މުނިފޫހިފިލުވުން

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ވާނީ.

މި މަހުގެ 30 ގައި ނެޓްފްލިކްސް ޕްރީމިއާކުރަން ނިންމާފައިވާ ފިލްމު "މިމީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ޒުވާން ބަތަލާ ކްރިތީ ސެނަންގެ ވަރަށް ތަފާތު ރޯލެއް ފެންނާނެ ފިލްމެކެވެ. ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކުރި "މިމީ" ގައި އޭނާ ކުޅެފައި ވަނީ ރަހިމު ވިއްކައިގެމް ދަރިން ހޯދައިދޭ ސަރޮގޭޓް މަދާއެއްގެ ރޯލެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޕަންކަޖް ތުރިޕަތީ، ސުޕްރިޔާ ޕަތަކް، މަނޯޖް ޕަހްވާ އަދި ސާއީ ތަމްހާކަރް ހިމެނެ އެވެ.

"މިމީ" އަކީ މެޑޮކްސް އިން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މާޗް މަހު ސިނަމާތަކުގައި އެޅުވި ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯގެ ހޮރޯ ކޮމެޑީ "ރޫހީ" އެވެ.

ޔާމީ އަށް "ލޮސްޓް"

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި 2016 ގެ ފިލްމު "ޕިންކް" ގެ ޑައިރެކްޓަރު އަނިރުދާ ޗައުދަރީގެ އާ ފިލްމު "ލޮސްޓް" ގެ ބަތަލާގެ ރޯލަށް ޔާމީ ގޯތަމް ސޮއިކޮށްފި އެވެ.

މީގެ ކާސްޓްގައި ރާހުލް ކަންނާ އާއި ޕަންކަޖް ތުރިޕަތީ އާއި ނީލް ބޫޕަލަން އާއި ޕިއާ ބަޖްޕާއީ ތުޝާރު ޕާންޑޭ ވެސް ހިމެނެ އެވެ.

މި މަހުގެ ތެރޭގައި ކަލްކަތާ އާއި ޕްރޫލިއާގައި ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ 2022 ގަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

މިދިޔަ މަހު ކައިވެނުކުރި ޔާމީގެ ކުރިއަށް އޮތް ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ސެޕްޓެމްބަރު 17 ގައި ގެނެސްދޭން ހަމަޖެހިފައިވާ ހޮރޯ ކޮމެޑީ "ބޫތު ޕޮލިސް" އެވެ. އޭގެ ކާސްޓްގައި ސައިފް އަލީ ޚާން ޖެކްލީން ފެނަންޑޭޒް އަދި އަރުޖުން ކަޕޫރް ހިމެނެ އެވެ.

އަކްޝޭގެ "ބެލް ބޮޓަމް" މި މަހަކު ނޫން

ކުރިން މެއި މަހުގެ 28 ގައި ރިލީޒްކުރަން އޮއްވައި އިންޑިއާގެ ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން މި މަހަށް ފަސްކުރި އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" މި މަހު ވެސް ސިނަމާތަކަށް ނުގެންނަން ނިންމައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ މި މަހުގެ 27 އަށް ތާވަލުކުރި ފިލްމު މިހާރު އަންނަ މަހަށް ފަސްކޮށްފައިވާ ކަމަށާއި ތާރީހު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ. "ބެލް ބޮޓަމް" މި މަހުގެ 27 ގައި ގެނެސްދޭނެކަން އަކްޝޭ ސޯޝަލް މީޑިއާގައި ބުނީ ޖޫން މަހުގެ 15 ގަ އެވެ.

މި ފިލްމަކީ ރަންޖީތު ތިވާރީ ޑައިރެކްޓްކުރި ސްޕައި ތުރިލާއެކެވެ. ކާސްޓްގައި ވާނީ ކަޕޫރް، ލާރާ ދައްތާ، ހުމާ ގްރޭޝީީ އަދި އާދިލް ހުސައިން ހިމެނެ އެވެ.

އަކްޝޭގެ "ސޫރިޔަވަންޝީ" އާއި "އަތުރަންގީ ރޭ" އަކީ ވެސް ރިލީޒްނުކުރެވި ވާނުގައިވާ އޮތް ދެ ފިލްމެވެ.

"ހީރާ މަންޑީ" ގެ ފުރަތަމަ އެޕިސޯޑް ޑައިރެކްޓްކުރާނީ ބަންސާލީ

ސަންޖޭ ލީލާ ބަންސާލީ ގެނެސްދޭން ނިންމާފައިވާ ފުރަތަމަ ވެބް ސީރީޒްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު އޭގެ ފުރަތަމަ އެޕިސޯޑް ޑައިރެކްޓްކުރާނީ އޭނާ ކަމަށް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ބަންސާލީގެ 12 އަހަރުވީ ހުވަފެނީ ފްރޮޖެކްޓަކީ ވަރަށް ގްރޭންޑްކޮށް ގެނެސްދޭނެ އެއްޗެއް ކަމަށެވެ. ނެޓްފްލިކްސް އިން ގެނެސްދޭނެ ކަމަށް ބުނާ ހަތް އެޕިސޯޑްގެ ފުރަތަމަ އެޕިސޯޑް ބަންސާލީ ޑައިރެކްޓްކޮށް، ބާކީ ހުރި ބައިތައް ޑައިރެކްޓްކުރާނީ ވިބޫ ޕޫރީ އެވެ. އޭނާ އަކީ ބަންސާލީ 2015 ގައި ޕްރޮޑިއުސްކުރި ފިލްމު "ހަވާއީޒާދާ" ގެ ޑައިރެކްޓަރެވެ.

"ހީރާ މަންޑީ" ގެ ލީޑް ބަތަލާއިންނަށް ނަގާފައި ވަނީ ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454