އޮތީމަ ތިޔަހެން ހެދި ދާނެ އެކަމަކު ފަހުން އުފުލަން ޖެހޭ ތަކުލީފު ބޮޑުވާނެ މިހާރު ހުރި މިނިސްޓަރުގެ ޖީބު ބޮޑުކުރަން ކުރާ ކަމެއް ތިޔައީ