ކަސްޓަމްސްގެ މުވައްޒަފަކު، ރާއްޖެ އައި ޓޫރިސްޓެއްގެ ދަބަސް ފާސް ކުރަނީ-- ފައިލް ފޮޓޯ: މިހާރު
10 ޖުލައި 2021 - 14:31
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ދެންމެ ބުނީ ވީއައިއޭ އިން ފުރަން ދިޔަ އުމުރުން 60 އަހަރުގެ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނުން މައްސަލައެއް މިއަދު ހެނދުނު 9:52 ގައި އެ އިދާރާ އަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
"ވަޒަންތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އެ މީހާއާ ފުލުހުން ގެންދަނީ ސުވާލު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އެހެން ތަފުސީލެއް ވެސް ފުލުހުން އަދި ނުދެ އެވެ.
ވަޒަންތަކެއް ފެނުނު މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ދަނީ ފެންމަތިވެ، ކަންކަން ވަރަށް ބޮޑަށް ސީރިއަސްވަމުންނެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ މާލޭގައި ދިވެހިންގެ ބަޔަކު ބޮމެއް ގޮއްވާލައި އެ މަނިކުފާނުގެ ހަށިކޮޅަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ ގެކޮޅު މުލީއާގެ ކައިރިއަށް އިއްޔެ ދިޔަ ދެ މީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ވެސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މި ނޫނަސް ޓެރަރިޒަމާ ގުޅުން ހުރި ބައެއް ކަންކަން ރާއްޖޭގައި ފަހަކަށް އައިސް ވަނީ ތަޖުރިބާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެކިޔުރިޓީ އަހުމަދު
12 July 2021
އޭވިއޭޝަން ސެކުއިރިޓީ ފެއިލްވެފަ ކަމަށް ލަފާކުރެވޭ. ކަސްޓަމްސް ވެސް ބްރީޗް ވެފަހެން ހީވަނީ. އޭނަ ތިޔަސާމާނު ގެނައި ގައުމުގެ އަދި އެއަރލައިން ޒިންމާކުރުވާ، ޖޫރިމަނާ ކުރަން ޖެހޭ. ރާއްޖެ ކަސްތަމްސްވެސް އެބަޖެހޭ އިންވެސްޓިގޭޓް ކުރަންޖެހެ.
ަްަލލ
18 July 2021
އޭވިއޭސަން ސެކިއުރިޓީ ފެއިލް ނުވާތީ ތާ ތި ފެނުނީ
އައްބެ
11 July 2021
އޭނާ މިވަޒަނުން އަމިއްލަ ވަޒަނަށް ދަތުރުކުރާއިރު ވަޒަންހުރުމަކީ މައްސަލައެއްނޫން.
އަދަން މޖީދު
11 July 2021
އެއީ އާކަމެއް ނޫން. ޔޫރަޕްގެ ގައުމުތަކުގަ ލައިސަންސާއި އެކު ބަޑި ގެންގުޅޭ. އެކޮޅުން ފުރަންދާދުވަހު ބައެއްފަހަރު ބަޑި އޮތުމުން އެމީހުންނަށް މައުލޫމާތުދޭ ރާއްޖެއަށް ބަޑި ނުގެންދެވޭކަން. ދެން ބަޑި އެކޮޅުގަ ބޮންޑުކޮށްފަ އަންނައިރު ވަޒަން ނުނަގާ ފޮށީގައި ހުރޭ. ތިއީ އެހާ ދެފައި ތަޅައިގަނެގެން ދުއްވައިގަންނަވަރު ކަމެއް ނޫން. ވަޒަން ހުރިއްޔާ ވާނީ ކީތް؟
ގޮހޮޑާ އަހުމަދު
12 July 2021
މިކޮމެންޓް ކިޔާފަ މަހީހީ ހަލާކު! އަދަން މޖީދު ސަދޫމްގެ ހަބަރު ފަތުރާ މީހާ އަކަށްވުރެ ދެރައެއްނޫން.
ދެވާނީ
11 July 2021
ސަލާމަތީ ކަންކަން ވަރރުގަދަކުރާނީ ކިހިނެއް؟ ސަލާމަތާ ގުޅޭ ހުރިހާ ސިއްރެއް އެދަނީ ހާމަކުރަމުން. ފުރަތަމަ ތީމުގެ ބަރަހަނާކޮށްލީ، މިއަދު ސަލާމަތީ ބާރުތަކުގެ ސިއްރުތައް...... ވަރަށް ދެރަކަމެއް. އެންމެންވެސް ކިޔަނީ ގައުމޭ ގައުމޭ ކަންކުރަނީ ދިމާ އިދިކޮޅަށް.
ދުރުމި
11 July 2021
ކަންކަން ދޯހަޅިވީމާ ވާގޮތް
މުޙުއްމާ
10 July 2021
ތާއްޖެ އެތެރެ ކުރިއިރު ނުފެނުނު. ބޭރުކުރަނިކޮށް ފެނުނީ. ކިހާދެރަކަމެއް.
އަބްޑޫޅް
11 July 2021
އެއީ ރާއްޖޭގަ ހަދާފަ ހުރި ވަޒަން ކަންނޭގެ ނުން. ތިމަރައިން ވަޒަން ހަދާ އުޅުނު ކަނބުރުން މާ އިހު ޒަމާނުގަ އުޅުނު.
ލޮލް1
10 July 2021
ދެން ކަސްޓަމްސް މީހުނަށް ނުފެނުނީމަ އެއްނު ރާއްޖެ އެތެރެ ވެފަ އެއޮތީ. ފުރަންދާ މީހުނަކާ ކަސްޓަމްސް އާ ދިމާވާ ކަމެއް ނޭގެ މިތާ ކަސްޓަމްސް ސްކްރީނިން ފޮޓޯ ޖަހައިގެން ތި ހަބަރު ގެނެސްދެނީ.
ޓަކިބެ
10 July 2021
ލައިވް ވަޒަންތަ؟ ބްލޭންކްސް ވަޒަންތަ؟ ލޭތު ކޮށްފަހުރި ވަޒަންތަ؟
ހިތަދޫ ހުސެން
10 July 2021
ދޮން މީހެއްވީމަތަ ފޮޓޯ ނުޖަހަނީ، ބަނދުކުރިތަ؟ މުއްދަތު ޖެހިތަ؟ މިނޫނިއްޔާ ދުނިޔޭގަ ނެތް ފަތުރުވެރިން ބޭނުންހާ ގޮތަކަށް އުޅެވޭނެ ގައުމެއް...ރައްޔިތުންނަށް ނޯންނަށް ހައްގާއި މިނިވަންކަން އޮވޭ ބޭރު މީހުނަށް
ހިތާދޫ
10 July 2021
ދޮން މީހެކޭ އެބައޮތްތަ ލިއެފަ؟
ބަލާތި
10 July 2021
ތާލިބާނުންގެ މީހެއްތަ.