ރިޕޯޓް / ދައުލަތުގެ ބަޖެޓް

2017ގެ ބަޖެޓް، ރައްޔިތުންގެ ގޮވުމަށް އިޖާބަ ދޭތަ؟

ފިނޭންސް މިނިސްޓަރު މުނައްވަރު މި މަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ. -- ފޮޓޯ: މަޖިލިސް

ދައުލަތުގެ ބަޖެޓަކީ އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތާއި ހަރަދު ކުރާނެ ގޮތުގެ ތަފްސީލީ ބަޔާނެކެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި އިދިކޮޅު އަޑު އުފުލަން ފެށުމުގެ ކުރިން، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓާ މެދު މަޖިލީހުގައި މާ ބޮޑު ދެކޮޅުހެދުންތަކެއް ނޯވެ އެވެ. މަޖިލީހުގެ ތެރެއިން ބަޖެޓަށް ބަދަލެއް ގެނަޔަސް ގެންނާނީ ސަރުކާރުން ބޭނުންވާ ބަދަލެކެވެ.

ނަމަވެސް މިހާރުގެ ސިޔާސީ ހަގީގަތަކީ ސަރުކާރުން ކޮންމެ ކަމެއް ކުރިޔަސް އަދި ކުރަން އުޅުނަސް އެކަމާ ދެކޮޅަށް ވެސް އަޑު އުފުލާނެ ކަމެވެ. އަންނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ ވަގުތު ކުޑަތަން ވެފައިވާ އިރު، މަޖިލީހުގައި މިހާރު ވެސް ހިނގަނީ އެ ބަހުސެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކިތަންމެ ފޯރީގައި ބަހުސް ކުރެއްވިޔަސް، ބަޖެޓްގެ ހަގީގީ މަސައްކަތް ހިނގާ ތަނަކީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އެވެ. ސަރުކާރުން މަޖިލީހަށް ފޮނުވާ ބަޖެޓް ރަނގަޅަށް ދިރާސާކޮށް، ގައުމުގެ އިގްތިސާދީ ހާލަތާ އަޅާކިޔައި މާލީ ފުދުންތެރިކަމުގެ ތިލަފަތުން ކިރުމަށް ފަހު، ބަޖެޓަށް ބަދަލު ގެންނަން ޖެހޭ ނަމަ ގެނައުމަކީ އެ ކޮމިޓީގެ އެންމެ ބޮޑު ޒިންމާ އެވެ.

ނަމަވެސް ސުވާލަކީ ބަޖެޓް ދިރާސާކުރާ ކޮމިޓީން އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރޭ ހެއްޔެވެ؟ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓާ ބެހޭ ގޮތުން މަޖިލީހުގައި އިއްޔެ ކުރި ބަހުސްގައި ވެސް ބައެއް މެމްބަރުން ވަނީ އެކަމާ ސުވާލު އުފައްދަވައިފަ އެވެ.

އެ ގޮތުން، އެ ކޮމިޓީ އަކީ "ބަޖެޓް ދިރާސާކުރާ ކޮމިޓީއެއްތޯ ނުވަތަ ބަޖެޓް ބަލާ ކޮމިޓީއެއްތޯ"، މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ސުވާލު ކުރެއްވި އެވެ. އަދި އެ ކޮމިޓީގެ ޒިންމާއަކީ ބަޖެޓްގައި ހިމެނޭ ޕީއެސްއައިޕީގެ ބައިތައް ބަލައިލުންތޯ ނުވަތަ މުޅި ގައުމަށް ބަޖެޓްގެ ސަބަބުން ފޯރާނެ އަސަރުތައް ބެލުންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި ކުރިއަށް ދަނީ

އޭނާ ވިދާޅުވީ ބަޖެޓް ދިރާސާކުރާ ކޮމިޓީއެއް ނަމަ، ބަޖެޓް ރޭވިފައި ހުރީ ކިހިނެއްތޯ އާއި ތަރައްގީގެ މަޝްރޫއުތައް އެއް އަހަރުން އަނެއް އަހަރަށް ހިޖްރަކުރަމުން ދަނީ ކިހިނެއްތޯ ވެސް ބަލަން ޖެހޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި އެއް ކަމަކީ ބައެއް ދާއިރާތަކަށް މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓްގައި ހިމަނާފައި ހުރި ކަންތައް، މިހާތަނަށް ވެސް ފުރިހަމަ ނުވާ އިރު، އަންނަ އަހަރަށް ލަފާކުރި ބަޖެޓްގައި އެ ކަންތައް ހިމެނިފައި ނެތުމެވެ. އޭނާ ވިދާޅުވީ ބަޖެޓް ދިރާސާކުރި ކޮމިޓީން އެކަމަށް ރިއާޔަތް ކޮށްފައި ނުވާތީ އެ ކޮމިޓީގެ މަސައްކަތް ފުރިހަމަ ވެސް ނުވާ ކަމަށާއި ބަޖެޓްގައި ހުރި ކަންތައް ކޮމިޓީން ވަޒަން ވެސް ކޮށްފައި ނުވާ ކަމަށެވެ.

މެމްބަރުން އެ ކަންތައް އެ ގޮތަށް ފާހަގަކުރައްވާ އިރު، މަޖިލީހުގައި ހިމެނެނީ، ބަޖެޓެއް ދިރާސާކޮށް އެއަށް ތަފާތު ބަދަލުތައް ގެނެވޭ ވަރުގެ ކިތައް މެމްބަރުންތޯ ވެސް ވިސްނައިލުން ރަނގަޅެވެ. ބަޖެޓް ދިރާސާ ކުރުމަކީ ހަމައެކަނި، އޭގައި ހިމެނޭ އެއް އައިޓަމުން އަނެއް އައިޓަމަށް ފައިސާގެ އަދަދުތައް ބަދަލުކުރުމެއް ނޫނެވެ. ނުވަތަ އެއްޗެއް އުނިކޮށް އެހެން އެއްޗެއް އިތުރު ކުރުމެއް ވެސް ނޫނެވެ. ބަޖެޓް ދިރާސާ ކުރުމަކީ، ގައުމުގެ މުޅި އިޖްތިސާދީ ނިޒާމު ދެނެގަނެ މާލީ ހާލަތުގެ މައްޗަށް ރިއާޔަތް ކޮށްގެން ނޫނީ ނުކުރެވޭނެ ކަމެކެވެ.

ނަމަވެސް މިއަދު ބަޖެޓް ފާސްކުރާ ޚަބަރު މުޅި ގައުމަށް ފެތުރިގެން ދާނީ، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސް ކުރި ކަމަށެވެ. ކޮމިޓީން ދިރާސާއެއް ކުރި ކަން ނުވަތަ ކުރީ ކޮން ދިރާސާއެއް ކަން އެނގޭނީ ކިތައް މީހުންނަށްތޯ އެވެ؟

އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ކުރީގެ ބަޖެޓްތަކާ އެއް ގޮތަށް މި އަހަރުގެ ބަޖެޓްގައި ވެސް އިޖްތިމާއީ އަދާލަތާއި އުމްރާނީ ތަރައްގީގެ ހަމަހަމަކަން ވަނީ ނަގާލައިފަ އެވެ.

އެ ކަމުގެ މިސާލެއްގެ ގޮތުން ކެންދޫ ދާއިރާގެ އަލީ ހުސައިން ފާހަގަކުރެއްވީ ބ. އަތޮޅެވެ. އެ އަތޮޅުގައި މީހުން އުޅޭ ރަށްރަށަށް ވުރެ ރިސޯޓްތައް ގިނައިރު ވެސް، އޭދަފުށި ފިޔަވައި ނަރުދަމާ ނިޒާމު ގާއިމުވެފައިވާ އެންމެ ރަށެއް ވެސް ނެތް ކަން ފާހަގަކުރެއްވި އެވެ. ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކޮށް، ދައުލަތަށް ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދެނީ ދަރަވަންދޫ އެއާޕޯޓުން ކަމަށްވާ އިރު، އެ ރަށުގައި ވެސް މިހާތަނަށް ނަރުދަމާ ނިޒާމެއް ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތައް ހިމެނިފައިވާ ގޮތް

އަންނަ އަހަރުގެ ބަޖެޓުން ވެސް އިޖްތިމާއީ އަދާލަތު ގާއިމު ނުކުރެވޭ ކަން ހާމަކުރައްވަމުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ބާރީ މިސާލެއްގެ ގޮތުން ނެންގެވީ ޅ. އަތޮޅުގެ އާބާދީ އެންމެ ބޮޑު ތިން ރަށެވެ. ކުރެންދު އަކީ ބިން ބޮޑުކުރެވޭނެ އިތުރު ޖާގައެއް ނެތް ރަށަކަށް ވިޔަސް، ހައުސިން ޔުނިޓްތަކާއި ފްލެޓްތައް އެޅުމަށް ސަރުކާރުން ނިންމާފައިވަނީ ބިން ބޮޑު ކުރެވެން އޮތް ނައިފަރާއި ހިންނަވަރުގައި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ވެރިކަން ކުރާ ކޯލިޝަންގެ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ބަޖެޓުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ފޮނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖެ އަށް އަންނަ ތަރައްގީ އިދިކޮޅު ފަރާތްތަކަށާއި ބޭރު ގައުމުތަކަށް ނުފެނުނު ކަމަށް ވިޔަސް، ރާއްޖޭގެ ރައްޔިތުންނަށް އެ ތަރައްގީ ފެންނަ ކަމަށާއި އެކަމާ މެދު ރައްޔިތުން ތިބީ އުފަލުން ކަމަށެވެ. އަދި މި ބަޖެޓުން ރައްޔިތުންގެ އިޖްތިމާއީ ތަރައްގީ އާއި އުމްރާނީ ތަރައްގީ އަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މާލެ ފިޔަވައި ދެން އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫގަ އެވެ. އައްޑޫގެ ތަރައްގީ އާއި ބަޖެޓާ ހުރި ގުޅުމާ މެދު އެ އަތޮޅުގެ މެމްބަރުންގެ މެދުގައި ވެސް އެހާމެ ޚިޔާލު ތަފާތެވެ. ސަރުކާރަށް ތާއީދު ކުރައްވާ ހުޅުދޫ ދާއިރާގެ މުހައްމަދު ޝާހިދު ވިދާޅުވި ގޮތުގައި އައްޑޫ ރައްޔިތުންނަށް މި ބަޖެޓުން އުފާވެރިކަން ގެނެސްދޭނެ އެވެ. އަދި މުޅި އައްޑޫގެ ލާބަޔާއި މަންފާ އަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ބަޖެޓުން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރީގެ ސަރުކާރުތަކުން ދަޅަ ދައްކާފައި ހުރި އިރު، މިހާރުގެ ސަރުކާރުން މިވަނީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ އަލީ ނިޒާރަށް މި ބަޖެޓުން އައްޑޫގެ ތަރައްގީ އަށް އެއްވެސް ކަމެއް ފެނިވަޑައެއް ނުގަންނަވަ އެވެ. އެ ގޮތުން ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ނެތުމަކީ މުޅި ރާއްޖެ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގެ އިހުލާސްތެރިކަމެއް އޮތް ނަމަ ތިން އަހަރު ވީއިރު، އައްޑޫގެ މަގުތަކާއި ބޯފެނާއި ނަރުދަމާގެ މަސައްކަތް އޮންނާނީ ނިމިފައި ކަމަށެވެ.

ނަމަވެސް މުޅި ބަޖެޓަށް ނަޒަރު ހިންގާލާ އިރު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ތަރައްގީގެ ކޮންމެވެސް މަޝްރޫއެއް ހިމަނާފައިވެ އެވެ. ބައެއް ރަށްރަށުގައި ކުދިކުދި ކަންތައް ހިމެނޭ އިރު، އެހެން ބައެއް ރަށްރަށުގައި ބޮޑެތި ކަންތައްތަކެވެ. ބައެއް ރަށްރަށަށް އައު މަޝްރޫއެއް ނެތް އިރު، އެހެން ބައެއް ރަށްރަށުގައި ތަރައްގީގެ އައު މަޝްރޫއުތަކެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ނިހާނު ބަލަހައްޓަވަނީ. - ފޮޓޯ: ނިހާން ޓުވިޓާ

އެހެންކަމުން މަޖިލީހުގައި ސިޔާސީ ގޮތުން ކިތަންމެ ވާހަކައެއް ދެއްކިޔަސް، މިއީ ރައްޔިތުން މަހްރޫމް ކޮށްފައިވާ ބަޖެޓެކޭ ބުނެވޭނެ ޖާގައެއް ވެސް ނެތެވެ. އަންނަ އަހަރަށް ހުށަހެޅި 26.8 މިލިއަން ރުފިޔާގެ ބަޖެޓުގެ ޚަރަދަކީ 22.2 ބިލިއަން ރުފިޔާ ކަމަށްވާ އިރު، އޭގެ ތެރޭން 49.3 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އަދި 50.7 ޕަސެންޓް ހިމަނާފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ.

ކެޕިޓަލް ހަރަދުގެ 50.2 ޕަސެންޓް ހޭދަކުރަނީ އާއްމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަށެވެ. އޭގެ ޖުމްލަ އަށް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އޭގެ ތެރެ އިން ދައުލަތުގެ ބަޖެޓުގެ ހިއްސާ އަކީ 54.6 ޕަސެންޓެވެ. ބާކީ 45.4 ޕަސެންޓް ހޯދަން ހަމަޖައްސާފައި ވަނީ އެހީ އާއި ލޯނުންނެވެ.

16 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 6%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހްރޫމް ވެއްޖެ

24 November 2016

ބަށި ކޯޓެއް އޮތީމާ ހަމަ ބުނެވޭނީ މަހުރޫމް ވީއޭ! ކަމެއް ކޮށް ދިނުމެއް ނޫން މުހިއްމީ! ދެކޮޅޫ ޖެހޭ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް މި ބަޖެޓުން ފެންނަން ނެތުމާ، އަދި ސރުކާރުެ މެނިފެސްޓޯ އާޢި ގުޅޭ ކަންތައްތައް މަދުކޮށް އެހެން ތަފާތު ކަންތައްތަކެއް ކުރަން އުުޅުންވެސް އެބަ ހިމެނޭ! މިސާލަކަށް އައްޑު އަތޮޅުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުން މިހާރު އޮތީ އީސީސީ ކިޔާ ތަނެއް ރެޓްރޯފިޓް ކުރުމަށް ބަދަލުވެފަ! އެކަމަކު މާލޭގެ ހޮސްޕިޓަލް ހަމަ އާ ބޮޑު ސިންގާ އިމާރާތެއް ކުރުން އޯކޭ! ކީްތަ ވާނީ ހަމަ މާޅޭޣަ އެހެރަ ސޯޝަލް ސެންޓަރާ ތާޖުއްދީން އަދި ހިރިޔާ ސްކޫލް އެއްކޮށްލާފާ އައިޖީއެމް އެޗް ގެ ބަޔަކަށް ހަދާލިއްޔާ! ހަމަ ގިނަ ރައްޔިތުން އޮތީ މަހްރޫމް ވެފަ އިނގޭތޯ! ކޮންމެވެސް ދެތިން އިކޮނޮމިސްޓުންގެ ޚިޔާލު ހޯދައިލިނަމަ މިކަމުގަ ވެސް!

The name is already taken The name is available. Register?

ގެދާނޯމޮސް

24 November 2016

ޢިލްމެއް ހުށްޓަސް ޙިލްމެއްނެތި ކުރާކަމަކުން މޮޅުއިލްމެރިޔަކަށް ޤައުމަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ އެވެ.

The name is already taken The name is available. Register?

ނާނު

24 November 2016

ތިއީ ސަރުކާރު ހިންގާ ޕާޓީގައި މެމްބަރަކުނެތުމުންވާނެގޮތް އަވަހަށް ޕީޕީއެމަށް ސޮއިކުރައްވާ އޭރުންތިކަންތަށް ވެދާނެ ؟ ދ. އަތޮޅުގައި 6 ރަށް އޮތްއިރު 4 ރަށު ނަރުދަމާ ވަނީ އެޅިފައި ؟

The name is already taken The name is available. Register?

އުމަރު

24 November 2016

ބަޖެޓް އަމާޒްކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ވައުދުތަކަށާއި، އަދި ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މެންބަރުންގެ ދާއިރާތަކުގެ ތަރައްޤީއަށް، ބަޖެޓުގައި އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތެއްނެއް، އޭގެ ބަދަލުގައި ރައްޔިތުން ފެލައިގެން އާމްދަނީ ހޯދުމަށް އަމާޒް ހިފާފައިވަނީ، ބަޖެޓުގައިނެއް ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ އަމާޒެއް، ދުރުރާސްތާ އަމާޒެއްނެއް، މުޅިންވެސް ވަގުތީ ފައިދާނެގުމުގެ އަމާޒެއް އޮތީ، ބަޖެޓަށް ފައިސާހޯދަން ހަދައިގެން ބަޖެޓަށް ބޮޑުއަދަދަކުން ފައިސާލިބޭ ދާއިރާތަކަށް އިތުރު ގޮންޖެހުންތަށް ކުރިމަތިވެފައިވަނީ، ބަޖެޓަށް ފައިސާހޯދުމަށް އެންމެ ބާރުއަޅަންޖެހޭ ފިނޭންސް މިނިސްޓަރާއި، ޓޫރިޒަމް މިނިސްޓަރާއި ޓްރޭޑް މިނިސްޓަރު އަދި ފިޝަރީޒް މިނިސްޓަރުގެ އަމާޒެއްނެއް، އެމީހުން އެނބުރެނީ ރައީސް ޔާމީނުގެ ފޫބުޑުގައި އެމަނިކުފާނު އުފާކުރުމަށް، އެމަނިކުފާނުގެ ކެމްޕޭނަށް ފައިސާހޯދައިދިނުމަށް، އެހެންކަމުން ތިޔައީ ބަޖެޓެއްނޫން، ތިޔައީ ރައީސް ޔާމީނުގެ ވިކުރާ

The name is already taken The name is available. Register?

އިބްރާހީމް

24 November 2016

ކާމިޔާބު 3 އަހަރުގެ ތެރެއިން ..... ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ އިތުރުކޮށްފި. ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް އިތުރުކޮށްފި. ރައްޔިތންނަށް ކުރިން ދެމުންއައި ކަރަންޓް ސަބްސިޑީ ކަނޑާލާ ކަރަންޓް އަގުބޮޑުކޮށްފި. ރައްޔިތުުންނަށް ކުރިން ދެމުންއައި ފެނުގެ ސަބްސިޑީ ކަނޑާލާ ފެން އަގުބޮޑުކޮށްފި. ރައްޔިތުންނަށް ކުރިން ދެމުންއައި ކާޑުގެ ސަބްސިޑީ ކަނޑާލާ ކާޑު އަގުބޮޑުކޮށްފި. ރައްޔިތުންނަށް ކުރިން ހިލޭ ދެމުންއައި އާސަންދައިން ދެބައިކުޅަ އެއްބައި ރައްޔިތުން އަތުން ނަގާގޮތަށް ހަދައިފި. ރައްޔިތުންގެ ދަރިންނަށް ކުރިން ހިލޭ ދެމުންއައި ފޮތްލިސްޓް އިންޓަނޭޝަނަލް ސްކޫލްތަކަށް ނުދޭގޮތަށް ނިންމައިފި. ރައްޔިތުންގެ ތެރެއިން އެއަރޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނަގަން ނިންމަނީ. ސުވާލަކީ......؟؟؟؟ ކާމިޔާބު 3 އަހަރުތެރޭ ރައްޔިތެއްގެ ޖީބަށްލާން ލިބުނީ ކޮންއެއްޗެއްތޯ؟

The name is already taken The name is available. Register?

ބިލް ކްލިންޓަނި

24 November 2016

2017 ގެ ބަޖެޓް ރައްޔިތުންގެ ގޮވުންތަކަށް އިޖާބަ ނުދިން ކަމުގައިވިޔަސް ބަނޑު ފުރާނަ މުއްތި ކުރެވޭނެ ފަދައެއްވެސް ނެތިގެން ނާށިގަނޑުގަނޑު ހިފައިގެން މަގުމައްޗަށް ނިކުމެ ސަލާމްޖަހާ މެމްބަރުންނާއި ވަކިފަރާތަކަށް ވާގިވެރިވެދޭ މީސްކޮޅުގެ މުއްސަނދިކަން އިތުރުކޮށްލެވޭނޭ ގޮތަށް އެ ބަޖެޓްގެ ހުރިހާކަމެއްވެސް ވަރަށް ފުރިހަމައަށް ވަނީ ތައްޔާރުކޮށް ސިއްރު ކުރެވިފައި !

The name is already taken The name is available. Register?

ނަމެއްނެތް

24 November 2016

ރައްޔިތުންނަކީ ކާކު؟

The name is already taken The name is available. Register?

ސޯފާރ

24 November 2016

ރައްޔިތުންގެ ގޮވުމަށް 2017 ގެ ބަޖެޓުން އިޖާބަ ދޭނެއެވެ. ދޭނެ ދޭނެ ދޭނެއެވެ. އެއީ ކަށަވަރު ކަމެކެވެ. ކަން މިހެން ހުރުމުން މިކަން ގަބޫލުކުރަން ވީ ހުރިހާ ސިޔާސީ ޕާރޓީ ތަކުން ވެސް އަދި އިދިކޮޅު އެމްޑީޕީން ވެސް މިކަން ގަބޫލުކުރަން ޖެހޭނެ އަދި ޖޭޕީން ވެސް މިކަން ގަބޫލުކުރަން ޖެހޭނެއެވެ. އެއް ގޮތަކަށް ވެސް ތިގޮތަށް މަމެންނާއި ދުރުގައި އިދިކޮޅު އެމްޑީޕީގެ އެމްޕީން ވެސް ތިބޭނެ ކަމެއް ނެތެވެ. މަމެން ބޭނުންވަނީ އިދިކޮޅު އެމްޑީޕީގެ ހުރިހާ އެމްޕީން ވެސް މިފަހަރު މަމެންގެ މެޖިކް ސެވެންޓީން ބަޖެޓަށް ވޯޓް ދެއްވުމަށެވެ. މަމެން މިތިބީ މަޖްލީހުގެ ގޯތި ތެރޭގައި އެމްޑީޕީގެ އެމްޕީން މަމެންގެ މެޖިކް ސަތާރަ ބަޖެޓަށް ވޯޓްދޭ ތޯ ބަލާ އާދޭސް ކުރަން. މަމެން ވަރަށް ވަރުބަލި ވެއްޖެ ތިކުދިން ރުއްސަން އުޅެން ހަދައިގެން. ތިހެން ނަހަދާ ދުރުގައި ނުތިބެ މަމެންގެ ސްޓޭޖް ކުރިމަތީ ފްރަންޓް ސީޓް އަށް. ޔޫއާރ ސޯފާރ އަވޭ ފްރޮމް މީ. ސޯ ފާރ އައި ޖަސްޓް ކާންޓް ސީ.. ޓޭކް އިޓް ޑައުން..

The name is already taken The name is available. Register?

އަގަޔާއި އަތާ

24 November 2016

މެގިކް ސަތާރަޔޭ މިއޮޅެނީ އަގަޔާއަތާ ދިމާނުވެގެން

The name is already taken The name is available. Register?

ކުރެގަ

24 November 2016

ހެއިލޯ "އަގަޔާއި އަތާއި" ހޭންޑް އެން މައުތު ދިމާ ކުރެގަ. އެނިމުނީ އެއް ނޫންދޯ.

The name is already taken The name is available. Register?

އިބްރާހިމް

24 November 2016

އެއްވެސް ކޮމިޓީއަކުން ކަމެއް ތަޅައިފޮޅައިގެން ނޫންގޮތަކަށް ކަމެއް ނިންމައިގެން ނުވާނެއެވެ.

The name is already taken The name is available. Register?

ނުދެކެން

24 November 2016

ސަރުކާރުން މިހާރު ރައްޔިތުންގެ މަޖްލީހަށް ހުށައަޅާފައިވާ ބަޖެޓް އަކީ އެއީ ރީތި އަބަދުވެސް ރީތި ފުރިހަމަ ޗާލު ނަޔާ އަދި ގައުމަށް ފައިދާވާ އަދި މިގައުމު ލިޓިލް ސިންގަޕޯރ އަށް ބަދަލު ކޮށްދޭނެ ކަމެކެވެ. މީ އޭ ސަރުކާރަކީ މީއޭ ގައުމަށް ފައިދާ ކުރަނިވި އުސޫލުން އަރަނި ބަޖެޓް ތައްޔާރު ކުރަން ދަންނަަ އަދި ކުރާ ވަން އެން އޮންލީ ސަރުކާރަކީ. ރަންރީނދުލޭ މެން ވެރިކަން ކުރި އިރު އެމެންގެ ޓްވިޓަރޭ ފަކީރު މެން ދައުލަތުގެ ބަޖެޓް އާންމުންނަށް ކިޔާ ދިން ގޮތާއި އެމީހުން އެ ބަޖެޓް ތަންފީޒު ކުރި ގޮތަކީ އެއީ ކަނޑުގައި އެޅި ރޮނގެއް ފަދަ ކަމެކެވެ. ޓްވިޓަރޭ ފަކީރު ދެއްކި ވާހަކަ ތަކަކީ އެއީ ކަނޑުގައި އެޅި ރޮނގު ކަމަށް އެންމެން ގަބޫލުކުރީއެވެ. މަމެން އަސްލު ޕިންކީން މީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް ގެން އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން މަމެންގެ ކިބައިގައި ހުންނަ ބަނޑު އަކިރި ކަން ފިލުވުމަށް ޓަކައި ދައުލަތުގެ ބަޖެޓް ބޭނުން ކޮށްގެން ކަނޑު ފައްތާ ފިލްމް ކުޅޭނެ ބަޔެއް ނޫނެވެ. އެމެން ގައިގައި ހުރި ބަނޑު އަކިރި ކަން ފިލުވުމަށް ޓަކައި އެމެން ކުޅުނީ ކަނޑު ފައްތާ ފިލްމް އެެވެ. މަމެން އަސްލު ޕިންކީން ހުށައަޅާފައިވާ ބަޖެޓަށް މަޖްލީހުގެ ސުޕަރ މެޖޯރިޓީ ވޯޓް ދެނީ އެއީ ދޭން ޖެހޭތީއެވެ. މަމެން ނުދެކެން މިހާ ބޮޑަށް ގައުމަށް ފައިދާ ވާ ގޮތަށް މަސައްކަތް ކުރާ ސަރުކާރެއް. އިޓްސް ޑާންސިންގް އިން އަވަރ މައިންޑްސް.. ޗިއަރސް، ޗިއަރސް..

The name is already taken The name is available. Register?

ކުލިޕޫރު

24 November 2016

ކުލީގެ އަގުބޮޑުވެ ދިވެހިން ހަނާވާ ލިޓުލް ސިންގަޕޯއެއް ބޭނުމެއްނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454