ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނބުރާ މާފުށީ ޖަލަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
06 ޖުލައި 2021 - 10:00
ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދުކުރައްވާ ވެރިކަމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވެސް ވާދަކުރެވެން ޖެހޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް ނަޝީދު "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އެ މަނިކުފާނާ އެކު ޔާމީން މަސައްކަތްކުރައްވާނެ ކަމަށް ދެެކެވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީއާ އެކު ޕީޕީއެމް ބައިވެރިވެގެން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުން ގާނޫނަށް ބަދަލު ގެނެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަން ހިންގެވުމުގައި މި ވަގުތު އެންމެ އިސްކޮށް ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އެ ވާހަކައަށް ރައްދު ދެއްވައި ވިދާޅުވީ ޔާމީން ތާއިދުކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށް ކަމަށާއި ރައްޔިތުން ވަނީ ރިޔާސީ ނިޒާމަކީ ވެރިކަމުގެ ނިޒާމު ކަމަށް ނިންމާފައި ކަމަށެވެ.
RY thaaeed kurahvanee Rayyithunge ninmevumah.rayyithunvanee veri kamuge nizaamakee riyaasee nizaam kamah ninmavaafa.RY thaaeed kurahvaa nizaameh RN akah en’givada’eh nugannavaane.riyaasee Inthikh’aabugai RY ah vaadha kurevenjeheyne.E’ee Gaumu beynunvaa goiy #FreePresidentYameen
— Abdul Raheem Abdulla (@Banafsaa) July 5, 2021
"ރައީސް ޔާމީން ތާއިދުކުރައްވާ ނިޒާމެއް ރައީސް ނަޝީދަކަށް އެނގިވަޑައެއްނުގަންނަވާނެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެވެންޖެހޭނެ. އެއީ ގައުމު ބޭނުންވާ ގޮތް،" މަނީ ލޯންޑަރިންގެ ކުށުގެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ދޫކޮށްލުމަށް ގޮވާލައި ހޭޝްޓެގާއެކު، ކުރެއްވި ޓްވީޓުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވި ނަމަވެސް، ވެރިކަމުގެ ނިޒާމު ކަނޑައަޅަން ރައްޔިތުންގެ ވޯޓު ދިންއިރު، އޭރު ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ވެސް ތާއިދުކުރީ ބަރުލަމާނީ ނިޒާމަށެވެ. އެކަމަކު، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އޭގެ ފަހުން ޔާމީން ފާޅުގައި ވާހަކައެއް ނުދައްކަވަ އެވެ.
އެ ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ ރާއްޖެ އަށް އެންމެ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމު ކަމަށް އަދިވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބެއް އޮވެއްޖެ ނަމަ އެމްޑީޕީގެ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ބޭއްވުން ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ނިޒާމު ބަދަލުކުރުމަށް އަންނަ އަހަރު ހޯދަންވީ ރައްޔިތުންގެ ހިޔާލު ކަމަށް ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު.
20 August 2022
އަދުރޭގެ ތިވާހަކަ ރަނގަޅު. ޢެކަމަކު ޔާމީނުގެ ވެރިކަމުގަ ހުންނެވި ދުވަސްވަރު ގެންގުޅުއްވި ވައްތަރުގެ ( ދައުލަތަށް ލިބެންޖެހޭ ފަޢިސާއިން ވައްކަން ކުރުމާ ރިސްވަތު ނެގުމުގެ) ނިޒާމެއް ރައްޔިތުން ބޭނުމެއް ނުވާނެކަން ހަދާންކޮށްލަ ދެއްވާތި. ޢެނިޒާމުގެ ސަބަބުން މިހާރުވެސް ތިހުންނަވަނީ ހުރަގެ ތަކުން ދައުއަތު ލިބުމާ ވަރަށް ގާތުގަ.
އެމްސް
07 July 2021
ޤާނޫނަށް ތަބަޢަވަން ޔާމީނަށް ޖެހޭނެބާ؟
ބޮޑުމީހާ
06 July 2021
ގައުމާއި މެދު ކިރިޔާވސް ވިސްނަވާ ރައްޔިތަކު ތިބިނަމަ 2023 ގަ ޔާމީން، ނަޝީދު އަދި އިބޫއަށްވެސް ވޯޓެއް ނުދޭނެ. ފަސްބައިގައި ކޮރަޕްޝަނެއް ނެތް އިލްމީ އަދި ހިލްމު ހުރި ލީޑަރެއް ހޮވާނެ
އެމްސް
07 July 2021
ވެރިކަމަށް އަންނަންވީ ކޮމެޓީއެއް/ބޯރޑެއް!
އައްޔަ
06 July 2021
އަޖާއިބެއް ސަފުންބާކީވެފަ ތިބިދެމީހުން އެއްގަލައް އެރިޔަސް ހަގަލައް އެރިޔަސް ވާނެކަމެއް ނޯންނާނެ!
ހަސަދު
06 July 2021
ރައީސަކު ތާއިދު ކުރައްވާ ނިޒާމް ދިވެހި ރައްޔިތުންނަށް ނޭގުން މައްސަލަ އެއް.
ކެރެޓް
06 July 2021
އެއީ ތެދެއް! އެ ނިޒާމު އެނގޭ ހަމައެކަނި މީހަކީ އަދުރޭ. ހިޔެއްނުވޭ ރ ޔާމީންއަށްވެސް އަދުރޭއެބުނާ ނިޒާމެއް އެނގޭނެ ހެންނެއް.
ޟައިބީ
06 July 2021
ލޮލް
ހމނ
06 July 2021
ތެދުވާހަކައެކެވެ. ރައީސް ޔާމީން ތާއީދުކުރުއްވަވާނެ ނިޒާމެއް ރައީސް ނަޝީދަކަށް ނުއެނގޭނެއެވެ. ރައްޔިތުންއޮތީ އެމީހުންގެ ވެރިކަމުގެ ނިޒާމު ވޯޓަކުން ދައްކާފައެވެ. އެނިޒާމު ބަދަލުކުރަންއުޅޭނަމަ، އެމީހަކަށް އެކުރެވޭކަމަކީ، ރައްޔިތުންގެ ނިންމުމާއި އިދިކޮޅަށް މަސައްކަތްކުރުމާއި ރައްޔިތުންގެބަސް ފުނޑާލައި އެމީހުންގެކަންކަށީގައި ޖެހުންފަދަކަމެކެވެ. ރައީސް ޔާމީން ރައްޔިތުންގެ ކަންކަށީގައި ޖައްސަވާފާނެބާވައެވެ؟ ވަރަށް ހީނުވެއެވެ. ވާގޮތް އެނގިދާނެތާއެވެ!
ސަސް
06 July 2021
7000 ފްލެޓް ގެ އެގޮތަށް އެޅުމަކީ ރައްޔަތުންގެ ކަންކަށީގަ އަޅާލުން. ޔާމީނު އަކީ އަދި މާ ރަގަޅު ރައީސް އެއް ކަމަށް ބަލާނީ ސިކުޑި ނެތީމަ
ހށނ
06 July 2021
ސޯލިހުއަށް ލިބުނު ފަދަ ޗާންސެއް އަދުރޭއަށް ލިބުމްކީ ދުރުކަމެއްނޫން. އަދުރޭ މަސައްކަތް ކުރާނީވެސް އެމަަށް.
ނާގަބާޑީ
06 July 2021
މަގޭ ވޯޓް އިންޑިއާއާއި ދެކޮޅަށް
ބާގަބާޑި
06 July 2021
މިހާރު ކޯލިޝަންގަ އޮތް ހުރިހާ ޕާޓީއެއް އެތިބީ އިންޑިއާ ކޮޅުގަ. ބާކީ އޮތް 2 ޕީ ޕާޓީވެސް އެންމެ ފަހުން ޑީލް ހަދަން އެއުޅެނީ އަންނިއާ. ދެން ނެތެއްނު އިންޑިއާއާ ދެކޮޅުވާނެ ބައެއް. ބާކީ ހުންނާނީ އުމަރު ފަކީރު. އޭނައަށް ނޭނގެ ވޯޓެއް ލިބޭނެ ކަމެއް ރައްޔިތުންގެ ގަމާރުކަން ހުރިވަރުން.
ޢަކުރު.
20 August 2022
މަގޭ ވޯޓް ދައުލަތަށްް ލިބޭ ފައިސާކޮޅު ކަޅާކޮށްނުލާނެ ވެރިއަކަށް.
ފޫހި
06 July 2021
މި ދެ ޕާޓީ ޑީލް ހަދައިގެން ގައުމު ނޮޅާކާކަށް މިފަހަރު ރައްޔިތުން ތާއީދެއްނުކުރާނެ. ޔާމީނު ވިއަސް ނަޝީދުވިއަސް ބަރުލަމާނީ އަށް އަހަރެމެން ތާއީދެއްނުކުރަން. ކޮރަޕްޝަން އިންތިހާއަށް އޮތްތަނެއްގައި ބަރުލަމާނީ އަދި މާގޯސްވާނެ. ތިތިބަ މެމްބަރުންނަކީ ފައިސާއަށް ފިކުރުވިއްކައިގެން ރައްޔިތުންގެ އިހްސާސާ ދެކޮޅަށް މަސައްކަތްކުރާބައެއް. ކުޑަކުޑަ ދާއިރާއަކުން މަދުވޯޓްކޮޅެއް ހޯދައިގެން ގައުމުގެ ވެރިކަމަށް އަންނަނިޒާމެއް މޮޅުވާންވީ ސަބަބެއްނެތް. ނޯބަރުލަމާނީ