ނަޝީދަށް ދިން ހަމަލައިގެ ތަހުގީގު ފަށައި ފުރަތަމަ ބޭއްވި މީޑިއާ ބްރީފިންގައި (ކ-ވ) އޭސީޕީ ރިޔާޒް، ސީޕީ ހަމީދު އަދި ޕީޖީ ޝަމީމް ބައިވެރިވެވަޑައިގަންނަވަނީ.
24 ޖުލައި 2021 - 15:46
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން މިރޭ މީޑިއާ ބްރީފިންއެއް ބާއްވަން ފުލުހުން ނިންމައިފި އެވެ.
މިރޭ ނުވައެއް ޖަހާއިރު ބާއްވާ މި ބްރީފިންގައި މައުލޫމާތުތައް ހާމަކުރައްވާނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަދި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހިންގި ތަހުގީގުން ސާފުވި ވަރަށް ގިނަ ކަންކަން ފުލުހުން މިރޭ މީޑިއާ އަށް ދޫކޮށްލާނެ އެވެ.
ހަމަލާގެ ތަހުގީގުގެ ކުރީކޮޅު ވެސް ސީޕީ ހަމީދާއި ޕީޖީ ޝަމީމް އަދި އޭސީޕީ ރިޔާޒް އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާކުރެއްވި އެވެ. އެކަމަކު، އެއީ ތަހުގީގުގެ ކުރީކޮޅު ވުމުން ނޫސްވެރިންގެ ގިނަ ސުވާލުތަކަށް އޭރު ޖަވާބެއް ނުދެއްވަ އެވެ.
ނަޝީދަށް ދިން ހަމަލައިގެ ތަހުގީގަށް ފާހަގަވި މުހިންމު ބައެއް މައުލޫމާތުތައް މިރޭ ހާމަކުރާއިރު، އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އެވެ.
އެ ހަތަރު މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ލިބުމާ ގުޅިގެން ޕީޖީ ޝަމީމް މި މަހުގެ 21 ގައި ވިދާޅުވީ، އެ މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް، ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، އެ ގޮއްވާލައި އެ މަނިކުފާނު ޒަހަމްކޮށްލި މައްސަލައިގައި ހަމަލާއާ ގުޅުންހުރި ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މި ހަތް މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ޝަރިއާތް ނިމެންދެން ބަންދުކޮށްފަ އެވެ. އެއީ އަދުހަމާއި މުޖާޒާއި ތަހުމީނެވެ.
މި ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ނ. މަނަދޫ ނޫރީގެ، އަލީ ހައިޝަމް 30 ދުވަހަށް ބަންދު ކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކޮށްފައި ވަނީ، އަދުހަމް، މުޖާޒް، ތަހުމީން، ހައިޝަމްގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އެވެ. ހަތް މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ މި ހަމަލަ އަށް ފަހު ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަންގެ ތެރެއިންނެވެ.
ހައިޝަމް ހައްޔަރު ކުރީ ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އެ އޮޕަރޭޝަންގެ ތެރެއިންނެވެ.
މި ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބޮޑު އިންކުއަރީއެއް ކޮށް، އެ އިންކުއަރީގެ ރިޕޯޓް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިލް ކުލިންޓަން
24 July 2021
ތި ޕުރެހަކު ނުހުންނާނެ އާވާހަކައެއް.
އަލީ ހަމީދު
24 July 2021
ކޮން އިރަކުންތޯ 3 އަހަރު ވެރިކަން މި ރާއްޖޭގަ ކޮއްފަ އަމިއްލަައަށް އިސްތިއުފާ ދިނުމަށް ފަހު ޖެހިގެން އައިދުވަހު މުޅި ރާއްޖޭގެ އެތަންމިތަނުގައި ހުރި ސަރުކާރާއި އަމިއްލަ މީހުންގެ ހުރި އަގުބޮޑު އިމާރާތް ތަކުގަ އަލިފާން ރޯކޮށް އެހިންގި ޓެރަރިސްޓު ހަމަލާގެ ހަގީގަތް އަދި ވަނީ ހިންދާލާފައި. އެމައްސަލަ ބަލާ ކުއްވެރިވާ ފަރާތްތަކަށް ޓެރަރިޒަމްގެ ދައުވާ އުފުލާ އެކަމުގެ އަޑީގަ ތިބި ބަޔަކު ނުހޯދޭ. މި މައްސަލަވެސް އެބަޖެހޭ ބެލެން.
ޖަރުމަން
24 July 2021
މިހެން ވަނީ ޤައުމައް ގައްދާރުވާތީ.
ގެދާނޯމޮސް
24 July 2021
އިސްލާމް ދީނުގަ އޮންނަ އުސޫލުން ހުކުމް ކުރުމަށް ނުކުޅޭދޭ އެއްސަބަބަކީ ކޮމިޓީތަށް ގިނަވުމެވެ. އަދި ނުވީތާކަށް ތިކަމުގަވެސް ފުލުހުންނަށް ހެދޭމިސްޓޭކްސް ފެންނާނީ ޕީޖީ އަށް ތިކަން ލާތަނުންނެވެ. އެހާހިސާބުން ފަންޑްކުރާ މީހުންގެ ސަބަބުން ހެދިފަ އޮންނަ މިސްޓޭކަކުން އަނެއްދުވަހު އުމުރުގެ ހުކުމް އޮންނާނީ މިނިވަންވެ ގޭގައެވެ.
ސިމްޕަލް
24 July 2021
މީގެ 8 އަހަރު ކުރިން، މަރުހޫމް ޑރ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން އޭރުގެ ޕޮލިސް ކަމިޝަނަރާ، ހޯމް މިނިސްޓަރު ޓީވީއަށް އަރާ ބޮޑު ނޫސް ކޮންފަރެންސެއް ބޭއްވި. އެބަޔަކު ކުރަންތިބި މަސައްކަތެއް ހުއްޓާލާ، ޓީވީން އިންޓަވިއު ބަލަން ވަރަށް ގިނަމީހުން އެއްވިތަން ވެސް ފެނުނު. އެމީހުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް އެ އިންޓަވިއުންވެސް އަދި އެހެން ގޮތަކަށްވެސް މިހާތަނަށް ފުރިހަމަ ޖަވާބެއް ނުލިބޭ. މިއަދު އެހެން ނުވާނެކަމަށް އުންމީދުކުރަން.
ޙިނި
24 July 2021
މިޒަމާނުގެ އިންޓެލް އާ ޓެކްނޯލަޖީ ބޭނުން ކޮއްްގެން ތިމީހުނައް ފަންޑުކުރި މީހުން ހޯދުމަކީ އެހާ އުންދަގޫކަމެއް ނޫން.
އޮނަރަބްލް އަފީފު ދީދީ
24 July 2021
ނަޝީދު މަރާލަން ހަމަލަ ދިނުމުގެ މޭސްތިރިންނަކީ މިހާރު ހައްޔަރުކޮށްފައިވާ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި ކ.މާލެ، ފޭރުގޭ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު ކަމަށް ޤަބޫލު ކުރަނީ ވަރަށް މަދު އަދަދެއްގެ ދިވެހިން. # މާނައަކީ މިދެންނެވި މީހުންގެމައްޗަށް އިސްވެތިބިބަޔަކު ނުވަތަ މިދެންނެވިމީހުނަށް މިކަމުގެ ފުރިހަމަ އަގު އަދާކޮށް ކޮންޓްރެކްޓް އުސޫލުން މިކަން ކުރިބަޔަކު އިގެންބޭނުމޭ.
ސަސި
24 July 2021
ކަމެއް ކުރިކަމަށްވާނީ ކަން ކުރި މީހުންގެ ބަދަލުގައު ކަން ކުރުވި މީހުން ހާމަ ކުރީމަ، ޔައުނީ ފަންޑު ކުރިމީހުން،
ފެއިލް
24 July 2021
ތިކަން ދާނީ ބޮޑު ނިގުލައް. ތި ތަހުގީގައް ކުރި ހަރަދާ ބަލާފަ އިތުރައް ކަމެއް ސާފެއްނުވާނެކަން ޔަގީން. ހަރުކަށި ފިކުރާ ޖެހި ތިކަން ނިމިގެން ދާނީ
ކޮމެންޓުކިޔާ ކުއްޖާ
24 July 2021
ތިކަންވެސް ބަލަންވީ އެހަމަލާގަ ޒަހަމްވި ނިކަމެތި ދިވެހި ރައްޔިތުމީހާ އަށްވެސް އަޅާލަންވީ ، އެއީ ގައުމެއްގެ ގައުމިއްޔަތު ކަމަކީ، ވަކި ގިންތި އަކަށް ނުބަލާ ކާރިސާތަކުގަޔާއި އެހެންވެސް ހާދިސާތަކުގަ ވަކިމީހަކު އައީ ބޭފުޅު ފެމިލީން ނޫންވީމަ އަޅައިނުލާ ދޫކޮށްލުމުގެ ސިޔާސަތު ދޫކޮށްލާ ގޯތި ގެދޮރަށް ސަލާން ޖަހަން ނުޖެހޭ މުޖުތަމައެއް ބިނާކޮށްދެއްވާ، އާދޭސްކޮށްފަ ބުނަން ކުލިދައްކަމުން ކައްވަޅަށް ދާންޖެހެނީ ގެދޮރުވެރި އަކަށްނުވެ މި ދިވެހި ގައުމުގައި