މެޑިކަލް ފެސިލިޓީގައި، ބަލި މީހަކަށް އޭނާގެ އެހީތެރިޔާ އަނިޔާކުރަނީ.-
29 ޖޫން 2021 - 16:01
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހަކަށް އަނިޔާކުރި ބިދޭސީމީހާއަށް މިއަދު ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ކޮވިޑް ފެސިލިޓީގައި މެއި 26، 2021 ގައި ބަލިމީހާގެ ގައިގައި، އޭނާގެ އެހީތެރިއެއްގެ ގޮތުގައި އާއިލާއިން ހަމަޖެއްސި ބަންގްލަދޭޝްގެ ޝަރިފް ހާން ޖެހުމުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާކޮށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ޝަރިފް ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން، ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
އުމުރުން ގާތްގަނޑަކަށް 36 އަހަރުގެ އެ މީހާ އަކީ އުފަންވި އިރު ވެސް ހިނގައިބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުގައި ވެސް ދަތިތަކެއް ހުރި މީހެކެވެ. މި ޒުވާނާ އުފަންވުމުގެ ކުރިން ބައްޕަ ނިއާވެެފައި ވާއިރު މަންމަ އަންނަނީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.
އެ ބަލިމީހާގެ ކަންކަން ވީހާ ވެސް ރަނގަޅަށް ކުރުމަށް، އެހީތެރިއެއްގެ ގޮތުގައި ބިދޭސީމީހާ ގެނައީ މީގެ އަހަރެއް ކުރިންނެވެ.
ފެސިލިޓީގައި ބަލިމީހާއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާއެކު އެ ބިދޭސީމީހާ ހައްޔަރުކުރި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބަލި މީހާގެ މޫނުމަތީގައި ބާރަށް ޖެހުމާ އެކު އެ މީހާ ރޯން ފަށަ އެވެ. އޭނާ ރޯން ފެށުމުން އޭނާއާ ދިމާލަށް ބާރަށް އެއްޗެއް ބުނެ، އިންޒާރު ދޭ ތަން ވެސް ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް3422
29 June 2021
ދިވެހިންނަށް އަނިޔާ ކުރާނީ ދިވެހިން. ކޮންމެހެން ބަންގްލަދޭޝް މީހުންނާ އިންޑިޔާ މީހުން މިކަން ކުރަން ހަދާނެކަމެއްނެތް.
އެމްސް
29 June 2021
ދެން ރާއްޖޭގަ ތިބި އެންމެ މަޝްހޫރު ވަކީލުން ނިކުމެ އިސާހިތަކު އޭނާ ދިފާޢުކޮށްލާނެ، އެކަމަކު ލާރި ހުރެގެން ވާނީ!
ކޮރަލް
29 June 2021
ބިދޭސިން ގެ މައްސަލަ ތަކުގަ ހައްލަކީ ޑިޕޯޓް ކުރުމެވެ. ތަހުގީގު ނިމެންދެން ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ. ގިނަ ފަހަރު ހުކުމަކަށް ނުގޮސް ބަޔަކުގެ ނުފޫޒުން ދޫވެ އެވެ.